އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ނޭޕާލް ކުޅުނު މެޗުގެ ތެރެއިން-- މާދަމާ ރޭ އޮންނަ މެޗުގެ ޓިކެޓު ހޯދުމުގެ ފުރުސަތު އުރީދޫން ވަނީ ހުޅުވާލާފައި--. ފޮޓޯ: ފަޔާޒް މޫސާ / މިހާރު
06 އޮކްޓޯބަރ 2021 - 13:09
މާދަމާ އޮންނަ ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކުގެ ޓިކެޓު ހޯދުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފި އެވެ.
"ބޯޅަ ކޮބާ" ގެ ނަމުގައި ހުޅުވާލި މި ފުރުސަތުގެ ދަށުން އެ ކުންފުނީގެ ޓްވިޓާ އެކައުންޓުގައި ހިއްސާކޮށްފައިވާ ފޮޓޯގައި ފުޓުބޯޅަ އޮތްތަން ދިމާކުރަން ޖެހެ އެވެ. އެއަށް ފަހު #OoredooSAFFChampionship2021 ޓެގުކޮށް ޖަވާބު އެ ޕޯސްޓަށް ރިޕްލައި ކުރުމުން ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.
މި ލަކީޑްރޯގައި ބައިވެރިވެވޭނީ މިއަދު ހަވީރު 4:00 ގެ ކުރިން ޖަވާބު ފޮނުވާ މީހުންނަށެވެ. ރަނގަޅު ޖަވާބު ދިމާކުރާ މީހުންގެ ތެރެއިން ހޮވޭ މީހަކަށް މާދަމާ އޮންނަ މެޗުތަކުގެ ތެރެއިން ބޭނުން މެޗެއްގެ ދެ ޓިކެޓު ލިބޭނެ އެވެ.
#BoalhaKobaa!
— Ooredoo Maldives (@OoredooMaldives) October 5, 2021
Spot the correct position of the football & stand a chance to WIN tickets to:
🇮🇳 vs 🇱🇰 match OR
🇲🇻 vs 🇧🇩 match
Reply your answers with #OoredooSAFFChampionship2021 before 6th Oct, 4pm (Tomorrow). pic.twitter.com/cXDJ4b3PXw
ޓިކެޓު ހޯދަން ޖަވާބު ފޮނުވަން ޖެހޭ ޕޯސްޓު--
މާދަމާ އޮންނަ މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަވެފައި ވަނީ ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗެވެ. މި މެޗުގެ ޓިކެޓުތައް މިހާރު ވަނީ ހުސް ވެފަ އެވެ.
ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ 9:00ގަ އެވެ.
އުރީދު އަކީ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ޓައިޓަލް ސްޕޮންސަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
06 October 2021
ލޮލް.ހިލޭ ކަލޭމެން ޓިކެޓް ދިނަސް އަހަރުމެން ނުދާނަން ދަނޑަށް މެޗްބަލަން.ކިހިނެއް ވެގެން ތިއުޅެނީ.ލަދު ކޮބާ؟؟ ވ.ވެދުން
ބިލް ކުލިންޓަން
06 October 2021
ބޭކާރުކަމެއް.
އޮނަރަބްލް އަފީފު ދީދީ
06 October 2021
ވިޔަފާރިތަކުން "ނޫސްތަކުގެ ސުރުޙީހޯދުމަށް" ކުރާންވާނީ ތަންކޮޅެއްހަމަޖެހޭ ވަރުގެކަންކަން. # އެންމެމީހަކަށް ޓިކެޓެއްދިއްކޮށްލުމަށް މަތީދަރަޖައިގެ ވިޔަފާރިކުންފުންޏަކުން އިސްތިހާރުކުރުމަކީ ވަރަށްދަށުދަރަޖައިގެ ކަމެއް. # ތިއީތޯ ބޮޑެތި މުބާރާތްތަކުގެ ޕާޓުނަރޝިޕް ސްޕޮންސަރުންގެ ސައިޒަކީ؟؟! ދިވެހިންނަށް ކޮންމެގޮތެއްވެސްކަމުދާތީ މިފަދަ ފަރާތްތަކުންވެސް ދިވެހިންނާއިމެދު ހިތުހުރިގޮތަކަށް ކަންކުރަނީ. އަދި ލިންކަށް ކްލިކްކޮށްގެން ވެކްސިންޖަހާދޭންވެސް ބުނާނެ.
ޙައްޤު.
06 October 2021
އަސްލުވެސްދޯ ؟ ލަދު.
ރަދީފްއޮފިޝިއަލް
06 October 2021
އޮނަރަބްލްގެ ފަރާތުން ފެނުނު ގްރެވިޓީ ހުރި ކޮމެންޓެއް.