10 ޖުލައި

July 10, 2019
އިނގިރޭސިވިލާތަށް 5ޖީ، ބުރަަ މަސައްކަތްތައް ވާވޭ އަށް

އެމެރިކާ އެ ބުނާ ކަހަލަ ނުރައްކާތެރި ބަޔަކަށް ވާވޭ ޓެކްނޮލޮޖީޒް ވިޔަސް ހެޔޮކަމަށް ބަލައި، އިނގިރޭސިވިލާތުގައި 5ޖީ ނެޓްވޯކް ގާއިމުކުރުމަށް، އޮޕަރޭޓަރުން މަސައްކަތް ފަށައިފި އެވެ. އިނގިރޭސިވިލާތުގައި ޚިދުމަތްތައް އެންމެ ފުޅާ ހަތަރު އޮޕަރޭޓަރުން ވަނީ ވާވޭއާ އެކު މަސައްކަތްތައް ފަށައިފަ އެވެ.

09 ޖުލައި

July 09, 2019 1
ސެމްސަންގުގެ ފައިދާ ދަށަށް؛ ބުނަނީ ވާވޭއާ ހެދި ކަމަށް

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސެމްސަންގަށް ފައިދާވާނެ ކަމަށް ކުރި އަންދާޒާ ދިމައެއް ނުވި އެވެ. ފާއިތުވި އަހަރަށް ވުރެ މި އަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީ ދަށްވި ސަބަބާ ބެހޭ ގޮތުން ވާހަކަދައްކަން ސެމްސަންގް ބޭނުމެއް ވެސް ނުވި އެވެ.

30 ޖޫން

June 30, 2019 1
ވާވޭ އަށް އެމެރިކާގައި ވިޔަފާރިކުރަން ހުއްދަދީފި

ވާވޭ އަށް ދަތިކުރަން އެމެރިކާ ސަރުކާރުން އެޅި ފިޔަވަޅުތަކަށް ގިނަ ދުވަސްތަކެއް ނުވަނީސް އުވާލައިފި އެވެ. ޖަޕާނުގައި މިހާރު ހިގަމުންދާ "ޖީ20" ސަމިޓްގެ އަރިމަތިން، ޗައިނާގެ ރައީސް، ޝީ ޖިންޕިން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރައްވައި، ކުރެއްވި މަޝްވަރާގައި، އެމެރިކާ ކުންފުނިތަކުން ވާވޭއާ އެކު ވިޔަފާރިކުރުން...

24 ޖޫން

June 24, 2019
ވާވޭގެ ފަތްޖެހި ފޯނު ސެޕްޓެމްބަރުގައި

ދެކުނު ކޮރެއާގެ ސެމްސަންގުގެ ފަތްޖެހި ފޯނު ނެރޭނެ ދުވަހެއް އަދިވެސް ނޭނގެ އެވެ. އަޑުތައް ހުރި ގޮތުން ބެލެވެނީ ދެން މާ ލަހެއް ނުވާނެ ކަމަށެވެ.

18 ޖޫން

June 18, 2019
ވާވޭ އަށް ލުޔެއް ލިބޭތޯ ޗިޕް ކުންފުނިތަކުން ބަލަނީ

އެމެރިކާގެ ކުންފުނިތަކުން ޗައިނާގެ ވާވޭއާ އެކު މުއާމަލާތްކުރުން، އެމެރިކާ ސަރުކާރުން މަނާކުރުމުން، ޚަބަރު ސުރުޚީތަކުގައި އެކަން ފާހަގަކުރަމުން ދިޔައީ އެއީ ހަމައެކަނި ވާވޭ އަށް ލިބުނު ގެއްލުމެއް ކަމަށެވެ.

