ފްލޯޓިން ސިޓީގެ ކޮންސެޕްޓް ޑިޒައިން--
29 ސެޕްޓެމްބަރ 2021 - 10:46
"މޯލްޑިވްސް ފްލޯޓިން އައިލެންޑް" ގެ ނަމުގައި މާލެ އަތޮޅުގައި ތަރައްގީކުރާ ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ފްލޯޓިން ސިޓީ ހެދުމަށް ނެދަލޭންޑްސް ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށް، މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކުރީ މިދިޔަ މާޗު މަހު އެވެ.
އެ މަޝްރޫއުގެ ލޯކަލް ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒް "މިހާރު" އަށް ވިދާޅުވީ ފްލޯޓިން ސިޓީ އަޅާ ސަރަހައްދުގެ ކަނޑު އަޑީގެ ވެއްޔާއި ފަރުތަކުގެ ހާލަތު ބެލުމަށް ބޯ ހޯލިންގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އީއައިއޭ ތައްޔާރު ކުރުމުގެ ކަންކަން ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ މަޝްރޫއުގެ މާސްޓާ ޕްލޭން ނިންމަން ބޭނުންވާ މައުލޫމާތުތަކެއް ކަމަށާއި އެފަދަ ހުރިހާ ޓެކްނިކަލް ޑީޓެއިލް ނިންމުމަށް ފަހު، ހުއްދަތައް ހޯދަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"އެ ސަރަހައްދުގައި އަމަލީ މަސައްކަތް ހަތަރު ވަނަ ކުއާޓާގައި [އަންނަ މަހު] ފަށާނަން،" އޭނާ ވިދާޅުވި އެވެ.
ފްލޯޓިން ސިޓީ ތަރައްގީ ކުރަނީ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އާއި ސަރުކާރާ ދެމެދު ގާއިމުކުރި ޖޮއިންޓް ވެންޗާއެއްގެ ދަށުންނެވެ.
މާލެ އަށް 10 މިނެޓުގެ ތެރޭގައި ދަތުރު ކުރެވޭ މި ފްލޯޓިން ސިޓީގައި 5،000 ގެ ހަދަން އޮތީ ރާވައިފަ އެވެ. ތަފާތު ކޮންސެޕްޓަކަށް ހަދާ ފްލޯޓިން ސިޓީގައި ސްކޫލާއި ހޮސްޕިޓަލާއި މޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހަދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Coronavirus
01 October 2021
ތިކަހަލަ ޕުރޮޖެކްޓު ރާއްޖެ ކަހަލަ ބުއްދި ތަހުޒީބު ނުވާ ބަޔަކު އުޅޭ ގައުމެއްގައި ހެޔޮނުވާނެ ހިންގަން. ތިކަން ކޮއްފިއްޔާ މުޅި މޫދު ތެރެއަށް އުކާނީ ކުނި. މިހާރުވެސް މަގުމައްޗަ ކުޅު ޖަހަމުން، ސުޕާރީ ޕެކެޓްތައް އުކަމުން، ދުފާފަ ރަތް ކުޅު ޖަހަމުން ދާ ބަޔެއް ދިވެހިންނަކީ. ދުނިޔޭގެ އެއްވެސް ތަހުޒީބު ގައުމެއްގައި ދިވެހިން ހެން ދުފާ ބަޔަކު ނުއުޅޭނެ.
ވިސްނާ ފިކުރު
30 September 2021
ވަރަށްފަސޭހަވާނެ ހިލޭ މޫދަށް ކުނިއުކާލަން.
ބޮލު ރޮދި
30 September 2021
ވިސްނާ ފިކުރު ކޮށްގެން ކިހާވަރެއް ދީގެން މިހާރު ކުނި ތިއަޅަނީ؟
ފްލޯޓަރ
30 September 2021
އެއްބަޔަކު ތިބެނީ އެއްގަމުގަ ތިބޭއިރުވެސް ފްލޯޓްވޭވެ. އެފަދަ މީހުންނަށް ތިއީ ވަރަށް ރަގަޅު މާހައުލެއް. އެތިކޮޅާ ނުލާ އަދި އެތިކޮޅާ ލައިގެންވެސް އެކަން ކުރަން ރަގަޅު މާހައުލެއް. ފުލުހުން އެބަ އަންނަކަން އެނގޭ އިރަށް ކުޑަދޮރުން ބޭރަށް ކަނޑަށް އަޅާލީމަ ނިމުނީ. ބޭނުން ރިޒޯޓަކުން ލޯންޗުގަ ސީދާ ގެއަށް ޑެލިވަރީކޮށްލެވޭނެ. އެންމެން އެއްބަސްކިޔާލާފަ އެއް ހިސާބަކުން އެންމެން ގެތައް ނެގީމަ އެއްކަލަ ކަންތަކުގެ ވާހަކަ ދައްކާނެ މީހަކުވެސް ނުވާނެ.
