16 އެޕްރީލް 2018 - 06:33
ސެމްސަންގް ގެލަކްސީ ނޯޓް 9 ވީ ތަނެއް އަދި ނޭނގެ އެވެ. އެނގެނީ އާދަކާދައިގެ މަތިން ނޯޓް 9 މި އަހަރު ނެރޭނެ ކަމެވެ. ނޯޓް 9އާ ބެހޭ ގޮތުން އިވޭ އަޑުތަކަށް ބަލާއިރު، މި މަރުކާގެ ފޯނުތައް ކުރިން ނެރުނު ތާރީޚަށް ވުރެ ކުރިން ނޯޓް 9 ނެރުން އެކަށީގެންވެ އެވެ. ދެން އޮތް ބޮޑު ޚަބަރަކީ ގެލަކްސީ ނޯޓް 9 އަށް ކޯޑްނަމެއް ދިން ވާހަކަ އެވެ. އެއީ "ކްރައުން" އެވެ. ދިވެހި ބަހަށް ތަރުޖަމާކޮށްލުމުން އެއީ ސެމްސަންގް ގެލަކްސީ "ތާޖް" އެވެ.
މަޝްހޫރު އުފެއްދުންތަކަށް ކޯޑް ނަމެއް ދިނުމަކީ ހުރިހާ ސިނާއަތްތަކެއްގައި ވެސް އާދައެކެވެ. އެއީ އެ އަށް ވުރެ ބޮޑަށް މަޝްހޫރުވެ، ވިޔަފާރި ތަނަވަސްކުރުމަށް ކުރެވޭ އިޝްތިހާރެކެވެ.
ގެލަކްސީ ނޯޓް 9 އަށް ކްރައުން ކިޔާފައިވަނީ ކީއްވެ ކަމެއް ނޭނގެ އެވެ. ނަމަވެސް ނޯޓް 9 އަށް އެވަރުގެ ހައިސިއްޔަތެއް ދޭއިރު، ނޯޓް މަރުކާގެ އެހެން ފޯނުތަކަށް ވުރެ ފަރަގު ބޮޑު ތަފާތަކަށް އުންމީދުކުރެވެ އެވެ. ބާރުގަދަވުން، ދުވެލި ބާރުވުން އަދި ލޫޅާފަތިވުން ކަމަށް ވި ނަމަވެސް އެވެ.
ސެމްސަންގް ގެލަކްސީ ނޯޓް 9 ގައި އިންނާނެ ކަމަށް ބެލެވެނީ 6.4 އިންޗި އެމޯލެޑް ޑިސްޕްލޭ ސްކްރީނެކެވެ. ފޯނުގެ ރޭމް 6ޖީބީ އަށް އުފުލައި، 128ޖީބީ ސްޓޯރޭޖް ހިމަނާނެ ކަމަށް ވެސް އުންމީދުކުރެވެ އެވެ. ނޯޓް 9 މާކެޓްކުރަން ވިސްނަނީ ބައްރުތައް ތަފާތުކޮށެވެ. ދޭހަ އަކީ ޗިޕްސެޓް ވެސް ބަދަލުވުމެވެ.
ގެލަކްސީ ނޯޓް 9އާ ބެހޭ ޚަބަރުތައް ފަތުރާ މީހުން ގަބޫލުކުރާ ގޮތުގައި މިއީ ނޯޓް މަރުކާގެ ރަސްގެފާނެވެ. މިހެން ކަން ވެއްޖެ ނަމަ، ސެމްސަންގުން މިހާތަނަށް ނެރުނު ނޯޓް މަރުކާގެ ހުރިހާ ފޯނަކަށް ވުރެ، ނޯޓް 9 ގަދަފަދަވާނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހަށްދޭޭދޭ
16 April 2018
ކޮބާ އަފަލޭމެން ނޭ ރާކަނި މަސްކެވުނުތޭ. ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ ދެން،
ވއަޗ
16 April 2018
މަހަށް ދިއުންވެސް ރަނގަޅުވާނެ އެސްސީރީޒް ގަތުމަށްވުރެން