05 ސެޕްޓެމްބަރ 2017 - 23:16
މަސްކަޓް (ސެޕްޓެމްބަރު 5) – އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ އޮމާން އަތުން ރަށުން ބޭރުގައި 5-0 އިން ބަލިވެ އަންނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެ ކުރަން ޖެހޭ މަސައްކަތް ދެގުނަވެއްޖެ އެވެ.
މި މޮޅާ އެކު އޮމާން ވަނީ ދެ ވަނައިގައި ރާއްޖޭގެ މައްޗަށް ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މި ގްރޫޕުގެ އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ މިރޭ ބޫޓާން އަތުން 2-0 އިން މޮޅުވި ފަލަސްތީނެވެ. އޮމާން މިހާރު ވަނީ ހަ ޕޮއިންޓާ އެކު ދެ ވަނައިގައި ހަމަޖެހިލައިފަ އެވެ. ރާއްޖެ އޮތީ ތިން ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ގްރޫޕުގެ ގަދަ ދެ ޓީމު ކޮލިފައިވާއިރު ރާއްޖެ އަށް ބާކީ އޮތީ އަމިއްލަ ދަނޑުގައި އޮމާނާއި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗާއި ރަށުން ބޭރުގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗެވެ.
ފަލަސްތީން އަތުން ބަލިވެފައިވާތީ އޮމާނުން މޮޅުވުން މަޖުބޫރަކަށް މެޗަކަށް މިރޭ ރާއްޖެއާ ދެކޮޅަށް ނުކުތްއިރު މެޗުގެ ހަތަރު ވަނަ މިނެޓުގައި ވަނީ ގާސިމް ސައިދުގެ ލަނޑުން އެ ޓީމު ލީޑު ނަގައިފަ އެވެ. އޭނާ ކޯނަރަކުން ހުރަސްކުރި ބޯޅަ ގޯލަށް ވަނީ ރާއްޖޭގެ ގޯލްކީޕަރު މުހައްމަދ ފައިސަލުގެ އަތުގައި ޖެހިފަ އެވެ.
މެޗު ފަށައިގެން ރާއްޖޭން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުމުގެ ނަތީޖާއަކަށްވީ އޮމާނަށް މެދުތެރެއިން ވަރަށް ބޮޑަށް ޖާގަ ލިބި މެޗުގެ ކޮންޓްރޯލް ފުރިހަމައަށް ލިބުމެވެ. ފުރަތަމަ ހާފުގައި އޮމާނަށް އިތުރު ގޯލެއް ނުޖެހުނު ނަމަވެސް އެ ޓީމުން ރާއްޖެ އަށް ވަރަށް ބޮޑަށް ނުރައްކާކުރި އެވެ. އެގޮތުން 30 ވަނަ މިނެޓުގައި އެ ޓީމުން ފޮނުވާލި ބާރު ހަމަލައެއް ގޯލް ދަނޑި ކައިރިން ބޭރަށް ދިޔައިރު އޭގެ މިނެޓެއް ފަހުން ފޮނުވާލި ހަމަލާ ކީޕަރު ފައިސަލް މަތަކުރި އެވެ.
ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ކޯޗު ޑަރެން ސްޓެވާޓް ވަނީ މިޑްފީލްޑަރު އަކްރަމް އަބްދުލްގަނީގެ ބަދަލުގައި ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އަރުވައިފަ އެވެ. ރާއްޖޭގެ ފޯވާޑުންނަށް ވެސް އެކަށީގެންވާ ބޯޅަތަކެއް ނުލިބޭއިރު 33 ވަނަ މިނެޓުގައި އޮމާން ގޯލްކީޕަރު ކުރިއަށް އަރާ ހުއްޓާ ހާފުގެ މެދުތެރެއިން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބޯޅަ ފިޔަވައި އޮމާނަށް ނުރައްކަލެއް ނުކުރެވުނެވެ.
ދެ ވަނަ ހާފު ފަށައިގެން 58 ވަނަ މިނެޓުގައި އޮމާނުން ދެ ވަނަ ގޯލް ޖެހި އެވެ. ރާއްޖޭގެ ތިން ޑިފެންޑަރުންގެ އަތުން ނުޖެހި އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ އަލް ހަޖްރީ އެވެ.
