ރިޕޯޓް

66 އަހަރު ކުރިން އަރިއަތޮޅުން ފެށުނު ރަށްވެހިކަމުގެ ފަތިސް

ރައީސް އަމީންދީދީ ރަށްތަކުގެ ތަރައްގީއަށް މަސައްކަތް ފެއްޓެވީ ރަށްތަކުން ކޮމިޓީތަކެއް ހައްދަވައި ސަރުކާރާ ގުޅިގެން މަސައްކަތްކުރާ ގޮތަށް

މީގެ 48 އަހަރު ކުރިން ހދ. މަކުނުދޫ: ކުރީގެ ރައީސް މުހައްމަދު އަމީން ވަނީ ކައުންސިލް މޮޑެލްގައި ރަށްތައް ތަރައްގީކުރަން މަސައްކަތް ކުރައްވާފައި

އަތޮޅުތަކުގެ ވަޒީރުކަން ނުވަތަ އެޓޯލްސް މިނިސްޓަރުކަން އެތައް އަހަރެއް ވަންދެން ކުރެއްވި މަރުހޫމް އަބްދުﷲ ހަމީދު މީގެ 36 އަހަރު ކުރިން ރަށްވެހިކަމުގެ ފަތިހެއް ސިފަކުރައްވާފައިވެ އެވެ. ފަތްތޫރަ މަޖައްލާގެ 72، 73 އަދި 74 ވަނަ ނަންބަރުގައި މި ވާހަކަ ލިޔުއްވާފައިވަނީ "ރަށްވެހިކަމުގެ ފަތިސް ... ރާއްޖެތެރެއަށް" މި މައުލޫގެ ދަށުންނެވެ.

ހަމީދު އޭރު ލިޔުއްވާފައިވާ ގޮތުން ނަމަ ރަށްވެހިކަމުގެ އަސަރުތައް އޭރު ވަނީ ރަށްރަށުން ފެންނަން ފަށައިފަ އެވެ. އެކަމަކު "ރަށްވެހިކަމުގެ ފަތިސް" ފެށިގެން އައީ ކިހިނެއް ކޮން ގޮތަކަށްކަން ގިނަ މީހުންނަށް ނޭނގޭކަން ފާހަގަކުރައްވައި ހަމީދު ތައުރީފުކުރައްވާފައި އޮތީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންދީދީއަށެވެ. އަދި ރަށްރަށަށް ބަދަލުތައް އަންނަން ފެށީ ސަބަބުތަކެއް މެދުވެރިވެގެން ކަމަށާއި ރަށްވެހިކަމާއި ކުރިއެރުމުގެ މަަގުތައް ފަހިކޮށްދިނުމަކީ ވެރިކަމުގެ ފަރާތުން ކޮށްދޭންޖެހޭ ކަމެއްގެ ގޮތުގައި ބަލައިގަތީ ވަޒީރުއްދާޚިލިއްޔާގެ މަގާމުގައި މުހައްމަދު އަމީން ހުންނެވި އިރު އޭރުގެ ސަރުކާރުންނެވެ.

ތާރީޚީ އެކި ކަންކަމާ ހަވާލާ ދެއްވަމުން ހަމީދު ލިޔުއްވާފައިވާ ގޮތުގައި ރަށްވެހިކަމުގެ ފަތިސް ރަށްރަށަށް އައުން މަޖުބޫރުވެފައިވާ ކަމަށް "ވަޒީރުއްދާޚިލިއްޔާގެ ތަނަވަސް ސިކުނޑިފުޅުގައި ރޭވުނީ" ޖުލައި 1، 1948 ގައި އަރިއަތޮޅަށް ކުރެއްވި ދަތުރަކުންނެވެ.

މި ދަތުރު ކުރެއްވީ އޭރުގެ ނިސްބަތުން ވަރަށް ބާރު ކަމަށްވާ ގަޑިއަކު ހަ މޭލު ބާރުމިނުގައި ދުވާ "ޒިބްރާ" ކިޔާ އުޅަނދެއްގަ އެވެ.

"ސުމުއްވުލް އަމީރް މުހައްމަދު އަމީންގެ އަރިހުގައި، ދައުލަތުގެ ބައެއް މުހިންމު މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުން ގެންދެވި ކަމަށްވެ އެވެ. މި ދަތުރުފުޅުގައި އަރިއަތޮޅުގެ ބައެއް ރަށްރަށް ބެއްލެވުމަށް ފަހު މާލެ ވަޑައިގަތީ ދަތުރު ފެއްޓެވިތާ ތިން ދުވަހުގެ ތެރޭގަ އެވެ." ދަތުރުގެ އަވަސްކަން ބަޔާންކުރައްވަމުން ހަމީދު ލިޔުއްވާފައިވެ އެވެ.

