ހަމުގެ މައްސަލަތަކަށް ނަދާ ސެލޮންގެ ލޭޒާ ހައްލު

ހަމުގައި ބޭނުނުންނުވާ ލަފެއް ނުވަތަ ލަކުނެއް އެބަހުރި ހެއްޔެވެ؟ ނޫނީ ހަންގަޑުގައި ބިހި އަދި އޮށާޅަ ނަގާތީވެ އުނދަގޫވޭ ހެއްޔެވެ؟ އަދި ބޭނުންނުވާ އިސްތަށި ދާއިމަށް ނައްތާލަން ބޭނުންވޭ ހެއްޔެވެ؟


މިފަދަ ކަންކަމަކީ އަންހެނުން އަދި ފިރިހެނުންގެ މެދުގައި ވެސް ވަރަށް ގިނައިން ހިނގާ ފިކުރުތަކެކެވެ. ވޭތުވެދިޔަ އަހަރުތަކުގައި ލޭޒާ ޓްރީޓްމަންޓް ޓެކްނޮލޮޖީގެ ދާއިރާއިން ހޯދިފައިވާ ކުރިއެރުންތަކަށް ބަލާލިޔަސް މިއަދު މިވަނީ ގައިގެ ހަންގަނޑަށް ދިމާވާ ކޮންމެ މައްސަލައަކަށް ވެސް ދާއިމީ ހައްލެއް ނުވަތަ ވަރަށް ފުރިހަމަ ފަރުވާތަކެއް ހޯދިފައެވެ. އެގޮތުން އަދުގެ ދުނިޔޭގައި ހަމުގެ އެންމެހާ މައްސަލަތަކަށް ނުވަތަ އެޑްވާންސް އެއިސްތެޓިކްސް އަދި ކޮސްމަޓޮލޮޖީ ދާއިރާގައި، އެންމެ އިތުބާރު ލިބިފައިވާ ސާބިތު ފަރުވާ ނުވަތަ ހައްލަކީ ލޭޒާގެ އެހީގައި ދެވޭ ޓްރީޓްމަންޓްތަކެވެ.

ޒުވާނުންގެ މެދެގައި އެޑްވާންސް އެއިސްތެޓިކްސް އާއި ކޮސްމަޓޮލޮޖީގެ ފަރުވާ އަދި ހައްލުތަކާ މެދު މަގުބޫލުކަން އުފެދިފައިވިޔަސް އަދިވެސް މުޖުތަމައުގެ މަދު ބައެއްގެ ތެރޭގައި ނަމަވެސް ލޭޒާ ޓްރީޓްމަންޓްއާ މެދު ދެކޭ ގޮތް ނުވަތަ މިފަދަ ޓްރީޓްމަންޓްތަކާ ބެހޭ މައުލޫމާތު އެކަށީގެންވާވަރަށް ލިބިފައިނުވާކަން ފާހަގަކުރެވެއެވެ. މިގޮތުން މިކަންކަމާ ބެހޭ ގޮތުން މައުލޫމާތު ސާފުކޮށްލަން ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މިފަދަ ހިދުމަތް ދެމުންއަންނަ އަދި ސޯޝަލް މީޑިއާގައި، ކްލައިންޓުން އެންމެ ފުރިހަމަގޮތުގައި ހޭލުންތެރި ކުރުވަމުން އަންނަ "ނަދާ ސެލޮން އެންޑް އެއިސްތެޓިކް ސްޓޫޑިއޯ" އާ އެކު ވަގުތުކޮޅެއް ހޭދަކޮށްލީމެވެ.

ނަދާ ސެލޮންއަކީ ހަމާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަމާއި، ޒީނަތްތެރިވުމުގެ އެކިއެކި ޚިދުމަތްދޭތާ 15 އަހަރުގެ ތަޖުރިބާއާ އެކު ދިވެހިން ފަހުރުވެރިވާ ފަދަ، ދުނިޔޭގެ ފެންވަރުގެ ޒަމާނީ އެތަކެއް ޚިދުމަތްތަކެއް ދެމުންއަންނަ ސެލޮންއެކެވެ. އެގޮތުން ވޭތުވެދިޔަ 15 އަހަރުގެ ދިގު މާޒީގެތެރޭގައި އެތައް ހާސް ބަޔަކަށް ކުރިމަތިވެފައިވާ އިސްތަށިގަނޑާއި، ވަކިން ހާއްސަކޮށް ހަމުގެ އެކިއެކި މައްސަލަތަކަށް ހައްލު ގެނެސްދީ، ދާއިމީ އަދި އިތުބާރުހިފޭ ފަރުވާތަކެއް އެސެލޮންއިން ވަނީ ފޯރުކޮށްދީފައެވެ.

ހަމުގެ އެކި މައްސަލަތައް ހުންނަ މީހުންނަކީ އެ މީހުންނަށް ދިމާވެފައިވާ ހަމުގެ މައްސަލަ ތަހައްމަލު ކުރަން ޖެހުމުގެ ސަބަބުން ހިތް ނުތަނަވަސްކަން ދިމާވެ، އަދި ގިނަފަހަރަށް އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށް އަސަރުކުރުވާ ކަމެކެވެ. މިކަމުގެ ސަބަބުން އެފަދަ ބޭފުޅުންގެ އާންމު ދިރިއުޅުމަށް ވެސް ދަނީ ވަރަށް ނޭދެވޭ އަސަރުކުރަމުންނެވެ. އެގޮތުން އެ ސެލޮން އިން ދެވޭ ފަރުވާތަކަކީ ޒީނަތްތެރިވުމަށް ދެވޭ ޓްރީޓްމަންޓަތަކަކަށް ވުރެން ބޮޑަށް، ހަންގަނޑު އަދި މީހާގެ އަމިއްލަ ސިއްހީ ދުޅަހެޔޮ ކަމަށް ހެޔޮބަދަލެއް ގެނުވާއިދޭނެ ފަރުވާތަކެއް ކަމުގައި ނަދާ ސެލޮން އިން ހާމަކުރެއެވެ.

މިގޮތުން މިހާރު ނަދާ ސެލޮން އިން ބުނި ގޮތުގައި އެ ސެލޮން އިން ހިދުމަތް ދޭން ބޭނުންކުރާ ހުރިހާ ލޭޒާ މެޝިންތަކަކީ ދިވެހިންގެ ހަމުގެ ހުންނަ ކުލަތަކަށް ވެސް ގުޅޭ އަދި އިފެކްޓިވް ލޭޒާތަކެކެވެ. އަދި މީގެ އިތުރުން އެ ސެލޮންގައި ބޭނުންކުރާ ލޭޒާ ސިސްޓަމްތަކަކީ އެމެރިކާގެ އެފްޑީއޭގެ ހުއްދަ ލިބިފައިވާ، ދުނިޔޭގެ ފެންވަރުގެ ގޯލްޑް ސްޓޭންޑާޑް މެޝިންތަކެކެވެ. ލޭޒާ ޓްރީޓްމަންޓް އަކީ ލޭޒާގެ ދޯދި ހަމުގެ މައްސަލަތައް ހުރި ހިސާބަށް ނުވަތަ ކްލައިންޓުން ބޭނުންވާ ނަތީޖާތަކަށް ބަލައި ކަސްޓަމައިޒް ކުރެވި، ޓާގެޓް ކުރެވިގެން ދެވޭ ޓްރީޓްމަންޓެކެވެ. މީގެ ސަބަބުން ޓާގެޓްކޮށްގެން ފަރުވާކުރާ ހަމުގެ ސެލްތައް ނައްތާލާ، އާ ދުޅަހެޔޮ ހަމުގެ ސެލްއާއި ކޮލާޖަން އާލާކޮށް ރީކޮންސްޓްރަކްޓް ކުރެވެއެވެ. ހަމުގެ ކޮންމެ ޓްރީޓްމަންޓަކަށް ކަސްޓަމައިޒް ކުރެވިގެން ހެދޭ ޕެކޭޖްތަކާއި، ބޭނުންވާނީ ކިތައް ސެޝަންކަމާއި، ފަރުވާއަށްފަހު ގޭގަ ކުރަންޖެހޭ ކަންކަން ގައިޑްކޮށްދިނުމާއި، އެހެންހުރިހާ މައުލޫމާތެއް ކްލައިންޓާއި ހިއްސާކުރުމަށްޓަކައި، މި ޓްރީޓްމަންޓްތައް ފެށުމުގެ ކުރިން އެ ސެލޮންއިން ކްލައިންޓުންނަށް މިކަމުގެ މާހިރުން މެދުވެރިކޮށްވަރަށް ފުރިހަމަ ކޮންސަލްޓޭޝަނެއް ދެވެއެވެ.

އެ ސެލޮންއިން މިފަދަ ޚިދުމަތް ހޯދައިފައިވާ ގިނަ އަދަދެއްގެ ކްލައިންޓުންތަކެއްގެ ނަތީޖާގެ ފޮޓޯތަކާއި، ފީޑްބެކް ވަނީ ނަދާ ސެލޮންގެ އިންސްޓަގްރަމް ޕޭޖްގައާއި ފޭސްބުކް ޕޭޖްގައި ވެސް ހިއްސާކޮށްފައެވެ. އަދި ސެލޮންގައި މި ޚިދުމަތްތައް ދޭން ތިބެނީ މި ޚިދުމަތްތަކަށާއި މެޝިންތަކަށް ހާއްސަކުރެވިގެން ތަމްރީން ލިބިފައިވާ ސެޓިފައިކުރެވިފައިވާ އެއިސްތެޓިކް ނަރުހުންކަން ވެސް ފާހަގަކުރަމެވެ.

ނަދާސެލޮން އިން ބުނިގޮތުގައި މިހާރަށްވުރެ ވެސް ފުޅާދާއިރާއެއްގައި މި ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މިކަމަށް ހާއްސަ "ނާދާ ކްލިނިކް– އެޑްވާންސް އެއިސްތެޓިކް އެންޑް ކޮސްމަޓޮލޮޖީ ސެންޓަރ" ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެސް އަންނަނީ މިހާރު ކުރެވެމުންނެވެ.