މިިދިޔަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް މެޗެއްގެ ތެރެއިން ނިޝްތާރު (ވ).--
22 ފެބުރުއަރީ 2017 - 12:11
ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އެސިސްޓަންޓް ކޯޗުކަމުން އަލީ ނިސްތާރު މުހައްމަދު އިސްތިއުފާ ދީފި އެވެ.
ނިސްތާރު ވިކްޓަރީ އެސިސްޓެންޓު ކޯޗަކަށް ގެނައީ ކުރިން ވިކްޓަރީ ކޯޗުކަމުގައި ހުރި މުހައްމަދު ޝާޒްލީ (ޝާޒް)އާ އެކު އެވެ. ވިކްޓަރީން ވަނީ ދާދި ފަހުން ޝާޒްލީ މަގާމުން ވަކިކޮށް އަލީ ސުޒޭނާ އެ ޓީމު ހަވާލުކޮށްފަ އެވެ.
ވިކްޓަރީ ކޯޗުކަމުން ވަކިކުރުމާ ގުޅިގެން ޝާޒް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް ސުޒޭނާއި ވިކްޓަރީގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެހެން ނަމަވެސް އޭރު ޝާޒް ވަނީ ނިސްތާރު އެ ޓީމުގައި މަޑުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފަ އެވެ.
"އަޅުގަނޑު ކޮންމެ ހާލަތެއްގައި ވިކްޓަރީން ވަކިކުރި ކަމުގައިވިޔަސް އުއްމީދުކުރަނީ އަޅުގަނޑާ އެކު ވިކްޓަރީ އަށް ދިޔަ އެސިސްޓަންޓް (ނިސްތާރު) އެ ކްލަބްގައި މަޑުކުރާނެ ކަމަށް،" ޝާޒް ބުންޏެވެ.
މަގާމުން އިސްތިއުފާ ދިނުމާ ގުޅޭތުން ނިސްތާރު "މިހާރަ"ށް މިއަދު ބުނީ އެ ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަަމަށެވެ.
"ވިކްޓަރީން ޝާޒް ކޯޗު ވަކިކުރިއިރު ބުނެފައިވަނީ ޕްރެކްޓިސްތަކާ ސެޝަންތަކާ މެދު ހިތްހަމަ ނުޖެހޭތީއޭ. ދެން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޝާޒް ކޯޗު ނެގުމަށް ފަހު ދެން ހުރި އެންމެ އިސްފަރާތަކީ އަޅުގަނޑު. ޝާޒް ކޯޗު މަގާމުން ވަކިކުރީ ރަނގަޅަކަށް ނޫން. އެ ފަދަ ހާލަތެއްގައި އަޅުގަނޑު ވެސް ބޭނުމެއް ނުވީ ކްލަބްގައި މަޑުކުރަން،" ނިސްތާރު ބުންޏެވެ.
އެނގިފައިވާ ގޮތުގައި ޝާޒް މަގާމުން ވަކިކުރި ފަހުން ނިސްތާރު ވަނީ ދެ ދުވަހު ޕްރެކްޓިހަށް ގޮސްފަ އެވެ.
ނިސްތާރު ވަނީ މީގެ ކުރިން ކްލަބް އީގަލްސް އާއި ބީޖީ ސްޕޯޓްސް ކްލަބްގައި ވެސް އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯޯޯޅަބައިކޮޅު
22 February 2017
ނިިިިސްްްތާާާރަކީ އެއްދުވަެެސް ޥަަަޜަކު މިިސްކިއްތަކުގެ އެެެެެއްްްްމެކުރީސަފުގައި ސާބިތުވިމީހެއް މިހާރުނުފެނޭ ވަރައްދެރަ.
ސާހިދު
22 February 2017
ނިސްތާރު އަކީ ވަރައް ފްރެންޑްލީ އަދި މޮޅު ކޯޗެއް.
އާރިފް
22 February 2017
ތިއަށް ވުރެ މާ ބޮނޑު ކަމަކާ މި ދިމާވެގެން މި އުޅެނި. ކުޅިވަރުގެ އިސް ބައެއް މީހުން އެބަ ޓްވީޓްކުރޭ ޓީސީއޭ މި ގައުމުގައި އިންޓަނޭޝަނަލު މުބާރާތެއްގައި ފުރަތަމަ ފަހަރަށް ސެމީއަށް މި ދިޔައީ. އެމީހުންނަކަށް ނޭނގުނޭ 2005 ވަނަ އަހަރު އޭއެފްސީގައި ނިއު ރޭޑިޔަންޓް ސެމީ ކުޅުނު ކަމެއް. ޓީސީ ކުޅޭ މުބާރަތާ އަޅާބަލާއިރު އޭއެފްސީ ކަފަކީ 100 ގުނަ ބޮޑު މުބާރާތެއް. ރަންގަނޑާ ބަޔަކު ދިވާނާ ނުވާނެތަ.
ހަސަން
22 February 2017
ކޮން ނިސްތާރެއް ދުވަހަކު އަޑުއެހި ނަމެއްވެސް ނޫން. ހަމަ ތަނަކު މީހަކު ހުއްޓަސް ގެނެސް ވިކްޓަރީ ނިއުރޭޑިއަންޓު ކަހަލަ ޓީމެއްގެ ކޯޗަކަށް އެސިސްޓަންޓަކަށް ލައިގެން ކަމަކު ނުދާނެ.
ޓިޓިސް
22 February 2017
އޭނާ ދިޔާމަ ދޯ ތިޔަކަން އެނގުނީ؟
މަޒް
22 February 2017
ފުޓުބޯޅަ ބަލާ ބަޔަކަށް އިނގޭނެ ނިޝްތާރު.. ކަލެއަށް އަދި ތި އުޅެވެނީ ތަންކޮޅެއް ފަހަތުގައި..
ނަޒީމް
22 February 2017
ޝާޒް އާ ނިސްތާރު ބާސެލޯނާ އާ ހަވާލުވާންވީ....މި ސީޒަންއަށް ފަހު ވަރަށް ބޮޑަށްބެލެވޭ އެންރީކޭ ބާސާގެ ކޯޗުކަމުންވަކި ކުރާނެކަމަށް، އެހެންވެ ބާސާގެ ކޯޗު މަގާމް ހުސްވެއްޖެނަމަ، ޝާޒް އަކީ އެމަގާމު ފުރޭވަރު ކޯޗެއްކަން އަޅުގަނޑު ގަބޫލުކުރަން