ޔޫތު މިނިސްޓްރީ އަދި މާލެ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިން.
13 އޮކްޓޯބަރ 2021 - 12:27
އިންޑިއާއާ ދެކޮޅަށް މިރޭ ރާއްޖެ ކުޅޭ މެޗުން ރާއްޖެ މޮޅުވެއްޖެ ނަމަ މާލޭގައި މިއުޒިކް ޝޯތަކެއް ބާއްވަން ސިޓީ ކައުންސިލުން އިސް ނަގައިގެން ނިންމާފައިވާ ކަމަށް އިއުލާނު ކުރުމަށް ފަހު، އެ މައްސަލަ ހޫނުވުމުން އެ ކަމާ ގުޅޭ ޓުވީޓު އެ ކައުންސިލުން ޑިލީޓް ކޮށްލައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން އިސްނަގައިގެން ޔޫތު މިނިސްޓްރީ، އެފްއޭއެމް، އުރީދޫ އަދި މީޑިއާ ނެޓާ ގުޅިގެން ސާފްޗެމްޕިއަންޝިޕް މެޗު ބެލުމުގެ އިތުރުން ކާނިވާ ސަރަހައްދުގައި މިއަދު ހަވީރުން ފެށިގެން މިއުޒިކް ޝޯއެއް ބާއްވަން ނިންމާފައިވާ ބުނެ ކައުންސިލުން އިއްޔެ ހަވީރު ޓުވީޓްކުރި އެވެ.
ފޯރިނަގާލާ ގިނަބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް
— Ahmed Mahloof (@AhmedMahloof) October 12, 2021
ޔޫތު މިނިސްޓްރީ، @OoredooMaldives @MaleCitymv
FAM
ގުޅިގެން މާދަމާ ހަވީރުން ފެށިގެން ކާނިވަލުގަ މެޗު ބެލުން އަދި މިޔުޒިކް ޝޯވް ގެންދަން ވަނީރޭވިފަ.
މޮޅުވެއްޖެނަމަ ފައިނަލް މެޗާ ހަމަޔަށް ކޮންމެ ރެޔަކު ޝޯވް ބާއްވާގޮތަށް. pic.twitter.com/nir27r3UgK
އެ ޓުވީޓް ޑިލީޓް ކުރީ މިއުޒިކް ޝޯ ބާއްވާތީ ބައެއް އިލްމުވެރިންގެ ފާޑުކިޔުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފަށް އަމާޒުވުމުންނެވެ.
މާލެ ސިޓީ ކައުންސިލުން ކުރި ޓުވީޓް؛ މި ޓުވީޓް ވަނީ ޑިލީޓް ކޮށްލާފައި
ސިޓީ ކައުންސިލްގެ ޓުވީޓް ޑިލީޓް ކުރުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައުންސިލުން ބާއްވާ އެއްވެސް މިއުޒިކް ޝޯއެއް ނޯންނާނެ ކަމަށެވެ. އަދި ކައުންސިލުން އިސް ނެގީ ދަނޑަށް ނުވަދެވޭ މީހުން އެއް ތަނެއްގައި ތިބެގެން މެޗު ބެލޭނެ އިންތިޒާމުތަކެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ޓުވީޓް ޑިލީޓް ކޮށްލީ ކީއްވެތޯ މުއިއްޒަށް މެސެޖު ކުރުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.
ރާއްޖެ އާއި އިންޑިޔާ ވާދަ ކުރާ މެޗު އޮތީ މިރޭ 9:00 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރު
14 October 2021
މިހާރު ނޯވޭ މިއުޒިކް ޝޯއެއް ބާއްވާލެވެންވެސް... ކޮބައިތޯ މައްސަލައަކީ..؟! މިދެން ބޮޑުވަރު
ކޮވިޑު
14 October 2021
ތެދު ވާހަކައެއް! ވަރށް ދެރަ
ކައުންސެލަރު
13 October 2021
ޓުވީޓެއް ޑިލީޓްކުރީ ކީއްވެތޯ އެހުމަށްވުރެ ބަލަން މާ އައުލާ ކަންކަން އެބަހުރި. އިންޑިޔާ ސިފައިން މިގައުމުގައި ތިބީ ކީއްވެތޯއާ ތިބިއަދަދު ސާފުކޮށްދިނުމުން ގައުމަށް ނުރައްކާ ވަނީ ކޮންގޮތަކުންތޯ މީމުހިންމުދެސުވާލު. މިވާހަކަ ނުދައްކާ ދެން ކަރަންޓް ކެނޑުނީމަޔާ ބަޔަކުޓުވީޓެއް ޑިލީޓް ކުރިސަބަބު ހޯދުމަށްވުރެ ތަސައްރަފު ފުދިބަލަ ބުރޯ.
