ޚަބަރު / އައްޑޫ ސިޓީ ކައުންސިލް

އައްޑޫގެ ގޯތިތައް ނެގޭނީ ކޯޓު މެދުވެރިކޮށް: ހުކުމް

ައައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް: މި ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް އަނބުރާ ނަގަން ވަނީ އެދިފައި.-- ފައިލް ފޮޓޯ / މިހާރު

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ކައިރިން ދޫކޮށްފައިވާ ގޯތިތައް ސ. ހިތަދޫގެ އެހެން ސަރަހައްދަކަށް ބަދަލު ކުރަން އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކުރީ ގާނޫނާ ހިލާފަށް ނޫން ކަމުގައި ވިޔަސް، އެ ގޯތިތައް ނެގޭނީ ކޯޓު މެދުވެރިކޮށް ކަމަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

އެ ކޯޓުން މި ގޮތަށް ހުކުމް ކުރީ އެ ގޯތިތަކުގެ ތެރެއިން ބައެއް ގޯތިތަކުގެ ވެރިން، ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދުމާ ގުޅިގެން ބޭއްވި މައްސަލައިގެ ހުކުމް ކުރުމުގެ ޝަރީއަތުގަ އެވެ.

އެ އަޑުއެހުމަށް ފަހު ކޯޓުން ނިންމި ނިންމުމުގައި ބުނީ، ބަންޑާރަ ބިމަކީ ދައުލަތުގެ މިލްކިއްޔާތަކަށް ވިޔަސް، އެ ބިމުން ގޯތި ދޫކުރުމަށް ފަހު، ދައުލަތުން އެ ބިން އަނބުރާ ބޭނުން ވެއްޖެ ހާލަތެއްގައި، ގޯތީގެ ވެރިފަރާތާ މަޝްވަރާ ކުރުމަށް ފަހު، "އަދުލުވެރި އިންސާފުވެރި" ބަދަލެއް ދިނުމަށް އެއްބަސްވެ، ބިން ނެގުމުގެ ބާރު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލަށް ލިބިދީފައި ވާތީ، އެ ނިންމުން ގާނޫނާ ހިލާފު ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.

އެކަމަކު ގޯތީގެ ވެރިފަރާތަށް "އަދުލުވެރި އިންސާފުވެރި" ބަދަލެއް ދޭން ޖެހޭނީ ކޯޓަށް މައްސަލަ ހުށަހަޅައިގެން، ކޯޓުން ނިންމާ ގޮތެއްގެ މަތިން ކަމަށް ހިތަދޫ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު ކުރެއްވި އެ ހުކުމުގައި ވެ އެވެ.

މިދިޔަ ހަފުތާގައި ކޯޓުން ވަނީ މި މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން، ގޯތި ނެގުމާ ގުޅޭ ހުރިހާ މުއާމަލާތުތަކެއް މަޑުޖައްސައިލަން ކައުންސިލްގެ މައްޗަށް އަމުރު ކޮށްފަ އެވެ. އެކަމަކު ޖެހިގެން އައި ދުވަހު ކައުންސިލުން ވަނީ އެ ގޯތިތަކުގެ ވެރިން، މި މަހުގެ 10 ގެ ކުރިން ބަދަލުކުރަން ނިންމާފައިވާ ގޯތިތަކާ ހަވާލުވާން ދިއުމަށް އަންގައިފަ އެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް: މި ހޮސްޕިޓަލް ކައިިރިން ދޫކޮށްފައިވާ ގޯތިތައް އަނބުރާ ނަގަން ވަނީ ނިންމައިފައި.-- ފައިލް ފޮޓޯ/ އަލީ ނިޝާން

ހިތަދޫ ކޯޓުގެ ހުކުމުގައި ބުނީ، މީހުންގެ މުދަލަކީ ނިގުޅައިގަނެވޭނެ އެއްޗެއް ނޫން ކަމަށާއި ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ، އެއްވެސް މީހެއްގެ މުދަލެއް އެ މީހުންގެ ރުހުން ނެތި ދައުލަތަށް ނަގައިގެން ނުވާނެ ކަމަށެވެ. މީހެއްގެ މުދަލެއް ދައުލަތަށް ނަގަން ވާނީ ކޯޓުން ކަނޑައަޅާ އަދުލުވެރި ބަދަލެއް ވެރިފަރާތަށް ދިނުމަށް ފަހު ކަމަށް ގާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ހުކުމުގައި ފާހަގަކުރި އެވެ.

"މީހެއްގެ މުދަލެއް ދައުލަތަށް ނެގުމުގައި މުދަލުގެ ވެރިފަރާތުގެ ރުހުން ނެތް ނަމަ، މި އަސާސްގެ ދަށުން އެކަން ކުރެވޭނެ ގޮތަކީ ކޯޓަކަށް ހުށަހަޅައިގެން ކޯޓުގެ ހުކުމަކުން އެކަން ކުރުމެވެ. މިއާ ހިލާފަށް އެކަމެއް ކުރާ ނަމަ އެއީ ބުނެވިދިޔަ ދުސްތޫރީ އުސޫލާ އެއް ގޮތަށް ކުރެވޭ ކަމެއް ކަމުގައި ނުބެލެވޭނެ ކަމެވެ،" އެ ހުކުމުގައި ވެ އެވެ.

ސިޓީ ކައުންސިލުން ވެސް މި މައްސަލައިގައި ބުނެފައި ވަނީ ގޯތިތައް އަނބުރާ ނަގާނީ "އަދުލުވެރި ބަދަލެއް" ދިނުމަށް ފަހުގައި ކަމަށެވެ. އަދި އެ ކައުންސިލްގެ ނިންމުމާ އެއްގޮތަށް ގޯތި ބަދަލުކުރަން ބޭނުންނުވާ މީހުންގެ ގޯތިތައް ބަދަލުކުރުމުގެ މައްސަލަ ގާނޫނުގައިވާ ގޮތުގެ މަތިން ޝަރީއަތަށް ހުށަހެޅޭނެ ކަމަށް ވެސް ބުނެފައި ވެ އެވެ.

ހުކުމުގައި ވެސް ބުނީ އެ ގޯތިތައް އަނބުރާ ކައުންސިލުން ނަގަން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ. ސަބަބަކީ މި ނިންމުމާ މެދު އިއުތިޒާރުވާ މީހެއް ހުރި ނަމަ އެކަން ކައުންސިލަށް އެންގުމަށާއި އެ ބިންތައް ވަކިކުރުމުގެ ކަންކަން ޝަރީއަތް މެދުވެރިކޮށް ހިންގޭނެ ކަމަށް އިއުލާނުގައި ބުނެފައި އޮތުމެވެ.

"ޕްރެސްކޮންފަރެންސް އާއި މީޑިއާ އަށް ދީފައިވާ ބަސްދީގަތުންތަކުން ދައުވާ ލިބޭ ފަރާތްތަކުގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ވާހަކަތަކެއް ދެކެވިފައިވާ ކަމަށް ދައުވާކުރާ ފަރާތްތަކުން ގަބޫލުކުރާ ނަމަ، އެއީ އަދި މައްސަލައިގެ މައުލޫއާ ގުޅޭ ކަމެއް ކަމަށް ޝަރިއާތުން ނުދެކެ އެވެ. ސަބަބަކީ އެފަދަ ވާހަކަތަކަކީ އެ ވާހަކައެއް ދެއްކި ކައުންސިލްގެ މެމްބަރެއްގެ އަމިއްލަ ރައުޔު ނުވަތަ ދެކޭ ގޮތް ކަމަށާއި އެއީ ކައުންސިލްގެ ސީދާ ނިންމުންތަކެއް ނޫން ކަމަށް ދައުވާ ލިބޭ ފަރާތުން ޝަރީއަތުގައި ފާހަގަކޮށްފައި ވާތީ އެވެ،" ހުކުމުގައި ވެ އެވެ.