ހަމީދު ލިޔުއްވާފައިވާ ގޮތުގައި މި ދަތުރަށް ފަހު އަމީން މާލެ ވަޑައިގެންތާ މަ ގިނަ ދުވަހެއް ނުވެ "ރާއްޖެތެރޭގެ ކަންކަން އިސްލާހުކުރައްވައި ތަރައްގީކުރެއްވުމަށް އެކިއެކި ހަރުދަނީ ފިޔަވަޅު އަޅުއްވަން ފެއްޓެވި" އެވެ. އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅަކީ އޭގައިވާ ގޮތުން ނަމަ ރަށްވެހިކަމުގެ ރޮނގުން އެއް ވަނަ އަށް އަންނަ އަތޮޅަކަށް ތައްޓެއް ދެއްވަން ކަނޑައެޅުއްވުމެވެ. އެއީ ޖުލައި 7، 1948 ގަ އެވެ.

ވަޒީރުލް އައުޒަމް މުހައްމަދު އަމީން ދީދީ 1950 ވަނަ އަހަރު ތިލަދުންމަތީ ބާރަށަށް ކުރެއްވި ދަތުރެއްގައި އެ އަތޮޅު އަޮޅުވެރިޔާ މަޑިދޮންމަނިކާއި ބާރަށު ބަޔަކާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.

އަތޮޅުތައް ތަރައްގީކުރުމަށް ލާމަރުކަޒުކުރުމާއި ކައުންސިލްތަކާއި ކޮމިޓީތައް ހެދުން މިހާރު މާ ބޮޑު ކަމަކަށް ވެގެން އުޅުނަސް މީގެ ބައި ގަރުނަށް ވުރެ ވެސް ކުރިން އޭރުގެ ނިސްބަތުން ރަށްވެހިކަމުގެ ތަރައްގީ އަށް އަމީން މަސައްކަތް ފެއްޓެވީ އެ މަސައްކަތް ހާއްސަ ބަޔަކާ ހަވާލުކުރައްވައިގެންނެވެ. އަންހެނުންގެ ބައިވެރިވުން ކަށަވަރުކުރެއްވުމަށް އެ ޓީމުގައި އަންހެނުން ވެސް ހިމެނުއްވި އެވެ. އެގޮތުން ކޮންމެ ރަށަކުން ވެސް ހޮއްވެވި ބޭފުޅުންގެ ތެރޭގައި ދެ އަންހެނުން ވަކިން ކަނޑައަޅުއްވަ އެވެ.

"ރަށްވެހިކަމުގެ މަސައްކަތް ހިންގުމަށް ސުމުއްވުލްއަމީރް މުހައްމަދު އަމީން ހަމަޖެއްސެވި ގޮތް ބެހިފައި ވަނީ ދެ ބަޔަކަށެވެ. ފުރަތަމަ ކަމަކީ ކޮންމެ ރަށަކުން ވެރިއަކާއި ރައްޔިތުންކުރެ ހަރުދަނާ ދެ މީހަކު އެކި އަތޮޅުން ވަކިވަކިން މާލެ ގެންނަވައި އެ މީހުންނާ މަޝްވަރާކުރައްވައިގެން އެކި ރަށްރަށަށް ގެންނަންޖެހޭ ބަދަލުތަކުގެ ޕްރޮގްރާމް އެކުލެއްވުމެވެ."

"ދެ ވަނަ ބަޔަކީ، ކަނޑައެޅޭ ޕްރޮގްރާމަށް އަމަލީ ސިފަ ގެނައުމުގައި އިރުޝާދު ދެއްވައި އެހީދެއްވުމަށްޓަކައި ކޮންމެ އަތޮޅަކަށް ވެސް ސަރުކާރުގެ ފަރާތުން ބޭފުޅަކު ފޮނުއްވައި އެކަށީގެންވާ މުއްދަތެއްގައި އެ ބޭފުޅަކު އެ އަތޮޅެއްގައި ބެހެއްޓެވުމެވެ."

