ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ބައްދަލުވުމެއް: މެންބަރުންނަށް ޕާކިން ސްލޮޓު ހަމަޖައްސަން މަޝްވަރާ ކުރި-- ފޮޓޯ/މަޖިލިސް
26 އޯގަސްޓް 2021 - 11:58
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ގެކޮޅުގެ ކައިރިން އެ ބޭފުޅުންނަށް ހާއްސަ ޕާކިން ސްލޮޓް ހަމަޖެއްސުމުގެ މަޝްވަރާތައް ފަށަން މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.
އެ ކަން މަޖިލީހަށް ހުށަހެޅުއްވި މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ، ކާރު ގެންގުޅުއްވާ މެންބަރުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާ އަމިއްލަ އަށް ދައްކަވާ ގޮތަށް ޕެއިޑް ޕާކިން ސްލޮޓް ހަމަޖައްސަން ޖެހޭ ކަމަށެވެ. މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެސް އެއީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނަކީ ގިނަ ކަންކަމުގައި އެކި ތަންތަނަށް ދަތުރު ކުރަން ޖެހޭ މީހުން. ކާރު ނުލިބިގެން ގަޑި ޖެހޭ ފަހަރު އެބަދޭ. އަމިއްލަ ކާރު އޮތަސް ބޭނުން ނުކުރެވޭ އެތައް ހާލަތެއް ވެސް އާދޭ،" ރާއީ ވިދާޅުވި އެވެ.
ސަރުކާރުން މިހާރު ވެސް ހުރިހާ ވަޒީރުންނަށް އެ ބޭފުޅުންގެ ގެކޮޅު ކައިރިން ޕާކިން ސްލޮޓް ހަމަޖައްސާފައިވާ ކަން ރާއީ ފާހަގަ ކުރެއްވި އެވެ. މަޖިލިހުގެ މެންބަރުންނަކީ ވެސް ޝަރަފާއި ގަދަރު ހުންނަ ބޭފުޅުން ކަމަށާއި ގެކޮޅު ކައިރި ޕާކިން ޒޯނަކުން ވިޔަސް ސްލޮޓު ހަމަޖެހިފައި ހުންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ރަސްމީކޮށް ގާނޫނެއްގެ ތެރެއިން މިކަން ކަށަވަރު ވެގެން ދިޔުން އެއީ ބުއްދިވެރި ކަމެއް. އަދި ރައީސް، ނައިބު ރައީސް އަދި ލީޑަރުން އަދި އެހެން ޕާޓީތަކުގެ މެންބަރުންނާ ވެސް ހިއްސާ ކޮށްފައި [މަޖިލީހުގެ] ފްލޯ އިން ފާސްވާން އަޅުގަނޑު ބޭނުން ވަނީ،" ރާއީ ވިދާޅުވި އެވެ.
އޭނާގެ އެ ހުށަހެޅުއްވުމަށް ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ސަނީފް ތާއީދު ކުރެއްވި އެވެ. އަދި އެ ކަން ކުރިއަށް ގެންގޮސް މަޝްވަރާތައް ފަށަން އެހެން މެންބަރުން ވެސް އެއްބަސްވެ ކޮމިޓީން ފާސްކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަދުރުު
28 August 2021
ހެޔޮނުވާނެ ތިހެން އަމިއްލަ ފައިދާއަށް ކަންކަން ކުރަން. ރައްޔިތުންނަށް ފައިދާ ހުރިކަމެއްނަމަ ތިބޭނެ ކޯޅެން. އެކަމަކު މިމީހުންނަށް ބޮނޑިވަރެއް ލިބޭފަދަ ކަމެއްވީޔާ ހުރިހާ ޕާޓީއަކުންވެސް ހޭވައްލާ ތައްޔާރު
ޒިކުރާ
27 August 2021
ފައިމަގު ހިގާފައި އުޅޭ ނިކަމެތި ރައްޔިތުންނަށް އާދޭސްކޮށްގެން ހޯދި ވޯޓުގައި މަޖީލީހުގެ ގޮޑިއެއް ހަމަލިބޭއިރަށް ރައްޔިތުމީހާ ކަރަށް ފައިންއަރާފައި އޭނާގެ ގޭކުރިމަތީގައި އޮތް ތަންކޮޅު ތިމާމީހާގެ ވެހިކަލު ޕާކުކުރަން ދަމައިގަންނަނީ. ފުއްޕާފަ ހުންނަން ފުރުސަތު ހޯދައިދިނީ އެއްކަލަ ރައްޔިތުމީހާކަން ހަދާންހުންނަ "އިއްޒަތްތެރި" އެންމެ ދެ މެންބަރުންވެސް އުޅުއްވާކަމާމެދު ސުވާލުއުފެދޭ.
