ޚަބަރު / ނޮވެމްބަރު 3

ޝަހީދުންގެ މަގުބަރާ މަރާމާތުކޮށް ރީތިކޮށްފި

ތިނެއް ނޮވެމްބަރުގެ ޝަހީދުންގެ މަގުބަރާ މަރާމާތުކޮށް ރީތިކޮށްފައި. ފޮޓޯ: މާލޭ ސިޓީ ކައުންސިލް

03 ނޮވެމްބަރ 2021 - 11:56

12 comments

ތިނެއް ނޮވެމްބަރުގެ ޝަހީދުންގެ މަގުބަރާ ވަރަށް ބޮޑަށް ވީރާނާވެ، ހަޑިވެފައި އޮއްވައި، މާލޭ ސިޓީ ކައުންސިލުން، އެތަނުގެ އާބާތުރަ ފިލުވައި ރީތިކޮށްލައިފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް މިއަދު ވިދާޅުވީ ހެންވޭރު ސަހަރާގައި އޮންނަ ޝަހީދުންގެ މަގުބަރާ ރަނގަޅަށް ނުބަލަަހައްޓައި ދޫކޮށްލާފައި އޮންނަތާ އެތައް އަހަރެއް ވުމުގެ ސަބަބުން އެތަން އޮތީ ވަރަށް ހަޑިވެ ވީރާނާ ވެފައި ކަމަށެވެ. އެތަނުގެ އާބާތުރަ ފިލުވައި މިހާރު ފެންނަން އެހުރި ގޮތަށް ރީތިކުރަން ހަފްތާއެއްހާ ދުވަސް ހޭދަވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގޮސް ބެލި އިރު އެތަނުގެ ފާރުތައް ހުރީ ވެސް ހުރީ ވަރަށް ބޮޑަށް ހަޑިވެފައި. މަހާނަ ގާތަކުގަައިވާ ނަން ޕްލޭޓްތަކާއި އެތަނުގެ ނަންބޯޑު ވެސް ހުރީ ހަލާކުވެފައި،" މުއިއްޒު ވިދާޅުވި އެވެ.

ޝަހީދުންގެ މަގުބަރާ ސާފުކޮށްފައި. ފޮޓޯ: މާލޭ ސިޓީކައުންސިލް

މުއިއްޒު ވިދާޅުވިގޮތުގައި ސިޓީ ކައުންސިލުން އެ މަސައްކަތް ކުރީ ސަރުކާރުން އެއްވެސް އިޝާރާތެއް އައިސްގެނެއް ނޫނެވެ. އެކަމަކު އެއީ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނަކަށް ވާތީ އާއި އެ މަގުބަރާ ސާފުކޮށް ބެލެހެއްޓުމަކީ ގައުމީ ކަމަކަށް ވާތީ ހާއްސަ ސަމާލުކަމެއް ދީގެން އެ މަަސައްކަތް ކުރީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅިގެން މާލޭގައި ދިވެހި ދިދަޖަހައި، ޒީނަތްތެރިކުރުމުގެ މަސައްކަތް ވެސް ކުރީ ސިޓީ ކައުންސިލުން އިސްނަގައިގެންނެވެ. ސަރުކާރުން އެކަމާ އަޅާނުލުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނޮވެމްބަރު 11 ގެ [ޖުމްހޫރީ ދުވަހުގެ] ތައްޔާރީތަކާ ބެހޭ ގޮތުން ވަރަށް ތަފްސީލުކޮށް މަޝްވަރާ ކުރި. ދިދަ ޖަހާނެ ތަންތަނުގެ ތަފްސީލަށް ދަން ދެން މަޝްވަރާކުރި. އެކަމަކު ނަސްރުގެ ދުވަހާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކާ. މިއީ އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އެހެން ވިދާޅުވި ނަމަވެސް، ނަސްރުގެ ދުވަހަކީ މުޅި މާލޭގައި ސަރުކާރުން ދިދަ ޖަހައިގެން ފާހަގަ ކުރާ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަހެއް ނޫނެވެ. ނަސްރުގެ ދުވަހު މަގުގައި ދިދަ ޖަހަނީ ހަމައެކަނި އެމްއެންޑީއެފް ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި މިއަދު ވެސް ދިދަ ހަރުކޮށްފައި ހުއްޓެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ޝަހީދުންގެ މަގުބަރާ އޮންނަ، ހެންވޭރު ސަހަރާގެ އިތުރުން މާލޭގެ އެހެން ސަހަރާތަކުގެ ހާލަތު ވެސް މިހާރު ވަނީ ބަލައިފަ އެވެ. އެތަންތަނާ ބެހޭ ތަފްސީލު ރިޕޯޓެއް ލިބިވަޑައިގެންފައިވާ ކަމަށާއި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާާޅުވީ އެ މަސައްކަތްތައް ވެސް ކައުންސިލުން ކުރާނެ ކަމަށެވެ.

12 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 12%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގޮވެލި

03 November 2021

މުއިއްޒު މި ހުރިހާ ކަމަކާ ހަވާލުވެގެން 7 އަހަރު ހުރިއިރު މިއިން ތަނަކަށް ވަދެލާނެ ވަގުތެއް ނުވީދޯ؟

The name is already taken The name is available. Register?