އަތޮޅުތަކަށް އިސްކަން ދެއްވި ކަންކަން:

އެންމެ ފުރަތަމަ ކަމަކަށް އޮތީ މަދުރާތައް ހިނގާ ގޮތް އާކުރުމެވެ. އެއީ ހިނގާ ގޮތް ބަދަލުކުރާ ވާހަކަ އެވެ. އެއާ އެކު، ގުރުއާނާއި ދީނިއްޔާތާއި ހިސާބާއި ދިވެހި ބަސް، ކިޔަވައިދެވެން އޮތް މިންވަރަކުން ކިޔަވައިދިނުން ހިމެނެ އެވެ. ދެން އޭގެ ފަހަތަށް އަންނަނީ މަސްވެރިކަން ވެސް ވީވަރަކުން ކުރިއެރުވުމެވެ. ކާޑުގޭގެ ކަންކަން ހަމަޖައްސައި ވިޔަފާރި ކުރިއެރުވުމާއި ފަންގިވިނުމާއި ފަރުހިލުމާއި ރޯނުވެށުން ފަދަ މަސައްކަތްތައް އިތުރު ފޯރިއެއްގައި ކުރުވުން ވެސް މި ލިސްޓުގައި ހިމެނެ އެވެ.

"ރަށްވެހިކަމުގެ ފަތިސް" ސުރުހީގެ ދަށުން ކުރީގެ ވަޒީރު އަބްދުﷲ ހަމީދު ލިޔުއްވާފައިވާ ލިޔުއްވުން

އޭރު މުހިންމު މަސައްކަތެއް ކަމަށްވާ މަސް ލޮނުއެޅުން ދަނޑު ހެއްދުމާއި ގަސް އިންދުމާއި ލަކުޑި ގަސް ގިނަކުރުމާއި ރަށް ސާފުކޮށް މަގުތައް ކޮށުމާއި ތެދުކުރުން ފަދަ "ރަށްވެހިކަމުގެ ނިޝާންތައް" ސާބިތުކުރަމުން ގެންދިއުން ވެސް އިސްކަން ދޭ ލިސްޓުގައި އެބަ އޮތެވެ.

މި ހުރިހާ ކަމެއްގެ ފަހަތަށް ހިމަނުއްވާފައި ވަނީ "އައު މަސައްކަތްތައް" ކުރުމެވެ.

މި ކަންކަން ތަންފީޒުކުރުމަށް އަތޮޅުތަކަށް ވަކީލުން ނުވަތަ މަންދޫބުން ހަމަޖެއްސެވި އިރު ހުވަދު އަތޮޅާއި ފުވައްމުލަކާއި އައްޑުއަށް ހަމަޖެއްސެވީ ހާއްސަ ވަކީލުން ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް ހަމީދު ލިޔުއްވާފައިވެ އެވެ.

ބަރާބަރަށް ބެއްލެވި

ރަށްރަށުގެ ތަރައްގީގައި ލަފާ ދެއްވައި މަސައްކަތުގެ ޒިންމާއާ ހަވާލުވެ ވަޑައިގަތުމަށް ކަނޑައެޅުއްވި ބޭފުޅުންނާ އެކު އަމީން ކުރެއްވި މަސައްކަތުގައި އެހީތެރިވުމަށް އަންހެނުންގެ ތެރެއިން އެންމެ އިސްކޮށް ހުންނެވީ އައްނަބީލާ އައިމިނަތު ހުސައިނެވެ.

"ދިވެހި އަންހެނުންގެ މެދުގައި ގައުމީ އަދި އިޖުތިމާއީ ރޫހް އުފެދެމުން އައި ދުވަސްވަރު އެންމެ ބޮޑަށް ހަރަކާތްތެރިވެވަޑަތް އެއް ބޭފުޅަކީ އޭނާ އެވެ." ހަމީދު ލިޔުއްވާފައިވެ އެވެ.

ރާއްޖެތެރެއިން އުފުލެމުން އަންނަ ޝަކުވާގެ ތެރޭގައި ހިމެނެނީ، ކޮންމެ ރަށެއްގައި ބޯޅަކުޅުން މަޖުބޫރުކުރާ ވާހަކަ އާއި ރަށްވެހިކަމުގެ ގޮތުން ރަށްރަށް ސާފުކުރަމުން ދާއިރު މަހާނަ ގާތަށް ނަގާ ވާހަކާ އާއި މަދަރުސާތަކުގެ ކުދިން ސިފައިން ހިނގާ ގޮތަށް ހިނގައި ސިފައިންގެ ކަސްރަތުކުރަމުންދާ ވާހަކަ

ރަށްރަށުން ވަޑައިގެންނެވި ބޭފުޅުންނާ އެކު "އިބްރާހިމިއްޔާ" ގައި ޖަލްސާތައް ކުރިއަށް ދިޔައިރު، ރަށްރަށުގެ ހާލަތު ބަޔާންކޮށް އަދި ފަހުން އެ ކަންކަން އިސްލާހުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ މައުލޫމާތު އަތޮޅު ވަކީލުން މެދުވެރިކުރައްވައި އަމީން ގެންދެވީ އެއްކުރައްވަމުންނެވެ.