އިޤާބުލް ޤައުމު
27 August 2021
ޤައުމުގެ ބަޖެޓް ބޮޑުވާންފެށީ މި ގަމާރުން އަމިއްލައަށް މުސާރަ ހެދުމުގެ ބާރު ހޯދީމާ. ދަރަނި ތައް ބޮޑު ވީ މި މެމްބަރުން ނުވާވަތުގެ ދޮގު ވަޢުދުތައް ވާން ފެށީ މާ. އެކުވެރި ގުޅުން ގެއްލެންފެށީ މި މެމްބަރުން ވާދަވެރިކަމުގައި ދޭތެރެޖައްސަންފެށީމާ. މެމްބަރުންނާއި މަތީ މަޤާމުތަކުގެ އަގު ވެއްޓެންފެށީ މި ބައިގަނޑު ހުތުރު މުޑުދާރު ބަހުރުވަ ތައް މަޖިލީހުގައި އިއްވަންފެށީމާ. ޢިލްމުގެ އަގު ނެތެންފެށީ މި ޖާހިލުންމަޖިލިހަށް ވަނީ މާ. ނުފޮރުއްޕާން ބައެއް މީ
ނުބަރުލަމާނީ
27 August 2021
މީދެން މާ މަތީ ބައެއް. މަޖިލީހަށް ހޮވެން އެއްވެސް ޝަރުތެއްވެސް ބޭނުމެއްނުވޭ. އަހަރުމެން އާދައިގެ ވަޒީފާ އަކަށް ވަންނަންވެސް ޑިގްރީއެއް އޮންނަން ޖެހޭ. މުސާރައިގެ ފަރަގުވެސް އެހާބޮޑު. މިމީހުން ގިނަލާރި ލިބޭ މީހުން ޑިއުޓީ ނުދައްކާ ކާރުވެސް އެތެރެ ކިރެވޭ އަހަރުމެން މިޖެހެނީ 200% ދައްކަން. އަދި މާލޭގައި ޖާގަ ނެތްވަރުން 85ޕާކިން ސްލޮޓު ހަދަންވީޔޯ
ނަވީންސަ ރ
27 August 2021
ގެއެއްވެސް ދީފަ،ކާ ރެއްވެސް، ސައިކަލެއްވެސް އަދި ނުވިތާކަށް ލޯންޗެއްވެސް ދޭންވީ! ރައްޔިތުންނަށް ދޯ އިތު ރަށް ދަތިވާނީ 100 އެއްހާ ޕް ރައިވެޓް ޕާކިންޒޯނު ހެދީމަ. ޕާކުކު ރާނެތަންކޮޅެއް މިހާރުވެސް ނުލިބިގެންއުޅޭއި ރު އޮތްތަންކޮޅުން ކަނޑާފަ ދިނީމާ ރައްޔިތުމީހާ ކިހިނެއްހަދާނީ!!
ބޮއިހަލާކު
27 August 2021
ކޮންމެ ދިވެހި ރައްޔިތަކީ ޤަދަރާ ޝަރަފު ލިބިގެންވާ ބަޔަކަށްވީހިނދު ކޮންމެ ދިވެއްސަކަށް ގިންތީގެ އެއްވެސް ތަފާތުކުރުންނެތި ދިރިއުޅެގެއިގެ ކުރިމަތިން ޕާކންސްލޮޓް ހަމަޖައްސަވައިދެއްވާ. ޕާކްކުރަން ދަތިވެ ގެއާދުރުގަ ޕާކްކުރާތީ ގިނައަދަދެއްގެ ބަޔަކު ދަނީ ވަޒީފާއި ކޮލެޖްތަކށް ގަޑިޖެހެމުން. މިއީ އިޤްތިސާ ކޮޅަށްޖާ ތިޔަ އިއްޒަތްތރި މެމްބަރުންނަށް ބަޖަޓަށް ނުކަތާވަރުގެ މުސާރައާ އިނާޔަތް ދިނުމުށް ކުރަންޖެހޭ ކަންކަންވުމުން ޤާނޫނެެއްގެ ދަށުންމިކަން ކޮއްދެއވާ
ދާވޫދް އިބްރާހިމް
27 August 2021
ރައްޔިތު މީހާ ވެހިކަލް ރެޖިސްޓްރީ ކުރަންވީމަ 70000 ރުފިޔާ ދީފަ ގަރާޖް ސިޓީ ހޯދައިގެން ރެޖިސްޓްރީ ކުރަން ޖެހެނީ. މި މީހުންނަށް ހުރިހާ މޮޅެއް.
ދޮހޮއްކޮޮ
27 August 2021
ކައިފަ ބަހައްޓާ މިއަދު ކޭއެއްޗެއް ކެވޭނީ. ބަރުލަމާނީ ގެނެސް ކޮންމެ މަހަކު މެންބަރަކަށް ބޮޑުވަޒީރުކަންވެސްދީ. އޭރަށް ދޯ ރަނގަޅު އެލަވަންސެއްވެސް ލިބޭނީ ނުހޮވުނަސް
ޑާޓީ
26 August 2021
މަވެސް ބޭނުން ގޭކައިރިން ސްލަޓެއް!
އެލެކޮސް އޮބި
26 August 2021
އިމުތިޔާޒުގެ ދަށުން ހެލްކޮޕުޓަރަކާއި ހެލުޕެޑެއް ހަމަޖައްސަވާށެވެ. މަޖިލީހުގައި ތިބޭފުޅުން ރައްޔިތުންނަށްޓަކައި ތިވާ ގުރުބާނީ އަކީ ގަލަމަކުން ފޮތެއްގައި ލިޔެ ބަޔާންކުރޭވޭވަރަށް ވުރެއް ބޮޑު ކަމެކެވެ. ތިޔަކޮށްދެއްވާ އަގެއްނެތް މަސައްކަތްޕުޅުތަކަށް އިއްޒަތްތެރި މެމްބަރުންނަށް ސުކުރިއްޔާއެވެ. ތިބޭ ފުޅުން އަމިއްލައަށް ފާސްކުރާ ގާނޫނަކުން ދިވެހިރާއްޖެޔަކީ ތިބޭފުޅުންގެ އަމިއްލަ ތަރިކަ މުދަލެއްކަމަށް ހަދާ ދިވެހިންނަކީ ތިބޭފުޅުންގެ އަޅުން ކަމަށް ހަދާށެވެ.