ރިޕޯޓް / އޮޅުވާލައިގެން ފައިސާ ހޯދުން

ސަމާލުވޭ، ފިތްކަނޑައިގެންދާ ވަރުގެ ސްކޭމެއް 10 ބުރީގެ ގެއެއްގައި!

މަޖީދީމަގުގެ ވަރަށް ރަނގަޅު ލޮކޭޝަނެއްގައި ހަދާފައި ހުރި 10 ބުރީގެ ގެއެއްގެ އެޕާޓްމަންޓްތައް، ބޮޑެތި އެޑްވާންސް ނަގައިގެން ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމުގައި މިއީ ރާއްޖޭގައި ހިނގި އެންމެ ބޮޑު ސްކޭމް ކަމަށް ވެދާނެ. އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކައި، ތަނާއި ފައިސާ ވެސް ނުލިބިގެން އެތައް ބަޔަކު އެބަ އުޅޭ.

މާލޭގެ އޭރިއަލް ފޮޓޯއެއް

ދިހަ ބުރީގެ އިމާރާތެއްގެ އެޕާޓްމެންޓެއް ކުއްޔަށް ނަގައިގެން އުޅޭ މީހަކަށް، އެ ގޭގެ އޯނަރުގެ ހަމައެކަނި ފިރިހެން ދަރި ދެނީ ވަރަށް ރަނގަޅު އޮފާއެކެވެ؛ އެއީ އޭނާ އެ ގެއިން ކުއްޔަށް ހިފާފައި ހުރި ދެ ކޮޓަރީގެ އެޕާޓްމެންޓަށް ފަސް އަހަރު ދުވަހަށް އެޑްވާންސްކޮށް 250،000ރ. ދިނުމެވެ. ޑީލްއަކީ އެ އެޕާޓްމެންޓް އެހެން ފަރާތަކަށް ކުއްޔަށް ދިނުމުގެ އިހުތިޔާރެވެ. ދެ ކޮޓަރީގެ އެ އެޕާޓްމެންޓުގެެ މިހާރުގެ ކުއްޔަކީ މަހަކަށް 17،000ރ. އަށް ވާއިރު، 250،000ރ. އެޑްވާންސްކޮށް ދައްކައިފިއްޔާ މަހަކަށް އެ ޖެހެނީ 4،166ރ. އެވެ.

"މިހިރީ އޭނަ އަށް 250،000ރ. ދިން ކަމުގެ ސްލިޕް،" އޭނާގެ ފޯނުން ރިސިޓް ދައްކާލި އެވެ.

އެކަމަކު ކަން ވީ ހީކުރި ގޮތަކަށް ނޫނެވެ؛ އޭނާ ދިރިއުޅޭ އެޕާޓްމެންޓްގެ ކުރިމަތީގައި އުޅޭ އެހެން މީހަކު އޭރު ހުރީ އެ ގެއިން ހަމަ އެ އެޕާޓްމެންޓާއި އެހެން އެޕާޓްމެންޓެއް 25 އަހަރު ދުވަހަށް ނަގަން ތިން މިލިއަނެއްހާ ރުފިޔާ ދައްކައިފަ އެވެ.

"އޭނަ [ތިން މިލިއަން ރުފިޔާ ދެއްކި މީހާ] އެބަ ބުނޭ ތި އެޕާޓްމެންޓްގެ ކުލި ވެސް ތިމަންނައަށޭ މި ހުރިހާ ދުވަހަކު ލިބެނީ. އެކަމަކު މިހާރު ނުލިބޭތާ ހައެއްކަ މަސް ވެއްޖެއޭ،" އޭނާ ބުންޏެވެ.

އިންޓަވިއުގެ ތެރޭގައި އެ މީހާ އަށް އޭނާ ގުޅުމުން އެތަނަށް އަ އެވެ. އޭނާގެ ވާހަކަ އަކީ މި އެވެ؛

"ދެ އެޕާޓްމެންޓް ދިގު މުއްދަތަކަށް ނަގަންވެގެން ލޯޔަރެއްގެ ވެސް ހާޒިރުގައި ގޭގެ އޯނަރާއި އޭނާގެ ދެ ދަރިން ސޮއިކޮށް ފިންގަޕްރިންޓް ޖަހާފައި އޮތް ލިޔުން މި އޮތީ. އެކަމަކު ގޭގެ ވެރިފަރާތުން އެއްބަހެއް ނުވޭ. މައްސަލަ މިހާރު އޮތީ ކޯޓުގައި. ޑިސްޕިއުޓް މަރުހަލާގައި،" އޭނާ ބުންޏެވެ.

