15 މާޗް

March 15, 2019 67
30 އަހަރު ކުރިން މިއަދު: އުސްތާޒުލްޖީލުގެ ވަކިވުން!

ދިވެހިރާއްޖޭގެ އަޑުން ހެނދުނު ހައެއް ޖެހިއިރު ފޮނުވަން ފެށި ކީރިތި ގުރުއާން ކިޔެވުން ހުއްޓާނުލާ ކުރިއަށްގެންދަނީ އެވެ. އެއީ ބޮޑު ކަމެއް ހިނގައިފިކަމުގެ ނިޝާނެކެވެ. ތެޅިތެޅި އޮތް ހިތަކާ އެކު ރޭޑިއޯ ދޮށުގައި ތިބި މީހުން، ވޭނީ ހިތާމައެއްގެ ތެރެއަށް ގަންބާލީ 6:45 ގައި ފޮނުވި ކުއްލި ހަބަރުންނެވެ. މުޅި ގައުމު އެ ބޭފުޅަކާ މެދު...

05 މާޗް

March 05, 2019 2
ސަގާފީތަރިކައިގެ ލިސްޓަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި

ރާއްޖޭގެ ސަގާފީ ތަރިކައިގެ ލިސްޓަށް ހިޔާލު ހުށަހަޅަން މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިން ހުޅުވާލައިފި އެވެ.

04 މާޗް

March 04, 2019
ތަރިކަ ރައްކާތެރިކުރާ ގާނޫނުގެ ޑްރާފްޓް ނިމިއްޖެ

ރާއްޖޭގެ ސަގާފީ ތަރިކަތައް ރައްކާތެރިކުރުމަށް ބޭނުންވާ ގާނޫނުގެ ދެލިކޮޕީ މިހާރު ނިމިފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން މިއަދު ބުނެފި އެވެ. ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް ހެރިޓޭޖް މިނިސްޓްރީގެ މަަސައްކަތްތައް ކުރެވިފައިވާ ގޮތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ދާރުލް އާސާރުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި...

27 ފެބުރުއަރީ

February 27, 2019 11
ތާރީޚަކީ ކިޔަވާ ހިތްވާ މާއްދާއަކަށް ހަދަން ޖެހޭ:ޔުމްނާ

ދިވެހިންގެ ތާރީޚަކީ ދަރިވަރުން ކިޔަވާ ހިތްވާ ފަދަ މާއްދާއަކަށް ހަދައި، ތާރީޚު ދިރާސާކުރަން ޒުވާނުންގެ ވެސް ޝައުގުވެރިކަން އިތުރުކުރަން ޖެހިފައިވާ ކަމަށް އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

08 ފެބުރުއަރީ

February 08, 2019 101
އަލާގެ ތަގުރީރަށް އާއްމުންގެ ތައުރީފު!

"ކޮބައިތޯ ޖުމާދުލްއާހިރާ މަހެއްގެ ތިނަކާއި ހަތަރަކާ ހުރި ފަރަގަކީ؟ ކޮބައިތޯ މި ބުރާސްފައްޗަކާ މިދިޔަ ހަފުތާގެ ބުރާސްފައްޗަކާ ދެން އަންނަން އޮތް ބުރާސްފައްޗެއްގެ ފަރަގަކީ؟

05 ފެބުރުއަރީ

February 05, 2019 7
ނަދުވީގެ "އަދަބީ ފާޑުކިޔުން" މިރޭ ނެރެނީ

ރާއްޖެ އަށް އެ އިލްމެއްގެ އަލިކަން އެހާ ބޮޑަށް ފާޅުވެފައި ނުވާ، އެކަމަކު އެ އިލްމަކަށް ނުހަނު ބޭނުން ޖެހިފައިވާ، އަދަބީ ފާޑުކިޔުމުގެ އިލްމާ ބެހޭގޮތުން، މަރްހޫމް މުހައްމަދު ވަހީދު (ނަދުވީ) ލިޔުއްވާފައިވާ، އަދި އެ ރޮނގުން ރާއްޖޭގައި ނެރޭ ފުރަތަމަ ފޮތް "އަދަބީ ފާޑުކިޔުން" މިރޭ އިފްތިތާހު ކުރަން ނިންމައިފި އެވެ.

03 ފެބުރުއަރީ

February 03, 2019 6
ކުނި ނުވާ ގޮތަށް އޮތް 50 ގަބުރު މިސްރުން ފެނިއްޖެ

ކުނި ނުވާ ގޮތަށް ހަދާފައިވާ 50 ގަބުރު (މަމީ) މިސްރުގެ ހަތަރު ސަރަހައްދަކުން ފެނިއްޖެ އެވެ.

24 ޖެނުއަރީ

January 24, 2019 6
މާލޭ ހުކުރު މިސްކިތުގެ ލޭޒާ ސްކޭނެއް ކޮށްފި

އަމިއްލަ ކުންފުންޏަކުން ތާރީހީ، މާލޭ ހުކުރު މިސްކިތުގެ ހަރިންމާގައި ހިމެނޭ ސަރަހައްދު އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޭޒާ ސްކޭންކޮށް ހަދާފައިވާ ދިރާސާ ވީޑިއޯ ޑޮކިއުމެންޓްރީ، މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާ މިއަދު ހަވާލުކޮށްފި އެވެ.

19 ޖެނުއަރީ

January 19, 2019 44
މި ޒުވާނާގެ ހިތާއި ސިކުނޑި ދިވެހި ތާރީޚުގެ ތެރޭގައި!

އެއީ މީގެ 13 ވަރަކަށް އަހަރުކުރި އެވެ. ހިނގަމުން ދަނީ މަޖީދިއްޔާ ސްކޫލުގެ ހެނދުނު ދަންފަޅީގެ އިންޓޯލު ވަގުތެވެ. ސްކޫލުގެ ގޯތިތެރެ އޮތީ ރަކަރަކަ އަޅާފަ އެވެ. ހެދިކާ ކަމުން ފުޅިބޮމުން، ހީ ސަކަރާތްޖަހައި މަޖާނެގުމައިގެންނެވެ. ފުޓްބޯޅައިގެ ވާހަކަ ނޫނީ ކޮންމެވެސް ގޭމެއްގެ މޮޅު ވާހަކަ ދެއްކުމައިގެންނެވެ. އެ އެންމެންނާ ވަކިން ތަންކޮޅެއް...

10 ޖެނުއަރީ

January 10, 2019 19
މިވަރުގެ ހިދުމަތްތެރިއަކު ދެން ފެނިދާނެތަ؟

އޭނާގެ އޮފީސް ކޮޓަރިކޮޅަށް ވަނުމުން އިހުސާސްކުރެވޭނީ މާ ކުރީ ޒަމާނެއްގައި އުޅެވޭހެންނެވެ. އެތަނުގައި ކޮމްޕިއުޓަރެއް، މޯބައިލް ފޯނެއް ނުވަތަ ޒަމާނުގެ އެފަދަ އެއްވެސް ވަސީލަތެއްގެ ހިލަމެއް ނެތެވެ. ބައްތެއްޔަކަށް މުދާ އަރުވައި ބަރާކޮށްފައި އޮންނަހެން ކޮޓަރިކޮޅު ބަރާކޮށްފައި އޮންނާނީ ފޮތްތަކާއި ކަރުދާހުންނެވެ. އެތަނުގައި...

05 ޖެނުއަރީ

January 05, 2019 26
އެކުއެކީ އަވަހާރަވި ދެކަނބަލުންގެ އާދަޔާޚިލާފު ލޯބި!

ދުނިޔެ އަނދިރިވެ ހަ ފަރާތުން އިހުސާސްކުރެވެން ފެށީ އެކަނިވެރިކަމެވެ. ނޭވާ ހާސްކުރުވާ ފަދަ އެކަނިވެރިކަމެކެވެ. ހިތަށްކުރި އަސަރުން ހިފެހެއްޓުމެއް ނެތި ލޮލުން ކަރުނައިގެ ސައިލުތައް ދެމިގެން ދިޔަ އެވެ. ދެ ލޯ ނޭދި އެދޭ ހަޔާތުގެ ބައިވެރިޔާ މި ދުނިޔެ ދޫކުރީ އެވެ. ލޯތްބާއި އަޅާލުމާއި އިހުތިރާމުން ފުރިފައިވި ގުޅުމެއްގެ، ދުނިޔެމަތީގެ...

28 ޑިސެމްބަރ

December 28, 2018 18
ތާރީޚީ އިލްމުވެރިޔާ ނަދުވީ އަވަހާރަވެއްޖެ

ދިވެހިރާއްޖޭގެ ފަހުގެ ހަޔާތް ދުށް އެންމެ ވަރުގަދަ އެއް ތާރީޚީ އިލްމުވެރިޔާ މ. މޫންޑްރޮޕްސް، މުހައްމަދު ވަހީދު (ނަދުވީ) މިއަދު އަވަހާރަވެއްޖެ އެވެ.

