ކުޅިވަރު

ލަ ލީގާގެ އާމްދަނީ ދަށަށް، ބުންޑެސް ލީގާ ކުރިއަށް ޖެހިލައިފި

ބުންޑެސް ލީގާގެ ކްލަބު ބްރޫޝިއާ ޑޯޓަމުންޑްގެ ތަރި ހާލޭންޑް --- ފޮޓޯ: ބީއެލް

ލަންޑަން (ޖުލައި 29) - ކޮވިޑް-19 ގެ ސަބަބުން ޔޫރަޕުގެ ލީގުތަކަށް ކުރިމަތިވި މާލީ ގެއްލުމުގައި ސްޕެއިންގެ ލަ ލީގާގެ އާންމުދަނީ ވަރަށް ބޮޑަށް ދަށްވެ، ޖަރުމަންގެ ބުންޑެސް ލީގާ އާމްދަނީ ލިސްޓުގައި ދެ ވަނަ އަށް ޖެހިލައިފި އެވެ.

ފުޓްބޯޅައިގެ ފައިނޭޝިއަލް ހާލަތު ދިރާސާ ކުރާ ލަންޑަންގައި ޑެލޮއިޓު ކުންފުނިން ނެރުނު ތަފާސް ހިސާބުތަކުގައިވާ ގޮތުން، ޔޫރަޕުގެ ވަރުގަދަ ފަސް ލީގު ކަމަށްވާ، އިޓަލީ، އިންގްލެންޑް، ޖަރުމަން، ސްޕެއިން އަދި ފްރާންސްގެ ލީގުގެ ކްލަބުތަކުގެ އާމްދަނީ އަށް މިދިޔަ ދެ ސީޒަންގައި ކުރިމަތިވި ގެއްލުމުގެ ޖުމުލަ އަދަދު 4.7 ބިލިއަން ޑޮލަރާއި 30 ބިލިއަން ޑޮލަރަށް އަރަ އެވެ.

ޔޫރަޕުގެ ފުޓްބޯޅަ އަށް މީގެ ކުރިން މާލީ ގޮތުން ބޮޑު ގެއްލުމެއް ކުރިމަތިވީ، 2008-2009 ގައި މުޅި ދުނިޔެއަށް ކުރިމަތި އިގްތިސާދީ ކާރިސާގަ އެވެ. ކޮވިޑާ ގުޅިގެން މި ކުރިމަތިވި ގެއްލުމަކީ އޭގެ ފަހުން ޔޫރަޕުގެ ފުޓްބޯޅައަށް ކުރިމަތިވި އެންމެ ބޮޑު ގެއްލުމެވެ.

މެޗު ޑޭ އާއި ބްރޮޑްކާސްޓް ރެވިނިއުގެ ދާއިރާއިން ކުރިމަތިވި ގެއްލުމުން ގަދަ ފަސް ލީގުގެ ތެރެއިން އެއް ވެސް ލީގެއް ސަލާމަތް ވެފައެއް ނުވެ އެވެ. ބައެއް ލީގުތަކުން ގެއްލުން ކުޑަ ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އަހެން ލީގުތަކަށް ކުރިމަތިވި ގެއްލުން އިންތިހާ އަށް ބޮޑެވެ.

މި ކުރިމަތިވި ގެއްލުން ކުޑަ ކުރުމަށް އެންމެ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައި ވަނީ ބުންޑެސް ލީގާއިންނެވެ. އެ ލީގުން ވަނީ ޔޫރަޕުގެ ޓޮޕް ލީގުތަކުގެ ތެރެއިިން ދެ ވަނަ އަށް އެންމެ ގިނަ ފައިދާ ހޯދާ ލީގުގެ މަގާމަށް ޖެހިލައިފަ އެވެ. ޕްރިމިއާ ލީގުގެ ފަހަތުން ކުރިން ދެ ވަނައިގައި އޮތް ލަ ލީގާ މިހާރު ވަނީ ތިން ވަނައަށް ވެއްޓިފަ އެވެ.