މަޖީ ދީމަގުގެ ވަރަށް ރަނގަޅު ލޮކޭޝަނެއްގައި ވަރަށް ފަހުން ހަދާފައި ހުރި 10 ބުރީގެ އެ ގޭގެ އެކި އެޕާޓްމަންޓްތައް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން އެޑްވާންސްކޮށް މިލިއަނުން ވަނީ ފައިސާ ނަގައިފަ އެވެ. އެ ގޭގެ ޑީލްތަކުގައި ލަނޑު ލިބިގެން އުޅޭ އެކަކާ ބައްދަލުކުރަން ދިޔައިރު، އިންޓަވިއު ނިމުނު އިރު މޭޒުދޮށުގައި، ހަމަ އެއް ލަނޑެއް ލިބިގެން އުޅޭ އަށެއްކަ މީހުން ތިއްބެވެ. ބައެއް މީހުންގެ އަތުން 3.8، 2.5، 1.5 މިލިއަން ރުފިޔާ ވެސް ނަގާފައި އެބަހުއްޓެވެ.

އެ މީހުން އެކަކު އަނެކަކާ ވާހަކަ ދެއްކުމުގެ ތެރޭގައި، "އަހަރެން ގަތީ ތިން ވަނަ ފްލޯގެ ދެ އެޕާޓްމަންޓޭ" ބުނުމާ އެކު، އޭގެ ތެރެއިން ބައެއް އެހެން މީހުން ސިއްސައިގެން ގޮސް، "ބަލަ ތި އެޕާޓްމެންޓް ތިމަންނާ އަށް އޮތީ ވިއްކައިފައޭ" ކިޔައި ހައިރާން ވެގެން ވާހަކަ ދައްކަމުން ދިޔަ.

"މިއީ އަދި އަޅުގަނޑުމެންނަށް އެނގޭ މީހުން،" އޭގެ ތެރެއިން އެކަކު ބުންޏެވެ.

"ނޭނގެ ކިހާ މީހުންނަށް ކަމެއް ވެސް ލަނޑު ލިބިގެން އުޅެނީ."

އެ މީހުން އެކަކު އަނެކަކާ ވާހަކަ ދެއްކުމުގެ ތެރޭގައި، "އަހަރެން ގަތީ ތިން ވަނަ ފްލޯގެ ދެ އެޕާޓްމަންޓޭ" ބުނުމާ އެކު، އޭގެ ތެރެއިން ބައެއް އެހެން މީހުން ސިއްސައިގެން ގޮސް، "ބަލަ ތި އެޕާޓްމެންޓް ތިމަންނާ އަށް އޮތީ ވިއްކައިފައޭ" ކިޔައި ހައިރާން ވެގެން ވާހަކަ ދައްކަމުން ދިޔަ އެވެ. ހަގީގަތަކީ، އެތާނގައި ތިބި އަށް މީހުންނަށް ވެސް އެ މީހުން ގަތް ބައެއް އެޕާޓްމެންޓް ފަސް ހަ މީހަކަށް ވިއްކައިގެން އެހާ ބޮޑުކޮށް ސްކޭމް ހިންގާ ކަން ނޭނގޭ ކަމެވެ.

"އެ އިނީ ވެސް އެ އިމާރާތުން އެޕާޓްމެންޓެއް ގަތް މީހެއް،" ކެފޭއެއްގައި ތިބެ ވާހަކަ ދެއްކި އިރު، އެހެން މޭޒެއް ކައިރީގައި އިން މީހަކު ދައްކަމުން އެކަކު ބުންޏެވެ. އެންމެން ފެށީ ހޭށެވެ.

އެ މީހުން އެތާނގައި ތިބެގެން ހިސާބު ހެދިއިރު، އެ ސްކޭމްގެ ތެރޭގައި ފަންސާހަކަށް މިލިއަން ރުފިޔާ ހިމެނެ އެވެ.