އިކުއަޓޯރިއަލް ހޮސްޕިޓަލު ކައިރިން ކުރިން ދޫކޮށްފައިވާ 40 ގޯތި އަނބުރާ ދައުލަތަށް ނަގައި، އޭގެ ބަދަލުގައި ހިތަދޫ ސްޓޭޑިއަމްގެ ހުޅަނގަށް އޮންނަ ބިމުން ބަދަލުގައި ގޯތި ދޭން ސިޓީ ކައުންސިލުން ނިންމީ މުޅި އައްޑޫގެ މަސްލަހަތަށް ކަމަށް ބުނެ އެވެ. ކައުންސިލުން އެ ގޯތިތައް ނަގަން ނިންމި އިރު، ބައެއް ތަންތަނުގައި ވަނީ އިމާރާތް ކުރަން ވެސް ފަށައިފަ އެވެ.

ސިޓީ ކައުންސިލުން ކުރިން ބުނެފައިވަނީ ހޮސްޕިޓަލް ހުރީ އައްޑޫގެ އިގްތިސާދާ ގުޅުން ހުރި ކަންކަން މުސްތަގުބަލުގައި ފުޅާ ދާއިރާއެއްގައި ހިނގާނެ ސަރަހައްދެއްގައި ކަމަށް ވާތީ، މުޅި އައްޑޫގެ މުސްތަގުބަލަށްޓަކައި އެ ބިން ނެގުން މުހިންމު ކަމަށެވެ.

8 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ.

12 August 2021

ނިޒާރުގެ މޭޔަރުކަމުގެ ދައުރުގައި މިސިޓީގައި ހަޤީގީ ޓާޝަރީ ހޮސްޕިޓަލެއް ޤާއިމްކުރާން އެދޭނަމަ އިކްއިޓޯރިއަލް ހޮސްޕިޓަލް Annex ޓަވަރު ހަދާނެ ރަސްމީ ބިމަކީ ކުރީގެ ޕޮލިސް ޓްރެއިނިންގ ސެންޓަރ ހުރިތަން ކަމުގައި ކަޑައަޅާ ހޮސްޕިޓަލް ކޮންސެޕްޓް ތައްޔާރުކޮށް ޑިޓައިލްސް ޑްރޮވިންގ ހަދާ ބީއޯކިއު ތައްޔާރުކޮށް ފަންޑު ހޯދުމުގެ މަސައްކަތް ފައްޓަވާ. # މިތަނުގައި އެއަރ އަދި ސީ އެމްބިއުލާންސްގެ އިތުރުން ހެލިކޮޕްޓަރ ގެ ހިދުމަތް ބޭނުން ކުރެވޭގޮތް ހަދާންވާނެ.

The name is already taken The name is available. Register?

ސަމާލު ނިޒާރު

11 August 2021

ރައްޔިތުންނަށް ދޫކޮއްލާ، ނިޒާރު ފިލާވަޅެއް ކަމުގަ ބަލައިގަނޭ، ނޫނީ ގާނޫނީ އެހެން ބާގަޑަކުން ވެސް ރައްޔިތުން އަތުން ފެލާލާ، ބުނޭ މީ ތަރައްގީ އަށް ކުރާ ކަމެކޭ. މިތިބީ ބަލަން...

The name is already taken The name is available. Register?

ޙަބީބު.

11 August 2021

އަސްލު ރާއްޖޭގަ އެން މެ ނިކަ މެތި މީހާ މުއްސަނދި ކުރަން ބޭނުންނަ މަ ހޮސްޕިޓާ ތައް ބަދަލު ކުރަންވީ މީހުން އުޅޭހިސާބާ ދުރައް އޭގެފަހުގަ ހޮސްޕިޓަލާ ކައިރިން ވިޔަފާރި ކުރަން ބިންކުއްޔައް ދޭންވީ އެން މެފަގީރު ނިކަ މެތި މީހާޔައް 10 އަހަރައް ހޮސްޕިޓާ ފުޅައްބުޑުގަ ހާލި ހަދާބަޔަކީ ވަރައް މުއްސަނދި ބައެއް އައްޑޫވިޔަސް ތިނަދޫވިޔަސް ކުޅުދުއްފުށިވިޔަސް ނިކަ މެތިން ނިކަ މެތިވާ އުސޫލު ބަދަލުކުރަންވެއްޖެ

The name is already taken The name is available. Register?

ކަންނެލި.

