އެޕަލްގައި ހުރި ސްޓީވް ޖޮބްސްގެ އޮފީހަށް ހެދީ ކިހިނެއް؟

އެޕަލްގައި ސްޓީވް ޖޮބްސް ބޭނުންކުރެއްވި އޮފީސް މިހާރު ވެސް ހުރީ، އޮކްޓޯބަރު 5، 2011 ގައި އޭނާ އަވަހާރަވި އިރު ހުރި ގޮތަށެވެ. އެއްވެސް ބަދަލެއް ނުގެނެ އެވެ. އެ އެއްޗެއް އެއިރު ހުރި ތަނުގައި އެ އެއްޗެއް މިހާރު ވެސް އެބަ ހުއްޓެވެ.


އެ އޮފީހަށް ހަދާނެ ގޮތަކާ ބެހޭ ގޮތުން ޓިމް ކުކް، އެޕަލް ކުންފުނީގެ ސީއީއޯއާ ސުވާލުކުރުމުން، އެ ތަނަށް އެއްވެސް ގޮތެއް ހަދަން ވިސްނާ ވަޑައިގެންފައި ނެތް ކަމަށް ވިދާޅުވެފައިވެ އެވެ.

ޓިމް ކުކް ވިދާޅުވި ގޮތުގައި އެ އޮފީހަށް ބަދަލެއް ގެނައުމަށް ނުވަތަ އެ ނޫން ގޮތެއްގައި ނަމަވެސް އެއްވެސް ބޭނުމެއް ހިފުމަށް އެޕަލްގައި މަޝްވަރާއެއް ނުކުރެ އެވެ. އަދި ޚުދު އޭނާ ވެސް އެކަމާ ވިސްނާ ވަޑައެއް ނުގަންނަވަ އެވެ.

ސްޓީވް ޖޮބްސް އަވަހާރަވި ފަހުން އޭނާގެ ހުވަފަތް އަންހެނުން، ލޯރީން އާއި ދަރިކަނބަލުން އީވް، އެ އޮފީހަށް ޒިޔާރަތްކުރެއްވި ކަމަށް ކުކް ވިދާޅުވި އެވެ. އެ ދުވަހު އޭނާ ވެސް އެ ތަނަށް ވަދެ ވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވި އެވެ.

އެ އޮފީހުގައި، ކުކް ވިދާޅުވި ގޮތުގައި، ޖޮބްސް ބޭނުންކުރެއްވި ގޮނޑި މޭޒާއި ލެޕްޓޮޕް އަދި ވެސް ހުރީ ޖޮބްސް ބެހެއްޓެވި ގޮތަށެވެ. ކުކް ވިދާޅުވި ގޮތުގައި، މޭޒު މަތީގައި ދަރިންގެ ހަނދާންތައް ހުއްޓެވެ. ދަރިން ކުރަހާފައި ހުރި ކުރެހުން ފަދަ އާޓްވޯކްތައް ވައިޓްބޯޑްގައި ހުރި ގޮތަށް ހުރީ އެވެ.

ޓިމް ކުކް ވިދާޅުވި ގޮތުގައި، އެޕަލްގެ ސީއީއޯގެ ހައިސިއްޔަތުން ވެސް، އެ އޮފީހަށް ބަދަލެއް ގެންނަން ވިސްނާ ވަޑައެއް ނުގަންނަވަ އެވެ. އެ އޮފީހުގެ ދޮރުގައި ސްޓީވް ޖޮބޮސް ނަން ބޯޑު އަދި ވެސް އެބަ އިނެވެ.

ކުކް ވިދާޅުވީ ޒަމާނާ ގުޅިގެން އެ އޮފީހަށް ބަދަލެއް ނާންނާނެކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި ސްޓީވް ޖޮބްސްގެ ބަދަލުގައި ބޭނުންހިފާނެ މީހެއް އުފަންވެފައި އަދި ހުރިކަން އެނގި ވަޑައި ނުގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ ސްޓީވް ޖޮބްސް އަށް އިހާނެތިކޮށް ހިތުމަކީ އެޕަލްގައި އެކަކު ވެސް ވިސްނާ ކަމެއް ނޫން ކަމަށެވެ. އެހާ ކެރޭ މީހަކު މުޅި ޓީމްގައި ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

ޖޮބްސް އަށް ކުރެއްވި އިހުތިރާމް އެ ގޮތުގައި އަދި ވެސް އޮތް ކަމަށް ވިދާޅުވި ވިދާޅުވުން ތަކުރާރުކުރައްވައި، އެ އިހުތިރާމް އެ ގޮތުގައި ތާއަބަދަށް އޮތުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.