މިހާރު އެގިއްޖެ

ތިން ސިއްރު: ނަޒޫ އެނގެން ބޭނުންތަ؟

މަހްލޫފް އާއި ނަޒޫ އަދި ދަރިފުޅު އެލީ.

އާއިލާގެ ތެރޭގައި ސިޔާސީ ބޭފުޅުން ތިއްބެވި ނަމަވެސް، މި ދާއިރާއާ ދޭތެރޭ ނަޒްރާ ނަސީމް (ނަޒޫ)ގެ ހިޔާލެއް ކުޑަކޮށް ވެސް ނެތެވެ. އެކަމަކު، ފިރިކަލުން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އަހަރެއްހާ ދުވަހަށް ޖަލަށްލުމާ އެކު، އޭނާގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވަން ޖެހިވަޑައިގަތީ ނަޒޫ އަށެވެ. ނުސީދާކޮށް ސިޔާސީ ކަންކަމުގެ ތެރެއަށް ނަޒޫ އަށް ވެދެވަޑައިގަންނަވަން ޖެހިވަޑައިގަތީ އެ ހިސާބުންނެވެ. އޭނާ ކިޔަވާ ވިދާޅުވީ ވެސް މުޅިން އެހެން ދާއިރާއަކުންނެވެ. ހަގީގަތަކީ، ނަޒޫ އަކީ މުޅިން އެހެން ކަހަލަ ބޭފުޅެއް ކަމެވެ. އޭނާގެ ހަޔާތުން މިއީ، ތިޔަބޭފުޅުންނަށް ފަހަރެއްގައި ނޭނގި އޮވެދާނެ ބައެއް ކަންކަމެވެ.

ބަތް އެއްގޮތަކަށް ވެސް ފަރިއްނުކުޅުއްވާ!

ބަތް ނުކާ މީހަކު ހުރެދާނެ ބާ އެވެ؟ ހާއްސަކޮށް ގަރުދިޔަ އާއި ބަތަކީ، ރާއްޖޭގައި ޒަމާނުއްސުރެ ވަރަށް ދޯޅު، އަދި މިހާރުގެ މި ޖީލުގެ ވެސް ވަރަށް ފޭވަރިޓް އެއްޗެކެވެ. ބަތް ނުކެވޭ ނަމަ އެ ދުވަހެއް ފުރިހަމަ ނުވާ މީހުން ވެސް މަދެއް ނޫނެވެ. ނަޒޫ މުޅިން ތަފާތެވެ. އޭނާ އަށް އެއް ގޮތަކަށް ވެސް ބަތް ކަމަކު ނުދެ އެވެ. ހަމައެކަނި ކަމުދަނީ ރޮއްޓެވެ. ތަނަކަށް ކާން ދިޔަޔަސް، އޯޑަރު ކުރަނީ ބަތް ނޫން އެއްޗަކަށެވެ.

"ކުޑައިރުއްސުރެ މަންމަމެން ކާން ދީފައި ހުރެދާނެ ބަތް. އެކަމަކު ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ ހަމަ އެއްގޮތަކަށް ވެސް ބަތް ނުކާތާ. އެހާ ގަޔާވާ އެއްޗަކަށް ބަތެއް ނުވޭ،" ނަޒޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭނާ އަށް އެންމެ ކަމުދަނީ އިންޑިއަން އަރަބިކް ފުޑެވެ. ރޮށި ކާހިތް ނުވާ ފަހަރުގައި ނާނަކުން ފުއްދާލަ އެވެ. ކުޅިކޮށް ކެއުމަށް އޭނާ އެއްވެސް ވަރަކަށް ބޭނުމެއް ނުވެ އެވެ. މިރުހެއް ފެނުނުނަސް ނަޒޫ އަށް ވަނީ ބޮޑު "ވޭނަކަ"ށެވެ.

"މިރުހުގައި ވަރަށް އަތް ނުލަން. މިރުސް ލައިގެން އެއްޗެއް މޮޑެން ވެސް ނުކެރޭނެ. ފެނުނަސް ދިލަ ނަގާނެ،" އޭނާ ވިދާޅުވި އެވެ.

ފަތަން އެނގޭތަ؟

މިއީ ބޮޑު ވާހަކައެކެވެ. އޭނާއަކަށް ފަތާކަށް ނޭނގެ އެވެ. ފެތުމަކީ، ނުވަތަ ފަތަން ދަސްކުރުމަކީ ކިހާ މުހިންމު ކަމެއް ކަން އޭނާ އަށް ސިކުނޑި އަށް ވެސް ނަގައިގަނެވިފައެއް ނެތެވެ. އެކަމަކު އެކަން ވެސް މުހިންމުވެ، އޭގެ ބޭނުން މި ޖެހުނީ ހަމަ ކުއްލިއަކަށެވެ.