11 ޖޫން

June 11, 2019 2
ވާވޭ ފޯނުތަކަށް "ހޮންމެން އޯއެސް" އަންނަނީ

ގޫގުލްއާ އެކު ވިޔަފާރިކުރުން މަނާވެފައި އޮތުމުން، އަލަށް ނެރެން ހުރި ވާވޭ ފޯނުތަކުގައި އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރެވޭނެ ގޮތެއް ނެތެވެ. ވާވޭ އަށް މިހާރު އޮތް ގޮތަކީ، އަމިއްލަ ފޯނުތަކަށް އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފެއްދުމެވެ. އެ މަސައްކަތްތައް ކުރެވެމުން ދާ ކަމަށް ވާވޭގެ ފަރާތުން ލިބޭ ޚަބަރުތައް ބުނެ އެވެ.

10 ޖޫން

June 10, 2019 7
ފޭސްބުކް ވެސް ވާވޭއާ ދުރަށް

ވާވޭގެ ސްމާޓްފޯން ބޭނުން ކުރާ މީހުންނަށް އޮތީ ހިތާމަވެރި ހަބަރެކެެ. ހާއްސަކޮށް، ވާވޭގެ އާ ފޯނެއް ހޯދަން އުޅޭ ނަމަ މިކަމާ ދޭތެރޭ ދެވަނަ ވިސްނުމަކަށް ވެސް ދާން ޖެހޭނެ އެވެ.

07 ޖޫން

June 07, 2019 1
ރަޝިއާ އަށް 5ޖީ ދޭން ވާވޭއާ ހަވާލުކޮށްފި

ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކުން ޗައިނާގެ ވާވޭ ބްލެކްލިސްޓްކޮށްފައި ވަނިކޮށް، ރަޝިއާ އަށް 5ޖީ ނެޓްވޯކް ދޭން ވާވޭއާ ހަވާލުކޮށްފި އެވެ.

30 މެއި

May 30, 2019
އެންޑްރޮއިޑާ ނުލައި ވާވޭ ދެމިއޮންނާނީ ކިހިނެއް؟

ވާވޭ އަށް އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރުން މަނާވެއްޖެ އެވެ. އެންޑްރޮއިޑަކީ އެމެރިކާ ކުންފުންޏެއްގެ މުދަލަކަށް ވާތީ އެވެ. އެމެރިކާގެ ކުންފުނިތަކުން ޗައިނާގެ "ވާވޭ ޓެކްނޮލޮޖީޒް"އާ އެކު ވިޔަފާރިކުރުން، އެމެރިކާ ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.

27 މެއި

May 27, 2019
މައިކްރޮސޮފްޓުން ވާވޭ ލެޕްޓޮޕް ވިއްކުން ހުއްޓާލައިފި

އެމެރިކާ އިން ޗައިނާގެ ވާވޭއާ ޖައްސާލައި، ކުރިމަތި ކުރަމުންދާ ފިއްތުންތަކުގެ ތެރެއިން އަނެއްކާ ވެސް އިތުރު ފިޔަވަޅެއް އަޅައިފި އެވެ. މި ފަހަރު މައިކްރޮސޮފްޓުންނެވެ.

25 މެއި

May 25, 2019
ވާވޭގެ ވެރިޔާ އަށް ވެސް ރަނގަޅީ އައިފޯން

ޗައިނާގެ ވާވޭ ކުންފުންޏަށް އެމެރިކާ އިން ކުރިމަތިކުރާ ފިއްތުންތައް ވަރަށް ބޮޑެވެ. އެކަމަކު އެ ކުންފުންޏާ އެންމެ ވާދަވެރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ އެޕަލްގެ...

May 25, 2019
ވާވޭއާ އެކު ވިޔަފާރިކުރުން ޕެނަސޮނިކުން މަޑުޖައްސާލައިފި

އެމެރިކާއިން ވާވޭ ކުންފުންޏާ މެދު އެޅި ފިޔަވަޅުގެ ސަބަބުން ޖަޕާނުގެ ޕެނަސޮނިކުން ވެސް އެ ކުންފުންޏާ އެކު ވިޔަފާރިކުރުން މަޑުޖައްސާލައިފި އެވެ.

23 މެއި

May 23, 2019
ވާވޭ ވެއްޓިއްޖެ ނަމަ ފައިދާވާނެ ބަޔަކީ ކޮބާ؟

ސްމާޓްފޯން މާކެޓްގައި ވާދަވެރިކަން އޮތް މިންވަރު، މިހިރަ ދަނީ އެނގެމުންނެވެ. ވާވޭ އަށް ދަތިކުރުމަށް އެމެރިކާއިން ފިޔަވަޅުއެޅި ހިސާބުން، ވާވޭ އަކީ ސްމާޓްފޯން މާކެޓްގައި ނުވެސް ނެތް ބަޔަކަށް ހަދައިފި އެވެ. އެންޑްރޮއިޑް މާކެޓަށް ފޯނެއް ނެރުމުގެ ނަސީބު ވާވޭ އަށް ދެން ނެތް ކަހަލަ އެވެ. ވާވޭ އަށް ފުރުސަތު ގެއްލުނު ކަމަށް ބަލައި، އެ...

22 މެއި

May 22, 2019 9
އެމެރިކާ އަށް އަހަރެމެންގެ ހުރި ވަރު ނޭނގެނީ: ވާވޭ

ވާވޭ ކުންފުނީގެ އަސްލު ބާރު އެމެރިކާ އަށް ނޭނގޭ ކަމަށް އެ ކުންފުނީގެ ފައުންޑާ ރެން ޒެންފީ ވިދާޅުވެއްޖެ އެވެ.

May 22, 2019 3
ވާވޭ އަށް ފަހު ހަމަލާތައް "ޑީޖޭއައި" އަށް؟

އަހަރެމެން "ޑީޖޭއައި" ދަންނަނީ ޑްރޯން އުފައްދާ ކުންފުންޏެއް ގޮތުގަ އެވެ. ޖާސޫސްކުރާ ބައެއް ގޮތުގައެއް ނޫނެވެ. އެކަމަކު، މިއީ ވެސް އެމެރިކާ ވަރަށް ބިރުގަންނަ ކުންފުންޏެކެވެ. ޑީޖޭއައި...

20 މެއި

May 20, 2019 9
ގޫގުލްގެ ހިދުމަތްތަކެއް ވާވޭ ފޯނުތަކަށް ހުއްޓާލަނީ

އެމެރިކާގެ ކުންފުނިތަކުން ޗައިނާގެ "ވާވޭ ޓެކްނޮލޮޖީޒް"އާ އެކު ވިޔަފާރިކުރުން ސަރުކާރުން މަނާކުރުމާ އެކު، ވާވޭ ސްމާޓްފޯނުތަކަށް ބޭނުންވާ ސޮފްޓްވެއާ ލައިސަންސް ވިއްކުން ގޫގުލުން ހުއްޓާލައިފި އެވެ. މިއީ ވާވޭ އަށް ކަޑައްތުކުރަން އުނދަގޫ މަރުހަލާއަކަށް ވާނެ ކަމަށް ބެލެވެ އެވެ.

19 މެއި

May 19, 2019
"ނޯ ސްޕައި" އެއްބަސްވުމެއްގައި ސޮއިކުރެވިދާނެ: ވާވޭ

މުވާސަލާތީ އާލާތްތައް އުފެއްދުމަށް މަޝްހޫރު، ޗައިނާގެ "ވާވޭ ޓެކްނޮލޮޖީޒް" އަކީ ނުރައްކާތެރި ކުންފުންޏެއް ކަމަށް އެމެރިކާއިން ވަނީ ކަނޑައަޅައިފަ އެވެ. އަދި ވާވޭއާ އެކު ވިޔަފާރިކުރުން އެމެރިކާ ކުންފުނިތަކަށް މަނާކުރުމަށް ސަރުކާރުން ވަނީ އަމުރުކޮށްފަ އެވެ. އަދި މި ލިސްޓްގައި އެކުވެރި ގައުމުތައް ހިމަނަން މަސައްކަތްކުރާނެ ކަމަށް...

