ވަޓްސްއެޕް ކޯޑު ހޯދަން ފޮނުވާ މެސެޖެއް
03 މެއި 2020 - 22:42
ވަޓްސްއެޕް އެކްޓިވޭޓްކުރަން އެސްއެމްއެސް މެދުވެރިކޮށް ލިބޭ އޯޓީޕީ ކޯޑު ހޯދައިގެން އެހެން މީހުންގެ ވަޓްސްއެޕް އެކައުންޓްގެ ކޮންޓްރޯލް އަތުލައިގަނެ އެތައް ބަޔަކު މި ހީލަތުގެ ޝިކާރައަކަށް ހަދަމުން ގެންދާކަން ހާމަވެއްޖެ އެވެ.
ކޮރޯނާވައިރަސްގެ ހާސްކަމުގެ ތެރޭގައި ތިއްބާ އެކި ގައުމުތަކުގައި މިގޮތަށް އެތައް ބައެއްގެ ވަޓްސްއެޕް އެކައުންޓަށް ވެރިވެގަތުމުގެ މައްސަލަތައް ފެންމަތިވެފައި ވަނިކޮށް ރާއްޖޭގައި ވެސް މިކަން މިހާރު ވަނީ ފެށިފަ އެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ، ފޯނުގެ ކޮންޓެކްޓްގައި ހިމެނޭ ނަންބަރަކުން މެސެޖުކޮށް، އޯޓީޕީ ކޯޑެއް އޮޅިގެން ފޮނުވިފައިވާ ކަމަށް ބުނެ އެ ނަންބަރު ފޮނުވައިދޭން އެދުމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި މިގޮތަށް މެސެޖުކުރާ މީހާ އަށް ކޯޑު ދިނުމާ އެކު ބައެއް މީހުންގެ ވަޓްސްއެޕްގެ ކޮންޓްރޯލް ގެއްލި އޭގައިވާ ކޮންޓެކްޓުންނަށް އެކި މެސެޖުތައް ލިބެމުންދާ ކަމަށް ބުނެފަ އެވެ.
އެހެންވެ މި ދުވަސްވަރު، ދަންނަ އެކި މީސްމީހުންގެ ނަންބަރުން ވަޓްސްއެޕަށް ނުވަތަ ސޯޝަލް މީޑިއާގެ އެހެން އެކައުންޓަކަށް ވެސް، ކޯޑެއް ހޯދަން ކަމަށް ބުނެ މެސެޖުކުރާ ނަމަ އެއީ ނުބައެއް ކަމަށް ބަލަންޖެހެ އެވެ.
THREAD
— PeeP (Ahmed Mohamed ޑީޑީ) 🅿️ ⚠ (@AhmudP) May 2, 2020
An old WhatsApp scam has resurfaced targeting WA users in 🇲🇻. The scammers first compromise your contacts account via otp then send you an OTP sms via WA and ask you to give ur OTP. They make this request via your friends compromised account saying it was sent by mistake. https://t.co/vaDuSv2PAH pic.twitter.com/KEU0jOUiOW
ހަގީގަތުގައި މިއީ ވަރަށް އާދައިގެ ގޮތަކަށް ކުރާ ކަމެކެވެ. މިކަން ކުރާ މީހުން އެ ހޯދަނީ ކޮންމެ ސިމަކުން ވަޓްސްއެޕް އެކްޓިވޭޓްކުރާއިރު ލިބޭ ކޯޑެވެ. އެ ކޯޑު ޖަހައިގެން އެހެން ފޯނެއްގައި ވަޓްސްއެޕް އެކްޓިވޭޓް ކުރެވޭނެ އެވެ. އެކަމަކު މިހެން އެ ހެދެނީ ވަޓްސްއެޕްގެ ސެކިއުރިޓީ ރަނގަޅަށް ނުބަހައްޓާތީ އެވެ. ވަޓްސްއެޕްގެ ސެކިއުރިޓީ ސެޓިން އަށް ގޮސް ޓޫ ފެކްޓާ އޯތެންޓިކޭޝަން އޮން ކޮށްފައި އިންނަ ނަމަ، އެހެން މީހަކަށް ކޯޑު ލިބުނަސް، އެހެން ފޯނެއްގައި އެ ކޯޑެއްގެ ވަޓްސްއެޕް އެކައުންޓް އެކްޓިވޭޓް ކުރެވޭނީ ޓޫ ފެކްޓާ އޯތެންޓިކޭޝަންގެ ކޯޑު ވެސް ޖަހައިގެންނެވެ.
- އެއްވެސް މީހަކަށް ވަޓްސްއެޕްގެ އެކްޓިވޭޝަން ކޯޑު ނުދޭތި
- ވަޓްސްއެޕް ސެކިއުރިޓީ އަށް ގޮސް، 2-ސްޓެޕް އޯތެންޓިކޭޝަން އެކްޓިވޭޓްކޮށްފައި ބަހައްޓާ
- އެހެން މީހަކު މެސެޖުކޮށްފައި ނުވަތަ ގުޅާފައި، ވަކި އެޕްލިކޭޝަނެއް އިންސްޓޯލްކުރަން ބުންޏަސް އެކަން ނުކުރާތި އަދި ޒާތީ އެއްވެސް މައުލޫމާތެއް ނުދޭތި
- ޝައްކުވާ އެއްވެސް ކޯލެއްގައި ބުނާ ކަމެއް ނުކުރާތި
A friend got his #Whatsapp account hacked tonight & his contacts got messages from “the hacker” pretending to be him. I got them as well.
— Najwa Fathimath (@NajwaFathimath) May 1, 2020
- Please NEVER give anyone the 6-digit code for ANY account.
- Activate two-step verification for your Whatsapp.https://t.co/L0u7Y4naFC
ކޯޑު ހޯދައިގެން ވަޓްސްއެޕް އެކައުންޓެއް ހެކްކުރުމާ ބެހޭ ގޮތުން ކޮށްފައިވާ ޓްވީޓެއް
މުޅި ދުނިޔޭގައި ވެސް އެންމެ މަގުބޫލު އަދި ރައްކާތެރި މެސެޖިން އެޕްލިކޭޝަންތަކުގެ ތެރޭގައި ހިމެނޭ ވަޓްސްއެޕް މެދުވެރިކޮށް ހިންގާ މި ސްކޭމްގައި އެތައް ބަޔަކަށް ގެއްލުންވަމުން ދާތީ އިންޑޮނީޝިއާ އާއި ސްޕެއިން އާއި އެހެން ބައެއް ގައުމުތަކުން ވަނީ މިކަމުގައި ސަމާލުވާން އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެޔެނޯނިމަސް 2
05 May 2020
މި މެސެޖް ސަތޭކަ މީހުންނަށް ފޮނުވައިގެން އޭގެން ކޮންމެސް އެކަކު މަޅީގަ ޖެހޭނެ ގައިމުވެސް
އެވެއާރ
04 May 2020
މިހާރުނޫހުން މިކަމުގައި ހޭލުންތެރިކުރުވުމުގެ ގޮތުން މިލުން ގެނެސްދިނީތީ ޝުކުރިއްޔާ
ގޯލްޑަން ރޫލް
04 May 2020
އެއްވެސް ކަހަލަ ކޯޑެއް ނުވާނެ އެއްވެސްތާކަށް ފޮނުވާކަށް.
އެންދެރި
04 May 2020
ފުލުހުންގެ ސައިބަރ ކްރައިމް ބްރާންޗް އިން ރަނގަޅަށް ކަންކަން ނުބެލެވެއެވެ. ދިރާގު ނޫނީ އުރީދޫ ނަންބަރަކުން ރާސްޓަސް އޮލުވާލައިގެން އަޅާތީވެ އެނަންބަރަށް ސަމާލު ވުމަށް.ބުނެދާނެ އެވެ. އެކަމު އެނަންބަރު ބޭނުންކުރާ ލޮކޭޝަން ހޯދުން.ނޫނީ އެނަންބަރު ބްލްކް ނުކުރެ އެވެ. އެކަން ކިރެވޭނެ އެވެ.
ޕޮލީސިއާ
05 May 2020
ޢެ މީހުން ބޭނުމެއް ނުވޭ ރައްޔިތުންނަށް ފައިދާވަނިވި ކަމެއް ކުރާކަށް. ރާއްޖެ މީހުން ހިސާބަށް ވުރެ ގަމާރީ. މިހާރުވެސްތީ ޕޮލިޓިކަލް ކަމެއްނަމަ ހައްލުވެފަ އޮންނާނީ
ހާސްވާންޖެހޭތޯ
04 May 2020
ތިހެން ކަންކުރެވުނަސް އެނަމްބަރުގެ ސިމުން އަނެއްކާވެސް ވަޓްސްއަޕް އެކެޓިވޭޓް ކުރެވޭނެ ނޫންތޯ؟ ސިމުން ވަޓްސްއަޕް އެކްޓިވޭޓްކުރުމާއެކު އެހެން އެކައުންޓެއް އެނަމްބަރުން ހަދާފައި އޮތްނަމަ ޑިއެކްޓިވޭޓްވާނެ.