މިދިޔަ އަހަރު ހއ. އަތޮޅު މަދަރުސާ އިން އެންމެ މޮޅު ދަރިވަރު އައިޝަތު ޝައްފާ އަބްދުﷲ--
03 ޖުލައި 2022 - 07:07
ހއ. ހޯރަފުށީގައި ހުންނަ އެ އަތޮޅު މަދަރުސާގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކީ އައިޝަތު ޝައްފާ އަބްދުﷲ އެވެ. އެއީ ބުލީ އާއި ފުރައްސާރައިގެ ތެރެއިން ބޮޑުވެ، ބައްޕަގެ އެންމެ ފަހުގެ ވަސީޔަތް ހަގީގަތަކަށް ހެދުމަށް ކުރި ގޮންޖެހުން ބޮޑު ދަތުރުގެ ފޮނި ނަތީޖާ އެވެ.
ޝައްފާ ވަނީ އޯ ލެވެލް އިމްތިނުގެ ތިން މާއްދާއަކުން އޭ ސްޓާ އަދި ބާކީ މާއްދާތަކުން އޭ ހޯދައިފަ އެވެ. އުމުރުން 16 އަހަރުގެ ޝައްފަ، "މިހާރު" އަށް ބުނީ ސްކޫލުން މޮޅު ދަރިވަރަކަށް ވުމުގެ އަޒުމު އޭނާ ކަނޑައެޅީ ބައްޕަގެ އެންމެ ފަހުގެ ނަސޭހަތަކީ އެއީ ކަމަށްވާތީ ކަމަށެވެ.
ޝައްފަގެ ބައްޕަ މަރުވީ އޭނާ ގްރޭޑް ހަތެއްގައި ކިޔަވަމުން ދަނިކޮށެވެ. އޭރު އޭނާ ކިޔަވަމުން ދިޔައީ ބައްޕަގެ އުފަން ރަށް، ޅ. ނައިފަރުގައި ހުންނަ މަދަރުސަތުލް އިފްތިތާހުގަ އެވެ.
ޝައްފަ ބުނީ އޭނާގެ ބައްޕައަކީ މަސްވެރިއެއް ކަމަށާއި ރަށުގައި އުޅޭނީ ވަރަށް މަދުން ކަމަށެވެ. ގްރޭޑް ހަތެއްގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ރިޕޯޓް ފޮތް ދިން ދުވަހު އޭނާގެ ބައްޕަ ރަށަށް ދިޔައީ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމުން ބައްޕަ އަށް ރިޕޯޓް ދައްކަން ދިއުމުން ލިބުނީ ހަޔާތުގެ އެންމެ ފަހުގެ ވަސީޔަތް ކަމެއް ޝައްފައަކަށް ނޭނގެ އެވެ.
"އެ ދުވަހު ބައްޕަ ގެއަށް އައިމަ އަޅުގަނޑު ވެސް ވަރަށް އުފަން ގޮސް ބައްޕައަށް ރިޕޯޓް ފޮތް ދެއްކީ. އެ ދުވަހު ބައްޕަ ބުނީ ވަރަށް ރަނގަޅޭ. ބަސް އަހައިގެން ރަނގަޅަށް ކިޔަވައްޗޭ. ބައްޕަ ނެތް ދުނިޔެއެއްގައި ވެސް ސްކޫލުން އެއް ވަނަ ހޯދަންވާނެއޭ،" ޝައްފަ އޭނާގެ އެންމެ ހިތްދަތި ހަނދާންތައް އާކުރަމުން ކިޔައިދިނެވެ.
ޝައްފަ، އޭނާގެ ބައްޕައާ އެކު--
ބައްޕަ ދިން ނަސޭހަތާ އެކު ޝައްފަ ގޮސް ވަނީ ކޮޓަރިއަށެވެ. އޭނާ ބުނީ އެނދުމަތީގައި އޮށޯވެލިތަނާ ހެން ބައްޕަ ގޮވަން ފެށި ކަމަށެވެ.
