ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ގެކޮޅު ކައިރީގައި ބަޔަކު ޝައްކު ކުރެވޭ ގޮތަކަށް އުޅޭ މައްސަލައެއް ފުލުސް އޮފީހަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނު ދިިރިއުޅުއްވާ ގެކޮޅު ހ. ދޫވެހީގެ ކުޑަދޮރަކުން ސަޕޯޓަރުންނަށް ގޮވާލައްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ކައިރީގައި ބަޔަކު ފާރަލާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި މިއަދު ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.

ހ. ދޫވެހި ކައިރީގައި ބަޔަކު ފާރަލާ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުއްވުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ކުރީގެ ނައިބު ރައީސް އަދި ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ބަޔަކު "ވަރަށް ޝައްކު ކުރެވޭ ގޮތަކަށް" އެ ގެކޮޅު ކައިރީގައި ވީޑިއޯކޮށް، ފޮޓޯ ނަގައި އުޅޭ ކަމަށެވެ.

ޖަމީލް ވިދާޅުވީ، މި މައްސަލައާ ގުޅިގެން ޔާމީންގެ އާއިލާގެ ކަންބޮޑުވުން ވެސް އެބަ އޮތް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، އެކަމުގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ލިބުނު ކަމަށާއި މައްސަލަ ބައްލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޔާމީނަކީ މީގެ ކުރިން ވެސް ހަމަލާއެއް އަމާޒުވި ބޭފުޅެއް ކަން އެ މަނިކުފާނުގެ ވަކީލު އާދަމް ޝަމީމް ފާހަގަ ކުރެއްވި އެވެ. މި އަހަރުގެ ތެރޭގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ވެސް ޓެރަރިސްޓު ހަމަލާއެއް ދިންކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ޔާމީންގެ ގެކޮޅު ކައިރީގައި ބަޔަކު ފާރަލާ ކަމަށް ޝައްކު ކުރެވޭ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅީ ފުލުހުންނަކީ ކުށް ކުރުން ދުރާލައި ހުއްޓުވުމުގެ ޒިންމާ މަތިކޮށްފައިވާ މުއައްސަސާ އަށް ވާތީ ކަމަށް އާދަމް ޝަމީމް ވިދާޅުވި އެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ޔާމީންގެ މައްޗަށް ސާބިތުވި ފަސް އަހަރުގެ ހުކުމުގެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓު މަރުހަލާގަ އެވެ. އެ މައްސަލައިގެ އަޑުއެހުންތަައް ފަށާނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ.

ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށްފައި ވިޔަސް އެ މަނިކުފާނު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. ކަރެކްޝަންސް އިން ބުނެފައިވާ ގޮތުގައި ޔާމީން ގެއަށް ބަދަލު ކުރީ ޖަލުގައި ކޮވިޑް ފެތުރޭތީ އެވެ. ކޮވިޑްގެ ހާލަތު މިހާރު އާންމު ހާލަތަށް ބަދަލުވެފައިވީ ނަމަވެސް އެ މަނިކުފާނު ޖަލަށް އަނބުރާ ނުގެންދެ އެވެ.

7 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 29%
icon angry icon angry 43%
icon wow icon wow 14%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1234

29 August 2021

އަވަހައް ޖަލައް ބަދަލުކޭ އެއީ އެންމެ ރައްކާތި ތަން

The name is already taken The name is available. Register?

ޙުސެންް

29 August 2021

ތިކަމުގަ ނެތޭ މައްސަލައެއް. ޔާމީނުވެސް ކަންތައްކުރީ ތިޔައްވުރެ ނުބާކޮށް. އޭނައަކީ ހަމަލުގަ އޮންނަންޖެހޭ މީހެއް. އަދި އަންނިވެސް.

The name is already taken The name is available. Register?

ފާރަވެރިޔާ

29 August 2021

ފާރަލާންޖެހޭދޯ ރައްޔިތުންގެ އެތަކެއް މިލިއަން ކާލައިގެން ހުރިމީހެއްވީމަ ރައްޔިތުންވެސް ބޭނުންވާނެދޯ ފާރަލައިގެންނަމަވެސް އޭނަނެގި ފައިސާތައް ހޯދަން އަދިވެސް ގިނަރައްޔިތުން ނުކުންނަންވީ ފާރަލައި މީނަނެގި ފައިސާތައް ހޯދަން

The name is already taken The name is available. Register?

ނަށީދު

29 August 2021

ތީ ޔާމީނުގެ ގެޔެއްތަ؟ ނޫނީ ސަރުކާރަށް ނަގަންޖެހޭ ގެޔެއްތަ؟

The name is already taken The name is available. Register?

ބޮޑުމީހާ

29 August 2021

ރިހާކުރުފުޅި ނެގި ކުއްޖާވީ ޖަލުގަ. 4.2 ބިލިއަން ނެގި މީހުން ފިނި ކޮޓަރީގަ

The name is already taken The name is available. Register?

ޓްރާންސްޕޭރެންސީ...

29 August 2021

ބަޔަކީ ކޮންބައެއް. ދިވެހިން، ބަންގާޅިން، އިންޑިއަންސް، އައިސިސް މީހުން،ޕާރޓޭން،ޕްރައިވެޓް އިންވެސްޓިގޭޓާރސް/ މީހުން ގަތުލުކުރާ/ގެއްލުވާލަން ޔޫސްކުރާ ގޭންގުތަ، މޑޕ އަޑީދައުލަތްތަ؟ ފެންނަންޏާ އެނގޭނެތާ ކެޓެގަރައިޒް ކުރަން.

The name is already taken The name is available. Register?

ލީލާމާ

29 August 2021

އަވަހަށް ކުރިން ހުރިތަނަށް ޔާމީން ބަދަލްކުރޭ. ރައްކާތެރިކަމުގެ ފިޔަވަޅު ކުރިޔާލާ އަޅަންޖެހޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454