ސެމްސަންގް ގެލަކްސީ އެފްގައި ދެ ޑިސްޕްލޭ އަދި ކޮންމެ ޑިސްޕްލޭއަކަށް ވަކި ބެޓެރީއެއް
15 ޖެނުއަރީ 2019 - 05:47
ސްމާޓްފޯނެއްގައި ދެ ބެޓެރީ ހިމެނުމަކީ އެއްގޮތަކަށް ވެސް ނުކުރާ ކަމަކަށް ނުވެދާނެ އެވެ. ސެމްސަންގް ގެލަކްސީ އެފްގައި ދެ ބެޓެރީ ހިމަނަން އުޅޭ ވާހަކަ ދެކެވުނު ނަމަވެސް، ސްމާޓްފޯނެއްގައި ދެ ބެޓެރީ އެންމެ ފުރަތަމަ ހިމަނާ ބަޔަކަށް ސެމްސަންގް ވާނެ ކަމަށް ބުނެވެން ނެތީ ވެސް އެހެންވެ އެވެ.
ގެލަކްސީ އެފްގައި ދެ ބެޓެރީ ހިމެނުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ސަބަބަކީ، ގެލްކްސީ އެފް އަކީ ފަތްޖެހޭ ގޮތަށް، ދެ ޑިސްޕްލޭ އިންނަ ފޯނެއް ކަމަށް ބުނެވޭތީ އެވެ.
ސްމާޓްފޯން މާކެޓްގައި މިހާރު މަދީ ފަތްޖެހޭ ފޯނެކެވެ. އެކަމަކު އަދިއަދަށް ދާންދެން ވެސް، ފަތްޖެހޭ ފޯނު ހުންނަ ގޮތެއް އެކަކަށް ވެސް ނޭނގެ އެވެ. ސްމާޓްފޯން ކުންފުނިތަކުން ވެސް އުޅެނީ ފޯނެއް ފަތްޖަހާނެ ގޮތް ނޭނގިގެންނެވެ.
ސެމްސަންގްގެ އޮފިޝަލަކު ބުނި ގޮތުގައި، ފަތްޖެހޭ ފޯނެއް އުފެއްދި ނަމަވެސް، އެއީ ގިނަ ބަޔަކު ބޭނުންކުރާނެ ފޯނަކަށް ވާނެ ކަމަކަށް ނުބެލެވެ އެވެ. އެހެން ނަމަވެސް، ފަތްޖެހޭ ފޯނެއް އުފެއްދުމަކީ ތާރީޚަށްޓަކައި ކުރަން ރަނގަޅު ކަމެކެވެ.
ގެލަކްސީ އެފްގައި ދެ ބެޓެރީ ހިމަނަން ޖެހެނީ ދެ ޑިސްޕްލޭ އިންނާތީ ކަމަށް ބުނެވެ އެވެ. އެހެންކަމުން، އެއީ ކޮންމެ ޑިސްޕްލޭއަކަށް ބެޓެރީއެކެވެ. އެ ބެޓެރީއެއް، އެ ޑިސްޕްލޭގައި ވަޅުލެވޭ ގޮތަށް ޑިޒައިންކޮށް، ފަތްޖެހޭ ފޯނެއް އުފައްދާ ގޮތަށް ދަނީ ވާހަކަދެކެވެމުންނެވެ.
ސެމްސަންގުން ތައާރުފުކޮށް އާންމުނަށް ދެއްކި ފަތްޖެހޭ ފޯނަށް ބަލާލުމުން ހީވަނީ ވަކި ދެ ފޯނުހެންނެވެ. ބަލާލަން ލޮލަށް ފަސޭހައެއް ނޫނެވެ. ސްކްރީން ބޮޑު އާލާތެއް ބޭނުންކުރަން އެދޭ ނަމަ ޓެބްލެޓެއް ވެސް މާ ރަނގަޅުވާނެޔޭ ހިތަށް އަރަ އެވެ. އެހެން ނަމަވެސް، އޯލެޑް ޑިސްޕްލޭއެއް ލަންބާލައި، ފަތްޖަހާލުމަކީ ކުންފުންޏަށް ލިބޭ ކުރިއެރުމަކަށް ވާތީ ކޮންމެހެން ވެސް ފޯނެއް ފަތްޖަހަން ޖެހެނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
15 January 2019
އަނެއް ކުޅިގަނޑު ފެށުނީ. ދެން އެހެން ކުންފުންޏަކުން ފެންނީ މުސައްލައެއްވަރުގެ ފޯނެއް ފައްޖަހާލަ ޖީބަށްލެވޭގޮތަށް ހަދާތަން
ބާބާ
15 January 2019
ފޯނުތައް ވިކޭވަރު މަދުވީމަ ސެމްސަންގުންވެސް އެއުޅެނީ ހަދާނެ އެއްޗެއް ނޭގިގެން. ހަގީގަތުގަ ފޯނު ބޭނުންވަނީ އަތައް ހެޔޮވަރު، ލުއި ފަސޭހައިން ގެންގުޅެވޭ އެއްޗަކަށް ވާން. ބޮޑު ފެބްލެޓެއްވަރު ފޯނެއް ފަށްޖަހައިގެން ޖީބަށް ލައިގެން އުޅެން ބޭނުމެއްނުން. އެވަރުއެއްޗެއް ބޭނުންވާނަމަ ޓެބްލެޓް ނުވަތަ ލެޕްޓޮޕް ހިފައިގެން އުޅެންވީ