"ކޮންމެވެސް ގޮތްތަކެއް އެބަވެޔޭ ބައްޕަ ބުނީ. މަންމައަށް ގޮވައި ދޭށޭ. އެ ދުވަހު ބައްޕަ ކޯމާއަށް ދިޔައީ. ޖެހިގެން އައި ދުވަހު މެންދުރު ބައްޕަ ނިޔާވީ. ވަރަށް ހެލްތީކޮށް ހުރެފައި ހަމަ ކުއްލިއަކަށް ބައްޕަ ނިޔާވީ،" ޝައްފަ ބުންޏެވެ.
ބައްޕަގެ މަރާ އެކު، ކިތަންމެ ބޮޑު ހިތާމައެއް ލިބުނަސް، އޭނާ ދިޔައީ ކުރިއަށް ދިއުމެވެ. ނައިފަރުން ހޯރަފުއްޓަށް ކިޔެވުމުގެ މެދު ތެރެއިން ބަދަލުވުމުން ރައްޓެހިން ގެއްލި، ކިޔެވުމަށް ވެސް އުނދަގޫވާނެ ކަމަށް ޝައްފައަށް ހީކުރެވުނަސް ކަންތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް އޭނާ ބުންޏެެވެ.
މިދިޔަ އަހަރު ހއ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރަށް އިނާމް ހަވާލުކުރަނީ--
"އެޑްޖަސްޓް ކުރަން ވަރަށް އުނދަގޫވާނެއޭ އޭރު ހިތަށް އެރީ. އެކަމަކު ޓީޗަރުން ވެސް ރަނގަޅު. ލިބުނު އެކުވެރިން ވެސް ރަނގަޅު. އެކަމަކު ބުލީކުރުން ކޮންމެ ސްކޫލެއްގައި އޮންނަ ގޮތަށް އެކަން ކުރިމަތިވި."
ޝައްފަ ބުނީ ނައިފަރަކީ އާބާދީ ބޮޑު ރަށަކަށްވާތީ ކްލާހެއްގައި ތިރީހަކަށް ކުދިން ކިޔަވާ ކަމަށެވެ. އެކަމަކު ހޯރަފުއްޓަށް ބަދަލުވެ 20 ކުދިންނާ އެކު ކްލާހުގައި ހަމަޖެހިގެން ކިޔެވުން ފަސޭހަވި ކަމަށް އޭނާ ބުންޏެެވެ. ޓީޗަރުންނާއި ގާތް އެކުވެރިންގެ ފަރާތުން އެހީ ލިބި ކުރިއަށް ދިއުންވީ އޭނާ އަށް މާ އުނދަގޫ ކަމަކަށް ނޫނެވެ.
ޝައްފަ، އޭނާގެ މަންމަ ފަރާތު އާއިލާގެ މެމްބަރުންނާ އެކު--
އެކަމަކު ސްކޫލުގައި އޮންނަ ވާދަވެރިކަމުގެ ތެރެއިން ބްލީގެ ވެއްޓަށް އޭނާ ވެއްޓުނެވެ. އެތައް އުނދަގުލެއް އޭނާއަށް ކުރިމަތިވިޔަސް އަދި އަދަށް ވެސް ބުލީގެ ޝިކާރައަކަށްވީ ސަބަބެއް އޭނާއަކަށް ނޭނގެ އެވެ.
އޯލެވެލް އިމްތިހާނަށް ތައްޔާރުވަމުންދިޔައިރު ވެސް ގޭގެ ފާރަށް ކަޅުތެޔޮ ޖަހައި ހެދި އެެވެ. އޭނާގެ މަންމަގެ ސައިކަލުގެ ވަށިގަނޑަށް ފުރައްސާރަކޮށް އެކި ނޯޓުތައްލާ އުނދަގޫ ކުރަމުންދިޔަ އެވެ.
"ޓެސްޓަށް ތައްޔާރުވާތީ މަންމަމެން ނުވެސް ބުނޭ އޭރު ކަޅުތެޔޮ ޖެހި ވާހަކަ ވެސް. ބޭބެއަށް ފެނުނު ޖަހަނިކޮށް ވެސް. މަންމަ ސައިކަލު ޓަޔަރު ފަޅާ އެކަހަލަ ބައިވަރު ކަންތައް ދިމާވި ރެޑީވަމުންދިޔައިރު،" އޭނާ ކިޔައިދިނެވެ.
