09 ޑިސެމްބަރ 2018 - 09:55
މެޑްރިޑް (ޑިސެމްބަރު 9) - ފުޓްބޯޅަ ތާރީހުގައި "ރޮނާލްޑޯ" މި ނަމަކީ ބޮޑު ހިއްސާއެއް އޮންނާނެ ޗެޕްޓަރެއް ކަަމަށް ބްރެޒިލްގެ ކުރީގެ އެއް ވަނަ ފޯވާޑް ލުއިޒް ރޮނާލްޑޯ ނަޒާރިއޯ ބުނެފި އެވެ.
ނުވަދިހައިގެ އަހަރުތަކުގައި ފުޓްބޯޅައިގެ ވިދުންގަދަވި ބްރެޒިލްގެ ފޯވާޑް ލުއިޒް ރޮނާލްޑޯ އަކީ ގިނަ ބަޔެއްގެ ނަޒަރުގައި އަދިވެސް އެންމެ މޮޅު އެއް ފޯވާޑެވެ. ރޮނާލްޑޯ ވަނީ 1993-2011 އަށް ބާސެލޯނާ، އިންޓަ މިލާން، ރެއާލް މެޑްރިޑް އަދި އޭސީ މިލާނުގައި ހުނަރު ސާބިތުކޮށްދީފަ އެެވެ.
ކެރިއަރުގައި ޗެމްޕިއަންސް ލީގު ފިޔަވައި ރޮނާލްޑޯ ވަނީ ބޮޑެތި ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފަ އެވެ. ޒުވާން އުމުރުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށް ވެސް ސަޕޯޓަރުންގެ ހިތުން ޖާގަހޯދި ރޮނާލްޑޯ އަކީ ބްރެޒިލް ފުޓްބޯޅައިގެ މުހިއްމު ތަރިއެކެވެ.
ލުއިޒް ރޮނާލްޑޯ ވަނީ ދާދި ފަހުން ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ތައުރީފްކޮށްފަ އެވެ.
"އަހަންނާ ކްރިސްޓިއާނޯ (ރޮނާލްޑޯ) އަކީ ގޯލާ ރަށްޓެހި ވިޔަސް ވަރަށް ތަފާތު ދެ ސްޓައިލެއްގެ ދެ ކުޅުންތެރިން. މިހާރު ކްރިސްޓިއާނޯ ސީދާ ސެންޓްރަލް ސްޓްރައިކަރަކަށް ކުޅުނަސް އަދިވެސް އޭނާގެ ކުޅުމުގައި ހުރީ އަހަންނާ ތަފާތު ގޮތެއް،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯގެ ކެރިއަރުގައި އެންމެ ބޮޑަށް ދިމާވި މައްސަލަ އަކީ އަނިޔާގެ މައްސަަލަ އެވެ. އޭގެ ސަބަބުން އޭނާގެ ފޯމު ގެއްލި ކުރިން ދައްކަމުން އައި މޮޅު ކުޅުން ތަކުރާރުކުރަން އުނދަގޫތަކެއްވި އެވެ. އެކަމަކު އޮތް ހިތްހަމަ ޖެހުމަކީ އެހެން ރޮނާލްޑޯ އެއްގެ ވިދުން ފުޓްބޯޅައިގައި ފެނުމެވެ.
"ރޮނާލްޑޯ އަކީ ދުނިޔޭގެ ފުޓްބޯޅަ ތާރީހުގައި ފަޑުނުވާނެ ނަމަކަށް މިހާރު ވެއްޖެ. އެއީ އަހަރެންގެ ދުވަސްވަރާއި މިހާރު ކްރިސްޓިއާނޯ (ރޮނާލްޑޯ) ދައްކާފައިވާ ތަފާތުގެ ސަބަބުން. ދުނިޔޭގެ ފުޓްބޯޅައިގައި ކޮންމެެ އިރެއްގައި ވެސް ރޮނާލްޑޯއޭ ބުނުމުން ގިނަ މީހުންނަށް އެނގޭނެ. އެއީ މި ނަމުން ފުޓްބޯޅަ އަށް ގިނަ ބަޔަކު ހިތްޖައްސުވައިފި،" ދާދި ފަހުން ސްޕެއިނުގެ ކްލަބެއް ކަމަށްވާ ރެއާލް ވަލަޑޮލިޑް ގަތް ރޮނާލްޑޯ ބުންޏެވެ.
އުމުރުން 33 އަހަރުގައި ވެސް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ތަފާތު ދެއްކެނީ އޭނާ އެ ފެންވަރުގައި ހުންނަން ކުރާ މަސައްކަތުންކަން ރޮނާލްޑޯ ވަނީ ފާހަގަކޮށްފަ އެވެ.