ވަކީލުންނާ ހަވާލުވި ކަންކަން ކުރޭތޯ އަމީން ބެއްލެވީ ވަރަށް ރަނގަޅަށެވެ. ބައެއް ރަށްރަށުގައި ކަންކަން ގޯސްވިޔަސް ވަރަށް ރަނގަޅަށް އެހެން ބައެއް ރަށްރަށުގައި ކަންކަން ދިޔައީ ބަދަލުވަމުންނެވެ. މި ކަންކަން ފުރިހަމައަށް ބެލެހެއްޓެވުމަށް ފެބްރުއަރީ 10، 1949 އިން ފެށިގެން ވަކީލުންގެ ރިޕޯޓް ހުށަޙަޅަން ޖެހޭ ގޮތަށް ހަމަޖައްސެވި އެވެ.

މަސައްކަތް ފުޅާކުރުމާ އެކު ރައްޔިތުންގެ ޝަކުވާ

ހަމީދު ލިޔުއްވާފައިވާ ގޮތުން މަސައްކަތް ރަނގަޅަށް ހިނގައިގަތުމާ އެކު، ވަކީލުންގެ މަސައްކަތާ ގުޅޭ ގޮތުން، ރަސްގެފާނު ސުމުއްވުލް އަމީރް ހާއްޖަ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލިގެފާނުގެ އަރިހަށް އާންމުން ޝަކުވާ ހުށަހެޅި އެވެ. އަދި އޭރު ރަށްރަށުގައި ވެސް ދިޔައީ އަމީން އެންގެވި ކަންކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ނުރުހުން އިތުރުވަމުން ކަމަށްވެ އެވެ.

ޝަކުވާ ބޮޑުވާން ފެށުމުން ރަށްރަށުގެ ހާލަތު ބެއްލެވުމަށް އަނެއްކާވެސް ޓީމުތައް ފޮނުއްވި އެވެ. އޭގެ ފަހުން އަމީން ވަނީ މާލޭގައި ތިއްބެވި އަތޮޅުތަކުގެ އިސް ބޭފުޅުޅުންނާ އެކު ޖަލްސާއެއް ބާވަވައި، ޝަކުވާ ބޮޑުވާ ސަބަބުތައް ހާމަކޮށްދެއްވައިފަ އެވެ.

"އޭނާ ވިދާޅުވި ގޮތުގައި ރާއްޖެތެރެއިން އުފުލެމުން އަންނަ ޝަކުވާގެ ތެރޭގައި ހިމެނެނީ، ކޮންމެ ރަށެއްގައި ބޯޅަކުޅުން މަޖުބޫރުކުރާ ވާހަކަ އާއި ރަށްވެހިކަމުގެ ގޮތުން ރަށްރަށް ސާފުކުރަމުން ދާއިރު މަހާނަ ގާތަށް ނަގާ ވާހަކާ އާއި މަދަރުސާތަކުގެ ކުދިން ސިފައިން ހިނގާ ގޮތަށް ހިނގައި ސިފައިންގެ ކަސްރަތުކުރަމުންދާ ވާހަކަ އެވެ."

މިކަމާ ބެހޭ ގޮތުން އަމީންގެ ހުޅުވާލެވިފައިވާ ސިޓީއެއް "ސަރުކާރުގެ ޚަބަރު" ނޫހުގައި ވެސް ޝާއިއުކުރި އެވެ. އެ ސިޓީގައި، ހުރިހާ ކަމެއް ވެސް ކުރައްވަނީ ރަށްރަށުގެ ތަރައްގީއަށްކަން ވިސްނައިދެއްވާފައިވެ އެވެ. އެދިވަޑައިގެންފައި ވަނީ ރައްޔިތުންގެ އެއްބާރުލުމަށެވެ.