އެ މައްސަލަ އާއިލާ އިން ޕޮލިހަށް ރިޕޯޓް ކުރަން ވެސް އުޅުނެވެ. އެކަމަކު ޓެސްޓް ދުވަސްވަރު އިތުރު "މައްސަލަގަނޑެއް"ގެ ތެރެއަށް ވަންނަން ބޭނުން ނޫން ކަމަށް ބުނެ އެކަން ވެސް ނުވާ ކަމަކަށް ހަދާލީ ކަމަށް އޭނާ ބުންޏެެވެ.
"މަންމަ ކައިރީ އަޅުގަނޑު ބުނީ ރިޕޯޓްކުރާނެ ކަމެއް ނެތޭ. ނަތީޖާ އިންނޭ ދައްކާލާނީ. އެ ދުވަހުން އެ މީހުންގެ ތުން ބަންދުވާނެއޭ."
އޯލެވެލްގެ ގަދަ ނަތީޖާއަކަށް ފަހު އޭނާ އަންނަނީ ދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުން މި އަހަރު އޭލެވެލް ފެށުމަށް ތައްޔާރުވަމުންނެވެ. އޭނާ ހުރީ އޭލެވެލްގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދައި ގައިނޮކޮލޮޖިސްޓަކަށް ވާން ސްކޮލާޝިޕެއް ލިބޭނެ ކަމުގެ އުއްމީދުގަ އެވެ.
"އަޅުގަނޑު މިހުރީ ވަރަށް ތައްޔާރުވެގެން. ގައިނޮކޮލިޖިސްޓަކަށް ވާން ކިޔަވަން ސްކޮލާޝިޕެއް ނުލިބިއްޖެއްޔާ ލެބޯޓްރީ ކަހަލަ އެއްޗަކުން ކުރިއަށް ދާން. އަޅުގަނޑަކީ އާއިލާގެ އެންމެ ބޮޑު ކުއްޖާ. އެހެންވީމަ މަންމައަށް ބަރޯސާވެގެން އަބަދަކު ނޫޅެވޭނެ. އަވަހަށް މަންމައަށް ފައިދާވާނެ ގޮތަކަށް ކުރިއަށް ދާން އަޅުގަނޑު މިހުރީ ޕްލޭންތައް ހަދައިގެން. އެ ޕްލޭން ފެއިލްވެއްޖެއްޔާ ދެން ހަދާނެ ގޮތުގެ ޕްލޭން ވެސް ވިސްނައިގެން."
ޝައްފަ އާއި ގްރޭޑް ހައެއްގައި ކިޔަވާ އޭނާގެ ކޮއްކޮ އަދި މަންމަ--
ޝައްފަ ހުރީ އޭނާގެ އެންމެ ހިތްދަތި ދުވަހުން އަރައިގެންފަ އެވެ. ބުލީ އާއި ފުރައްސާރައިން ވެސް އެ އަރައިގަންނަނީ އެ ހިތްވަރުންނެވެ. އޭނާގެ އުއްމީދަކީ ކޮއްކޮ އާއި މަންމައަށް ރަނގަޅު ގޮތެއް ހޯދައިދިނުމެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމަނާ
05 July 2022
ޝައްފާގެ ތިޔަ ކާމިޔާބަށް މަރުޙަބާކިޔަން. އަދި މިހާރު ތިޔަ ކަނޑައެޅި ކަންތައް ހިންމަވައިދެއްވުންއެދި ﷲގެ ޙަޟްރަތުގައި ދުޢާދަންނަވަން. ހިތްވަރާއެކު ތިޔަ އަޒުމުގައި ކުރިޔަށް ދިއުމަށް ހިތްވަރުދެން. އިންސާﷲ ތިޔަކަންތައް ކާމިޔާބުވާނެ.
