ސިޓީ ކައުންސިލުން މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި މާލޭގެ މޭޔަރު ޑރ. މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ސިޓީ ކައުންސިލް
26 އޯގަސްޓް 2021 - 11:09
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭގޮތުން ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ މިރޭ ބައްދަލުކުރަން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފާއިތުވި ތިން ހަފުތާގެ ތެރޭގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ކޮންމެ ސަރަހައްދެއްގެ ރައްޔިތުންނާ ވަކިން ބައްދަލުކޮށް ތަރައްގީގެ ޕްލޭނާއި މާލޭގެ ލޭންޑު ޔޫސް ޕްލޭން ހެދުމުގައި ހިޔާލު ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސިލްސިލާގެ އެންމެ ފަހު ބައްދަލުވުން އޮންނާނީ ކާނިވަލުގައި މިރޭ 8:15 ގަ އެވެ.
މުއިއްޒު ވިދާޅުވީ އެ ބައްދަލުވުން ހާއްސަކޮށްފައި ވަނީ ގެދޮރުވެރިކުރުމުގެ ކަންކަމަށެވެ. އެ ބައްދަލުވުމުގައި ރައްޔިތުން ހުށަހަޅާ ކަންކަން ހައްލުކޮށް ނަތީޖާ ނެރެދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
ރައްޔިތުންނާ ބައްދަލުކުރަން މީގެ ކުރިން ބޭއްވި ބައްދަލުވުންތަކަށްފަހު މުއިއްޒު ވިދާޅުވީ ކައުންސިލްގެ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އެއްބާރުލުމެއް ނުލިބޭ ކަމަށެވެ. އޭގެ ބަދަލުގައި ކުރާ ކަމަކީ ކުންފުނިތައް މެދުވެރިކޮށް ޖެއްސުންކުރުން ކަމަށް އޭނާ ވިދާޅުވެ އެވެ.
"ސަރުކާރުގެ ކިބައިން މި ފެނިގެންދަނީ ޖުމްލަ ގޮތެއްގައި އެއްބާރުލުން ކައުންސިލަށް ނުދޭތަން. ކައުންސިލަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް، ހާއްސަގޮތެއްގައި ޖެއްސުންކުރާތަން. ވަރަށް ހިތާމަކުރަން،" މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮގަމްބޯ
26 August 2021
ތިބޭފުޅާ މާލޭ ރައްޔިތުންނަށް އަޅައިދިން ހިޔާފްލެޓުގެ އެޕާރޓްމަންޓަށް ވަންނަމީހުން އެއުޅެނީ އެތާއެތެރެއަށް މީހުންގެއްލޭވަރުން އެތަން ބޮޑުކަމުން ތިވަރުގެ މީހުން ބޯހިޔާވަހިކަމޭކިޔައިން ތިވީދެނީ ކޯންޗެއް ހާސިލުކުރަންތަ
މަލަކޮމްގެ
26 August 2021
މުއީޒޫ ކަލޭއަޅެ ތިހިންގަނީ އަމިއްލަ ސަރުކާރެއްތަ، މާލޭ ސިޓީ ކައުންސިލުން ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް ހިންގާތަ، ސިޓީ ކައުންސިލުގަ އެވަރަށް ފައިސާ އެބަހުރިތަ، މިނިސްޓަރުކަމުގެ ޕްރޮޖެކްތައް ހިންގައިގެން ލިބުނުކަޓުތައް މަދުވެގެން ޕްރޮޖެކްޓެއް ހިންގާލާހިތުންދޯ ހަމަ
އަލީ ރަމީޒު
26 August 2021
ހިޔާވަހި ކަމޭ ކިޔައިގެން ތިޔަދައްކަނީ ކޮންވާހަކަ އެއްތޯ. މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ނެތް. ކޮތަރުކުށި ފުލެޓުވެސް ފުރާލީ އަތޮޅުތަކުން މީހުން ގެނެސްގެން. ކޮބައިތޯ މޭޔަރުގެ ލަދު. މާލޭގެ ރައްޔިތުންނަށް މުއިޒު ހުރެގެން ވާ ފައިދާއެއްނެތް. ދޮގުހެދުމާއި ފޮނިކެޑުން ކަމަކީ
ވޯޓްދޭބޭބެ
26 August 2021
އެއީ ނޫންތޯ މިދައްކާ ވަހަކަޔަކީ ވޯޓް ހޯދަންވީމަ ރައްޔިތުން ގުނބޯހައްދަން ރައްޔިތުންގެބާރު ރައްޔިތުންނަށޭ (ވޯޓްލާނިމެންދެން) މިތަންކޮޅުގެ އަޑު އަހަރުމެންނައް ނީވެނީ މިއބަދުވެސް ކަންތައް ހިންގަމުންދާގޮއް އެކަން އެނގޭނޫންތޯ ހުޅުމާލެފޭސްދޭކުން ބިންވިއްކަން ހުޅުވާލީމަވެސް އެޗްޑީސީއޭކިޔާތަނަކައް މުޅިހުޅުމާލެ މިލްކުވެރިކަން ލިބުނުގޮތެއްނޭނގެ ސަރުކާރުގެޙަރަދުގައި ހިއްކިބިމެއް ކުއްލިޔަކައް ރައްރަށުގެ އިންޖިނުގެތައް ޔުޓިލިޓީއޭކިޔަބަޔަކައް މިލްކުވީހެން ބހކ
ބަޑިތަކުރު
26 August 2021
ލާމަރުކަޒީ ނިޒާމުން ލިބޭ ފޮނިމީރު ކަމަކީ ކުރިން ދެތިން ހާސްވެސް މުސާރައަށް ނުދެވޭ ކަތީބުގެ ބަދަލުގައި އެތައްހާސް ރުފިޔާގެ މުސާރަ ދެވޭ އެތައް ބައިވަރު ކައުންސެލަރުންނާއި ކޮމިޓީ މެންބަރުން ލައިގެން ކަމެއް ކުރަންވެއްޖިއްޔާ އަނެއްކާ އިތުރު ބަޔަކަށް ވަޒީފާ ދީގެން ނުވަތަ ކޮންޓްރެކްޓަށްދީގެން އެކަމެއް ކުރުމާއި، ސަރުކާރަށް ތާއީދުނުކުރާ ބައެއްނަމަ ސަރުކާރަށް ޖެއްސުން ކުރުން ނުވަތަ ސަރުކާރުން އެބަޔަކަށް ޖެއްސުންކުރުން ތާއެވެ.
ބީކޫލް
26 August 2021
ކަލޭ ދެފައި އެއްތާ ނުޖެހިގެން ތިއުޅެނީ ސަރުކާރަށް ޖެއްސުންކުރަން ކަމަށްތާދޯ؟ މާލޭގެ ބަޔަކު ކަލެއަށް މޭޔަރކަން ދިނަކަސް، ސަރުކާރަކުނެތް އެއްވެސް އިންޓަރެސްޓެއް މިވަޤުތު ކަލެއަށް ވަޤުތުދޭކަށް، އެމީހުން އެއުޅެނީ އެމީހުން އެމީހުނާ ނުވެގެން. ކަލޭގެ މިނިސްޓަރކަމުގަ ކައުންސިލަށް ހެދިހެން އެމީހުން ނަހަދަނީސް މަޑުން ހުރުން ބުއްދިވެރި.