ޓެކާސް ގްރޭޓާ މާލޭ ކަޕްގެ ގަދަ 16 ގައި ޖޭޖޭ ސްޕޯޓްސް ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: ޓެކާސް
16 ޑިސެމްބަރ 2023 - 13:45
ޓެކާސް ގްރޭޓާ މާލޭ ކަޕްގެ ނޮކައުޓް ބުރު ފެށިގެން ކުރިއަށް ދާއިރު، ކުއާޓާ ފައިނަލަށް ޓީމުތައް މިވަނީ ހޮވިފަ އެވެ.
މުޅި އެކު 24 ޓީމު ވާދަކުރި މި މުބާރާތުގެ ކޮނައުޓް ބުރަށް 16 ޓީމު ދަތުރު ކުރި އެވެ. ގަދަ 16 ގެ މެޗުތައް ބުރާސްފަތި ދުވަހު ނިމި، ކުއާޓާ ފައިނަލްގެ މެޗުތައް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގައި މިރޭ އެންމެ ފުރަތަމަ ބައްދަލު ކުރާނީ ރެޑް ބެރެލްސް އާއި ބީޖީ ސްޕޯޓްސް ކްލަބެވެ. ދެވަނަ މެޗުގައި ޖޭޖޭ ސްޕޯޓްސް ކްލަބާއި ފަސްތަރި ސްޕޯޓްސް ކްލަބް ބައްދަލުކުރާއިރު ދެން އޮންނާނީ ރެމްޕޭޖާއި ގާފަރު ފުޓްސަލް ޓީމް ބައްދަލުކުރާ މެޗެވެ. އަދި އެންމެ ފަހު މެޗުގައި ބައްދަލުކުރާނީ ކްލަބް ޓީނޭޖާއި ފަސްގަނޑު ސްޕޯޓްސް ކްލަބެވެ.
ކުއާޓާ ފައިނަލްގެ މެޗް ޝެޑިއުލް
ކުއާޓާގެ މެޗުތަކަށް ފަހު ހޯމަ ދުވަހުގެ ރޭ ސެމީ ފައިނަލްގެ މެޗުތައް ކުޅޭނެ އެވެ. އަދި ފައިނަލް މެޗު އޮންނާނީ ބުދަ ދުވަހުގެ ރެއެވެ.
ގަދަ 16 ގައި ރެޑް ބެލެލްސް ވަނީ 2-1 އިން ސްކުއަޑްރާ ބަލިކޮށްފަ އެވެ. ބީޖީ ސްޕޯޓްސް ވެސް ވަނީ 2-1 އިން އެފްސީ ކާމްސް ބަލިކޮށްފަ އެވެ. ޖޭޖޭ ސްޕޯޓްސް މޮޅުވީ އެލްއެފް ސްޕޯޓްސްއާ ވާދަކޮށް 5-1 އިންނެވެ. ފަސްތަރި ކުއާޓާ އަށް ދިޔައީ 2-1 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
ރެމްޕޭޖުން ކުއާޓާގެ ފުރުސަތު ހޯދީ 3-1 އިން ދި ވަން ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ޓީނޭޖުން 2-1 އިން ހަލަބޮލި ޔުނައިޓެޑް ބަލިކުރި އިރު ފަސްގަނޑޫން ވަނީ 4-2 އިން ކެލާ ފުޓްސްލް ޓީމު ބަލިކޮށްފަ އެވެ.
ގަދަ 16 ގައި ކޮޅަށް ގޯލެއް ނުވަދެ ފުރިހަމަ މޮޅެއް ހޯދީ ގާފަރެވެ. އެޓީމުން އައްޔަނި އެފްސީ ބަލިކުރީ 3-0 އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy