19 އޯގަސްޓް 2025 - 23:22
މީހުން ދިރިއުޅޭ ހުރިހާ ރަށަކުން، އެ ރަށެއްގެ ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައަޅަން ހުޅުވައިލަން އެފްއޭއެމުން އިއުލާންކޮށްފި އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް ފާހަގަ ކުރުމަށް އެފްއޭމުން އެކުލަވާލި ކޮމިޓީން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އިއުލާން ކުރީ ކޮންމެ ރަށެއްގެ ތާރީހުގައި ވެސް އެ ރަށެއްގައި އުފެއްދި ފުޓްބޯޅައިގެ ޝަހުސިއްޔަތު ކަނޑައެޅުމަށެވެ.
ތަޖުރިބާކާރު ކޯޗު އަދި ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޗެއާޕާސަން އަލީ ސުޒޭން ބުނީ އެ ރަށެއްގެ ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައަޅަން ފުރުސަތު ދޭނީ އެ ރަށެއްގެ ކައުންސިލާއި ކްލަބް ޖަމިއްޔާތަކަށް ކަމަށެވެ.
ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައެޅުމުގެ އުސޫލުތަކެއް އެކުލަވާލާއި ކުރިއަށް އޮތް މުއްދަތުގައި އިއުލާން ކުރާނެ ކަމަށް އޭނާ ބުންޏެވެ.
"ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގއި ފުޓްބޯޅަ ޝަހުސިއްޔަތު އަޅުގަނޑުމެން ހޯދާނަން އިރާދަކުރެއްވިޔާ. އެކަން ކުރާނީ އެ ރަށެއްގެ ކައުންސިލާއި ޖަމިއްޔާތައް ވެގެން،" ސުޒޭން ބުންޏެވެ.
"ދެން އަޅުގަނޑުމެން ދޭން ޖެހޭ ސަޕޯޓެއް ދޭނަން. މިކޮޅުން އަޅުގަނޑުމެން ކްރައިޓީރިއާއެއް ހަދާނަން."
ސުޒޭން ބުނީ އެކި ރަށްރަށުގައި ފުޓްބޯޅަ ޝަހުސިއްޔަތު ހޮވުމުގައި ކުޅުންތެރިޔަކަށް ނުވަތަ ރެފްރީއަކަށް ވެސް އަދި ފުޓްބޯޅައިގެ އެހެން މަގަމެއްގައި ހިދުމަތް ކުރި މީހަކަށް ވެސް ވެދާނެ ކަމަށެވެ.
"އަޅުގަނޑު ފާހަގަކޮށްލަފާނަން ކުޑަކުޑަ މިސާލެއް ވެސް. ރަށެއްގައި ވަރަށް މޮޅު ކުޅުންތެރިޔެއް ހުރީ. ވަރަށް މޮޅު [ފުޓްބޯޅަ] ނޫސްވެރިޔެއް ހުރީ. ވަރަށް މޮޅު ފުޓްބޯޅަ ކޮމަންޓޭޓަރެއް ވެސް ހުރެދާނެ. އެއީ މިކަން ވާނެ (ފުޓްބޯޅަ ޝަހުސިއްޔަތު) ހޯދުމުގައި ވާދަވެރިވާނެ ކަމަކަށް ވެސް،" ސުޒޭން ބުންޏެވެ.
"އެއީ ކުޅުންތެރިޔާގެ ކޮމިޓްމެންޓާއި އެ ކުޅުންތެރިންގެ ސަބަބުން ރަށަށް އެ ލިބުނު ރީތި ނަމާއި އެ ހުރިހާ އެއްޗަކަށް ވުރެ ބޮޑު އެއްޗެއް ގެނެސްދީފައި އޮވެދާނެ ރެފްރީއަކަު ވެސް. [ފުޓްބޯޅަ] ކޮމަންޓޭޓަރަކަށް ވެސް ވެދާނެ. [ފުޓްބޯޅަ] ނޫސްވެރިޔަކަށް ވެސް ވެދާނެ. އެ މީހަކު ކޮށްދިން ހިދުމަތަކުން އެ ރަށަކަށް ލިބުނު ރީތީ ނަމަކަށް ބަލައިގެން ނިންމާނީ. އަޅުގަނޑުމެން [ކޮމިޓީން] ހަމައެކަނި ބަލާނީ އަޅުގަނޑުމެންގެ ކްރައިޓީރިއާ އަށް ފެތޭތޯ."
އޭނާ ބުނިގޮތުގައި އަލިމަސް ޔޫބީލު ފާހަގަ ކުރުމަށް 75 ކަމެއް ކުރާނެ އެވެ.