03 ނޮވެމްބަރ

November 03, 2018 33
ނޮވެމްބަރު 3، މޫސާ ޖަލީލުގެ ތަޖުރިބާ

މިއީ ނޮވެމްބަރު 3 ގެ ހަމަލާއަށް 25 އަހަރު ފުރުމާ ގުޅިގެން، 2013 ގައި، އަޅުގަނޑު އޭރުގެ "ހަވީރު" ނޫހަށް ލިއެދިން ރިޕޯޓެކެވެ. މިއަދު މި ރިޕޯޓް "މިހާރު"ގައި މި ޖަހަނީ ކިއުންތެރިންނަށް މި ހަމަލާގެ ހަނދާންތައް، އެދުވަހުގެ މުހިންމު އެއް ބަތަލުގެ ނަޒަރުން ގެނެސްދިނުމަށެވެ. --މޫސާ ލަތީފު

29 އޮކްޓޯބަރ

October 29, 2018 18
ޖުމްހޫރިއްޔަތަށް 50، އެކަމަކު ހާއްސަ ކަމެއް ނެތް!

ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ރާއްޖެ ބަދަލުވިތާ އަންނަ މަހު 11 އަށް 50 އަހަރު ފުރޭ އިރު އެ ދުވަސް ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް ބާއްވަން ނިންމާފައިނުވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

06 އޮކްޓޯބަރ

October 06, 2018 20
މިތުރުންގެ ހިތަށް އުއްމީދު ގެނެސްދިން ކުޑަކުޑަ ސިއްރު

އަވަހާރަވިތާ 30 އަހަރުވީ ނަމަވެސް އެމަނިކުފާގެ އަޑުފުޅެއް ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުން "ނުކެނޑެ" އެވެ. މިދާކަށްދުވަހު ގޮނޑި ގެއްލުނު ރައްޔިތުންގެ މަޖިލިސް މެމްބަރުން މަޖިލީހަށް ވަނުން މަނާކޮށްފައި އޮތުމުން ދައުރުވީ، ސިފައިން ގާޑުކޮށްގެން ސްރީ ލަންކާގެ މަޖިލިސް ބޭއްވި ދުވަހަކު ކަންވީ ގޮތް ސިފަކޮށްދެއްވައި އެމަނިކުފާނު...

07 ސެޕްޓެމްބަރ

September 07, 2018 21
100 ވަނަ ރަށުން އިބޫއަށް ޕެރޭޑެއް!

މި މަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވާ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެމްޕެއިންގެ 100 ވަނަ ރަށް ކަމުގައިވާ ހއ. ބާރަށަށް ވަޑައިގަތުމުން ޕެރޭޑާ އެކު ހޫނު މަރުހަބާއެއް މިއަދު ދައްނަވައިފި އެވެ.

07 އޯގަސްޓް

August 07, 2018 52
އެ ގުރުބާނީއަށް 10 އަހަރު! ހާލަތު ކުރީގެ މާޒީއަށް!

ސިފައިންގެ އަނިޔާ އާއި ބަޑިޖެހުމުގައި އެތައް ދިވެހިން މަރުވި ދުވަހެވެ. ޖަލުގެ އަނިޔާގެ ވާހަކަ އަކީ ހަގީގަތެއްކަން މުޅި ރާއްޖެ ހެކިވި ދުވަހެވެ. ބާރުގަދަ ސަރުކާރެއް ރޫރޫއަޅައިގެން ދިޔަ ހަމަނުޖެހުންތަކުގެ ދުވަހެވެ. ސެޕްޓެމްބަރު 19، 2003 ދިވެހިންނަށް ގެނެސްދިނީ ޖަލުގައި އޮހޮރުވާލި ދިވެހި ޒުވާނުންތަކެއްގެ ލޭގެ ހާދިސާ އެކަންޏެއް ނޫނެވެ....

28 ޖުލައި

July 28, 2018 17
އަމީނިއްޔާގެ ޒަމާންވީ "ލޯގޯ" މޮނިއުމެންޓަކަށް

އަމީނިއްޔާ ސްކޫލުގެ ބޭރުގައި ހަދާފައި ހުންނަ ޒަމާންވީ ލޯގޯ އެ ސްކޫލުގެ ގޯތި ތެރޭގައި ބެހެއްޓުމަށް ނިންމައިފި އެވެ.

21 ޖުލައި

July 21, 2018 17
އިލްމަށް ލޯބި ބަންޑުންކުރެއްވި މާފަންނުގެ މުދައްރިސް

ދެ އަވަށެއްގައި ހުއްޓަސް ދެ ގެއަކަށް އެއް ނަމެއް ނުކިޔޭނެ ކަމަށް ސަރުކާރުން އެންގުމާ އެކު، މާފަންނު އެތުމާގެ އާއި މައްޗަންގޮޅީ އެތުމާގޭގެ ތެރެއިން ކޮންމެވެސް އެއް ގެއެއްގެ ނަން ބަދަލުކުރަން ޖެހުނެވެ. އެހިސާބުން ނަން ބަދަލުކުރާނެ ގެއެއް ކަނޑައަޅަން ގުރެއް ނެގި އެވެ. ނާކާމިޔާބުވެވަޑައިގަތީ މ. އެތުމާގޭ މަރްހޫމް އިބްރާހިމް...