ދިރާގު ޓީވީގެ ޖޯއީ ބޮކްސް: ނޮވެމްބަރު މަސް ނިމެންދެން ދިރާގު ޓީވީ ގުޅައިދެނީ ހިލޭ--
26 އޮކްޓޯބަރ 2021 - 12:05
އެއްވެސް ފީއެއް ނުނަގައި ދިރާގު ޓީވީ ގުޅައިދޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.
އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީ ހިލޭ ގުޅައިދޭނީ ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށެވެ. މި ޕްރޮމޯޝަނުގެ މުއްދަތުގައި ޖޯއި ބޮކްސް ވެސް ހިލޭ ލިބޭނެ އެވެ.
މި ޕްރޮމޯޝަނާ އެކު ހާއްސަ ލަކީޑްރޯއެއް ވެސް ދިރާގުން ކުރިއަށްގެންދާނެ އެވެ. ދިރާގު ޓީވީގެ ހިދުމަތަށް އެދޭ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް ސެމްސަންގެ އެންމެ ފަހުގެ ޒީ ފޯލްޑް 3 ލިބޭނެ އެވެ.
މީގެ އިތުރުން ދިރާގު ޓީވީގެ ސްޓާޓާ ޕެކް ނަގާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވާލެވޭ 10 މީހަކު ޕެކޭޖުގެ ހަ މަސްދުވަހުގެ ފީ ދައްކަން ނުޖެހޭނެ އެވެ.
ދިރާގު ޓީވީއަކީ 100 އަށްވުރެ ގިނަ ޗެނަލް ހިމެނޭ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ކޮލިޓީ އަދި އަގުގައި ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ މިހާތަނަށް ރާއްޖޭގެ 77 ޕަސެންޓު ގޭބިސީއަށް މި ހިދުމަތް ފޯރުކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތިނ
28 October 2021
ހަމަ އެކަނި ދިވެހި ޗެނަލްތަ ފެންނާނެ ގޮތެއް މަ ބޭނުމީ، އެގޭ މީހެއް ބުނެދީބަލަ
1828
26 October 2021
ގުޅައި ދިނުމަށް އޯކޭ 25000ރ ނެގިޔަސް. ޚިދުމަތަށް ފީ ނުނަގަނިކޮށް.
ކޮސްކޯ
26 October 2021
24 ގަޑިއިރު ބަގުވާނު ބަލާކަށް ބޭނުމެއްނޫން. ސްޕެނިޝް ލީގެއް ނުފެނޭ. އިނގިރޭސި ޕްރިމިއާ ލީގެއް ނުފެނޭ. ދިރާގު ޓީވީ ކަޑަ.