ޢަހުލާމު
13 October 2021
ގިނަ އިދާރާތަކެއް ގުޅިގެން ހިންގަން ރޭވުނުކަމެއްގައި އަވަހަށް ޑިގުޖަހަން ޓްވީޓްވެސްކުރީ ސިޓީކައުންސިލް އިސްނަގައިގެންނޭ. ވަރަށް ދެރަ އަތަށް ގޮވީދޯ . ޓްވީޓްގަ އެހެން ނުލިޔުން ނަމަވެސް ތަންކޮޅެއް ގަބޫލުކުރަން ފަސޭހަވީސް
އަބޫޖުރައިޖް
13 October 2021
ވަރަށް ރަނގަޅު ،ދީނާ ފުށުއަރާ ކަންކަން ކުރަން ހިތައްއެރިޔަސް ނުކުރުން އެއީ އެންމެ ހެޔޮ މާތް ގޮތް މަރުޙަބާ
ސުޕާރީ
13 October 2021
ޗޯރީ އޯކޭ؟ މިޔުޒިކު ޑިލީޓު
އަލީބެ
13 October 2021
މިދެންވަރަށް ދެރަކަމެއް. މީހެއްގެ ފިކުރާހެދި މިޔުޒިކެއް ބާއްވަން ނުކެރި ތިބުން. މިވަރުން ދާނަމަ ލަހެއްނުވެ ފަހަރަކު ޖިންސެއްގެ މީހުން މަގުމައްޗަށް ނިކުންނަށް ހުއްދެދޭންޖެހޭ ހިސާބަށް މިގައުމުދާނެ.
ހުސްނުހީނާ
13 October 2021
މުއިއްޒު އޭތޯ؟ ފުދިއްޖެ. އަހަރެންގެ ވާހަކަ ހުއްޓާލީ.
ރަދީފްއޮފިޝިއަލް
13 October 2021
މިތާނގަ މިއުޒިކާއި ދެކޮޅަށް ވާހަކަ ދައްކާ ކިތައް މީހުންގެ ފޯނުގަ ބާ ލަވަތައް ހުރީ!! މަގޭ ފޯނުގަ ނުހުންނާނެ ލަވަ.ނަމަވެސް ޔޫޓިއުބުން ކުޑަކޮށް ބަލާލަން މަމެންގެ ޒުވާން ދުވަސްވަރުގެ އެންމެ މަޝްހޫރު ލަވަތައް.މިސާލު : ސޭޑް - ސްމޫތު އޮޕަރޭޓަރަ ، އަލްފާ ބްލޮންޑީ - ސެބޭއައްލަ ، ކަލްޗާ ބީޓް - މިސްޓަރ ވެއިން ، ޑަޔާ ސްޓްރެއިޓްސް - ސަލްޓަންސް އޮފް ސްވިންގް ، މެޓަލިކާ - އަންފޮގިވެން ، ސްކިޑް ރޯ - ވޭސްޓެޑް ޓައިމް. ވ.ވެދުން
ނޫސްކިޔާމީހެއް
13 October 2021
ސެބޭއައްލަ އެއީ ވަރަށް ހިޓް ލަވައެއް.
އަލްފާ ބްލޮންޑީ
13 October 2021
ރަދީފް ބްރޯގް ހޮވުންތައް ވަރަށް ރީތި.
ބަދީއު
13 October 2021
މެޓަލިކާގެ ނަތިން އެލްސް މެޓާސް ލިސްޓްގަ އޮންނަން ޖެހޭ.
ޮއޮފިށަލް
13 October 2021
ބުރޯ ކޮބާ ލަމްބާޑާ.
މޮހިތު
14 October 2021
މިހާރު މެޓާލިކާ ހަރާމޭ...! މިއޮތީ ވާ ރާއްޖެއެއް! އަފަގާނު މީހުންވެސް މިއަށްވުރެ ރަނގަޅު!
އިބްރ
13 October 2021
އަޅުގަނޑުމެންގެ ރާޢްޖެއަށް ދިމާވެފައިމިވަނީ ވ ހިތާމަވެރި ގޮތެކެވެ. ޑިމޮކްރަސީ ގެނައުމުން މި ޤައުމުގެ ޢިލްމްވެރިން ބާކީކޮށްލީއެވެ.ކަންކަމުގައި ބަސްކިޔާ ބަޔަކަށްވީ މަގުމަތީގައި މުޒާހިރާކޮށް މީސްތަކުންގެ ޢަބުރު އެންމެ ގިނައިން ކަތިލާމީނުންނެވެ.އެމީހުނަށް އިސްލާމްދީނުގައި ކަންކަން އޮތްގޮތް ނޭނގިތިބެ ފޯރީގައި ދީނަށް ފުރައްސާރަކުރެވެނީވެސް މަދެއްކޮށެއްނޫނެވެ. ނަމަވެސް މި ކޭހުގައި ރަނގަޅުގޮތް އެނގުމުން އެގޮތަށް ދީލާލާފައިވާތީވެ މާލޭސިޓީކައުންސިލަށްޝުކުރ
ސަރީފު
13 October 2021
ލޮލް
މޭޔަރޫ
13 October 2021
މޭޔަރު އެކުޅެނީ ހަގީގީ ގޭމު. އިޚްލާސްތެރިކަން ދައްކައިގެން އިދާރާތައް މެދުވެރިކޮށް ކަންކަން ގޯސްކުރުމަށްފަހު ތިމާހުރި ފަޅިއަށް ތާއީދު އިތުރުކުރަނީ. އެއީ ހަގީގަތުގައި މިދައުރުގައި މޭޔަރުގެ ޒިންމާއަކީ. އެކަން އެނގެންޖެހޭ މީހުންނަށް ނޭނގުމަކީ އެމީހުންގެ މައްސަލައެއް.