ނިކަމެތިރައްޔިތުމީހާ
05 July 2022
ބުލީ ކުރީއޭ ބުނީމަ ފުރަތަމަ ހީކުރީ ސުކޫލުތެރޭ ދިމާ ކުރަނީޔޭ! ގޭގެ ފާރަށް ކަޅު ތެޔޮ ޖެހުމާއި ސައިކަލް ހަން ފެޅުން މީ ހާދަ ނާތަހުޒީބީ ކަންކަމޭ! އޭނަގެ ކިޔެވުމާއި ހަސަދަ ލުމުގެ ބަދަލުގަ އޭނަ ކައިރިަޔށް ގޮސް ބުނެލި ނަމަ ތިވަރަށް ނުކިޔަވާށޭ! ތިމަންނަމެންގެ ހިތަށް ކުޅަދާނެއެއް ނޫނޭ
ވަރަށްމުސްކުޅިމީހެއް
05 July 2022
ދިރިއުޅުމުގައި ބެލެންސެއް ގެންގުޅޭތި ކިޔެެވުމާއި މަސައްކަތާ ރިލޭޝަންޝިޕްސް އާއިލާ މި ހުރިހާ ކަމަކީވެސް މުހިންމު ކަންކަން އެ ކަންކަމަށް ވަގުތު ދޭން ޖެހޭ ވަރަށް ދޭންވެސް ޖެހޭނެ ހުރިހާ ވަގުތެއް އެއްކަމަކަށް ހުސް ކޮށް ލެވިއްޖެއްޔާ ފަހުން މޮޔަ ހީވާނެ ތި ކުއްޖާޔަށް އިތުރު ކާމިޔާބަށް އެދެން
ޢެހެނަސް
04 July 2022
މި ދަރިވަރަކީ ކުދިންނާ އި ގުޅިގެން ވަރަށް ހިތްވަރާއެކު ކިޔެވުމަށް މަސައްކަތް ކުރާ ކުއްޖެއް. މިހާރު ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 11 ގައި ކިޔަވަމުންދަނީ.. ވ.ކެރޭ ،ފިސާރި ދޫހެލޭ ކުއްޖެއް. ކަންކަމުގައި ފަސް ނުޖެހި ކުރި އަރަން މަސައްކަތް ކުރާ ކުއްޖެއް.
ޝަރަފުއްދީން / އައްޑޫ
03 July 2022
އައްޑޫގެ ސްކޫލް ތަކާއި އައްޑޫ ހައި ސްކޫލްގައި މިހާރުވެސް އެތައް އެހެން ރަށްރަށުގެ އެތައް ކުދިންނެއް ކިޔަވަމުން މަތީ ވަނަހޯދަމުން އެބަދޭ. އައްޑޫ ކުއްޖަކަށް ނުވީތީ އަހަރުމެން ނޫޅެން ކޮށްމެހެން އެކުއްޖަކާ ޖައްސާލައިގެން ބުލީ ކުރަމުންނެއް. ތިއީ ވަރަށް ވިޔާނުދާ ކަމެއް.
ނިއުކް
05 July 2022
މި ކުއްޖާ ވެސް 10އާ ހަމައަސް ކިޔެވީ އުފަން ރަށުން މަންމަގެ ރަށުން.. މިހާރު އެހެން ތަނެއްގަ އެ ކިޔަވަނީ.. ރަށުން ބޭރުވެގެން އެތެރެ ވެގެން ހިނގާކަމެއް ނޫން ބުލީއަކީ.. ކުއްޖަކު ފަލަވިޔަސް ހިކިވިޔަސް ކަޅުވިޔަސް މި ރާއްޖޭގަ ބުލީކުރާނެ..
އަތޮޅުގެ މީހެއް
03 July 2022
އަޅުގަޑު ބުނެލާނީ ހަމަތިކުއްޖާ ތިކުރިހިތްވަރާ ތިދެއްކެވި އަޒުމުގެ އަސްލަކީ މާތްﷲގެރަހްމަތާ ބައްޕަގެ ނަސޭހަތާ ވަސިއްތަތުގާ ހިފާ ކުރަދުއްތުރާލާ އަނިޔާގާ ކެއްތެރިވެ ޢަޒުމާއެކުކުރހިތްވަރު ސާބަސް ތިދަރިއަށް މާތްﷲރަހުމަތާ އުފާ ފާގަތިކިނމިންވަރުކުރައްވާށަ އާމީން
ހޯރަބޭ
03 July 2022
ވަރަށް އަހުލާގުރަގަޅު ކިޔަމަންތެރި ދަރިވަރެއް. ދުއާޔަކީ ކަބުލޯގެ އުއްމީދުތައް ހާސިލުވުން.