"އަހަރެމެން ފުޓްބޯޅަ ކުޅުނުއިރު މެޗު ކުޅެވޭވަރަށް ފިޓްކޮށް ހުންނަން ޓްރެއިން ކުރަނީ. އެކަމަކު މިހާރު ބަދަލުވެއްޖެ. ކްރިސްޓިއާނޯ (ރޮނާލްޑޯ) އަމިއްލަ އަށް ފިޓްކޮށް ހުންނަން މަސައްކަތްކުރަނީ ވަކި މަގުސަދެއް އޮވެގެނެއް ނޫން. އޭނާ އަކީ އެންމެ މަތީ ލެވެލްގެ ޕްރޮފެޝަނަލް އެތުލީޓެއް،" ރޮނާލްޑޯ ބުންޏެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޔުވެންޓަސްއާ އެކު ވެސް ކާމިޔާބު ހޯދޭނެ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޝްހޫދު
09 December 2018
އުހް މިހާރު މިޖެހުނީ ކޮންތާކު؟ ފުޓްބޯޅައިގެ ތާރީޙްގައި ތީ އެންމެ 2 ރޮނާލްޑޯއެއްނު. އަދި ޗެޕްޓަރެއް ފެށިގެން ދުއްވައިގަންނާކަށް ނުވެއެއްނު؟ ކޮބާ ރޮނާލްޑީނިއޯ؟ އޭނަ އެއީ އަނެއްކާ ފިލްމް ސްޓާރެއްބާ؟
ބާލައާދަނު
11 December 2018
ދޮންކަލޯ ނިކަން ބުނެދީބަލަ އެ ފެވަރުގަ ފުޓބޯޅައިގަ އެއްނަމެއް ކިޔާ މަސްހޫރު 2 މީހެއް.
އަބްދޫ
09 December 2018
އެބުނި އެއްޗެއް ނުވިސްނުނުހެން ހީވެއްޖެ . ބްރެޒިންގެ އުފަން ރޮނާލްޑޯ ކިޔާމީހަކު އެބުނީ ރޮނާލްޑޯ މިނަންކިޔާ ކޮންމެވެސް މީހަކު އުހުގަ ކުޅޭވާ ހަކަ މިސާލަކަށް މިވާހަކަ ދެއްކި ރޮނާލްދޯގެ ފަހުން ބްރެޒިލް އިން ރޮނާލްޑް ޑީނިޔޯ ކިޔާމީހަކުވެސް މަސްހޫރުވި އޭގެ ފަހުން މިއައީ ކްރިސްޓިއާނޯ ރޮނާލްޑޯ .މިހެން ފުޓްބޯޅައިގެ ތާރީހްގާ ރޮނާލްޑޯ މި ނަން ކިޔާ ކޮންމެވެސް މީހަކު އުސް އަޅިގަ އުޅޭ ވާހަކަ.
ސެލޯފިސްތާން
09 December 2018
ތާރީޚުން ދައްކާ ގަތުގައި ފުޓުބޯޅަ ފެށިގެން އައީ 1869 ގައި. ތި ބުނާ ރޮނާޑޯއެއް އުފަންވީވެސް 1985ގަ. ކުޅެން ފެށީ 2003 ހިސާބުގަ. ދެން މިތާކު ޗެޕްޓަރެއް އުފެއްދޭ ވަރުގެ ތާރީޚެއް ކޮބައި؟
ރޯނު އެދުރު ސެލޯފިސްތާނު
09 December 2018
މެސީގެ ފޭނުންނަށް ކޮން އަސަރެއްތަ މި ކުރަނީ؟ ކިތަންމެ ހިތުގަ ޖެހުނަސް ހަގީގަތަކީ ‘ރޮނާލްޑޯ’ މި ނަން ދެން ފުޓްބޯޅައިގެ ތާރީޙުން ފިލައިގެން ނުދާނެކަން!
ބާލައާދަނު
11 December 2018
ތިޔަބުނަނީ ޗެޕްޓަރު ފެށޭނީ ފޮތުގެ ބޭރުގަނޑުން ފެށިގެންނޭތަ؟
ރަދީފް
09 December 2018
ސާބަހޭ ރޮނާލްޑޯ.02 ރޯނާލްޑޯ ވެސް ވަރަށް މޮޅު.އަހަރުމެން އުފާކުރަން 02 ރޮނާލްޑޯގެ ކުޅުން ވެސް ފެނުމުގެ ނަސީބްލިބި އެމީހުންގެ ޖެނެރޭޝަނުގަ ހިމެނުނީތީވެ.ބްރެޒިލްގެ ރޯނާލްޑޯގެ އުފަންދުވަހާއި މަގޭ އުފަންދުވަސް އެއީ އެއްދުވަހެއް.އެވެސް އުފަލެއް.
އަބޭ
09 December 2018
ރޮނާލްޑޯ އުފަންދުވަހާ ރަދީފް އުފަންދުވަހާ އެއްދުވަހަކައް ވުން އެއީ ޑޮންޑޮން ކައްކަން ޖެހޭވަރު ކަމެއް އިނގޭ..
އިޙްސާސް
09 December 2018
ތިކަމުގެ އުފަލުގަ ޕާޓީއެއް ނެތްތަ؟