ބުންޑެސް ލީގާގައި ބްރޯޑްކާސްޓް ފީގެ ގޮތުގައި ގެއްލުންތައް ކުޑަ އެވެ. ބޮރޯޑްކާސްޓް ރެވިނިއުގެ ގޮތުގައި ބުންޑެސް ލީގާ އަށް ކުރިމަތިވީ ހަތަރު ޕަސެންޓުގެ ގެއްލުމެކެވެ. ފައިދާގެ ގޮތުގައިއެ ލީގަށް ލިބުނީ 161 މިލިއަން ޑޮލަރާއި 3.9 ބިލިއަން ޑޮލަރުގެ ފައިދާ އެވެ.

ލަ ލީގާގެ އާންމުދަނީ ވަނީ އަށް ޕަސަންޓް ދަށަށް ގޮސްފައިވުމުން، ފައިދާގެ ގޮތުގައި އެ ލީގަށް ލިބުނީ 3.7 ބިލިއަން ޑޮލަރެވެ. އެކަމަކު ޑެލޮއިޓުން އަންދާޒާކުރާ ގޮތުގައި މި އަހަރު އަލުން ލަ ލީގާ ދެ ވަނަ އަށް ޖެހިލާނެ އެވެ.

ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ތެރެއިން، މިދިޔަ އަހަރު ސީޒަން ކުރިއަށް ނުގެންގޮސް ނިންމާލީ ފްރާންސް އެކަންޏެވެ. ފްރާންސް ލީގުގެ އާންމުދަނީ 16 ޕަސެންޓް ދަށަށް ދިޔަ އެވެ. އާންމުދަނީގެ ގޮތުގައި އެ ލީގަށް ލިބުނީ 1.9 ބިލިއަން ޑޮލަރެވެ. ކޮވިޑުގެ ސަބަބުން މުޅި ޔޫރަޕުގައި ވެސް އެންމެ ބޮޑު ނުރައްކަލަށް ވެއްޓުނީ އިޓަލީ އެވެ. އެ ގައުމުގެ ސެރީ އާ އަށް ކުރިމަތިވި ގެއްލުން ބޮޑެވެ. ސެރީ އާ ގެ އާންމްދަނީ 18 ޕަސެންޓް ދަށަށް ވެއްޓުނެވެ. އާންމުދަނީގެ ގޮތުގައި އެ ލީގަށް ލިބުނީ 2.5 ބިލިއަން ޑޮލަރެވެ.

ޑެލޮއިޓުން ބުނީ ފްރާންސާއި އިޓަލީގެ ލީގަށް ކުރިމަތިވި މާލީ ގެއްލުން އެހާ ބޮޑުވީ ބްރޯޑްކާސްޓިން ޕާޓްނަރުންނާ އެކު ވާހަކަތައް ރަނގަޅަށް ކުރިއަށް ނުގެންދެވުމުން ކަމަށެވެ.

ޕްރިމިއާ ލީގާއި ލަ ލީގާ އިން އެ ލީގުތަކަށް ލިބޭނެ ކަމަށް އަންދާޒާ ކުރި އާންމުދަނީ ވަނީ ވަރަށް ބޮޑުތަން ދަށް ގޮސްފަ އެވެ. ޑެލޮއިޓުން ލަފާކުރާ ގޮތުގައި 2022 ގައި ގެއްލުން އިތުރަށް ކުޑަ ކުރެވޭނެ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަގިއްޔާ

29 July 2021

ތިކަމުގެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ އަހަރުމެން ދިވެހި ލީގަށް. ލީގު ވަކިހިސާބަކުން ކޮވިޑާހެދި ހުއްޓާލިގޮތަށް ބަހަބަރު! ވީނުވީއެއްނޭގެ. ލީގު ނިމުނީކަމެއް، މާޒިއާ އުފާފާޅުކުރަންވީކަމެއް، ގަލޮޅު ދަނޑުގައި ބޮކިޖަހައިގެން ބަތްކައްކާ ކުޅެންވީކަމެއް! އެފްއެއެމް ރައީސެއްވެސް އެބަހުރި. އެބޭފުޅާ އޭތިމީތި އެބަކިއާ. ހޯމްއެންޑްއަވޭ ލީގެކޭ، ވަރަށް ފައިދާ ބޮޑުވާނެއޭ. އަހަރެން ބުނާނެ ވާހަކައެއްނެތް އަހަރެން މިދަނީ މަހަށްދާން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454