ކުޅިވަރު / މެންޗެސްޓާ ޔުނައިޓެޑް

ބެސިކްޓާސް އިން ވެގޯސްޓް ދޫކޮށްލަން ދެކޮޅު، އެކަމަކު ޔުނައިޓެޑް އުއްމީގުގައި

މެންޗެސްޓާ (ޖެނުއަރީ 10) - ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތައް ފޫބައްދަން މެންޗެސްޓާ ޔުނައިޓެޑުން އަމާޒު ހިފާފައިވާ ނެދަލެންޑްސްގެ ފޯވާޑް ވައުޓް ވެގޯސްޓް ގެންނާށެވެ.

އެކަމަކު އޭނާ ލޯން އުސޫލުން ކުޅެމުން އަންނަ ތުރުކީގެ ބެސިކްޓާސް އިން އޭނާ ދޫކޮށްލަން ބޭނުންނުވެ އެވެ. އެހެންވެ ޔުނައިޓެޑުން އޭނާގެ ބެލެނިވެރި ކްލަބް ބާންލީއާ މަޝްވަރާ ކުރަން ފަށާފައި ވާކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.

ޖަރުމަން ލީގު ދޫކޮށް މިދިޔަ އަހަރުގެ ޖެނުއަރީ ގައި އޭނާ ބާންލީ އަށް ބަދަލުވީ ތިން އަހަރާ ބައިގެ ކޮންޓްރެކްޓެއްގަ އެވެ. ނަމަވެސް ޕްރިމިއާ ލީގުން ބާންލީ ރެލިގޭޓް ވުމާ އެކު ލޯނު އުސޫލުން ބެސިކްޓާސް އަށް ބަދަލުވީ މި ސީޒަނުގެ ނިޔަލަށެވެ.

ޔުނައިޓެޑުން ވެގޯސްޓް ހޯދަން އުޅުނު ނަމަވެސް ލޯނު އެއްބަސްވުން ހަމަވަންދެން އޭނާ ބެސިކްޓާސް ގައި ބަހައްޓަން އެ ކުލަބުން ބޭނުން ވެ އެވެ. ނަމަވެސް ކްލަބުން ބަދަލުގެ ގޮތުގައި ބޭނުންވާ އަގަކާ މެދު ބާންލީން އެއްބަސްވާނަމަ އޭނާ ދޫކޮށްލަން ތައްޔާރަށް ތިބި ކަމަށް ބެސިކްޓާސްގެ ސްޕޯޓިން ޑިރެކްޓަރު ކޭހަން ކަޒަންކީ ވަނީ ބުނެފަ އެވެ.

ވެގޯސްޓް ބެސިކްޓާސް އަށް ބަދަލުވީ ލޯނު އަގަކާ ނުލަ އެވެ. ނަމަވެސް އަންނަ ސީޒަނުގައި 10 މިލިއަން ޔޫރޯ އަށް އޭނާގެ ކޮންޓްރެކްޓް ދާއިމީ ކުރުމުގެ ފުރުސަތު ލޯނު އެއްބަސްވުމުގައި ވެ އެވެ. ލޯން ސީޒަންގެ މުސާރައިގެ ގޮތުގައި ބެސިކްޓާސް އިން 2.8 މިލިއަން ޔޫރޯ ވެގޯސްޓަށް ދޭން ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ޕާފޯމަންސް ބޯނަހެއްގެ ގޮތުގައި 200،000 ޔޫރޯ ވެސް ހުށަހެޅިފައިވެ އެވެ.

"އަހަރެމެންގެ ކުޅުންތެރިޔާގެ ކޮންޓްރެކްޓުގައި އެގްޒިޓް ކްލޯސް އެއް އޮންނާނެ ކަމަށް، އަދި ޕްރިމިއާ ލީގު ކުލަބަކުން ހުށަހެޅުމެއް ލިބިއްޖެ ނަމަ ބަދަލެއްގެ ގޮތުން 2.5 މިލިއަން ޔޫރޯ (2.2 މިލިއަން ޕައުންޑް) ދެއްކުމަށް ފަހު ކޮންޓްރެކްޓް ބާތިލް ކުރެވޭނެ ކަމަށް ބުނާ ބުނުމަކީ ހިޔާލީ ވާހަކައެއް،" ބެސިކްޓާސް އިން ރޭ ނެރުނު ބަޔާނުގައި ވެއެވެ.

"ސުވާލު އުފެދިފައިވާ ކުޅުންތެރިޔާ އަންގާރަ ދުވަހު ޓީމު ދޫކޮށްލާނެ ކަމަށް ފެރުރިފައިވާ ހަބަރުތަކުގައި އެއްވެސް ހަގީގަތެއް ނެތް. ވެގޯސްޓާ މެދު ގޮތް ނިންމުމުގެ އެންމެ ފުރިހަމަ ބާރު ލިބިފައި ވަނީ ބެސިކްޓާސް އަށް."

އިސްކޮޅުގައި ހަ ފޫޓު ހަ އިންޗި ހުންނަ ސްޓްރައިކަރު ވަނީ މިހާތަނަށް ބެސިކްޓާސް އަށް ކުޅެދިން 18 މެޗުގައި ނުވަ ގޯލު ޖަހައިފަ އެވެ. އެންމެ ފަހުން ތުރުކީ ލީގުގައި ކަސިމްޕާސާއާ ދެކޮޅަށް 2-1 އިން މޮޅުވި މެޗުގައި، ޓީމު މޮޅުކޮށްދިން ގޯލު ވެސް ޖަހައިދިނީ އޭނާ އެވެ. އަދި މޮޅުވި ލަނޑު ޖެހުމަށް ފަހު އޭނާ ސަޕޯޓަރުންނަށް އަލްވަދާއު ކީ މަންޒަރު ފެނުނެވެ.

"ވެގޯސްޓަކީ ޓީމަށް މުހިއްމު ކުޅުންތެރިއެއް. އޭނާ ސަޕޯޓަރުންނަށް އަލްވަދާއު ކިޔުމަކުން ނުފުދޭ. އޭނާ ޖެހޭނީ ކްލަބާ ވާހަކަ ދައްކަން،" އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބެސިކްޓާސްގެ ކޯޗު ސެނޯލް ގޫނޭސް ބުންޏެވެ.

އެންމެ ފަހު ޓްރާންސްފާ ބާޒާރުގައި ބޮޑު ހޭދައެއް ކުރި ޔުނައިޓެޑަށް މި ޓްރާންސްފާ ގައި އެވަރުގެ ހޭދައެއް ކުރެވެން ނެތުމުން، ޔުނައިޓެޑުން ވެގޯސްޓް ހޯދަން ބޭނުމީ ވެސް ލޯނު އުސޫލުންނެވެ.

ވެގޯސްޓް ވަނީ ނިމިދިޔަ ވޯލްޑް ކަޕް ގެ ކުއާޓާ ފައިނަލް ގައި އާޖެންޓީނާއާ ދެކޮޅަށް ނެދަލެންޑްސް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 12 ވަނަރަށް މިނިޓަށް ވެފައި ވަނިކޮށް ކުޅެން އަރައި ދެ ގޯލު ޖަހައި ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. ޕެނަލްޓީގައި ނެދަލެންޑްސް ބަލިވި ނަމަވެސް އޭނާ ޖެހި ޕެނަލްޓީ ކާމިޔާބު ކުރި އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454