އަހަމަދުފުތާފޭދޫ
03 July 2022
އަޅުގަނޑަކީ ތިކުއްޖާ ގެ ބައްޕަގެ އުމުރު ގެ މީހެއް. ތިޔަ ހިއްވަރައް މަރުހަބާ ކިޔަމުން ދޭނެ ނަސޭހަތަކީ ތިކުރާ މަސައްކަތު ގަ ކާމިޔާބު ލިބެންދެން ލޯބީގެ އޮއިވަރު ގަ ނުޖެހި ދިޔުން ބުއްދިވެރި ނޫނީ ހަމަ އުއްމީދު ވެއްޔާ މޮޑެވިގެން ގޮސް މަޔަކައްވެ މަންމަޔައް އިތުރައް ތަކުލީފެއް ދެވޭނީ. މިއަދު ގެ އަންހެން ދަރިން ސްކޫލު ނުނިމެނިސް މީހަކާ ހިތާވެ އިނދެ ދަރިން ލިބި މައިންބަފައިން ނައް ވާ ފައިދާ އެއް ނޯވޭ ފިރިމީހާގެ އަޅަކައްވެ ހަޔާއް ނިމިގެން ދަނީ.
ވާނުވާ.
03 July 2022
މީހަކާ އިނުމުން ފިރިމީހާ ޚަރަދުކޮށްގެން ކިޔަވައިދޭ ކުދިންވެސް ބައިވަރު. އެކަހަލަ ރަނގަޅު ބަޔަކު ނުދެކެންދޯ؟
އައިމިނާ
03 July 2022
ބައްޕަގެ ވަސިއްޔަތާއި މަންމަގެ ހުވަފެނާއި ކާފަމެންގެ އުއްމީދާއި ޢާއިލާގެ ޝަރަފާއި ގަދަރަށްޓަކައި ކުދިން ގުރުބާން ކުރަނީ.ދެރަކަމެއް.ހިތާމަ ހުރިކަމެއް. މީގެ ތެރެއިން އެއްވެސް ކުއްޖަކު އަމިއްލަ އަށްބޭނުންވެގެން އަމިއްލަ ނަފްސާއި ޖިސްމު ތަރައްގީ ކޮށް ކުރި އަރުވަން އެއްވެސް ކަމެއް ކުރާކަށް ނުވިސްނާ. މައިންބަފައިންގެ ޕްރެޝާބޮޑުވީމަ ފުރުސަތު ނެތީ.
ކުޗީ
03 July 2022
ގިނަ ފަހަރަށް ބުލީ ކުރަން ފުރުސަތު ދެނީ އެކުދިންގެ ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން.
ނަމޫނާ
03 July 2022
ނޫން، ހޯރަފުއްޓަކީ ރަށުން ބޭރުން އަންނަ ކުއްޖަކު ރަނގަޅު ނަތީޖާއެއް ހޯދާނަމަ ވަރަށް އަހުވަ ދައްކާރަށެއް އެކަން އެނގޭނެ އެރަށުން ކިޔެވި އެހެން ރަށްރަށުގެ ގިނަ ކުދިންނަށް
ނިއުއްޓޭ
05 July 2022
ހައްހައްހާ މޮޅު ފިތުނަ ވެރި ކޮމެންޓެއް ކޮށްލީ.. ފުރަތަމަކަމަށް ތި ރަށުން ބޭރު ކުއްޖެއް ނޫން.. މަންމަގެ އާއިލާއަކީ ރަށުގަ ގަދަރުވެރި ބޮޑު އާއިލާއެއް.. ބުލީ ކުރުމުގެ މައްސަލަ ތައް ދިމާވީ ކުރިން އުޅުނު ސްކޫލުންނޭ ދަރިވަރުގެ ވާހަކައިގަ ބުނީ.. ވާނނުވާ ނުބަލަ ހަސަދަވެރި ކޮމެންޓެއް ކޮށްލީ ތިޔަ އިހަވަންދޫ ނިއުމާ ނަމުނާއޭ ކިޔާފަ