ކިހިނެއް ހިނގާ ކަމެއް؟

އެ ގޭގެ ވެރިފަރާތަކީ އުމުރުން ދުވަސްވެ، އަދި ކޮންމެވެސް ވަރަކަށް ބަލި އަންހެނެއް ކަމަށް ވެ އެވެ. އޭނާގެ ތިބެނީ އަންހެން ދަރިއަކާއި ފިރިހެން ދަރިއެކެވެ. ގޭގެ އެޕާޓްމަންޓްތައް ކުއްޔަށް ދޫކުރުމާއި އެގްރިމެންޓްތައް ހެދުމުގައި އުޅެނީ ފިރިހެން ދަރި އެވެ. މި ސްކޭމް ހިންގާތާ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށް ވެ އެވެ. އެކަމަކު އަންހެން ދަރިއަށާއި ގޭގެ ވެރިފަރާތަށް މި ސްކޭމްގެ ހަގީގަތް ވަރަށް ފަހަކާ ޖެހެންދެން އޮތީ ސިއްރުވެފައި ކަމަށް ވެ އެވެ.

"އެކަމަކު ބައެއް އެގްރިމެންޓްތަކުގައި ހެކިންނާއި ގާނޫނީ ވަކީލުންގެ ވެސް ހާޒިރުގައި ގޭގެ އޯނަރު ސޮއިކޮށްފައި އެބަހުރި. ފިންގާ ޕްރިންޓް ޖަހާފައި އެބަހުރި،" އެކަކު ބުންޏެވެ.

އެހެންވެ އޭނާ ގަބޫލުކުރާ ގޮތުގައި އެ ސްކޭމަކީ ގޭގެ އޯނަރަށް ވެސް އެނގިގެން ހިނގާފައިވާ ކަމެކެވެ. އެކަމަކު ބައެއް އެހެން މީހުން ބުނާ ގޮތުގައި ގޭގެ އޯނަރު އެގްރިމެންޓްތަކުގައި ސޮއިކުރަނީ އެއީ ކިހިނެއް ވާ ކަމެއްކަން ނޭނގި، އޭނާގެ ފިރިހެން ދަރިފުޅު މަންމަ އަށް އޮޅުވާލައިންނެވެ. އޭގެ ހަގީގަތެއް ނޭނގެ އެވެ.

ލަނޑު ލިބިފައިވާ ވަރަށް ގިނަ މީހުންނަކީ އެ ގޭގެ ފިރިހެން މީހާއާ ކޮންމެވެސް ގޮތަކުން ރަހުމަތްތެރި މީހުންނެވެ. އޭގެ ތެރޭގައި އެ ގޭގައި މިހާރު އެޕާޓްމެންޓް ކުއްޔަށް ހިފައިގެން އުޅޭ ބައެއް މީހުން ވެސް ހިމެނެ އެވެ.

"މި ހަދާ ގޮތަކީ އައިސް ބުނަނީ މިއޮފާ ނަގަންވީ ނޫންހޭ. އަހަންނަށް ވީ ގޮތަކީ ހުޅުމާލެއިން އެޕާޓްމަންޓެއް ގަންނަން އުޅެނިކޮށް އޭނަ އައިސް މި ބުނަނީ ތި އުޅޭ ތަން ގަންނަންވީ ނޫންހޭ 25 އަހަރަށް. މާލޭގެ ރަނގަޅު ލޮކޭޝަނަކަށް ވެފައި ދަރިން ވެސް ސްކޫލަށް ގެންގޮސް ގެނެސް ހަދަން ފަސޭހަ ވާނެތީ އެ އިމާރާތުން އަހަރެން ދެ ތަން ނެގީ 3.8 މިލިއަން ރުފިޔާ ދީފައި،" އެކަކު ކިޔައިދިނެވެ.

އޭގެ ތެރޭގައި ހިމެނެނީ އޭނާ އުޅެމުން ދިޔަ އެޕާޓްމެންޓާއި އެ އެޕާޓްމެންޓްގެ ކުރިމަތީގައި ހުރި އެޕާޓްމެންޓެވެ. އެހެންވެ، އެގްރީމެންޓް ކުރި ހިސާބުން ފެށިގެން ކުރިމަތީގައި ހުރި އެޕާޓްމެންގެ ކުލި އޭނާ އަށް ދެތިން މަހަކު ދިނެވެ. އެކަމަކު މިދިޔަ އަހަރު ލޮކްޑައުންވި ހިސާބުން ފެށިގެން އެ ފައިސާ ލިބުން ހުއްޓުނީ އެވެ.