11 August 2021

ނިޒާރު ބޭނުންވަނީކަން ނޭގެ އިދިކޮޅު ފަރާތް ތަކާއި ގުޅިގެން ސަރުކާރާއި އައްޑޫ ރައްޔިތުނާއި ޖައްސާ ނަފުރަތު އުފައްދަން. އެހެން ނޫންނަމަ މަޤާމް ލިބޭ އިރަށް ރައްޔިތުންގެ މުދަލަށް އަރައި ނުގަންނާނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ.

11 August 2021

އޭއީއެޗް ހުރި ކުރީގެ ECC އިމާރާތަކީ އައްޑޫގެ 40 ހާސް އާބާދީއަށްފުދޭވަރެއްގެ ތަނަކަށްވިޔަސް 10 ވަރަކަށް އަހަރުތެރޭ އިތުރު އިމާރާތެއް ބޭނުންވާނެ. # މޭޔަރު އުއްމީދުކުރާ މައުންޓް އެލިޒެބަތާއި Bumrungrad International Hospital ފަދަ ހޮސްޕިޓަލާއި Pneumatic Tube System ހިމެނޭ ފާމަސީތަކާއި މެކްޑޮނަލްޑް އާއި KFC އަދި ޕިޒާހަޓް ހިމެނޭ ހޮސްޕިޓަލް ކުރީގެ ޕޮލިސް ޓްރެނިންގ ސެންޓަރ ހުރިތަނުގައިހެދުމަށް ބޭރު ދައުލަތެއްގެ އެހީތެރިކަން ލިބޭތޯ މަސައްކަތް ކުރައްވާ.

The name is already taken The name is available. Register?

އައްލާ.

11 August 2021

ދެންވެސް ތިކަން ހުއްޓާލާ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ.

11 August 2021

ކޯޓްގެ ނިންމުމަށް ކައުންސިލާއި މޭޔަރު އިޙްތިރާމްކޮށް ރައްޔިތުނަށް ނަމޫނާ ދައްކަވާ އައްޑޫގެ ރައްޔިތުން ޙަވާލު ކުރެއްވެވި މަސްއޫލިއްޔަތާއިގެން ކުރިއަށް ވަޑައިގަންނަވާ. # އޭއީއެޗް ވަށައިގެން ހުރި ބިންތަކުގައި 3 ބުރީގެ އިމާރާތެއް ކުރުމަށް ސިޓީ ކައުންސިލް މެދުވެރިވެ ލޯނު ލިބޭނެގޮތް ހަމަޖައްސަވާ ތިޔަ ސަރަޙައްދު ތަރައްޤީ ކުރުމަށް އެހީތެރިވެ ދެއްވާ. # އަދި އައްޑޫ ސްޓޭޑިއަމްގެ މުސްތަޤުބަލަށްޓަކާ އެތަނާއި އިންވެގެންއޮތް ބިން ސްޓޭޑިއަމަށް އިތުރުކޮށްދެއްވާ.

The name is already taken The name is available. Register?

އަޤީލު - ފޭދޫ.

11 August 2021

ބިންތައް ޑިވޮލޮޕު ކުރަން ސިޓީ ކައުންސިލުން ބެންކް ތަކާއި ވާހަކަ ދެއްކުން ރަނގަޅު. އިންޑިޔާ އެމްބަސީ މެދުވެރިވެ އިންޑިޔާ އެގްޒިމް ބެންކުން ތިޔަ ލޯނު ހަމަޖެހިދާނެ. . . . އައްޑޫސްޓޭޑިއަމް ބޮޑުކުރުމަށްޓަކާ ތިޔަބުނާ ސްޓޭޑިއަމް ސަރަހައްދުގައިއޮތް ބިން ސްޓޭޑިއަމް ގެ ބިމެއްގެގޮތުގައި ހަމަޖެއްސުމަކީ އަހަރެންވެސް ވަރަށްއެދޭ ކަމެއް. އައްޑުއަށް އޮލިމްޕިކް ފެންވަރުގެ ބޮޑު ސްޓޭޑިއަމެއް ބޭނުންވޭ. އެކަންކުރެވޭނީ ސްޓޭޑިއަމާއި ތިޔަބުނާ ބިން އެއްކޮށްގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454