މަހްލޫފް މާފުށީ ޖަލުގައި ހުންނަވާތީ ބައްދަލުވުންތަކަށް ނަޒޫ ދަތުރުކުރައްވަން ޖެހިވަޑައިގަންނަވަނީ އެ ރަށަށެވެ. ކަނޑު ގަދަ ދުވަހެއްގައި ނަމަ، ދެ ގަޑިއިރެއް ހާއިރު ލޯންޗުގައި ދަތުރުކޮށްލެއްވުމަކީ ނަޒޫ އަށް ކެތްވާވަރުގެ ކަމެއް ނޫނެވެ. ކަނޑަށް ނުލާހިކު ބައްޔެވެ. ފަތަން އެނގިވަޑައިގެންފައި ނެތުމަކީ އަނެއް ބިރުވެރިކަމެވެ.

"މަހްލޫފްއާއެކު އެކަހެރި ބައްދަލުވުމެއް ނިންމާލާފައި ލޯންޗުގައި މާލެ އަންނަނިކޮށް ކަނޑު ވަރަށް ގަދަ ދުވަހަކާ ދިމާވި، އެ ދުވަހު ވަރަށް ބިރުން އިނީ،" ނަޒޫ ވިދާޅުވި އެވެ.

ނަމަވެސް ކަނޑުގައި ދަތުރުކުރުން އާންމު ކަމަކަށްވެ، އޭނާ ގަންނަމުން އައި ބިރު ކެނޑިއްޖެ އެވެ. މިހާރު އޭނާގެ އެންމެ ބޮޑު އަމާޒަކީ ވީހާ ވެސް އަވަހަކަށް ފަތަން ދަސްކުރެއްވުމެވެ. ނަޒޫ ވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ގެންދަވަނިކޮށް ކުރިމަތިވެވަޑައިގަތް ހާދިސާއެއް ހިއްސާ ކުރައްވައިފަ އެވެ.

"ޕެރަޑައިސް ރިސޯޓުގެ ޕޫލް ކައިރީގައި ހުއްޓާ މީހަކު ކޮއްޕާލީ މޫދަށް. ވަގުތުން އަޑިއަށް ދިޔައީ. އެ ދުވަހު ސަލާމަތް ކުރީ ކައިރީގައި ހުރި ދައްތައެއް. އެ ދުވަހު ވަރަށް ބޮޑަށް ލޮނު ބޮވުނު،" އޭނާ ވިދާޅުވި އެވެ.

ނަޒްރާ ނަސީމް (ނަޒޫ)

މާސްޓާސް އާއި ޑިގްރީ ނެންގެވި

މަހްލޫފް ޖަލަށްލި ދުވަސްކޮޅަކީ ހިތްދަތި އެކަނިވެރި ދުވަސްތަކެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ. އެކަމަކު ނަޒޫގެ ހިތްވަރަކަށް ބަދަލެއް ނާދެ އެވެ. އޭނާ ވަނީ އެކަނިމާއެކަނި ވެސް ދިރިއުޅުމުގެ ކަންކަން ކުރެވޭނެ ކަން ސާބިތުކޮށްދީފަ އެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ އިން ވިލާ ކޮލެޖްގައި ތައުލީމް ހާސިލް ކުރައްވައިގެން މާސްޓާސް ހާސިލް ކުރެއްވީ މި އަހަރު އެވެ. އޭގެ ކުރިން އޭނާ ވަނީ މެލޭޝިއާގައި އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމަންޓުން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާސްޓާސް ހާސިލް ކުރެއްވީ ވަރަށް ބުރަ މަސައްކަތުންނެވެ. މަހްލޫފް ކައިރީގައި ނެތުމާއި، ޑިސެމްބަރު މަހުގެ ތެރޭގައި އެހެން ގެއަކަށް ބަދަލުވެ ވަޑައިގަންނަވަން ޖެހިވަޑައިގަތުން އޭނާ އަށް ވީ ފަސޭހަ ކަމަކަށް ނޫނެވެ. އެހެން ނަމަވެސް، ފިރިހެނުން ވެސް ކުރަން ޖެހޭ މަސައްކަތްތައް އަމިއްލަ އަށް ކުރައްވައިގެން، އޭނާގެ ދިރިއުޅުމުގައި ހަގީގަތުގައި ހުސް ކަމެއް ނެތެވެ.

36 ކޮމެންޓް, 258 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 13%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާދަނު

31 May 2017

ބައެއް މީހުން ހާދަ ޖޭވޭ ދޯ. އެކަނި ދަރިންބަލަމުން ފިރިމީހާނެތުމުގެ ވޭނާ އެކު، މަތީތައުލީމު ހާޞިލް ކުރެވޭނީ ހަމަ ފިސާރި ކަނބަލަކަށް. ނަޒޫގެ ބޫޓަށް އެރީމަ އެއީ ކިހާވަރެއްގެ ކަމެއްކަން އިނގޭނެ. މަރުހަބާ ނަޒޫ. ފާޑުކިޔާ މީހުން އެކިޔަނީ ޖޭވާތީ. ތަޢުރީފުކުރީ ހަގީގަތް ގަބޫލުކުރާ މީހުންނާ، ނަޒޫއަށް ހެޔޮއެދޭ މީހުން. އޯލްދަބެސްޓް. ފިރިމީހާ ބަންދުގައި ބަހައްޓާފަ ހުރީވެސް ބޭއިންސާފުން.

The name is already taken The name is available. Register?

ހަސްންބޭ

31 May 2017

ބަތް ނުކާ މީހުންވެސް، ފަތަން ނުދަންނަ މީހުންވެސް ބައިވަރު އުޅުއްވައެވެ. ލިޔުންތެރިޔާގެ މައުލޫމާތު ކުޑަތަންކޮޅެއް އަދި ދަށީ ދެއްތޯ

The name is already taken The name is available. Register?

ބޯހަލާކު

31 May 2017

ދައްކާފަ ހުރި ވާހަކަ އެހާ ހަމއެއް ނުޖެހޭ. އެންމެ ކާހިތްވަނީ އިންޑިއަން ފުޑްކަމަށް ބުނާއިރު މިރުސްލީ އެއްޗެއްވެސް ދުވަހަކު ނުކާކަމަށްވަނީ. މިރުސް ފެނުނަސް ބިރުގަނޭ. އިންޑިއަން ފުޑަކީ މިރުހާ ތެލަށް މަޝްހޫރު ފުޑްތަކެއް. ދެން މި ކިޔާ އެއްޗެއް ދިމާވޭތަ؟ އިންޑިއާގަ ކަނީ ހުސް ނާންއާ ފަރާޓާއާތަ؟

The name is already taken The name is available. Register?

ހަނޫ

31 May 2017

2019 ؟

The name is already taken The name is available. Register?

ދޮންދޮނާ

31 May 2017

އަޅުގަނޑު ބޮނޑިބަތްކަނީ...އެކަމަކު ބަތެއްނުކަން

The name is already taken The name is available. Register?

މުގާބޭ

31 May 2017

މަމީ ދިވެއްސެއް ނޫނެއްކަމަކު ބަތްކަން، ބަތްފެންކަން، ގަރުދިޔަކަން، ރިހާކުރު މަޖާކަން. އެހެންވީމާ ކަންނޭގެ 93 އަހަރުގާވެސް މިހާ ގަދަފަދަކޮށް މިހުންނަނީ.

The name is already taken The name is available. Register?

ހަސަނު

30 May 2017

އަހަރެމެން ރަށުގައި އުޅޭ ބަތްނުކާކަތްދަ ކިޔާމީހެއް މީހާރު ނިޔާވެއްޖެ ޢުމުރުން 70 ވަރަކަށްއަހަރުގަ ރަށުގެ އެންމެން އޭނައަށް ކިޔާނީ ބަތްނުކާ ކަތްދަ ތީ އާކަމެއްނޫން

The name is already taken The name is available. Register?

ތީމު

30 May 2017

އަހަރެމެން ރަށުގައި އުޅޭ ބަތްނުކާ މޫސައެއް. އޭނާގެ އުމުރުމިހާރު70 ވަރަކަށް އަހަރު ވެދާނެ. އެހެންވީމާ ތިޔައީ އާކަމެއްނޫން.

The name is already taken The name is available. Register?

ބުރުމާ

30 May 2017

އަޅުގަނޑު ބަތެއްނުކަން އެކަމަކު ހަނޑޫގުޅަ ކަން،

The name is already taken The name is available. Register?

ހޯރަ

30 May 2017

މީ ނޫހުގަ ފަތިފުށް ލިޔާ ވަރުގެ މީހެއް ނޫން. ހަމަ ވަރަށް އާދައިގެ އެއްވެސް ޝައުގުވެރިވާފަދަ މީހެއް ނޫން

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454