ކުރިން ލިބުނު އިންވެސްޓްމަންޓާ އެކު މިހާތަނަށް ލޮޓީފައިލްސް އަށް 47 މިލިއަން ޑޮލަރު (726 މިލިއަން ރުފިޔާ) ގެ އިންވެސްޓްމަންޓް ވަނީ ލިބިފައި.
ލޮޓީފައިލްސްގެ ސީޓީއޯ ނަސްރުﷲ އަދުނާން (ނައްޓު) އާއި ސީއީއޯ ޝިޓީޖް މިންގްލާނީ
04 މެއި 2022 - 09:49
ރާއްޖޭގެ ޑިވެލޮޕަރު ނަސްރުﷲ އަދުނާން (ނައްޓު) ކޯ ފައުންޑަރެއްގެ ގޮތުގައި ހިއްސާވެ އުފެއްދި ލޮޓީފައިލްސް އަށް ސީރީޒް ބީ ނުވަތަ އިންވެސްޓްމަންޓް ހޯދުމުގެ ދެ ވަނަ ބުރުގައި 37 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.
ސްޓާޓްއަޕްތަކަށް ފައިސާ ދޭ ބައިނަލްއަގުވާމީ ފަސް ފަރާތަކުން މިފަހަރު އިންވެސްޓްކޮށްފައި ވާއިރު މީގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކް ކުންފުނި މައިކްރޮސޮފްޓް ވެސް ހިމެނެ އެވެ.
ލޮޓީފައިސްލް އަށް މީގެ ކުރިން ވެސް މައިކްރޮސޮފްޓްގެ ވެންޗާ ފަންޑު އެމް12 އިން ނުވަ މިލިއަން ޑޮލަރުގެ ފަންޑިން ދިނެވެ. މީގެ ތެރޭގައި "500 ސްޓާޓްއަޕްސް"ގެ ހިއްސާއެއް ވެސް ހިމެނެ އެވެ. މި ދެ އިންވެސްޓަރުންގެ އިތުރުން މިފަހަރުގެ އިންވެސްޓްމަންޓްގައި ބައިވެރިވަނީ ގްރޭޓް ޕޮއިންޓް ވެންޗާސް، ސްކުއާ ޕެގް ކެޕިޓަލް އަދި އެކްސް.ވައި.ޒެޑް ވެންޗާ ކެޕިޓަލް އެވެ.
ކުރިން ލިބުނު އިންވެސްޓްމަންޓާ އެކު މިހާތަނަށް ލޮޓީފައިލްސް އަށް 47 މިލިއަން ޑޮލަރު (726 މިލިއަން ރުފިޔާ) ގެ އިންވެސްޓްމަންޓް ވަނީ ލިބިފަ އެވެ.
ލޮޓީފައިލްސް އިން ނެރުނު ބަޔާނެއްގައި ބުނީ އަލަށް ލިބުނު 37 މިލިއަން ޑޮލަރު ހޭދަކުރާނީ ޑިޒައިން ކުރުމަށް ހޭދަވާ ވަގުތުން 15 ގަޑިއިރު ސަލާމަތްކޮށްދޭނެ އާ ގޮތްތަކެއް ހިމެނޭ ހިދުމަތެއް ތައާރަފްކުރުމަށް ކުންފުނީގެ ޓީމަށް މީހުން ހޯދުމަށާއި ކުންފުނި އިތުރަށް ފުޅާކޮށް ހިންގުމަށް ކަމަށެވެ.
