ކުޅިވަރު / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

ޒައިތޫނި ފަތްކޯޅިއެއް ހިއްޕަވައިގެން މިނިސްޓަރު، ބައްސާމްގެ އަރިހަށް

އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި މިނިސްޓަރު މަހުލޫފު ބޭއްވެވި ބައްދަލުކުރެއްވުމުގެ ފޮޓޯ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އޮފީހަށް ވަޑައިގެން، ފާޑުކިޔުންތައް އަމާޒުވެފައިވާ އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލާ، ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ބައްދަލުކުރައްވައިފި އެވެ. އެކަމަކު އާއްމުން ކަންބޮޑުވުންވާ އެތައް ކަމެއް އެފްއޭއެމްގެ ފަރާތުން ފެންނަމުން ދިޔަ ނަމަވެސް، މިނިސްޓަރުގެ މި ބައްދަލުކުރެއްވުމުގައި ވާހަކަދެކެވުނު ކަމަށް ހާމަކުރެއްވި ކަންކަމުގެ ތެރޭގައި އެފަދަ އެއްވެސް ކަމެއް ނުހިމެނެ އެވެ.

ބައްސާމުގެ އޮފީހުގެ ސޯފާގައި ހަވީރީ ހެދުންކޮޅެއްގައި ދެބޭފުޅުން ތިއްބަވައި ނަންގަވާފައިވާ ފޮޓޯއަކާ އެކު މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ފުޓްބޯޅަ ކުރިއަރުވައި ޕްރޮމޯޓްކުރުމާ ބެހޭގޮތުން ބައްސާމާ އެކު ވަރަށް ރަނގަޅަށް ވާހަކަ ދައްކާލެވިއްޖެ ކަމަށެވެ. އަދި ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖޭގައި ލީގެއް ފެށުމަށް މަޝްވަރާކުރެއްވި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އެއީ އެފްއޭއެމުން އިއުލާންކޮށްފައިވާތާ އެތައް ދުވަހެއްވީ ޕްރޮޖެކްޓެކެވެ. އާ ވާހަކައެއް ނޫނެވެ!

މިނިސްޓަރުގެ ޓްވީޓުގެ އުސްއައްޔަކީ "ރަނގަޅު ނަތީޖާތަކެއް ނެރުމަށް އެފްއޭއެމް އާއި ފުޓްބޯޅަ އާއިލާއާ އެކު ގާތް ގުޅުމެއް ބޭއްވުމަށް އުއްމީދުކުރައްވާ ކަމަށް" ވިދާޅުވި ވިދާޅުވުމެވެ. އެކަމަކު ރާއްޖޭގެ ގިނަ ކްލަބްތަކާއި ވަރަށް ގިނަ ފުޓްބޯޅަ ސަޕޯޓަރުން ވެސް އެފްއޭއެމްގެ ވިސްނުމާ ދެކަވިވެފައިވާ ދަނޑިވަޅެއްގައި އެފްއޭއެމްގެ ވެރިޔާއާ އެކު ފިނި ކޮޓަރިކޮޅެއްގައި މަޝްވަރާއެއްކޮށްލަވައިގެން އެފަދަ އުއްމީދެއް މިނިސްޓަރު ކުރެއްވުމުން ސުވާލުތައް ވަނީ އުފެދިފަ އެވެ. ހަގީގީ މައްސަލަތަކުން އަސަރުކޮށްފައިވާ ފުޓްބޯޅަ އާއިލާގެ މެމްބަރުން ގަދަ އަވީގައި މަންޒަރު ބަލަން އެބަތިއްބެވެ!

މިހާރު އެންމެ ހޫނުވެފައިވާ މައްސަލައަކީ ގައުމީ ޓީމުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަށް ފުރުސަތު ނުދިނުމެވެ. އެޔެއް ވެސް ނޫނެވެ. ދިވެހިރާއްޖެ ތަމްސީލްކުރަން ނެގި ފުޓްބޯޅަ ޓީމުގައި، މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ނުހިމެނުނެވެ. އެފްއޭއެމަށް ރައްޔިތުންގެ ޓެކްސް ފައިސާ އިން ވެސް ހަރަދުކުރާތީ އާއި އަދި ގައުމީ ޓީމު ތަމްސީލްކުރަނީ ރާއްޖޭގެ ރައްޔިތުންނަށް ކަމަށްވާއިރު އެ ޓީމެއްގައި އެއްވެސް ޓެކްނިކަލް އުޒުރެއް ނެތި އެންމެ މޮޅު ކުޅުންތެރިޔާ ނުހިމެނުމުން އާއްމުންތައް އެތައް ބަޔަކު އަންނަނީ މިއީ އިހުމާލެއް ކަމަށް ބުނަމުންނެވެ. ކުޅުންތެރިޔަކާ މެދު ނުވަތަ ކުޅުންތެރިންތަކާ މެދު އެފްއޭއެމްގެ ވެރިން ޒާތީ ހަސަދައެއް ފިލުވާލަން، ދިވެހިރާއްޖެ ތަމްސީލްކުރާ ޓީމެއްގެ ބޭނުންކުރާ ނަމަ އެއީ ވަރަށް ސީރިއަސް މައްސަލައެކެވެ.

ދެން އޮތީ މި ސަރުކާރުން ވެސް ވީ ވައުދަކާ ގުޅޭ މައްސަލައެކެވެ. ފުޓްބޯޅަ ދަނޑުތައް އަލުން ފުރާލުމެވެ. އެކަމަކު މިހާތަނަށް ވެސް އެކަން ކުރަމުން އައި ތިން ކްލަބް އޮތީ ވަރަށް ހާލުގަ އެވެ. ވިކްޓްރީ ކިރިޔަކިރިޔާ ފުރަތަމަ ޑިވިޝަނުގައި އޮތްކަމެވެ. ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެ އެވެ. ނިއު ރޭޑިއަންޓް ފުޓްބޯޅައިން ސަސްޕެންޑްކޮށްފި އެވެ. މީގެ ތެރެއިން ނިއު ސަސްޕެންޑްކުރީ ކުޅުންތެރިންނަށް މުސާރަ ނުދޭތީ ކަމަށް އެފްއޭއެމުން ބުނި ނަމަވެސް އެ ހާލަތުގައި އޮތް އެތައް ކްލަބަކަށް ފުރުސަތުދީ އެކަމަކު ނިއު އަށް ފުރުސަތު ނުދިނުމަކީ ޒާތީ ކަމެއް ކަމަށް އެ ކްލަބުން ތުހުމަތުކުރެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއި ސްޕޯޓްސް މިނިސްޓަރު މަހުލޫފު. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކްޓިން ސްޕޯޓްސް މިނިސްޓަރަކަށް ހުންނަވައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ އެފްއޭއެމުން ނިއު ސަސްޕެންޑްކުރީ އެ އެސޯސިއޭޝަނުގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅުމުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ރާއްޖޭގެ ޒަމާންވީ ކްލަބްތައް ނިކަމެތި ހާލުގައި މިއަދު އޮއްވާ އަދި މުސާރަ ނުދެވި އޮތީ ނިއު އަށް އެކަނި ނޫން ކަމަށްވާތީ ވަކިކަމަކާ ގުޅުވައި އެ ކްލަބް ސަސްޕެންޑްކުރެވުނު ކުރުން ގަބޫލުނުކުރާ ކަމަށާއި އެ ސަސްޕެންޝަން އުވާލަން އެދިފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އަލީ ވަހީދު ވެސް އަދި ކުރިން މަހުލޫފު ވެސް އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެގޮތުން އެފްއޭއެމްގެ އިހުމާލަކުން ކަމަށް ބެލެވޭ ސަބަބަކާ ހެދި، ރާއްޖޭގެ ކްލަބްތަކަށް އޭއެފްސީ ކަޕުން ކްލަބްތަކަށް ޖާގަ ނުލިބުމުން އެ މައްސަލަ ބަލަން ތެދުވި އެވެ. އެކަމަކު އެފްއޭޢެމަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ނުވައްދަން ފީފާ އިން އިންޒާރުކުރުމުން މިނިސްޓަރު ދެން ވިދާޅުވީ އެ ކޮމިޓީން ބަލަނީ ދައުލަތުން ފުޓްބޯޅައަށް ހަރަދުކުރާ ފައިސާ އަށް ވީގޮތް ކަމަށާއި އެފްއޭއެމް ތެރެއަށް ނުވަންނާނެ ކަމަށެވެ. އެކަމަށް ރައްދުދީ އެފްއޭއެމުން އޭރު ބުނީ ޒިންމާދާރުކަން ކުޑަގޮތަކަށް އެކި ފަހަރު އެކިގޮތަށް ސޯޝަލް މީޑިއާގައި މިނިސްޓަރު ހާމަކުރާ މައުލޫމާތުގެ ސަބަބުން ކްލަބްތަކާއި މި އެސޯސިއޭޝަންގެ ހައިބަތަށް އުނިކަން އަންނަމުންދާ ކަމަށެވެ.

ކޮންމެ ގޮތެއް ވިޔަސް އެފްއޭއެމުން އޭރު އޮތީ "ފީފާ ކާޑު" ބޭނުންކޮށްގެން މިނިސްޓްރީގެ އަތްބަނދަލައިފަ އެވެ. އެކަމަކު އެފްއޭއެމްގެ އަކީ ސަރުކާރުން ވެސް ބަޖެޓް ދޭ ތަނަކަށްވެފައި އެ އެސޯސިއޭޝަނުން، ފީފާ އާއި އޭއެފްސީގައި ވެސް ތަމްސީލްކުރަނީ ދިވެހިރާއްޖޭގެ ފުޓްބޯޅަ ކަމަށްވާތީ، ބައިނަލްއަގްވާމީ ގަވާއިދުތަކާއި ހިލާފުނުވާނެ ގޮތަށް އެފްއޭއެމް ޒިންމާދާރުކުރުވުމުގެ ފުރުސަތު މިނިސްޓްރީ އަށް އޮންނަން ޖެހޭނެ ކަމަށް ބައެއް އާއްމުން ގަބޫލުކުރެ އެވެ.

މިނިސްޓަރު އަނެއްކާ ވެސް އެ މަސައްކަތް ފެށްޓެވީ ކަމަށް ބެލެވުނީ، ދަގަނޑޭ ގައުމީ ޓީމުގައި ހިމެނެން ޖެހޭ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި އޭނާ ޓީމުގައި ހިމަނަން ރައްޔިތުން އެދޭ އެދުމުގެ މެސެޖް އެފްއޭއެމްއާ ހިއްސާކުރާނެ ކަމަށް އިހަކަށް ދުވަހު ވިދާޅުވުމުންނެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން އަނެއްކާ ވެސް ވިދާޅުވީ އެ މެސެޖް އެފްއޭއެމްއާ ހިއްސާކުރާނީ ދިވެހި ސަޕޯޓަރެއްގެ ހައިސިއްޔަތުން ކަމަށެވެ. އެފްއޭއެމުން އަނެއްކާ ވެސް "ފީފާ ކާޑު" ބޭނުންކޮށްފާނެތީ މިނިސްޓަރު ފަހަތަށް ޖެހިވަޑައިގަތީ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރި އެވެ.

ބޮޑުދެގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާ އުސޫލުން އެފްއޭއެމް އާއި މިނިސްޓްރީން ކޯޅޭ ކޯޅުމުން ފީފާގެ ސަސްޕެންޝަނެއް އަތުވެއްޖާ ގެއްލުންވާނީ ދިވެހި ފުޓްބޯޅަ އަށެވެ. ސުލްހައިގެ ޒައިތޫނި ފަތްކޯޅިއެއް ހިއްޕަވައިގެން މިނިސްޓަރު، އެފްއޭއެމަށް ވަޑައިގަތުމުން އެ ސަސްޕެންޝަނަކުން ފުޓްބޯޅަ ސަލާމަތްވެދާނެ އެވެ. އެކަމަކު ހަގީގީ މައްސަލަތަކެއް އެހުރި ގޮތަށް ހުއްޓާ، އެ މައްސަލަތައް ހައްލުނުކޮށް ދިވެހި ފުޓްބޯޅަ އެންމެ އިންޗެއް ވެސް ކުރިއަށް ނުކަނޑާނެ އެވެ.

51 ކޮމެންޓް, 100 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 6%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޯގަން ވިލާ

21 August 2019

މިނިސްޓަރ މަހުލޫފު އައް ދަންނަވާލަން ދިވެހި ބާސްކެޓް ކުރި ނާރުވައިގެން އުޅޭ ސަބަބު ، އަޑު އެހީމް ވ ޗެއަރ މަން ހަސަން ބަނޑޭ ގެ ނުފޫޒް ވަަރައް ގަދަކަން

The name is already taken The name is available. Register?

ޔާޒު

21 August 2019

42 އަހަރު މިވީ އަދި ދިވެހި ފުޓްބޯޅަމެޗެށްބަލަން ދަނޑަށް ކީއްކުރަން ޓީވީއެއް ކައިރިވެސް ނީންނަން. މަށެއް ގަބޫލެއްނުކުރަން ދިވެހިން ފުޓްބޯޅަ ކުޅޭކަމަކަށް. އެހެނެއްނޫން، ބޯޅައެއްގައި ޖަހަމުން ބަޔަކުމީހުން ދަނޑުމަތީ ދުވެނަގާ.

The name is already taken The name is available. Register?

މިވަރުގެ

21 August 2019

ބައްސާމޫ ތީހާދަ ސޭފު ޖޮބެކޭ ދޯ.. ހަހަހަ

The name is already taken The name is available. Register?

ނެޑް

20 August 2019

ހަވީރު ހެދުންކޮޅު. ފުދިއްޖެ.

The name is already taken The name is available. Register?

‫ގުއިރޯނު

20 August 2019

‫ޖީސީ ނުހަދަނީސް ސްކޫލުން ބޭރުކޮށްފައިވާ މީހަކީ މާބޮޑު މީހަކަށް ހެދުމަކީ ގޯހެއް.

The name is already taken The name is available. Register?

ަައަލީ

20 August 2019

އެއް ވެސް މީހަކަ އުމުރު ދުވަހު ފުޓު ބޯޅަ އެއް ނުކުޅެ ވޭނެ ދަގަޑޭ ކުޅުން ހުޓާލަން ވީވަގުތުމީ 35 އަހަރު ވީމަ

The name is already taken The name is available. Register?

ޞާބެ

20 August 2019

ރޮޖާމިލާކާރި ތިހެން ބުނެބުނެއޮއްވާ 1990 ގެ ވޯލްޑްކަޕައްދިޔައީ އޭރު އުމުރުން 42. އެވޯލްޑް ކަޕް ބެލިންތަ؟ ކިހިނެއް ވެގެންދިއައީ.

The name is already taken The name is available. Register?

ާއުނިމާ

20 August 2019

މީނަ ޖަލަށް ވަނީމަތާ މިނިސްޓަރުކަން މިދިނީ! މިނިސްޓަރުކަންވެސް ދޭނެ މީހުނާ ދޭން ނުޖެހޭ މީހުންތިބޭނެ!

The name is already taken The name is available. Register?

މޮޔަ ގޮލައެއް.

20 August 2019

ބައްސާމުދެކެ އެމީހުން ނައްޓައިގެން އުޅެނީ އެމީހުން ބޭނުން ސަކަރާތެއް ޖަހަން ފުރުސަތު ނުދޭތީ އާއި ކުޅުންތެރިންނަށް މުސާރަނުދީ އޮޅުވާލައިގެން ޓީމްގެ މައްޗަށް ވެރިވެގެން ތިބެން ޖާގަނުދޭތީ. ނިއު އާއި ވިކްޓަރީ ނޫނަސް ކުޅޭނެ ޓީމްތައް ތިބޭނެ. ބަރާބަރަށް މުސާރަ ދޭނަމަ ކޮންމެ ނަމެއް ކިޔާ ކްލަބަކަށްވެސް ކުޅެން ކުޅުންތެރިން ތިބޭނީ ތައްޔާރަށް. ލީޤް އަވޭ އުސޫލަށް ބަދަލުކޮށް އެކަންކުރާން ކެރުނުމީހަކީ ބައްސާމް ކަމުގައި ތާރީޙްގައި ލިޔެލާ.

The name is already taken The name is available. Register?

ސިދުގީ

20 August 2019

ސަރުކާރުގެ ވައުދެއް އެއީ ދަނޑައްމީހުންވެއްދުން، ނަމަވެސް މިގައުމުމީހަކައްނުވި ކަމުގައިވިޔަސް ކޯޗު ގައުމައް ރަންމެޑެލް ގެނެސްދިނީ ތިދަގޭމެން އެކިގޮއިގޮތުން އިދިކީލަވެފަ ތިބިވަގުތެއްގައި،ބުނަންމިއުޅެނީ ތިނޫން ގޮތެއްނެތީތޯއޭ؟

The name is already taken The name is available. Register?

ަހައްމަދު

20 August 2019

ކޮންމެއަކަސް ތިޔަ ބައްސާމަކީ ޔާމީނަށް ވުރެ ބާރުގަދަ މީހެއްކަން ސާފުވެއްޖެ.ދިވެހި ފުޓްބޯޅަ ކަފުން ކޮށް ވަޅުލައިފި ބައްސާމު . އަމިއްލަ ފައިދާ އިސް ކުރުމުން އާޙިރުގަ ލިބޭނީ ގެއްލުން. ގޮތް ދޫނުކުރުމުގެ އެވޯޑް ބައްސާމު އަށް ހައްގު. ގައުމު އޭނާޔާ ދެކޮޅު. ތާރީޙް ގަ ލިޔެވޭނެ. ބައްސާާމު އައުޓް

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
24%
ނުފެނޭ
76%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454