ކުޅިވަރު / ވޯލްޑް ކަޕް 2018

ވޯލްޑް ކަޕާ އެކު އެމްބާޕޭގެ ހުވަފެނެއް ހަގީގަތަކަށް

އެމްބާޕާ ވޯލްޑް ކަޕް ތަށްޓައް ބޮސްދެނީ.-- ފޮޓޯ: އޭއެފްޕީ

މޮސްކޯ (ޖުލައި 16) - މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރެވުމާ އެކު ފުޓްބޯޅައިގައި އޭނާ ދުށް އެއް ހުވަފެން ހަގީގަތަކަށް ހެދިއްޖެ ކަމަށާއި ދެން އޮތީ ކްލަބް ލެވެލްގައި ބޮޑެތި ކާމިޔާބީތައް ހޯދުން ކަމަށް މި ފަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު ހޯދި ފްރާންސްގެ ކިލިއަން އެމްބާޕޭ ބުނެފި އެވެ.

އުމުރުން 19 އަހަރުގެ އެމްބާޕޭ ވަނީ މި ފަހަރުގެ ވޯލްޑް ކަޕުގައި ހަތަރު ގޯލު ޖަހައިފަ އެވެ. ރޭ ކުޅުނު ވޯލްޑް ކަޕް ފައިނަލުގައި ފްރާންސުން 4-2 އިން ކްރޮއޭޝިއާ ބަލިކުރިއިރު، ފްރާންސްގެ ހަތަރު ވަނަ ގޯލު ޖެހީ އެމްބާޕޭ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި އެމްބާޕޭ ވަނީ ބްރެޒިލްގެ ލެޖެންޑް ޕެލޭ އަތުގައި އޮތް 60 އަހަރުވީ ދެ ރެކޯޑާ ހަމަކޮށްފަ އެވެ. އެއީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގެ އެއް މެޗެއްގައި ޒުވާން އުމުރުގައި (20 އަހަރުން ދަށް) ދެ ލަނޑު ޖަހައިގެންނާއި ފައިނަލުގައި ލަނޑު ޖަހައިގެން އުމުރުން 17 އަހަރުގައި ޕެލޭ ހަދާފައި އޮތް ދެ ރެކޯޑެވެ. އެމްބާޕޭ އެ ދެ ރެކޯޑާ ހަމަކުރީ ދެ ވަނަ ބުރުގައި އާޖެންޓީނާ ކޮޅަށް ދެ ލަނޑު ޖަހައިގެންނާއި ރޭގެ ފައިނަލުގައި ކްރޮއޭޝިއާ ކޮޅަށް ލަނޑު ޖަހައިގެންނެވެ.

ރޭގެ މެޗަށް ފަހު ޕެލޭ ވަނީ އެމްބާޕޭ އަށް މަރުހަބާ ކިޔުމުގެ ގޮތުން ޓްވީޓެއް ކޮށްފަ އެވެ.

ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން އެމްބާޕޭ ބުނީ މިއީ އޭނާގެ ކެރިއަރުގެ ފެށުން ކަމަށެވެ.

"އަހަރެންގެ ކާމިޔާބީގެ ވާހަކަތައް ދާނީ ކުރިއަށް. މިއީ ވަރަށް ރަނގަޅު ފެށުމެއް. ދެން އަމާޒުހިފާނީ ކްލަބް ލެވެލްގެ އެންމެ ބޮޑު ކާމިޔާބީތަކައް. އެއީ ހަގީގަތަކަށް ހަދަން ޖެހޭ އަނެއް ހުވަފެން،" އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާ އަށްދޭ އެވޯޑް ހިފައިގެން. -- ފޮޓޯ: އޭއެފްޕީ

އެމްބާޕޭ މިހާރު ކުޅެމުން އަންނަނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށެވެ. އިޓަލީގެ ޔުވެންޓަސް އިން ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގަތުމުން އޭނާ ނެތްތަން ފޫބެއްދުމަށް ރެއާލުން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި އެމްބާޕޭ ހިމެނެ އެވެ. އެމްބާޕޭ ބުނީ އޭނާ އަންނަ ސީޒަނުގައި ވެސް ފެންނާނީ ޕީއެސްޖީން ކަމަށެވެ.

ނައިޖީރިއާ ފިޔަވައި މި ފަހަރުގެ ވޯލްޑް ކަޕަށް އެންމެ ޒުވާން ސްކޮޑެއް ފޮނުވީ ފްރާންސުންނެވެ. ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ މިހާރު އެ ޓީމުގައި އޮތް ސްކޮޑަށް މުސްތަގުބަލުގައި އިތުރު މުބާރާތްތައް ކާމިޔާބު ކުރެވޭނެ ކަމަށާއި އަދި އެއް ފަހަރު ވޯލްޑް ކަޕް ތަށި ވެސް އުފުލާލެވިދާނެ ކަމަށެވެ.

"މިސާލަކަށް ބަލަމާ އެމްބާޕޭ އޭނާގެ އުމުރުން އަދި 19 އަހަރު. އަދި އެއް ފަހަރު ވެސް އޭނާ މި މުބާރާތް ކާމިޔާބު ކޮށްފާނެ. ކިހިނެއް އެނގެނީ. މީގެ 20 އަހަރު ކުރިން އަހަރެމެން ތަށި އުފުލާލިއިރު އޭރު ވެސް ތިބި 20 އަހަރުގެ ދެ ކުޅުންތެރިން އޮންރީ (ތިއެރީ އޮންރީ) އާއި ޑޭވިޑް (ޓްރެޒެގޭ). އެ ދެ ކުޅުންތެރިންނަށް ވެސް ދެ ވަނަ ފަހަރު ވޯލްޑް ކަޕް އުފުލާލުމުގެ ފުރުސަތު ލިބުނު. އެކަމަކު ފައިނަލުގައި ދެރަކޮށް ދިމާވީ،" 1998 ވަނަ އަހަރު ފްރާންސަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކެޕްޓަން އަދި މިހާރުގެ ކޯޗު ޑެޝޯމްޕްސް ބުންޏެވެ.

ފްރާންސުގެ ކޯޗު ޑެޝޯމްޕްސް ވަނީ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ހޯދި ތިން ވަނަ މީހާގެ ގޮތުގައި ތާރީހުން ޖާގަ ހޯދައިފަ އެވެ. އޭނާ އަކީ 1998 ވަނަ އަހަރު ފްރާންސުން ތަށި ހޯދިއިރު ކެޕްޓަނެވެ. މި ޝަރަފް ދެން ހޯދާފައިވަނީ ބްރެޒިލްގެ މާރިއޯ ޒަގަލޯ އާއި ޖަރުމަނުގެ ފްރެންޒް ބެކެންބާ އެވެ.

12 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާލުސޮރު

16 July 2018

ކްރޮއޭޝިއާ އަށް "ލިބިފަ" އޮތް ތައްޓެއް ތިޔޮތީ ފްރާންސް އަށް ހަދިޔާކޮށްފަ. އެއީ ބައިކޮޅަށް ގޯލު ޖަހައިގެންނާ ބޭކާރު ޕެނަލްޓީއެއް ފްރާންސް އަށް ދީގެން. އެހެން މެޗް ތަކުގަ ކުޅުނުގޮތަށް އެއްވާނަކަށް ހިފަހައްޓާލެވުނު ނަމަ ކްރޮއޭޝިއާ މޮޅުވީސް.. ދެން ފްރާންސްގެ ކޯޗުގެ ތަޖުރިބާއާ ރޭވުންވެސް ހަމަ މޮޅީ.

The name is already taken The name is available. Register?

ޝޯން

16 July 2018

އެމްބާޕޭ އަށް ވަރަށް ސަޕޯރޓްކުރިން ބެލްޖިއަމް މެޗުގެ ކުރިން. ބެލްޖިއަމް އާ ދެކޮޅަށް ކުޅުނު މެޗުގަ މެޗު ލަސްކުރަންވެގެން ބޭރުވެފަ އޮތް ބޯޅައެއް އަތުން ނަގާ އަމިއްލަޔަށް ބިމަށް ވައްޓާލާފަ ކޮށްޓަމުން ކޮށްޓަމުން ދިޔަހިސާބުން ފޫހިވެއްޖެ. ޑިސިޕްލިން އެއް ނެތް އަދި.

The name is already taken The name is available. Register?

ހެލޯ ލޮލް

16 July 2018

އެއީ އަދި ޅަވީމަ އާކޮޅުވީމަ ކަމަށް ވެދާނެ.

The name is already taken The name is available. Register?

ކުޑަމޫސާފުޅު

16 July 2018

ބައިކޮޅަށް ފައިދާވަންޏާ މެޗް ލަސްނުކުރާ ކުޅުންތެރިއެއް ނުވަތަ ޓީމެއް ދައްކަބަލަ؟ އެންމެންވެސްކުރޭ އަދި ޓެކްޓިކަލީ ކުރަންޖެހޭވެސް ކަމެއް އެއީ! ވަރލްޑްކަޕް ގައިވެސް ކެނޑިނޭޅި ފެންނަމުން ދިޔަމަންޒަރެއް ދެއްތޯ!

The name is already taken The name is available. Register?

ޟާނާ

16 July 2018

ބަލަ ޕެލޭގެ ރިކޯޑު މުގުރޭނީ 17 އަހަރުން ދަށުމީހެއްއެގޮތަށްގޯލުޖަހިއިގެން އެމްބެޕޭ 19 އަހަރުގަގޯލްޖެހީ ޕެލޭ 17 އަހަރުގަގޯލްޖެހީ ދެން ރިކޯޑުމުގުރޭނީ ކިހިނެއްބާ

The name is already taken The name is available. Register?

ޢެންދެމޭ ބޭބެ

16 July 2018

ރިކޯޑް މުގުރި ވާހަކައެއް ނެތް. ޕެލޭއަށްފަހު ވޯލްޑްކަޕް ފައިނަލް ގައި ސްކޯރ ކުރި ފުރަތަމަ ޓީނޭޖަރ

The name is already taken The name is available. Register?

ބިސް

16 July 2018

ޑެޝޯމްޕްސް އަކީ ކެޕްޓަނެއްގެ ގޮތުގަ އަދި ކޯޗެއްގެ ގޮތުގަ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި 2 ވަނަ މހާ..ދެން އެކަން ކުރީ ބެކެންބާ..މިކަން ވެސް ފާހަނގަ ކުރާނަމަ

The name is already taken The name is available. Register?

އަހުމަދު 1

16 July 2018

ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި 3 ވަނަ މީހާ.

The name is already taken The name is available. Register?

ބިސް ތޮޝި

16 July 2018

ބިހަށް އެންމެފުރިހަމަ އަށް މައުލޫމާތު ލިބިފަ ނެތް ކަން ފާހަގަ ކުރެވޭ.. ޑިޝޯމްޕްޝް އަކީ ތިކިޔާ ޝަރަފު ހޯދި ތިންވަނަ މީހާ.. އެންމެ ފުރަތަމަ ތިކަން ކާމިޔާބު ކުރި މީހާ އަކީ މާރިއޯ ޒަގަލޯ..ދެން ބެކެންބާ..

The name is already taken The name is available. Register?

ބިސް

16 July 2018

ކުޅުންތެރިއެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި 3 ވަނަ މީހުން..އެއީ ޒަގަލޯ،ބެކެންބާ އަދި ޑެޝޯމްޕްސް..ނަމަވެސް ކެޕޓަން އެއްގެ ގޮތުގަ އަދި ކޯޗުގެ ގޮތުގަ ތަށި ނެގީ ޑެޝޯމްޕްސް އަދި ބެކެންބާ..ޒަގަލޯ އަކީ 1958 ގެ ކެޕްޓަނެއް ނޫން ނަމަވެސް ކުޅުނު ކުޅުންތެރިއެއް..1958 ބުރެޒިލް ކެޕްޓަނަކީ ބެލިނީ

The name is already taken The name is available. Register?

ކިޔަރަށު

18 July 2018

ޒަގަލޯ އަކީ އެއްވެސް އިރެއްގައި ކެޕްޓަން ބޭންޑް އަޅައިގެން ތަށި ނެގި މީހެއް ނޫން. ނަމަވެސް އެއީ ކުޅުންތެރިއެއްގެ ގޮތުގައި 1958 އާއި 1962 ގެ ތަށި އަދި ހެޑް ކޯޗެއްގެ ގޮތުގައި 1970 އަދި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި 1994 ގައި ތަށި އައްލި މީހެއް. ކެޕްޓަނެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި ތަށި އުފުލާލި ކުޅުންތެރިއެއްގެ ޝަރަފް ހޯދީ 2 މީހެއް. އެއީ ކެޕްޓަނެއްގެ ގޮތުގައި 1974 އަދި ކޯޗެއްގެ ގޮތުގައި 1990 ގައި ތަށި އުފުލާލި ޖަރުމަނުގެ ޝަހުސިއްޔަތު ފްރެންޒް ބެކެންބާ ގެ އިތުރުން ކެޕްޓަނެއްގެ ގޮތުގައި 1998 އަދި ކޯޗެއްގެ ގޮތުގައި މިއަހަރުގެ ތަށި އުފުލާލި ފްރާންސްގެ ލެޖެންޑް ޑިޑިއޭ ޑެޝޯމްޕްސް.

The name is already taken The name is available. Register?

2018

16 July 2018

ނަސީބުވެރިއެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454