ސާފް ޗެމްޕިއަންޝިޕްގައި އެންމެ ފަހުން ރާއްޖެ ކުޅުނު މެޗުގައި ސަޕޯޓަރުން ފޯރި ނަގަނީ
10 އޮކްޓޯބަރ 2021 - 14:59
ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ރާއްޖެ އާއި ސްރީ ލަންކާ ކުޅޭ މެޗު ބަލަން އުރީދު އާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން އަލިމަސް ކާނިވާ ސަރަހައްދުގައި ބޮޑު ސްކްރީނެއް ބަހައްޓައިފި އެވެ.
އެ ދެ އޮފީސް ގުޅިގެން ބޮޑް ސްކްރީނެއް ބެހެއްޓީ ގިނަ ބަޔަކަށް ޓިކެޓް ނުލިބި އެ ޝަކުވާ ބޮޑުވެފައިވާ ވަގުތެއްގަ އެވެ. އުރީދު އަކީ މި މުބާރާތުގެ މެއިން ސްޕޮންސަރު ވެސް މެ އެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅޭ މެޗު ފަށާނީ ހަވީރު 4 ޖަހާއިރު އެވެ. މެޗަށް ނުކުންނަ އިރު ރާއްޖެ ވަނީ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ލަންކާ އޮތީ އެންމެ ޕޮއިންޓަކާއެކު ތާވަލުގެ ފުލުގަ އެވެ.
މިއަދުގެ މެޗުން މޮޅުވެގެން، އެއްވަނައިގައި އޮތް ނޭޕާލާ ޕޮއިންޓްގެ ގޮތުން ރާއްޖެ އަށް ހަމަހަމަ ކުރެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
10 October 2021
މާލޭގައި އޮތް ސަރުކާރަކީ "އެއްރަށްދައުލަތް ސިޔާސަތެއްގެންގުޅޭ ވަތަނީ ސަރުކާރެއްކަމަށް" އަހަރުމެން ބުނަނީ ސަބަބެއް ނެތިއެއްނޫން. # ފީފާ ވޯލްރޑް ކަޕް، ޔޫރޯ އަދި ސާފްގޭމްސްގެ މެޗްތައް ބަލާން މާލޭގައި ސްކްރީންހަރުކޮށް މާލޭގެ "ކަންމަތީ ޤުރޫޕްތަކަށް" މެޗް އަޅުވާނެ ސްކްރީންބެހެއްޓުމަށް ދާނެ ޙަރަދާއި ޕްރޮޖެކްޓަރ ވެސް ޔޫތު މިނިސްޓްރީން ހަމަޖައްސާދޭއިރު ދެވަނަ ދަރަޖައިގެ "ރާއްޖެތެރޭ މީހުނަށް" އެއްވެސް ކަމެއްކޮށްނުދޭ. ޔޫރޯގައިވެސް އެތައް ޕްރޮޖެކްޓަރ ބަހާލި.
ބަނބޫ
10 October 2021
ޝުކުރިއްޔާ އުރީދޫ ޝުކުރިއްޔާ މުއިއްޒު