24 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 15%
icon wow icon wow 10%
icon inlove icon inlove 15%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުދުގުދާބެއްޔާ

21 June 2021

ތިޔަ ރަށްވެހި ފަތިހުގެ އިރު ނާރާ ހަމައެކަނި ރަށަކީ މާލެ! ލާމަރުކަޒީ ނިޒާމޯ! މަހީހީ ހަލާކު! ރަށްރަށުގެ ކައުންސިލްގެ ބެލުމުގެ ދަށުގައި އެރަށްތަކުގެ ބިން އޮންނައިރު މާލެސިޓީކައުންސިލްގެ ދަށުގައި މާލެ ސަރަހައްދުގެ ބިން ތައް ނޯވޭ! ހުޅުމާލެ އޮންނަނީ އެޗްޑީސީއޭ ކިޔާ ކުންފުންޏެއްގެ ދަށުގައި. މިއީތޯ އެބުނާ ލާމަރުކަޒީ ގާނޫނަކީ!

The name is already taken The name is available. Register?

އިހުސާން

19 June 2021

އަތޮޅު ނުވަތަ ރަށްރަށުގެ މަސައްކަތާއި ބޭނުންތައް ވިލަރެސްކޮށް ހިންގަން އިދާރީ ދާއިރާއެއް ހުރުން މުޙިންމު. ހަމައެހެންމެ އެ އިދާރީ ދާއިރާގައި ތަޢުލީމީ ފަންޏީ މީހުންވެސް ތިބުން މުހިންމު. އެހެނަސް ދަޢުލަތުގެ ބަޖެޓަށް ނުކަތާވަރަށް ސިޔާސީ މީހުން ލައިގެން " ދެސިޔާސީ ޕާޓީއެއްގެ" ނިވަލުގައި ފިތި ބާރުވެ ރައްޔިތުންގެ ޚާދިމުންކަން ހަދާންނެތޭ ހިސާބުން ނިޘާމުވެސް މީހުންވެސް ގޯސްވާނެ.

The name is already taken The name is available. Register?

ވާނުވާގައި

19 June 2021

ލާމަރުކަޒީ ނިޒާމަކީ ރާއްޖެއަށް އަލަށް ގެނައި ނިޒާމެއް ނޫން. އެންމެ ފުރަތަމަ މުހައްމަދު އަމީން. ނާސިރުވެސް މި ނިޒާމު ގެނައި. ފެއިލްވެގެން އުވާލީ. ދެން އައީ މައުމޫން. ފެއިލްވެފައި އޮތް ނިޒާމަކަށްވާތީ ނުގެނެސް ރަށްކުރިއަރުވާ ކޮމިޓީގެ ނަމުގައި ކޮމިޓީތައް ހެދީ. އަންހެނުންގެ ކޮމިޓީތައް ހެދީ. އެގޮތަށް ބޭއްވީމާ ތަންކޮޅެއް އިފެކްޓިވްކޮށްދިޔަ. މިހާރު އަނެއްކާ ލާމަރުކަޒީ ގެނެސްފައި އިންތިހާއަށް ޚަރަދުބޮޑުކޮށްލާފައި މިއޮތީ. މިހާރު މިދަނީ ފެއިލްވަމުން.

The name is already taken The name is available. Register?

ހީހީހީ

19 June 2021

އަހަރުމެންގެތެރޭގައި ދިމާވާ ހުރިހައިވެސް މައްސަލައަކީ ކަމަށް ކަމޭނުހިތައި، އަންބޮނޑިއަށް ބައްކުރުމެވެ. ވަކިކަމެކޭ ބުނެވޭކަށެއްނެތެވެ. ކޮންމެކަމެއްވެސް ފޭލުވަދަނީ އިޚުލާޞްތެރި، ކަމަށްކަމޭހިތައިގެން ކަންކުރާމީހުންނެތަތީއެވެ. ވަކިދައުރެއް ކިޔާނެކަމެއްނެތެވެ. ދިވެހިދައުލަތުގެ އެންމެބޮޑު އަދި އެންމެ އަގުހުރި ހަރުމުދާކަމުގައިވާ ޝިޕިންގުލައިން ހުލިވެ، ހުދުކާފޫރަށްވެދިޔަދިއުމަކީ ކުޑަކުޑަ މިސާލެކެވެ.

The name is already taken The name is available. Register?

ހާމިދު ޝާޙިދު

19 June 2021

މުހައްމަދު އަމީނު ހެދިގެން އުޅެން އުޅުނު ނަމަވެސް، އޭނާއަކަށް ނުވާނެ. އެކަކުންޏެއް ކޮންނަންވާނީ އެކަކުންނެއްގެ ވަރު "ހޮރު"

The name is already taken The name is available. Register?