ސަލީމު އިދުރީސް
30 September 2021
ޖެހުންތާކައް ކުނިއާތަހުޒީބު ނުވާ ދިވެހިން މޫދުގަ ސީޓިއެއް އެޅީމަ އިތުރައް މޫދު ތަގައްޔަރުވާނެ މިސާލެއް ރައްރަށުގެ ފަޅުތެރެ ބެލީމަ ފެއްނާނެ
ޙޙHh
30 September 2021
ވާރުތަވި 300 އަކަފޫޓު ބިމުގަ ގެޔެއް ނޭޅިގެން މިއުޅެނީ. ސަރުކާރު ވިސްނުންހުރީ ރައްޔިތުންނަ ގެދޮރު އެޅުމައް އެހީވުމެއްނޫން، ބޭކާރު ހަރަދުކޮއް 3-4 ޖީލު ހަލާކު ކޮއްލަނީ ގެދޮރު އެޅެމުގެ ފުރުސަތުނުދީ. ސަރުކާރު ލަދެއްނުގަނޭތަ ޒުވާނުންނާ 65 އަހަރުވީ މުސްކުޅިން ވެސްއެއުޅެނީ އެމީހުންގެ ކާފަ މުނިކާފަ މެން އެޅި ބާވެ ވީރާނާވާ ގެތަކުގަ. ދެން ސަރުކާރުން ބުނޭ ތިމަންމެން ގެއަޅާނީ ކަންޑު އަޑީގަޔޭ ނޫނީ ހަންދުގަޔޭ،
ހުސެންް
30 September 2021
ތީ ވެއްޖެއިޔާ ވަރައް ރަގަޅުކަމެއް... އެކަމް ފަސް އަހަރު ދައުރު ނިމޭތަނުން ފެށީމަ ދެން އަންނަ ބަޔަކު ތިކަން ހުއްޓުވާނެ ކަޓް ނުދެންޔާ..
ބޮޑުމީހާ
29 September 2021
ހެޔޮނުވާނެ ކަނޑުފަޅު ދޫކޮށް ފުރަތަމަ ހިކިފަސްތަނެެއްގައި ޖިފުޓިއެއް ނަމަވެސް އަޅާލަބަލަ
ތުއްތޮންބެ
29 September 2021
އަޅުގަނޑުމެން މިއުޅެނީ ހިކިފަސްތަނުގަވެސް ގެގަނޑުނޭޅިގެން.
ފޫހި
29 September 2021
ސަޅި ސިޓިންގރޫމުގައި ތިބެގެން ނައިޓް ފިޝިންގ ހެދޭނެ. ޥަށައިގެން މޫދު އޮތްގައުމެއްގަ މިއުޅެނީ ބޮލުރޮދި ކެނޑިގެން.
އިބްރ
29 September 2021
މި ސަރުކާރުން އިންޑިޔާއާއި ގުޅިގެން ހިންގާ ސްޕޭސް ޕްރޮގްރާމްގައި ބައިވެރިވެގެން ހަނދުން ބަލާލަންދާންވެސް ބޭނުންވެފައި މިހުރީ. އުޅެއުޅެ ހުޅުމާލެއިންވެސް ގޯތިގަނޑެއްވެސް ނުލިބި ހުއްޓައި ރައީސްކަން އެމްޑީޕީގެ ބޭފުޅަކު ހޮވުނީމާ އުންމީދުތަށް އާސްމާނުގައި އުޅެނީ. މިހާރު ގޯތިބޭނުމީ ހަނދުން. ޓާމް ހަމަވުމުގެ ކުރިން ހަނދުގައި ހަދާ އިންޑޯ މޯލްޑިވްސް ހައުސިންގ އިން 3 ރޫމްގެ ފްލެޓެއްވެސް އޯކޭ
އެހެ
30 September 2021
ހަނދުގަ އެންމެ އުޅަނދެއްވެސް އިންޑިއާއަށް ޖެއްސިއްޖެތަ؟