"އޭރު އަހަންނަށް އެނގިފައި އޮތީ ކުރިމަތީގައި ހުރި އެޕާޓްމެންޓްގައި އުޅޭ މީހުން މިދިޔަ ޑިސެމްބަރު ނިންމާފައި އެތަން ދޫކޮށްލާކަން. އެހެންވެ ޑިސެމްބަރު ނިމުނީމަ އެ އެޕާޓްމެންޓްގެ ތަޅުދަނޑި ހޯދަން އުޅެއުޅެ ލިބޭ ގޮތެއް ނުވި. ފައިސާއެއް ވެސް ނުލިބުނު. އެހެންވެ ކޯޓަށް ދިޔައީ،" އޭނާ ކިޔައިދިނެވެ.

އޭނާ އެ ބުނާ އެޕާޓްމެންޓާއި އޭނާ މިހާރު ދިރިއުޅޭ އެޕާޓްމެންޓް ވެސް ހުރީ، އޭނާ އަށް ނޭނގުނު ނަމަވެސް، އެހެން އެތައް ބަޔަކަށް ވެސް ވިއްކައިފަ އެވެ.

"އެ ގޭގެ ތިން ފްލޯގެ ހުރިހާ އެޕާޓްމެންޓެއް ދިގު މުއްދަތަކަށް ގަންނަން އަހަރެން ޕޭކުރިން 3.5 މިލިއަން ރުފިޔާ،" މޭޒު ދޮށުގައި އިން އެހެން މީހަކު ބުންޏެވެ.

ހަމަ އެ ގެއިން އެހެން ދެ އެޕާޓްމެންޓެއް ދިގު މުއްދަތަކަށް ނަގަން 1.5 މިލިއަން ރުފިޔާ ދެއްކި މީހަކު ވެސް މޭޒުދޮށުގައި އިނދެ އޭނާގެ ވާހަކަ ކިޔައިދިނެވެ.

"އެހެންވީމަ އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް މިއޮތީ ވިއްކައިފައި،" އޭނާ ކިޔައިދިނެވެ.

މީގެ ތެރެއިން ގިނަ މީހުން އެގްރިމެންޓް ހަދާފައި ވަނީ އެ ގޭގެ އެޕާޓްމަންޓްތައް ކުއްޔަށް ނަގައިގެން މިހާރު އުޅޭ މީހުން ދޭ ކުލި، ގަންނަ ފަރާތަށް ލިބޭ ގޮތަށް، އަދި އެތަން ދޫކޮށްލުމުން ގަންނަ ފަރާތަށް އެޕާޓްމެންޓް ލިބޭ ގޮތަށެވެ. އެކަމަކު ކުލީގެ ފައިސާ ކޮންމެ މަހަކު ޖަމާކުރާ ގޮތަށް އޮންނަނީ ގޭގެ ފިރިހެން މީހާއަށެވެ. ބައެއް މީހުންނަށް ބައެއް މަސްމަހު އެ ފައިސާ ލިބެ އެވެ. ބައެއް މީހުން ބުނަނީ ދެ ތިން މަހު އެގޮތަށް ލިބުނު ކަމަށެވެ. އަނެއް ބަޔަކަށް އެއް މަހު، އަދި ތިން މަހު ދިނުމަށް ފަހު ދެން އެކަން ހުއްޓުނީ އެވެ. އަދި ފައިސާގެ ކަންތައްތަކާ އޭނާ އަށް ގުޅުމުން ކޮވިޑްގެ ސަބަބުން ވެގެން އުޅޭ ގޮތެކޭ ކިޔައި ކޮންމެވެސް ބަހަނާއެއް ދައްކަމުން އަންނަ ކަމަށް، މި ރިޕޯޓަށް ވާހަކަ ދެއްކި މީހުން ބުނެ އެވެ. އަނެއްކޮޅުން އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ބައެއް މީހުން އުޅޭތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

