ކުޅިވަރު / ފާތިމަތު ދީމާ އަލީ

ވޯލްޑް ރޭންކިންގެ ކުރީގައި ހިފަހައްޓަން ދީމާ، ޕޯޗްގަލްގެ މުބާރާތަށް

ފާތިމަތު ދީމާ އަލީ --- ފައިލް ފޮޓޯ

03 އޯގަސްޓް 2021 - 13:41

ޓީޓީގެ ތަރި ފާތިމަތު ދީމާ އަލީ، ވޯލްޑް ރޭންކިންގެ އެއްވަނައިގައި ދަމަހައްޓަން ޔޫރަޕުގައި ބާއްވާ މުބާރާތްތަކުގައި އޭނާ ބައިވެރި ކުރުވަން ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ނިންމައިފި އެވެ.

ޓީޓީއޭއެމްގެ ރައީސް، އަލީ ރަޝީދު ވިދާޅުވީ އަންނަ މަހު، ޕޯޗުގަލްގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި ދީމާ ވާދަކުރާނެ އެވެ. އެ މުބާރުގައި ވާދަކުރާނީ 19 އަހަރުން ދަށާއި 15 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން ދުނިޔޭގެ ގަދަ 30 ގައި ހިމެނޭ ކުޅުންތެރިންނެވެ.

ދުނިޔޭގެ ޓީޓީ ފެޑްރޭޝަން، (އައިޓީޓީއެފް) ގެ އިންޓަނޭޝަނަލް ޓީޓީގެ ޔޫތު ރޭންކިންގެ 15 އަހަރުން ދަށުގެ ކެޓަގަރީގެ 11 ވަނައިގައި ދީމާ ހިމެނެ އެވެ. އޭޕްރީލް މަހު ރޭންކިންގެ އަށް ވަނަ އަށް ވެސް އޭނާ ޖެހިލި އެވެ. އަދި 17 އަހަރުން ދަށުގެ ކެޓެގެރީން ދުނިޔޭގެ 41 ވަނައިގައި އޭޕްރީލް މަހު ދީމާ ހިމެނުނެވެ. އަލީ ވިދާޅުވީ، ޔޫރަޕުގެ މުބާރާތްތަކަށް ދާން ނިންމީ، އޭޝިއާ ރީޖަންގައި ބާއްވާ ޔޫތު ސީރީޒްގެ ގިނަ މުބާރާތްތަކެއް ކޮވިޑް-19 ގެ ސަބަބުން ފަސް ވުމުން ކަމަށެވެ. ސްލޮވޭކިއާގައި ބޭއްވި މުބާރާތެއްގައި ވެސް ވާދަކުރުމުގެ ފުރުސަތު ދީމާ އަށް ޓީޓީއޭއެމުން ތަނަވަސް ކޮށްދިނެވެ. އަލީ ވިދާޅުވީ، ދިމާ އެ މުބާރާތަށް ފޮނުވަން އޭނާގެ ބެލެނިވެރިން ބޭނުން ނުވީ އޭރު ކޮވިޑުގެ ހާލަތު އޮތް ގޮތުން ކަމަށެވެ.

"ދުނިޔޭގެ ރޭންކިންގެ އެންމެ މަތީގައި ހިފެހެއްޓުމަށް މި މުބާރާތްތައް ވަރަށް މުހިންމު. މި މުބާރާތްތަކުގައި ވާދަކުރުމުން ވޯލްޑް ރޭންކިންގެ ޕޮއިންޓް ލިބޭނެ،" އަލީ ވިދާޅުވި އެވެ.

"މި މުބާރާތް ކުރިން ޓްރެއިނިން ކޭމްޕެއް ވެސް ލިބިގެންދާނެ. ޓްރޭނިން ކޭމްޕަށް ފަހު މުބާރާތް ފަށާނީ."

ދީމާ ވާދަކުރާނީ 15 އަހަރުން ދަށުގެ ކެޓެގެރީގަ އެވެ. އަންހެން ޑިވިޝަންގެ ކުޅުން އޮންނާނީ އަންނަ މަހު 18-19 އަށެވެ.

ޕޯޗްގަލްގައި ބާއްވާ މުބާރާތަށް ފަހު އަންނަ އޮކްޓޯބަރު 10-16 އަށް އޮމާންގައި ބާއްވާ މުބާރާތެއްގައި ވެސް ދީމާ ވާދަކުރާނެ ކަމަށް އަލީ ވިދާޅުވި އެވެ.

ދީމާ މިހާރު ޓްރެއިނިން ހަދަމުން ގެންދަނީ ލަންކާގަ އެވެ. އޭނާގެ ޓްރޭނިންތައް ކުރިއަށް ގެންދަނީ ދިވެހި އެމްބަސީ ހުންނަ ސޯސާން ވިލާގަ އެވެ. ސޯސަން ވިލާގައި ދީމާ ޓްރޭނިންތައް ކުރިއަށް ގެންދަނީ ލަންކާގެ ކުރީގެ ގައުމީ ކެޕްޓަން ރޯހަން ކޯޗުކަމުގެ ދަށުންނެވެ. ސޯސަން ވިލާގައި ދީމާގެ ޓްރޭނިންތައް ހަމަޖައްސައިދިނުމުގައި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް އަދާ ކުރި ދައުރު އަލީ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ސްލޮވޭކިއާ އިން ހަމަޖެހުނު ފުރުސަތަކީ މިނިސްޓަރު މަހްލޫފް މެދުވެރިވެގެން ލިބުނު ފުރުސަތެއް ކަމަށެވެ.

"ޓްރޭނިންތައް ކުރިއަށް ގެންދަން ސޯސަންވިލާގެ އެއް ފްލޯގައި ފްލޯރިން މެޓް އަޅައިގެން ހަދާފައި ހުރީ. އަނެއްކާ ލަންކާގެ ކުރީގެ ކެޕްޓަންގެ ބެލުމުގެ ދަށުން ދީމާގެ ޓްރޭނިންތައް ކުރިއަށް ގެންދަނީ."

މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި، ޓީޓީއޭއެމްގެ ކޮންގްރެސްގައި ވަނީ މި އަހަރަށް 3.5 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ. ބަޖެޓްގެ އެއް ބަޔަކީ ޓެކްނިކަލް ޑިވްލޮޕްމެންޓެވެ.

0 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 0%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454