އޮމާނުން ތިން ވަނަ ގޯލް 68 ވަނަ މިނެޓުގައި ޖެހީ ވެސް ރާއްޖޭގެ ޑިފެންޑަރުންނަށް އެ ޓީމުން އުފައްދަން މަސައްކަތްކުރި ހަމަލައެއް ރަނގަޅަށް ސާފުކޮށްނުލެވުމުގެ ފައިދާ ނަގަ އެވެ. އެގޮތުން އޭރިއާ ރޮނގު މަތިން ކަހަލަ ގޮތަކަށް މި ގޯލް ޖެހީ ބަދަލު ކުޅުންތެރިއާ އަލް ޔަހްޔާއީ އެވެ. އޮމާނުގެ ހަތަރު ވަނަ ގޯލް 86 ވަނަ މިނެޓުގައި އަލް ޔަހްމަދީ ކާމިޔާބުކުރީ ވެސް ކީޕަރު ފައިސަލާއި ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އަށް ބޯޅަ ސާފުނުކުރެވުމުގެ ފައިދާ ނަގަ އެވެ.
އޮމާނުގެ ފަސް ވަނަ ގޯލް 88 ވަނަ މިނެޓުގައި ކާމިޔާބުކުރީ އަލް ހަސަނީ އެވެ. ސާދު އަލް މުޚައިނީގެ ހުރަހަކުން ހަސަނީ ފުރަތަމަ ޖެހި ޝޮޓް ކީޕަރު ފައިސަލް މަތަކުރި ނަމަވެސް ހަސަނީ ވަނީ އަލުން އެ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.
ރާއްޖެ ދެން ކުޅޭ މެޗުގައި އަންނަ މަހުގެ 10 ވަނަ ދުވަހުގެރޭ މާލޭގައި ނުކުންނާނީ އޮމާނާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭޑް ޗޮއިސް
06 September 2017
ޕޮޕޯވް ބޭރުކުރުން އެއީ އެފް.އޭ.އެމް އިން ކުރި އެންމެ ކަޑަ ކަންތައް. ދެން އެވަރުގެ ކޯޗެއް ނުލިބޭނެ. ގަދަ ފަދަ ގަތަރު އަތުން ބަލިވީ އިތުރުގަޑީގެ ފަހު ސިކުންތުގަ. އޮމާނަކީ ގަތަރާ ބަލާއިރު 1000 ގުނަ ދަށް ޓީމެއް.
އަކޫމަލީ
06 September 2017
ބުނާނެ އެއްޗެއް ނެތް އެކަމަކު ބުނާހިތެއްވެސް ނުވޭ ނުބުނެ ހުރެވޭކަށްވެސްނެތް. ދިވެހިން ދިވެހިންގެ ގޮތުގާއި " ގަމާރުކަންމަތީ އަބަދަށް " މީ ދިވެހިންނަށް ބުނި ކުޑާއިމީސް ބަހެއްނޫން ( މީ ވަރަށް ވާހަކަ ) ދިވެހިންނަށް އަބަދުވެސް ހެޔޮ މޮޅުގޮތް ވުމަށް އެދެން.
މާނު
06 September 2017
ދެންވެސްބުނާނެ ރެފްރީންގެ ފެންވްރިދަށީއޭ
ހަސަނާ
06 September 2017
މޮޅު ވަރުގަދަ ކުޅުންތެރިން ސްކޮޑަށް ނުނެގުން އެއީ ވިސްނުމުގެ މައްސަލައެއް. މިއަކަށް ދޭނެ ޖަވާބެއް ނޯންނާނެ އެފްއޭއެމަކު. ދެން ކުޅުންތެރިންގެ އެޓިޓިއުޑްވެސް މިފަހަރުގެ ސްކޯއާގުޅުން އެބަހުރި. އެކަން އިނގޭނެ އުމޭރު ބޭލުމުން ފައިބައިގެން އަންނަމުން ނުވާނޭ މިކަމެއް ކޮންމެ ގޮތެއްހެދިޔަސް ކިޔާ ބޯހޫރަމުން އައިގޮތުންވެސް. މިހެން ދެކޭ ކުޅުންތެރިން ލައިގެން ނުވާނެ އެއްކަމެއްވެސް. ވަރުގަދައަށް ކުޅޭ ހުނަރުވެރި ދަގޭ ކަހަލަ މީހުން ހުސް ލައިގެން އެއްޗެއް ހާސިލްވާނީ. ތިޔަ ސްކޮޑް އެބަޖެހޭ އަލިފުން ޔާއަށް ބަދަލު ގެންނަން. މަސައްކަތް ނުކުރާ ބިރުން ތިބޭ މީހުން ލައިގެން ނުވާނެ ތިކަމެއް ދުވަހަކުވެސް.
ކައުންސެލަރު
06 September 2017
ކޮންމެސް މީހަކު ތިޔަބުނާ ކޯއްޗެއް ކައިރީގަ ބުނެބަލަ ކުޅުންތެރިން ލައްވާ އެންމެފުރަތަމަ އިދިކޮޅު ޓީމުގެ ކުޅުންތެރިން ޓައިޓް މާކިންބޭނުމޭ އެމީހުން އެޓޭކަށް އަންނަގަޑިގަ. މިއޮންނަނީ އެމީހަކާ އެމީހެއް. އޮމާން ޓީމުގެ ކުޅުންތެރިން ކިތަންމެ ހުސްކޮށްހުއްޓަސް އެއިންމީހަކު މާކެއް ނުކުރެވޭ، ކޯޗަކަށް އެތަނެއްނުފެނޭ. ދިވެހިޓީމުގެ ވާތްފަރާތުން (ދެހާފުގަވެސް) ނެގި އެއްވެސް ހުރަހެއް ހުއްޓުވުނީކީނޫން. ތިޔަކޯޗަށްވުރެ މޮޅުވާނެ އެގޮނޑީގައި ކުކުޅެއް ބޭންދިޔަސް. ގައިމުވެސް ކައް ކައް ކައް ކިޔާފަ ހަޅޭލަވާނެ. މިކޯޗަށް އެވަރުވެސް ނުވޭ. ކީއްކުރާ މީހެއް. ވަގުތުން އިސްތިއުފާދީ. ދިވެހި ކޯޗެއް މާރަނގަޅުވަނެ. މޯހަން ސުޒޭން ނިޒާމްބެ މީ މިހާރު އެއްވަނައިގެ ކޯޗުން. ކީއްވެ އެއިން ކޯޗަކާ ޓީމު ހަވާލު ނުކުރެވެންވީ. އެކަން ނުވަންޏާ ވެރިން ނުކުމޭ ތިޔަތަނުން.
ކުކުޅުދޫ
06 September 2017
ބަލިވާ އިރަށް މޮޔަ ނޮގޮވާ. ސުޒޭން އަނގައިން މޮޅުވެދާނެ. ބަލިވާ ކޮންމެ ފަހަރަކު ކޯޗު ބަދަލު ކުރުމެއް ނޫން ހައްލަކީ.
ސަޕޯޓަރު
06 September 2017
ސޮބާ ގްރީން ސްޓްރީޓްސް ގޮވައިގެން ގޮއްސަވެސް ތިމެޗުން މޮޅުވާނެ
ްްޤައުމީ ލޭ
06 September 2017
ބުނާނެ އެއްޗެއް ނެތް! ކުރިންވެސް ބުނިހެން ދިވެހި ފުޓްބޯޅަ ލީގް މުޅި ރާއްޖެއަށް ނުވަތަ މުޅި ދުނިޔެއަށް ފުޅާ ކުރިއަށް ތިބަލަން ދާނެ މީހަކު މިހާޜު މިގައުމަކުނެތް. ޥަރަށް ބޮޑަށް ސޮރީ ..
ދީދޯ
06 September 2017
އަހަރެން ބުނާނީ ފުޓްބޯޅާގެ ބެސިކް ދަސްނުކޮށް ބޮޑެތި މެޗްކުޅޭނީ ކިހިނަކުންހޭ. ވިސްނާލަބަލަ ދެ ޕާސް ހަމައަށް ކުރެވިފަނެތް. ބޯޅައާ ފަޔާ ދިމާނުވާފަހަރު އާދޭ. ބޯޅައަށް ރަނގަޅު ޓެކްލްއެއްނުކުރެވޭ. އާޅެ ދިވެހިން ދެތިން އަހަރުވަންދެން މަ މިބުނި ކަންތައްތައް ދަސްކޮށްފަ ދެން މެޗްކުޅެން ދޭބަލަ. އޭރުން މޮޅުވާނީ. މިހާރު ފެންނަނީ ހަމަ މޫނު ހުރިދިމާއަކަށް ޖަހާތަން. ދެން ބޯޅަ ނުލިބޭތީ ދުވާހެން ހީވަނީ. ބޯޅަ ލިބިއްޖެއްޔާ އަވަހަށް އޭގެން ސަލާމަތްވާން އުޅޭހެން ހުރި ދިމާއަކަށް ޖަހާ ބޯޅަގެއްލުވާލަނީ. ދިވެހިން ވެސް ރަނގަޅަށް ޕާސިންގ ދަސްކުރީމަ އެކަންވާނެ. ދެންވެސް ގިނަ އަވަސްކޮށްކުޅޭ މޮޅެތި ޓީމްތަކާއެކު ވަރަށްގިނަ ޕްރެކްޓިސްތައް ކުޅެގެން ނޫނީ ތިޔަ ފެންވަރުގެ ޓީމްތަކަކާއެކު ނުކުޅެވޭނެ. ހަނގުރާމައިން އަރައިނުގަނެވިގެންއުޅޭ ފަލަސްތީނަށްވުރެ ފެންވަރު ދަށް.
ދަނޑުމަތިން
06 September 2017
ވަރިހަމަވާނެ. ތިމާމެނަށް ހަމަޔަށް ބޯޅަ ކޮންޓްރޯލް ނުކުރެވި، ޕާސް ކުރަން ނޭގުނަސް ވާނެ ދުނިޔޭގެ މޮޅެތި ކުޅުންތެރިންގެ ނަމުން ނަންކިޔައިގެން ތިމާމެން ނޫންބަޔަކަށް ފުޓުބޯޅައެއް ނުކުޅެވޭނެއޭ ކިޔާ ދައުވާކުރަން.
ގަރުދިޔަ
06 September 2017
ފިޓްނަސް މައްސަލައެއް. ނިޔުރޮލޮޖިކަލް. ސިކުނޑިއާ މަސްތަކުގެ ކަނެކްޝަން ސްޕީޑް ދަށީ. ކަނޑު މަސް ކެއުމުގެ ނަތީޖާ. ކާންވީ ފަރުމަސް. ދުފުން ސިގިރޭޓް ހުއްޓާލަންޖެހޭ
ފަރޯ
06 September 2017
ދިވެހިންނަކީ ފުޓްބޯޅަ ކުޅެމުން ވަޒީފާއަށް ވެސް ދާ ބައެއް. ހަދާންކޮށްދިނީ.
ރާއްެޖެ
06 September 2017
ތީމައްސަލައެއް ނޫން. ސްޕެއިން އަތުން އިޓަލީ ވެސް 0 4ން ބަލިވި. ކޯޗް ޓީމް ސެލެކްޓް ކޮށްފަ ކުޅެން އަންގާ ގޮތަށް ކުޅުން ތެރިން މަސައްކަތް ކުރާނީ. ފާޑު ކިޔާ މީހުންނަށް އެކަން ކުރަން ވަރަށް ފަސޭހަ ވާނެ.
ޒައިން
06 September 2017
އެކަމު 4-0 ބަލިވެފަ މިނިދިޔަ ޔޫރޯ ގަ 2 -0 އިން މޮޅުވިއޭ ސްޕެއިންއަތުން އަނެއްކާ ކުރީރޭ އެ ބަލިވީ.... މިވެރިން މޮޅެއްވާތަނެއް ނާދޭ އަބަދު ބަލިވަނީ ބޮޑު ޓީމަކާ ޖެހިއްޖެޔާ މި ފަހަކުން
ނައިޒް
06 September 2017
އަމިއްލަ އެދުމަށް ބަރޯސާވެ ޓީމު ނެގީމަ ވާނެ ހައެތި ތިވަނީ... ސީޒަރުގަ މޮޅަށް ކުޅުނު ކުޅުންތެރިން ބައިތިއްބާފަ ނަމަށާ ނުފޫޒަށް ބަލައިގެން ޓީމު ހަދަންޏާ ވާނި ތިހެން.. ފަހަތުގަ ނަގިލި ލައިގެން ތިބެންޖެހޭ ވަރުގެ މެޗެއް ނޫން ތިޔައީ އެފްއޭއެމް ފެއިލްވެފަ އޮތްކަމުގެ އެންމެ ފުރިހަމަ ދަލީލު