މާލޭގެ އޭރިއަލް ފޮޓޯއެއް -- ފައިލް ފޮޓޯ: މިހާރު

"އޭނަ އުޅެނީ ފިލައިގެން. ފޯނެއް ނުނަގާ. ވީތަނެއް ވެސް ނޭނގެ. އަހަރެމެން އަޑުއެހިން ޕާސްޕޯޓް އޮތީ ހިފަހައްޓައިފައޭ ވެސް. ދެން މި މައްސަލާގައި އަހަރެމެން މި ދަނީ ގޭގެ އޯނަރު އަންހެން މީހާ ކައިރި އަށް. މިހާރު އޭނާ އުޅޭ ތަން ވެސް މި ހުންނަނީ ދަގަނޑު ގޭޓެއް ލައިފައި ވަށައިގެން ކެމެރާ ހަރުކޮށްފައި. އޭނަ މި ބުނަނީ ތިމަންނާ އަށް އެނގިފައި އޮތް ކަމެއް ނޫނޭ،" އެކަކު ކިޔައިދިނެވެ.

މައްސަލަ ކޯޓަށް، ބޭނުންވަނީ އެޕާޓްމެންޓްތައް

ފައިސާ އާއި އެޕާޓްމެންޓް ހޯދަން އެކި ފަރާތްތައް ކުރި މަސައްކަތް ނާކާމިޔާބުވެ ބައެއް މީހުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން އެކަކު ބުނިގޮތުގައި އޭނާ ބޭނުންވަނީ ފައިސާއެއް ނޫނެވެ.

"ބޭނުންް ވަނީ ފައިސާ ދެއްކި އެޕާޓްމެންޓްތައް،" އޭނާ ބުންޏެވެ.

ދައުވާ ކުރާ އެހެން މީހުންގެ ތެރޭގައި ވެސް، ހަމަ އެ އެޕާޓްމެންޓްތައް ބޭނުންވާ މީހުން އެބަ ތިއްބެވެ.

"އެގްރިމެންޓް ބުނާ ގޮތުން މިހާރު އަހަންނަށް ލިބެން ޖެހޭނެ ހައެއްކަ މިލިއަން ރުފިޔާ. އެކަމަކު އަހަރެން ދައުވާ ހުށަހަޅާފައި އޮންނާނީ އަހަންނަށް ވިއްކި ދެ އެޕާޓްމެންޓް ބޭނުންވެގެން،" އެހެން މީހަކު ބުންޏެވެ.

އެކަމަކު އެއް އެޕާޓްމަންޓެއް ތިން ހަތަރު ފަރާތަށް ކޯޓުން ހޯދައިދޭނީ ކިހިނެއްތޯ އެހުމުން އެއަށް ދޭނެ ޖަވާބެއް އެކަކުގެ ވެސް ނެތެވެ.

"ތިއެއް އެނގޭނީ ކޯޓަށް. އަހަރެން ދެން ފައިސާއެއް ބޭނުމެއް ނޫން،" އެކަަކު ބުންޏެވެ.

މި މައްސަލައިގައި ކަންވީ ގޮތް އޮޅުންފިލުވަން، އެ ގޭގެ އޯނަރުގެ ފިރިހެން ދަރި އަށް ގުޅުމުން ފޯނެއް ނުނަގަ އެވެ.

މިހާރު ވެސް ހަމަ މި ސްކޭމްގައި ހިމެނޭ މައްސަލައެއްގައި ކޯޓުން ވަނީ އޭނާގެ މައްޗަށް ފައިސާ ދައްކަން ހުކުމެއް ވެސް ކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ޑޮލަރު ގަތުމުގައި ހިޔާނާތާއި މަކަރާއި ހީލަތް ހެދުމުގެ އެހެން މައްސަލަތަކެއް ވެސް އޭނާގެ ހިމެނެ އެވެ. މީގެ އިތުރުން 17 މިލިއަން ރުފިޔާ ހިމެނޭ އެހެން ފްރޯޑް ކޭސްއެއް ވެސް އޭނާގެ އެބަ އޮތެވެ.

"މިއީ ވަރަށް ބޮޑު ސްކޭމެއް. މި ސްކޭމްގައި ކޮންމެ މީހަކު ވެސް ޖެހިދާނެ. އަހަންނަށް ހީނުކުރެވުނީ އެހާ ކައިރީގައި އެހާ ރަހުމަތްތެރި އަދި އެހާ ގަދަރުވެރި އާއިލާއެއްގެ މީހަކު މިކަހަލަ ދަށު ދަރަޖައިގެ ކަމެއް ކޮށްފާނެހެން. މިއީ ސަމާލުވާން ޖެހޭ ކަމެއް،" އެކަކު ބުންޏެވެ.

168 ކޮމެންޓް, 148 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 18%
icon angry icon angry 68%
icon wow icon wow 4%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައިރާން

06 April 2021

ބޯހަލާކު! ކޮންމެ ކަމެއްގަވެސް މަކަރު. އޮޅުވާލުން . ކީކޭ ބުނާނީ؟

The name is already taken The name is available. Register?

ޖުއްބާ.

02 April 2021

ތިޔަ އިމާރާތުގެ ތިރީގައި ހިންގާ ފިހާރައިގެ ކުލި ލިބޭނީ ތިޔަ ޖަރީމާ ހިންގި މީހުނަށް ކަމުގައިވާނަމަ ޖުއްބާލައިގެން ތުބުޅި ލާފައިތިބޭ މީހުން އެފަދަ ތަންތަން ބޮޑު އަގުގައި ކުއްޔަށް ނަގައިގެން ތިބޭނަމަ އެފައިސާ އެދެވެނީ މަގުފޭރޭ ބަޔަކަށް ތަނަވަސްކަން ހޯދާދިނުމަކަށް ނޫންތޯ ؟

The name is already taken The name is available. Register?

ހަސަނުގޯ

02 April 2021

ހުސް މަކަރުވެރިން. ތިޔަ އުޅުވާލި މީހުންގެ އިތުރަށް ތިޔަ މިލިއަނުން ލާރި ދިން މީހުން އެ ހޯދިގޮތެއްވެސް އެބަޖެހޭ ބަލަން. މިލިޔަނުން ލާރި ލިބޭ މަހުޖަނުން ކުއްޔަށް އެހާ ގަޅިކޮއް ތަނެއް ނަގާފާނެބާ

The name is already taken The name is available. Register?

އުމަރު ހާދީ

02 April 2021

ތިޔަ މައްސަލައިގައި މިހާރު ސިފައިންނާއި ކޯޓުތަކުގެ ފަނޑިޔާރުން ތިބޭނީ ގުޅިފައި، ތިޔަކަހަލަ އެތަކެއް މައްސަލަތަކެއް މިހާރުވެސް ކޯޓްތަކުގެ ތެރޭގައި އެބަހިނގާ، އަދި ފާޑުފާޑުގެ އެގްރީމެންޓްތައް ހަދައިގެން މީސްމީހުންގެ ގޯތިތައް އެބަހުރި ދަރިންނާއި ދަރިންގެ ދަރިން މަރުވާ ހިސާބުންވެސް ނުލިބޭގޮތައް އެގްރީމެންޓް ހަދާފައި، އަދި މިފަދަ އެގްރީމެންޓްތައް ކޯޓްތަކުން ބަރާބަރަށް ބަލައިގަނެ މައްސަލަ ހިންގައިދޭ

The name is already taken The name is available. Register?

އެމީހާގެ ބަސް

01 April 2021

1.5، 2.5، 3.5 ކަ، ހުޅުމާލެ އިން އެޕާޓުމެންޓު ގަނެވޭކަން މި މީހުންނައް އިގޭތޯ؟؟؟؟

The name is already taken The name is available. Register?

ޑިޑިން

01 April 2021

ލަނޑު ލިބިފަ ތިބި އެންމެނަށް ހެޔޮ ދުއާ ކުރަން! އެންމެންވެގެން ހިފާ ހަމަ، ދޫނުކުރާތި މަރުވަންދެން. މި ކަލޭގެ އުމުރަށް ޖަލަށް ގޮސް ތިޔަ ފައިސާ ލިބެންދެން.

The name is already taken The name is available. Register?

ނޭގޭ ތީ އަހާލީ

01 April 2021

އެކަމަކު މާލޭގެ މޭޔަރު ކަމަށް ވަކާލާތު ކުރާ މީހާ އެބުނަނީ މާލޭ މީހުން ބޮޑު ކުލިވެސް ނުނަގާ ކަމަށް ދޯ؟ ކުލި ކީއްކުރަން މީހުން ފެލަނީ ނޫންތޯ؟

The name is already taken The name is available. Register?

ަަަަަަ[email protected]

01 April 2021

ސުބުހާނަﷲ. ކިހިނެއްތޯ ހެޔޮވާނީ ބަޔަކަށް މިފަދަ ބޮޑެތި ގެއްލުންދޭން . އެތައް މިލިއަން ރުފިޔާ އެއް މަކަރާއި ހީލަތުން ހޯދައިގެން އެހެން ހަމަ އުޅެވޭ ބާ!!! ސޯ ސޭޑް. މި ހުންނަނީ ދަރަންޏެއް ދައްކާނެ ގޮތެއް ނެތިގެން އުޅޭ އިރުވެސް ލޯ ލާރިއެއްވެސް ހަލާލު މަސައްތަކުން ނޫނީ ނުހޯދަން. އެކަމް ކީއްކުރާނީ.. މިފަހަދަ ބޮޑެތި ގެއްލުން ދޭން ޖެހިލުން ނުވާ ވަރުގެ މީހުން މި އުޅެނީ.. ޔާﷲ.. މި ފަދަ މީހުންގެ ފަރާތުން މި ގައުމާއި ރައްޔިތުން ސަލާމަތް ކުރައްވާން ދޭވެ.

The name is already taken The name is available. Register?

ހުނައިން

01 April 2021

އަހަރެން ހީކޮށްގެން ހުރީ ސަރޫ ލޯންޗު ސާވިސަސް މި ސޮރަށް ދިން ލަނޑެއް ކަމަށް އަސްލު! އެކަމު މިހާރު އެނގިއްޖެ މީނާ މާސްޓަރ މައިންޑަކަށް ހުރި ރޭވި ބޮޑު ގޭސް ގަނޑެއް ކަން! ޕޮލް ދުނިޔޭގެ ހުރިނަމަ އަޅެ ކީކޭ ހިތަށް އަރާނީ މިހާރު! މި ސޮރުގެ މަންމަ އަށްވެސް ފޮތި ކާންދީގެން އުޅޭ ކަމަށް ވަނީ! ކީކޭ ދެން ފަހެ އަޅެ ބުނާނީ!

The name is already taken The name is available. Register?

މަކަރުކީ އެންމެ އުސްމިން

01 April 2021

މީހުންނޭ ލަގްޒަރީ ކާރި ފަތަހަ މީހުންގެ ސޮޕެއް އެއީ އެބުނާ ބިލްޑިންއަކީ ގޭވެރިމީހާ ވަނީ ނިޔާވެފަ ދެންވެރިޔަކައް އުޅެނީ ނިޔާވިމީހާގެ އަންހެނުން، ދެން ތިއޮޅުވާލުނުގައި އުޅެނީ އޭނަގަ ފިރިހެންދަރި، އޭނަމަންމަވެސް އެކަމުގަ ބައިވެރިވުން އޮތްކައް ތުންތުންމަތިން ކިޔަނީ، ތަހުގީގު ކުރީމަ އިންގޭނި ދެން ހުންނާނީ އެގޭގަ އަންހެން ކުއްޖެ!

The name is already taken The name is available. Register?

ހުސްކުރޭ ފަތަޙަ.

01 April 2021

މި ލޫޓުވުމުގެ ޙަރަކާތް ހިންގި މީހުނަށް ސަރުކާރުން އަދަބު ނުދިން ކަމުގައިވިޔަސް އަހަރެން ހަލާލު ގޮތުގައި ހޯދާ އެއްމެ ލޯލާރިއެއްވެސް އެމީހުނަށާއި އެމީހުނަށް ވާގިވެރިވާ ފަރާތަކަށް ނުވިއްކުމަށާއި ނުދިނުމަށް އަހަރެން ނިންމައިފިން. ތިޔަ އިމާރާތުގައި ހުންނަ އެއްވެސް ތަނަކަށް އަހަރެން އެއްވެސް ފައިސާ އެއް ނުދޭނަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454