ކޮމިޓީގެ ނައިބު އަދި ނިއު ރޭޑިއަންޓްގެ ޗެއާމަން އަހްމަދު މުބީން ވިދާޅުވީ މިދިޔަ 75 އަހަރުތެރޭ ފުޓްބޯޅައިގައި އެންމެ މުހިންމު ދައުރެއް އަދާކުރި ރަށްރަށް ވެސް ފާހަގަ ކުރާނެ ކަމަށެވެ.
"ކުޅުދުއްފުށި ދިވެހި ފުޓްބޯޅައިގައި ކިހާ ބޮޑު ދައުރެއް އަދާކުރިތޯ؟ ހުރާ. މަހިބަދޫ. އޭދަފުށި ތިނަދޫ ކަހަލަ ރަށްރަށް ކިހާ ބޮޑު ދައުރެއް އަދާކުރިތޯ؟ މިހުރިހާ ބައެއް މީގެ ތެރޭގައި ހިމެނިގެން ދާނީ. މި ރަށްރަށުގެ ނަންނަން ކަންފަތުގައި އަޑުޖެހުނީމަ އަންނަ ޝުއޫރު. މީގެ [އަލިމަސް ޔޫބީލު ފާހަގަ ކުރުމުގެ] ތެރޭގައި ދާނެ،" މުބީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށްރަށުގެ ފުޓްބޯޅަ ޝަހުސިއްޔަތު ކަނޑައަޅާއިރު، އެ ރަށުގެ ރައްޔިތުންގެ ވޯޓުން ޕަސެންޓެއް ވެސް ހިމަނަން އެކަމަށް އެކުލަވާލާ އުސޫލުގައި ހިމަނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައްހާބް
20 August 2025
އޭދަފުށީ ގައި ޖެހޭނީ ގުރެއްލާން
ލެގަސީ
20 August 2025
ތީކީ ކުރަންމާމޮޅުކަމެއްނޫން ފުޓުބޯޅައަށް ލޯބިކުރާ ކޮންމެމީހަކުވެސް އެމީހަކަށް ވެވުނުވަރަކުން ހުންނާނީ ފުޓުބޯޅައަށް ހިދުމަތްކޮށްފަ އެކިމީހުންނަށް ވަގުތުވާނީ އެކިވަރަށް ރާއްޖޭގަ ފުޓުބޯޅަ ގޮސްއޮތްހިސާބުން ހަމައެކަނި ތިކަމަށްހުސްވާނެމީހުންނެތް، ތިފަދަ ތަފާތުކުރުން ގެންގުޅޭކަންކަން ހިންގާގެން އެކަކު އަނެއްކަކުގެ މެދުގަ ދެބަސްވުންވެ ނަފްރަތުއުފެދުމަށް މަގުފަހިވާނީ. ސަބަބަކީ ބައެއް ރައްރަށުގެ ކައުންސިލްތަކަކީ ވަރަށް ކޮރަޕްޓު ތަންތަން.
އަލީ ސޯ / މުލި
20 August 2025
މުލީ ނާފިއުއަކީ ވިކްޓްރީ ސްޕޯޓްސް އާއި ގްރީން ސްޓްރީޓްސް ފަދަ އެއްވަނަ ޑިވިޝަނުގެ ކްލަބުތަކަށް ކުޅުނު މޮޅު ކުޅުންތެރިއެއް. އޭނާއަކީ ހަމަ އެކަނި މޮޅު ކުޅުންތެރިއެއް ނޫން. ގަދައަޅާ މަސައްކަތްކުރުމަކީ އޭނާގެ ޚާއްސަ ސިފައެއް. ބޯޅަ ދަނޑުމަތީގައި އޭނާ އަބަދުވެސް ތެދުވެރިކަމާއެކު، ހިތްވަރާއެކު މަސައްކަތްކުރޭ. އޭނާ ދައްކުވައިދެނީ ގަދައަޅާ މަސައްކަތްކޮށްފިނަމަ ހުރިހާ ހުނަރެއް ތަރައްގީކުރެވޭނެކަން.
ކަމާލު / އަމާޒު
20 August 2025
ނާފިއު ޅިޔަނަކީ ރަގަނޅު ކުއްޖެއް. ޢެކުގައި މަސައްކަތް ވެސް ކުރެވުފައި ހުރުމާއެކީ މިކަމަށް ޅިޔަނު އެންމެ ފައްކާވާނީ . އަޚްލާޤް ވެސް ރަގަނޅުވެފަ ކަމަށް ކަމޭހިތައިގެން ކުރާނެ.
އަލީ ސޯ / މ.މުލި
20 August 2025
މުލީ ނާފިއުއަކީ ވިކްޓްރީ ސްޕޯޓްސް އާއި ގްރީން ސްޓްރީޓްސް ފަދަ އެއްވަނަ ޑިވިޝަނުގެ ކްލަބުތަކަށް ކުޅުނު މޮޅު ކުޅުންތެރިއެއް. އޭނާއަކީ ހަމަ އެކަނި މޮޅު ކުޅުންތެރިއެއް ނޫން. ގަދައަޅާ މަސައްކަތްކުރުމަކީ އޭނާގެ ޚާއްސަ ސިފައެއް. ބޯޅަ ދަނޑުމަތީގައި އޭނާ އަބަދުވެސް ތެދުވެރިކަމާއެކު، ހިތްވަރާއެކު މަސައްކަތްކުރޭ. އޭނާ ދައްކުވައިދެނީ ގަދައަޅާ މަސައްކަތްކޮށްފިނަމަ ހުރިހާ ހުނަރެއް ތަރައްގީކުރެވޭނެކަން.
ޙަސަންޓޭ
20 August 2025
ތީ މާ ބޮޑުވަރެއް ފުރަތަމަވެސް އުފުލައި ނުލެވޭ ވަރުގެ ބަރުދަނެއް ތިޔަކަމުގައި 1 އަތޮޅު 2 ޒޯނު 3 ރާއްޖެ. އަށް ބެލުން ރަނގަޅުކަމަށް ފެނޭ. ތިކަމުގައި ކޯޗުންނާއި ކުޅުންތެރިންގެ ޚިޔާލު ހޯދުން ރަނގަޅު
ސަސި
20 August 2025
މާލެ ސަރަހައްދުން ބައްސާމު ނޫން އެހެން އެހެން މީހަކު ނަގައިފިއްޔާ ތިޔަ ލިސްޓް ރަގަޅެއް ނުވާނެ
ކަމަނަ ގޯތީ އާދަނު
20 August 2025
އައްޗީޑި! އެއްކަލަ ސ !. ފުޓްބޯޅައިގެ މޫނު މަތި ރަނގަޅު ކުރަން މި މީހުން ލައިގެން ދެން ބަލައެއް ނުގަންނާނެ ދޯ؟ ހިތައްވެސް އަރުވަން ނުވާނެ ތިކަހަލަ މީހުން ލައިގެން ތިކަން ކުރަން އުޅެން ވެސް ؟މީހުން ބަލައި ގަންނާނީ ތަކަހަލަ ކަންކަން ކުރަން ކުރީގެ ގައުމީ ޓީމް ކެޕްޓަނުން، ޓީމް ތަކުގެ ކޯޗުން ، މެނޭޖަރު ، ކޮމެންޓޭޓަރ ކަހަލަ މީހުން!!.
އޮނަރަބްލް އަފީފު ދީދީ
20 August 2025
އެންމެ ސުވާލެއް. ތިކަމުގައި މެދުރާއްޖެތެރޭގެ ރަށެއްގެ ގޮތުގައި އޮންނަ ކ.އަތޮޅު މާލެ ބަލާނީ ރަށަކަށްތޯ ނުވަތަ ބައްރެއް ނޫން ނަމަ ކޮންޓިނެންޓެއްގެ ގޮތުގައިތޯ؟
އަޖާއިބުގެ ޖަވާބު
20 August 2025
މާލެއަކީ ކ އަތޮޅުގެ ރަށެއް ނޫން. ޤުދުރަތީގޮތުން އެރަށް ކ އަތޮޅަށް ނިސްބަތްވިޔަސް ސަރުކާރު ހިންގުމުގައި އެއީ އެ އަތޮޅަށް ނިސްބަތްވާ ރަށެއްނޫން. އެކަން އެންމެ ބޮޑަށް އެނގޭ އެއްކަމަކީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވާގޮތުން. މާލެއަތޮޅުން ވަކިން ހޮވާއިރު މާލެއިން ވަކިން މެންބަރުން ހޮވާތީ. އެހެންވީމާ، އެއީ އުސޫލާ ޚިލާފުކަމެއް ނޫން. އެ ނޫންގޮތަކަށް އެކަން ކުރަން ބޭނުން ނަމަ ފުރަތަމަ އުސޫލު ބަދަލުކުރަންޖެހޭނީ. އެހެންވީމާ ތި ބޭފުޅާ އެކަމާ އުޅެންވީ
އާމިރު ރަންހަދާ
19 August 2025
ރިނބުދޫއިން އަލިވާގޭ ތައުފީގު
މަ
20 August 2025
ކުޑަހުވަދޫއިން މަ.
މޯހަން.
20 August 2025
މާލެއިން ބޮޑޭ.
މަންޖެ.
20 August 2025
މާލެއިން ބޮޑޭ އަށް ވުރެން ރަނގަޅު ވާނީ ފެސްކޯ ކޯޗް.