ކުޅިވަރު / ޓީސީ ސްޕޯޓްސް

ބެންޖޯ އާއި ސާމިރު ޓީސީ އަށް ބަދަލުވެއްޖެ

ޓީސީގެ ފައްރާހު (ވ) ކައިރިން ނިއުގެ ބެންޖޯ ބޯޅަ ހޯދަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު

މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ އަބްދުﷲ ހަނީފް (ބެންޖޯ) އާއި މުހައްމަދު ސާމިރު ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެ އެވެ.

ޓީސީގެ މެނޭޖަރު އަހުމަދު އީސަ "މިހާރަ"ށް ބުނީ މިދެ ކުޅުންތެރިންގެ ޓީމަށް ސޮއިކުރިއިރު، ގިނަ ކުޅުންތެރިންތަކެއް އެ ޓީމުގައި މަޑުކުރަން ނިންމާފައިވާ ކަމަށެވެ.

"ބެންޖޯ އާއި ސާމިރު ޓީސީ އަށް ކުޅެން ވަނީ އެއްބަސްވެ ކޮންޓްރެކްޓްގައި ސޮއިކޮށްފައި. ދެން ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިން ވެސް މިހާރު ވަނީ ކޮންޓްރެކްޓް އާ ކޮށްފައި،" އޭނާ ބުންޏެވެ.

މިދިޔަ ސީޒަނުގައި ނިއު އަށް ކުޅުމުގެ ކުރިން ބެންޖޯ ވަނީ އައިއެފްސީ އާއި ވީބީ އައްޑޫ އެފްސީ އާއި ކްލަބް ވެލެންސިއާ އަދި ކްލަބް އީގަލްސް އަށް ވެސް ކުޅެފަ އެވެ.

މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަންގެ ތިން މުބާރާތުގެ ވެސް ދެ ވަނަ ހޯދި ޓީސީ ދޫކޮށް ދިޔައީ ހަތަރު ކުޅުންތެރިންނެވެ. އެއީ އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި މުހައްމަދު އިމްރާން އަދި ކުޑޫސް ކެލާނީ އެވެ.

ޓީސީގެ ސެންޓޭ (ވ) ކައިރިން ނިއުގެ ސާމިރު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިދިޔަ ސީޒަނުގައި މި ޓީމުން ފެނުނު 90 އިންސައްތަ ކުޅުންތެރިން މި އަހަރު ވެސް މި ކްލަބުން ފެންނާނެ،" އީސަ ބުންޏެވެ.

މި ސީޒަނަށް ޓީސީއާ ގުޅުނު ކުޅުންތެރިން ތެރޭގައި ނޭޕާލް ގައުމީ ޓީމުގެ ކީޕަރު ކިރަން ޝެމްޝޮން އާއި މިނިވަން ޗެމްޕިއަންޝިޕްގައި ސ. ފޭދޫ ޓީމުން ވިދާލި އިބްރާހިމް މަހުދީ (އިއްބެ) ހިމެނެ އެވެ.

ދެ ހާސް ފަނަރަ ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރަން ފެށިފަހުން ޓީސީ ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އެ ޓީމު ވަނީ މިހާތަނަށް ކުޅުނު ހުރިހާ މުބާރާތެއްގައި ވެސް ފެންވަރު ސާބިތުކޮށްދީފަ އެވެ.

ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުން ޓީސީ ނެރެފައިވަނީ ރަނގަޅު ނަތީޖާތަކެކެވެ. އެ ޓީމު ވަނީ ފުރަތަމަ ޑިވިޝަންގައި މިހާތަނަށް ކުޅުނު ދެ އަހަރު ތެރޭގައި ލީގުގެ ދެ ވަނަ ދެ ފަހަރު ހޯދުމުގެ އިތުރުން އެ ކްލަބް ތާރީހުގައި ފުރަތަމަ ފަހަރަށް މިދިޔަ ސީޒަނުގައި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ކުޅެފަ އެވެ.

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާމަ333

08 January 2017

އަންނަ ސީޒަނުގައި ޓީސީ ރަނގަޅު ކާމިޔާބު ތަކެއް ހޯދާނެކަމަށް އުންމީދުކުރަން..

The name is already taken The name is available. Register?

ބެންޖޯ

07 January 2017

ކޮބާތަ މަގޭ ފޮޓޯ؟ ވައްޓާލަބަލައަޅެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454