ށަވިޔަނި

03 November 2021

والشافعية قالوا : يجوز أن تُبنى قبور الأنبياء والشهداء والصالحين ، وأن ترفع عليها القباب ولو فى الأرض الموقوفة ، وذلك إحياء لذكرهم . ނަބީ ބޭކަލުން، ޝަހީދުން، ސާލިހުން ގެ ހަނދާން އާކުރުމުގެ ގޮތުން އެބޭބޭކަލުންގެ ގަބުރު ހެދުން، ގުއްބަހެދުން ވަގުފު ބިމެއްގައިވިއަސް ޝާފިޢީ މަޛްހަބުގައި ހުއްދަ. އެހެން ނޫނީ ހަރާމް.

The name is already taken The name is available. Register?

ޝަހީދު

03 November 2021

މުއިއްޒު އަށް ތިވާހަކަ ވެސް ހިއްސާ ކޮށްލެވުނީ މީހުންގެ ހިތުގަ ނަފްރަތު އުފެދޭ ގޮތަށް ދޯ.

The name is already taken The name is available. Register?

ރިއަލީ

03 November 2021

ތިޔަހެންލާފަ ކިތަންމެ ފަހަރަކު ދިއައަސް ތިއީ ޝަހީދުން ވަޅުލާފަ އޮތްތަނެއް ކަމެއް ދުވަހަކުވެސް އެނގިފަކާ ނެތް. އެކަން މި އެނގުނީ މުއިއްޒު ކުރިކަމަކުން. ތިޔަ ތަން ދައްކާލަން ފީލްޑް ޓްރިޕްގޮތަށް ސްކޫލް ކުދިން ގެންދިއުމަކީ ވަރަށް މުހިއްމު ކަމެއް. ގައުމަށްޓަކައި ޝަހީދުވި މީހުންގެ ގުރުބާނީގެ ހަނދާން އާކުރަންޖެހޭ އަދި އެމީހުން ގައުމަށް ކޮށްދިން ކަންތައް ފުހެވިގެންދިއަ ނުދޭން ކުދިންނަށް ކިޔައިދޭންޖެހޭ. ތާރީޚުގައި ވެ ނިމުނު ކަމެއް ނުވާކަމަކަށް ނުހެދޭނެ.

The name is already taken The name is available. Register?

މަރުކަސް

03 November 2021

ބަލަ އަލިރަސްގެފާނު ޒިޔާތުގެ ތެރޭގައި ފެންހިންދާ ވަޅުގަނޑު ހެދީވެސް މުއިއްޒުވ

The name is already taken The name is available. Register?

މުޑަހަންޖާ

03 November 2021

ަރާއްޖޭގެ އެހެން ރަށްރަށުގަވެސް ތިކަހަލަ ކަންކަން ކުރަނީ ކައުންސިލުން، ސަރުކާރު އޮންނަނީ ހަމައެކަނި ކ.މާލޭގެ ރަށުތެރޭ ކަންކަން ބަލަހައްޓަން ކަމަށް އޮތް ސަގާފަތް އުވާލަންޖެހޭ.

The name is already taken The name is available. Register?

ފެނޭދޯދޯ

03 November 2021

މިހާރު އެމްޑީޕީގެ އަސްލު ސޫރަ ރައްޔިތުންނަށް ވަރަށް ރީއްޗަށް ފެނިގެންދާނެއޭ އެމްޑީޕީގެ ވެރިކަމަކީ އެއީ ގައުމުގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލައިގެން ވެރިކަމުގައި ތިބުން ބޭނުންވާ ހަމަ އެކަނި ޕާރޓީއޭ މިކަން މިހާރު މިދަނީ ރައްޔިތުންނަށް ފާޅުކަން ބޮޑު ގޮތެއްގައި އެނގެމުންނޭ...

The name is already taken The name is available. Register?

ޑަކައިތު

03 November 2021

ކޮސްނުގޮވާ. ވެރިކަންހޮވާނީ ދިވެހިން. އިންޑިޔާއެއް ޗައިނާއެއްނޫން. ސޫރަ ފެންނާނީ އެކިމީހުންނަށް އެކިގޮތަށް. އެއްބަޔަކަށް ލާދީނީ ގައުމުވިއްކާ އަނެއްބަޔަކަށް ތަރައްގީގެ ބާނީ. އެއްބަޔަކަށް ވަގެއް އަނެއްބަޔަކަށް ހުދުފޮތިކޮޅެއް.

The name is already taken The name is available. Register?

އައިން

03 November 2021

އެމީހުންނަށް ހެޔޮދުއާކުރުން ފިޔަވާ މިގޮތަށް މަގުބަރާތައް ބިނާކުރުން އެއީ ރަނގަޅުކަމެއްތޯ ސުވާލު އުފެދޭ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

03 November 2021

ބިދުއައެއް.

The name is already taken The name is available. Register?

އަލީކް

03 November 2021

ވަކި މަގުބަރާތަކެއް ތިގޮތަށް ޒީނަތްތެރިކޮށް ބެލެހެއްޓުން ތިއީ ހުއްދަކަމެއްބާ؟

The name is already taken The name is available. Register?

ޢަލީ ނައީމް

03 November 2021

ކޮންމެކަމެއް ދީން ވައްދައިގެން ފިތުނަ ފަސާދައައް މަގުފަހިކުރުން ރަގަޅެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454