ލޮޓީފައިލްސްގެ ކާމިޔާބީއާ ގުޅިގެން، މިނިސްޓަ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
"ޑިޒައިންކުރުމާއި އެމިނޭޝަން އެންމެންނަށް ވެސް ބޭނުންކުރެވޭ އެއްޗަކަށް ހަދައިދިން ދިވެހި ޓީމަށްޓަކައި ފަހުރުވެރިވަން،" ޝައުނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
Excellent news and congratulations to @LottieFiles. Very proud of the Maldivian team driving this to make design and animation accessible to everyone. https://t.co/bnHsUTeoaP
— Shauna Aminath 🎈❓ (@anuahsa) May 4, 2022
ލޮޓީފައިލްސް އަކީ ކުންފުނީގެ މިހާރުގެ ސީޓީއޯ ނައްޓު އާއި ސީއީއޯ ޝިޓީޖް މިންގްލާނީ އިސްވެ ތިބެ 2017 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. މިހާރު ތިން މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ މި ހިދުމަތަކީ އަޑޯބީ އާފްޓަ އިފެކްޓް ފަދަ ސޮފްޓްވެއާތަކުން ހަދާ އެނިމޭޝަންތައް އެޕްތަކުގައި ބޭނުންކުރުމަށް ކުރަންޖެހޭ މަސައްކަތް ލުއިކޮށްދިނުމެވެ. ލޮޓީފައިލްސް އިން މިފަދަ އެނިމޭޝަންތައް އެޕްގައި ބޭނުންކުރުމުގެ ކުރިން މަސައްކަތްކުރާނެ ގޮތް ޕްރިވިއުކޮށްލެވޭނެ އެވެ. އެހެންވެ އެޕަށް އެނިމޭޝަން ބަދަލުކުރުމަށް އެތައް ގަޑިއިރެއް ވަންދެން ކުރަންޖެހޭ ކޯޑްކުރުމުގެ ބޭނުމެއް މިހާރު ނޯންނާނެ އެވެ.
ދިވެހި ޑިވެލޮޕަރުން ގިނަ އަދަދަކަށް މަސައްކަތްކުރާ ލޮޓީފައިލްސްގެ ބޭނުން ހިފާ 150،000 ކުންފުނި މިހާރު އެބަ ތިއްބެވެ. އޭގެ ތެރޭގައި ގޫގުލް، ޓިކްޓޮކް، ޑިޒްނީ، އޫބާ، އެއާބީއެންޑް އަދި ނެޓްފްލިކްސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުތްއާދަނު
05 May 2022
ރާއްޖޭގައި ޑިވެލޮޕަރުން ކުރިއަރުވަން ކުރާ މަސައްކަތް ކުޑަ. އަގު ވަޒަންނުކުރޭ، މުސާރަވެސް ނިސްބަތުން މާކުޑަ. މައްސަލަައަކީ އަދިވެސް ސަރުކާރުތެރޭގައި މުސްކުޅި ޚިޔާލުގެ މީހުން ގިނަކަން.، ޓެކްނޮލޮޖީއަށް ބަދަލުވުމުގެ ވިސްނުމެއް ނެތް. އަދިވެސް ބޭނުންވަނީ ހުރިހާކަމަކަށް ކަރުދާސް ގެންގުޅެން.
އިސްމާލި
05 May 2022
އިހަށްދުވަހަކު މި ސަރުކާރުގެ ވަރަށް ބޮޑު ބިޔަ މިނިސްޓަރަކު ބުނި ދިވެހިރާއްޖޭގައި، ދިވެހީންގައި މަސައްކަތްތެރިކަމުގެ ފެންވަރެއް ނެތޭ.
ނަޞީރު
05 May 2022
މަރުޙަބާ
ނަމުން ޓެކްނޮލޮޖީ ވަޒީރު
05 May 2022
ދިވެހި ޒުވާނުން އައިޓީ ސްޓާރޓް އަޕް ވިޔަފާރިތަކަށް ވެއްދުމަކީ އެންވަޔަރަމަންޓް ކަމް ޓެކްނޮލޮޖީ މިނިސްޓަރު ދަންނަކަމެއް ނޫން. ޓްވިޓަރ ގައި ވަރަށް ޓެކްނޮލޮޖީ ވެގެން އުޅޭނީ. އެސްޑީއެފްސީން ލޯނުގަނޑެއް ދޭންވެސް ޖެހިލުންވޭ. މުދަލަށްވެސް އެދެނީ ބައިބައަށް އަޅާ ޖެއްސުން ކުރާ ވައްތަރަށް. ވިޔަފާރި ބަނގުރޫޓުވެ ދަރަނިވެރިވާ ވައްތަރަށް. އައިޓީ ސޮފްޓްވެއަރ އުފައްދާނެ ލޯނު ދޭން އެބަޖެހޭ ދައުލަތުން ރިސްކް ނަގާ 25000 ޑޮލަރު ޕައިލޮޓް ޕްރޮޖެކްޓެއް ގޮތުގައި.
ބުޗް
04 May 2022
މަރުހަބާ ނައްޓު.
ނަސީ
04 May 2022
މަރްހަބާ
ހަސަންދީ
04 May 2022
މަރުހަބާ ނައްޓު، މިފަދަ ޒުވާން އުފެއްދުންތެރި މީހަކަށް ވުމަށް މިއަދުގެ ޒުވާންޖީލް މަސައްކަތް ކުރަންޖެހޭ އިންޝާﷲ މިފަދަ އެތައް ނައްޓުއެއް މިޤައުމުން އުފަންވާނެކަމީ ޝައްކެއްނެތް ކަމެއް، އިސްކުރަންވީ މިފަދަ އަގުހުރި ކާމޔާބީތަކައް ފާޑުކިޔާކައްނޫން އިސްކުރަންވީ ހިތްވަރު އިސްކުރަންވީ ނުގުޑާފަދަ އަޒުމެއް،
ދިވެހިން އިންޑިއާ މީހުންނާއިއެކު
04 May 2022
ނައްޓުގެ އަތުގައި ހިފައިގެން ފައިދާ ނެރެމުން އަދި ދިވެހި ޤައުމު ފަޚުރުވެރި ކުރަމުން އެދާ ލޮޓީފައިލްގެ ޓީމްގައި އެއްޤައުމަކުން އެންމެ ގިނައީ އިންޑިއާ މީހުންނެވެ. އިންޑިއާ އައުޓް ގޮވަން ނުވާނީ މިފަދަ ކަންކަމާއިހެދި އެވެ.
އަލް އުސއތާޒު
04 May 2022
ތިބޭފުޅާއަށް އައުޓް ވާންވީ ކޯއްޗެއްކަން ނޭގުނަސް ދިވެހިންނަށް އައުޓްވާންވީ ކޮންބައެއްކަން އިނގެއެވެ. ނަރުހުންނާއި ޑޮކްޓަރުންނާއި ސައިންޓިސްޓުން އައުޓް ކުރަން ގޮވާ އަޑެއް ނުއިވޭނެއެވެ. ގޮވަނީ ފަރަންޖީ ސިފައިން ބާލާށެވެ. ސިޔާސީ ވެގެން މޑޕ ވިޔަސް ގައުމަށް ގައްދާރު ނުވާށެވެ.
މުހައްމަދު77654
04 May 2022
ސޮފްޓްވެއަރ އަކަށްވުރެ ގައުމުގެ މިނިވަންކަން ބޮޑުވަާނެކަން ނޭގުމަކީމީހާގެ ގަމާރުކަން ހާމަވާކަމެކެވެ.
ޏައްޓު
04 May 2022
ޏައްޓު ނޫންތަ އެމީހުން ގޮވާގެން ކުންފުނި ކުރިއަރުވަނީ. ޢިންޑިޔާ މީހުންނުލިބުނާސް މީހުން ލިބޭނެ
އަލްކުރެނޑި
05 May 2022
އަސުރުމާ ކުޅޭކުދިންނަށް މާބޮޑަށް އެނގެނީ. އައުޓުކުރަން ގޮވަނީ މުޅިގައުމަށް ނިސްބަތްކޮށް. ބޭނުމަކީ ފިތުނަފަސާދަކުރުން. އިރާދަކުރެއްވިޔާ އެކަމެއް ނުވާނެ.
އަކޫ
05 May 2022
ރައްޓެއްސާ، މިނިވަންކަން މުހިންމީ، މަދު ލާރިކޮޅަކަށް ގިނަ މަސައްކަތް ކުރާ މީހުން ނެގުމަކީ ވިޔަފާރީގެ ގެއްލުން ކުޑަކުރަން ވިޔަފާރިވެރިން ގެންގުޅޭ އުކުޅުތަކެއް، އެއީ އެމީހުން ނިސްބަތްވާ ގައުމުން މިގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއައް ވަނުމަށް އޮތް ޓިކެޓެއް ނޫން
ހެހެހެހެ
04 May 2022
ކުންފުނި ހެދީ ދެ ދިވެހިން. ދެވަނަ މީހާގެ ނަމަކީ ޝާފިއު. އިންޑިޔާ މީހާ އައިސް އޭނަ ބޭރުކުރީ. އެންމެނަށް އެނގޭ ތެދު. ހަބަރު ލިޔާއިރު ކުންފުނި ހެދި މީހުންގެ ނަން ރަނގަޅައް ގެނެސްދީ.
ދެގައުމު
04 May 2022
އެކަކީ އައުޓުނުވެގެން އުޅޭ ގައުމުގެ މީހެއް. އަނެކަކީ ދިވެއްސެއް. ސިޔާސީ ކުޅިވަރު ނުކުޅެ ދިރިއުޅުމާއިގެން ކުރިއަށްދިއުން ބުއްދިވެރި. މަރުހަބާ