14 މެއި

May 14, 2019 3
ފަތްޖެހިފޯނުގެ ޒަމާނެއް އަދި ނާދޭ

ސެމްސަންގުން ފޯނެއް ފަތްޖަހަން އެވަރަކުން އެ އުޅެނީ ކީއްވެ ބާއޭ ހިތަށް އަރަ އެވެ. އިންސާނުންގެ ފިކުރާ ޚިޔާލުގައި ކަމެއް ތަނަވަސްވެފައި އޮތެއް ކަމަކު، އެ ކަމެއްގައި އަމަލީ ސިފަޖެއްސޭ ފެންވަރު ޒަމާނުގައި ނެތުން އެއީ ނާކާމިޔާބެއް ނޫނެވެ. ސެމްސަންގަށް މި ވަގުތު އެންމެ ރަނގަޅުވާނީ، ފަތްޖެހިފޯނެއް އުފައްދަން ކުރާ މަސައްކަތްތައް...

08 މެއި

May 08, 2019
ކޮރެއާގެ ސެމްސަންގާއި އެލްޖީ ފެކްޓަރީތައް ބަންދުކުރަނީ

ސްމާޓްފޯން މާކެޓްގައި ވާދަވެރިކަަށް ބޮޑުވެ މިހާރު ވަނީ ހުޅުފަޅައިގެންދާން ކައިރިވެފަ އެވެ. އެލްޖީ އަށް ސްމާޓްފޯން ވިޔަފާރި ވެފައި ވަނީ ފައިދާއެއް ނެތް ބުރަ މަސައްކަތަކަށެވެ. ސެމްސަންގަށް ކުރަން ޖެހިފައި އޮތް ބުރަ މަސައްކަތަކީ، އެއްވަނަ ދަރަޖަ ދަމަހައްޓައި ދިފާއުކުރުމެވެ.

07 މެއި

May 07, 2019
މި އަހަރު 5ޖީ ނެޓްވޯކްތައް އާންމެއް ނުވާނެ

އަހަރު މެދުޖެހެނީ އެވެ. މި އަހަރު ނިމޭއިރު ވެސް، އާންމުންނާ ހަމަ އަށް 5ޖީ ނެޓްވޯކް އަންނާނެ ކަމަށް ނުބެލެވެ އެވެ. ސަބަބުތައް ގިނަ އެވެ.

03 މެއި

May 03, 2019 3
އެޕަލް އެހެން ވިޔަފާރިތަކަށް ބަލަނީ

ސްމާޓްފޯން މާކެޓްގައި ވާދަވެރިކަން ބޮޑެވެ. ދެވަނާގައި އޮތް އެޕަލް ފަހަތަށް ޖައްސައި، ޗައިނާގެ ވާވޭ އެ މަގާމު ހޯދައިފި އެވެ. އައިފޯން ވިކޭ އަދަދު މަދުވާން ފަށައިފި އެވެ. އައިފޯނު ވިއްކައިގެން އެޕަލް އަށް ލިބޭ އާމްދަނީ، ދުވަހަކަށް ވުރެ ދުވަހެއް، ދަނީ ދަށްވަމުންނެވެ.

16 އެޕްރީލް

April 16, 2019 3
"ފޯލްޑަބްލް ފޯން" އަކީ ފަތްޖެހިފޯނު

އަަހަރެމެންގެ ތެރެ އަށް މުޅިން އަލަށް ތައާރުފުވާ، ބޭނުންކުރަންޖެހޭ ބައެއް ތަންތަނާއި ތަކެއްޗަށް ކިޔަން ދިވެހި ނަންތަކެއް ނުހުރެ އެވެ. މި ފަދަ ހާޖަތެއް ޖެހުމުން، އޮތީ އެކަށޭނަ ނަމެއް މުޅިން އަލަށް އުފައްދާށެވެ. މި ގޮތަށް ނަމެއް ހެދުމުން ބައެއް ފަހަރު ބަލައިގަންނަން އުނދަގޫ ނަންތައް ހެދިފައި އެބަހުއްޓެވެ. ނަމަވެސް، (complex) "އެކުވެނި"...