އެވޭކެނިން އެނާޖީ މާސްކް އަޅައިގެން
27 ޖޫން 2018 - 07:00
ގައިގައި ވަރުޖެއްސުމުގެ ނިޔަތުގައި ގިނަ ބަޔަކު ބޭނުންކުރާ އެކައްޗަކީ އެކި ބާވަތުގެ އެނާޖީ ޑްރިންކެވެ. މިއީ ސިއްހީ ގޮތުން ގިނަ ނުރައްކާތަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. އެހެންވެ މި ތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ވެސް ގިނަ އެވެ.
އެވޭކަނިން ޕޯޓަބަލް އެނާޖީ މާސްކަކީ މިކަމަށްޓަކައި އުފެއްދި މޫނުމައްޗެކެވެ.
ލޮލުގެ ވަށައިގެންވާ ހިސާބު ނިވާވާ ގޮތަށް ކަޅުކުލައިގެ ޚާއްސަ ފޮއްޗަކުން އުފައްދާފައިވާ މި މޫނުމަތި އަޅާލުމުން ހަށިގަނޑަށް އިތުރު ހިތްވަރަކާއި ހަކަތައެއް ލިއްބައިދެއެވެ. އެލް ޓެކްނޮލޮޖީގެ މި އުފެއްދުމަކީ ހަކަތަ ލިއްބައިދޭ އުފެއްދުންތަކަށް އައި އިންގިލާބެކެވެ.
އެނާޖީ މާސްކް ފަރުމާކޮށްފައިވަނީ ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަންޖެހޭ މީހުންނަށާއި ދިގު ދަތުރުތައްކޮށް ނިދި ހަމައަކަށް ނޭޅި ތިބޭ މީހުންނަށާއި އެއްގަމު އުޅަނދުގައި ގިނަ ވަގުތު ދުއްވަންޖެހޭ މީހުންނަށެވެ. ސަބަބަކީ ހަކަތައަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ އެމީހުނަށްވުމެވެ.
މި މޫނުމަތި އުފެއްދި ކުންފުނިން ބުނާ ގޮތުގައި ގިނަ ވަގުތު މަސައްކަތްކުރާ ނަމަ މީގެ މޫނުމަތި އަޅައިގެން މަސައްކަތް ކުރިއަށްގެންދަންވީއެވެ. ނިދުމުގެ ބައިގަޑިއިރު ކުރިން ނެގުމުން އެނިމުނީއެވެ. ހަކަތަ ލިއްބައިދޭ ކަމަށް ބުނާ އެނާޖީ ޑްރިންކްތަކަށްވުރެ ހަށިގަނޑަށް ފައިދާ ބޮޑެވެ. ގިނަގިނައިން ކޮފީ ބޮއެގެން އެތެރެހަށްޓަށް ކުރާ ބާރު ވެސް ކަނޑުވާލައިދެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy