އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް (ކ) އެ އެސޯސިއޭޝަނުގެ ކޮންގްރެސްގެ ރިޔާސަތުގައި. --ފޮޓޯ: ނިޝާން އަލީ
31 މެއި 2016 - 11:47
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރިން ވެސް އެ މަގާމް ފުރުއްވި އަދި ފަހުން ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންކަން ކުރެއްވި ބައްސާމް އަދީލް ޖަލީލް އައްޔަންކޮށްފި އެވެ.
ބައްސާމަށް އަލުން ޖެނެރަލް ސެކްރެޓަރީގެ މަގާމް ދިނީ އެފްއޭއެމްގެ ރައީސަކަށް މިއަދު ހެނދުނު އަހުމަދު ތާރިގް (ޓޮމް) އިންތިހާބުވުމާ އެކު އެވެ.
ބައްސާމް އެންމެ ފުރަތަމަ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމް ހިންގަން ހަވާލުވި ހިސާބުންނެވެ. އޭނާ އެ ކޮމިޓީގެ ޗެއާމަނަކަށް މީގެ ތިން މަސް ކުރިން ފީފާ އިން އައްޔަންކުރީ، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޝަވީދު މަގާމުގައި އިތުރަށް ހުންނަވަން އުޒުރުވެރިވެވަޑައިގަތުމުންނެވެ.
ކްލަބް ވެލެންސިއާ ހިންގެވުމުގައި ކުރިން އިސް ދައުރެއް އަދާކުރެއްވި އަދީލް ޖަލީލްގެ ބޭފުޅެއް ކަމަށްވާ ބައްސާމް ފުޓްބޯޅަ ހިންގެވުމުގެ ތެރެއަށް ވެންނެވީ ވެލެންސިއާގެ ވައިސް ޗެއާމަންގެ މަގާމަށް އިންތިހާބުވި ހިސާބުންނެވެ. އޭގެ ކުރިން ބައްސާމް ވެލެންސިއާގެ ފުޓްބޯޅަ ޓީމުގައި ވެސް ހަރަކާތްތެރިވި އެވެ.
ޓޮމްގެ ޖެނެރަލް ސެކްރެޓަރީއަކަށް ބައްސާމް އައްޔަންކުރިއިރު، ނޯމަލައިޒޭޝަން ކޮމިޓީގައި ކުރިން މަސައްކަތްކުރި އަލީ އުމަރާއި އަހުމަދު ޝަކީބް (ޑޮކް) ވަނީ ޓޮމްގެ އެގްޒެކެޓިވް ކޮމިޓީގައި ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
31 May 2016
ތިޔޮތީ އެފް.އޭ.އެމް ޕީޕީއެމްގެ ޖަގަހައަކަށް ވެފައިނުން ، ދެންކޮންފުޓްބޯލައެއް ކުރިއަރާނީ ތިޔަތާނގައި އޮންނާނީ ސިޔާސީ ގޭސް ކެއްކުން ، އެނޫންކަމެށް ނޯންނާނެ ، ކުޅިވަރުކުރިއަރުވަން ތިބެންވާނީ މިނިވަން ބަޔަކު އޭރުން ކަންކަން ކުރިއަށްދާނީ އަސްލުގޮތުގައި ، މިހާރު ދެން ސިޔާސީކުލަ ފުޓްބޯލައިގައި ޖެހުނީމައި ބޯޅަ އިންނާނީ ޕިންކުކުލައިގައި ކަން ޔަގީން ،
ވިސްނާލީމާ
31 May 2016
މަރްހަބާ! ރަނގަޅުޓީމެއް އުފައްދަވާ ބޮޑެތި ކާމިޔާބީތައް ހޯއްދަވާދެއްވާ! އަހަރެމެން ފުރަތަމަ އިތުބާރުކުރާނަން! އެކަމަކު ކަންކަން ނުވާންފެށީމާ އެވާހަކަ ދައްކާނަން! އެއީ މައްސަލައެއްތަ؟! -އިބްރާހީމް-
ހެޔޮހިތުން
31 May 2016
މަރުހަބަ ބައްސާމު