ސޮނީ އެކްސްޕީރިއާ ޒީ5 ޕްރީމިއަމް: "އެކްސްޕީރިއާ ޒީ" މަރުކާގެ ފޯނުތައް ދެން ކުރި އަށް ނުގެންދަން ސޮނީން ވަނީ ނިންމާފައި
03 ސެޕްޓެމްބަރ 2016 - 07:37
ސޮނީ "އެކްސްޕީރިއާ ޒީ" ބްރޭންޑް ފޯނެއް ދެން ނުއުފައްދާނެ ކަމަށް ސޮނީން ބުނެފި އެވެ. އެ މަރުކާ އަށް މި ހިސާބުން ނިމުން އައީ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
"އެކްސްޕީރިއާ ޒީ"ގެ ބަދަލުގައި ދެން އަމާޒުކުރާނީ "އެކްސްޕީރިއާ އެކްސް" މަރުކާ އަށް ކަމަށް ސޮނީން ބުނެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި "އެކްސްޕީރިއާ ޒީ"އާ އެކު އެކްސްޕީރިއާ ސީ، އެކްސްޕީރިއާ އީ އަދި އެކްސްޕީރިއާ އެމް ވެސް ހުއްޓާލާނެ އެވެ.
އެކްސްޕީރިއާ މަރުކާގެ ބައެއް ފޯނުތައް ހުއްޓާލި ސަބަބެއް ކަމަށް ސޮނީން ބުނީ، އެއީ އެ މަރުކާ އަށް ކަނޑައެޅިފައި ހުރި ފެންވަރު ފަނަހައަޅައި ފޯނުތައް އެހެން ހަރުފަތަކަށް އަރުވަން ކަމަށެވެ. ކުންފުނިން އުފައްދަން ނިންމާފައި ހުރި ފޯނުތަކަށް އެ ނަން ދޭން ބޭނުންނުވީ، ފެންވަރުގެ ތަފާތު ބޭނުންކުރާ މީހުންނަށް އިހުސާސްކޮށްދިނުމަށް ކަމަށެވެ.
"އެކްސްޕީރިއާ އެކްސް" ބްރޭންޑްގެ ފޯނުތައް މާކެޓަށް ނެރޭއިރު އެއީ "ވިސްނުން ތޫނު" ފޯނުތަކަށް ވާނެ ކަމަށް ސޮނީން ބުނެ އެވެ. މުސްކުޅި އެކްސްޕީރިއާ އަށް ނުކުޅަދާނަ ކިތަންމެ ކަމެއް "އެކްސްޕީރިއާ އެކްސް" އާއިލާ ކުރާނެ ކަމަށް ވެސް ބުނެ އެވެ.
ބްލެކްބެރީ ފޯނުތަކަށް ބޭނުންކުރާ މީހުން ހިތްޖެހުނު ގޮތަށް، ސޮނީ އެކްސްޕީރިއާ މަރުކާ އަކީ ވެސް ގިނަ ބައެއްގެ ލޯބި ހޯދި މަރުކާއެކެވެ. ބާރުގަދަ ހާޑްވެއާ ހިންގުމަށް އެންޑްރޮއިޑް ފައްކާކޮށްފައި ވަނީ ވާދަވެރިންގެ ހިތަށް ތަދުވާހާ އޮމާންކޮށެވެ.
ސޮނީ "އެކްސްޕީރިއާ ޒީ" ފޯނެއް ގެންގުޅޭ ނަމަ، މީހާގެ ފާޑުވެރިކަމާއި ސްޓައިލް ވެސް ލަފާކޮށްލެވެ އެވެ. އަގު ބޮޑު ފޯނަކަށް ވާތީ އެކަންޏެއް ނޫނެވެ. ސޮނީން "އެކްސްޕީރިއާ ޒީ" ސްޓައިލްކޮށްފައި ހުންނަ ގޮތުން ވެސް މެ އެވެ. "އެކްސްޕީރިއާ ޒީ" އަކީ ގިނަ ބަޔަކު ފަޚުރުވެރިވާ މަރުކާ އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
03 September 2016
ދެރަކަމެއް.