ކޮޕީކުރީ

18 June 2021

އެއްކަލަ ތާރީޚަށް ލޯބިކުރާ މީހާ އެއޮތީ ރަށްވެހި ފަތިސް ކޮޕީކުރިކަން ފަޅާ އަރާފަ.

The name is already taken The name is available. Register?

ކައުންސިލް އަހުމަދު

18 June 2021

އެހެންވީމާ ކައުންސިލް ސިސްޓަމް މިވަނީ ބޮޑުތަނުން ފެއިލް ވެފާތާ. ރާއްޖެއަށް ފައިދާ ހުރި ސިސްޓަމެއް ނޫންތާ. މިހާރުވެސް ފެންނާނީ ކައުންސިލް ހަދައިގެން ސިޔާސީ ބޭފުލުން މުށާރަނަގާ އަދި ވައްކަން ކުރާތަން. ދެން އޮންނަ ކަމަކީ އެހެން މުއައްސަސާތަކަށް ފާޑުކިޔުން. ޒުވާބުކުރުން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

18 June 2021

ދައުލަތުގެ މީޑިއާ އާއި ހުރިހާ ވަސީލަތެއް ތިމާމެންގެ ބާރުގެ ދަށުގައި އޮތީމާ ހިތުހުރިގޮތަކަށް ފޮތްތަކުގައި ލިޔެ ތާރީޙް އޮޅުވާލިޔަސް "ތިޔަ މުޤައްދަސް ރަށްނގަޑުގެ ހާލަތު" އަހަރުމެންގެ ލޮލަށްވެސް ވަނީ ފެނިފައި. # ތިޔަރަށް ގަނޑުގައި މިއަދު ބާރަ 15 ބުރީގެ އުސް އިމާރާތްތައް ހަދާފައިވަނީ ތިޔަބުނާ ރަށްވެހި ފަތިހުގެ އަހުޕުވެރިން ދަންރުރައިގަ ގެންގުޅެ އެމީހުންގެ ވަޒަނުން ބޭރުކޮށް ކުލީ އަޅުންނަށް ހަދައިގެން ނޫންތޯ؟

The name is already taken The name is available. Register?

ބަޖެޓު

18 June 2021

'ދިވެހިރާއްޖެ' އަކީ،، ނުސީދާކޮށް، 'މާލެ' ކަމުގައި ހަދައި، ގައުމުގެ ހުރިހާ ވަޞީލަތެއް އެއީ މާލޭ ރަސްގެފާނުގެ މިލްކަކަށް ހަދައި، މާލެއަށް ޚަރަދުކުރަން ފެއްޓެވީ ކުރީގެ ލޮބުވެތި ޒައީމް. ދައުލަތުގެ ބަޖެޓު ރީޖަންތަކަކަށް ބަހައިގެން ޚަރަދުކުރާނޭ ޒައީމަކު މިހާރު ބޭނުންވޭ. އެ ބަދަލު ރައްޔިތުންނަށް ގެނެވިދާނެ. ބޭނުންވަނީ ހަމަހަމަގޮތަކަށް، ރީޖަންތަކަކަށް ބަހާލެވޭ ބަޖެޓެއް. މިކަން ކޮށްދޭނެ ފަރާތަަކށް ދިވެހިން ވޯޓު ދިނުން މުހިންމު. ލާމަރުކަޒީ ބަޖެޓު.

The name is already taken The name is available. Register?

ޖަބުރޯލު

18 June 2021

އަދި އަތޮޅުތައް ތަރައްގީ އެއް ނުވޭ! ތިކިޔާ މާލޭ އާއިލާތައް ވެރިކަމޭާ ކިޔައިގެން އެމީހުންގެ އައުލާދުން ކުރިއެރުވީ އެއްކަލަ އަތޮޅުތެރޭ މީހުން ތައުލީމު ފުރުސަތެއްވެސް ނެތް.ނަތިޖާއަކަށްވީ އަތޮޅުތެރޭ ދަރީންގެ މުސްތަކުބަލަށް މައިންބަފައިން އެކުދިން މާލެ ފޮނުވީ އަދި މީހުން މާލެ ހިޖުރަކުރަންފެށީ.އަދިވެސް މުއްސަދިކަން އޮތީ އޭރުރަސްކަމަށް ދައްވާކޮށްގެން ތިބި މާލޭ އާއިލާތަކުގެ މީހުންނާ އެމީހުންގެ ގާތް މީހުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454