ގެލަކްސީ އެސް10 އަށް އަމާޒުކޮށް ސެމްސަންގުން އުފެއްދި ވަޔަލެސް ޕަވާބޭނުންކް
05 މާޗް 2019 - 07:34
ސެމްސަންގް ގެލަކްސީ އެސް10 އަކީ ބާރުގަދަ ފޯނެކެވެ. އެސް10ގެ ހައިސިއްޔަތު ދެމެހެއްޓުމަށްޓަކައި، ފޯނަށް ބޭނުންވާނެ "އެކްސެސަރީ"ތައް ސެމްސަންގުން އަންނަނީ އުފައްދަމުންނެވެ. އޭގެ ތެރެއިން ވެސް، ފޯނު ބޭނުންކުރާ މީހުންނަށް އެންމެ ކަމުދާނެ ކަމަށް ބެލެވެނީ "ވަޔަލެސް" ޕަވާބޭންކެވެ.
ގެލަކްސީ އެސް10 ގައި ހިމަނާފައި ވަނީ 4.100 އެމްއޭއެޗް ބެޓެރީއެކެވެ. ވަޔަލެސް ޕަވާބޭންކްގައި 10،000އެމްއޭއެޗް ހުރެ އެވެ. އެހެންކަމުން، އެސް10ގެ ބެޓެރީ ދެ ފަހަރު ފުލްކޮށް ޗާޖްކުރެވޭނެ އެވެ.
ވަޔަލެސް ޕަވާބޭންކް އުފައްދާފައި ވަނީ އެސް10އާ އެކު ވިއްކުމަށް ނަމަވެސް، އަދި އާންމު ފިހާރަތަކަކަށް ނުނެރެ އެވެ. ބެލެވޭ ގޮތުގައި މިއީ ވެސް އެކި ބައްރަށް އެކި ދުވަސްވަރު ނެރޭނެ އާލާތަކަށް ވާނެ އެވެ.
ގެލަކްސީ އެސް10 އަކީ ސެމްސަންގް މި އަހަރު ނެރުނު އެންމެ ބާރުގަދަ ފޯނެވެ. މި ފޯނާ ބެހޭ ގޮތުން ހުރި ޚިޔާލުތަކަށް ބަލާއިރު، މިއީ ސެމްސަންގުން މިހާތަނަށް އުފެއްދި އެންމެ ސްޕީޑް ބާރު ފޯނެވެ. އަޅާކިޔޭ ވަރުގެ އެހެން ފޯނެއް މާކެޓްގައި ނެތް ކަމަށް ވެސް ބައެއް "ރިވިއު"ތައް ބުނެ އެވެ.
ވަޔަލެސް ޕަވާބޭންކްތައް މާކެޓަށް ނެރެން ފަށާފައި ވާއިރު، މިއީ ސެމްސަންގް ފަދަ ބާރުގަދަ ކުންފުންޏަކުން، މި ރޭހުގައި ކުރި ހޯދަން އެދޭކަން ހާމަކުރި ފުރަތަމަ ފަހަރެވެ. ސެމްސަންގެ އޮފިޝަލެއްގެ ދުޅުން، މި ކަމަށް އިގުރާރު ނުވި ނަމަވެސް، ސާބިތު ހެކި މި އޮތީ އެވެ.
ވަޔަލެސް ޗާޖަރުތަކުގެ މިއަދުގެ ހާލަތަށް ބަލާޢިރު، ބޭނުންކުރާ މީހުން އެދޭ ފެންވަރަށް އަދި ތަރައްގީއެއް ނުކުރެވެ އެވެ. އެެހެން ނަމަވެސް، ވަޔަލެސް ޗާޖިން އަކީ ބާރުގަދަ އަދި އަވަސް މިންގަޑަކަށް ހުށަހެޅެން ޖެހޭ ޓެކްނޮލޮޖީއެއް ކަމަށް މުޅި ސިނާއަތް ގަބޫލުކުރެ އެވެ. ވަންޕްލަސް، ވާވޭ އަދި ސެމްސަންގް ވެސް މި ރޭހުގައި އޮތީ އެއް މިސްރާބަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy