ޓެކްނޮލޮޖީ / ގޫގްލް

ގޫގުލްގެ ވަޒީފާއިން ކަނޑާލުމުން ކުރާނީ ކޮން ކަމެއް؟

އަޔަލޭންގެ ޑަބްލިންގައި ހުންނަ ގޫގުލް އޮފީސް: ގޫގުލްގައި މަސައްކަތްކުރުމަށްޓަކައި ޚާއްސަ ޓެސްޓްތަކެއް ހަދަންޖެހޭއިރު ކުރަންޖެހޭ މަސައްކަތްތަކާ އެކަށީގެންވާ ވަރަށް ވުރެ ރަނގަޅު އިނާޔަތްތައް ހަމަޖައްސާފައި ހުރޭ

ތިޔަ ކަހަލަ ސުވާލެއް ކޮށްފާނެ ކަމަށް މި ހުރީ ގޮތެއް ނިންމައިގެންނެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ދިއުމަށެވެ. އެ ތަނަށް ދިއަ ކޮންމެ މީހަކަށް ވެސް ރަނގަޅު ގޮތްތަކެއް ވެފައި ހުރީމަ އެވެ. އަލުން ވަޒީފާދޭން އަންގައި، ފާއިތުވި ދުވަސްތަކަށް ދޭންޖެހޭ އުޖޫރަ ގަނޑުކޮށް ދިނުމަށް ވެސް ހުކުމްކޮށްފާނެ އެވެ. ކިހާ ބައިވަރު ފައިސާއެއް ހެއްޔެވެ؟

އެކަމަކު ތިޔަ ސުވާލުގައި އަޅައިގަންނަ ތަންކޮޅެއް އެބަ އޮތެވެ. ގޫގުލްގައި ވަޒީފާ އަދާނުކުރާ މީހަކު ވަޒީފާއިން ވަކިކުރާނެ ގޮތެއް އޮވޭ ހެއްޔެވެ؟ އަހަންނަކީ ދުވަހަކު ވެސް ގޫގުލް އަށް މަސައްކަތްކުރީ މީހަކީމެއް ނޫނެވެ. ތިޔަ ކަމުގައި ޓްރައިބިއުނަލަށް ގޮސްގެން އަހަރެން ބަލަހައްޓަން އެހެން ބަޔަކާ ހަވާލުކޮށްފާނެ އެވެ.

ތަޖުރިބާކުރެވިފައި ނެތް ކަމަކަށް ޖަވާބުދޭން ނޭނގޭ ކަމަށް ހޮނިހިރު ދުވަހު ވެސް ބުނީމެވެ. ރަނގަޅަށް ބަލާލާށެވެ. އެކަމަކު ވެސް ބުނަމެވެ. ގޫގުލުން އެތައް ބަޔަކު ވަޒީފާއިން ވަކިކުރެ އެވެ. ކޮންމެ ވެސް ސަބަބަކާ ހެދި އެވެ.

ގޫގުލް އަކީ ބިޔަ ކުންފުންޏެކެވެ. ހިލޭ ބޭނުންކޮށްލަން އަހަރެމެންނަށް އެޕްލިކޭޝަންތައް ލިބެނީ ބަޔަކު ބުރަ މަސައްކަތްތަކެއް ކޮށްގެންނެވެ. އެއިން ކޮންމެ އެޕްލިކޭޝަނެއް އުފައްދައި، އަޖުމަބެލުމަށް ގޫގުލްގައި ޓީމުތައް ބައިވަރެވެ. ފެންވަރު ދެމެހެއްޓުމުގައި ފެއިލްވެއްޖެ ނަމަ އެ ޓީމެއް ބާކީވީ އެވެ. ދެން ރަނގަޅު ވާނީ ކޮންމެ ވެސް އެހެން ތަނަކުން ވަޒީފާއެއް ލިބޭތޯ ބެލުމެވެ. ގޫގުލުން އެ ފުރުސަތު ވެސް ދެ އެވެ.

އެހެން މިހެން ޗެޓްކޮށް ވާހަކަދައްކާ ސޮފްޓްވެއާ އިންޖިނޭރަކަށް ދިމާވި ކަމެއް ކިޔައިދޭނަ މެވެ. އެއީ ޔުކްރެއިންގެ މީހެކެވެ. އޭނާ ގޫގުލްގައި ފަސް އަހަރު މަސައްކަތްކުރި އެވެ. އެހެން އުޅުމުގެ ތެރޭގައި އަމިއްލަ ކަމަކާ ހެދި އޭނާ ޑިޕްރެޝަނަށް ދިއަ އެވެ. ފިކުރު ބޮޑުވެ ދުނިޔެ ދެކެ ފޫހިވި އެވެ.

އޭނަ ކިޔައިންދިން ގޮތުގައި މަސައްކަތްކުރާ ހިތެއް ނުވެ އެވެ. އެނދުން ތެދުވާ ހިތެއް ނުވެ އެވެ. ގޫގުލުން ހަވާލުކުރާ މަސައްކަތްތައް ސުން ސިކުންތު ޖެހޭއިރު ވެސް ނުނިންމެ އެވެ. ގުރޫޕް މެނޭޖަރު ކޮޓަރި އަށް ވައްދައި ކޮންމެ ދުވަހަކުހެން ބޮން އަޅަ އެވެ. ޖެހިގެން އަންނަ ދުވަހު ވެސް ހަމަ ކުރަން ޖެހެނީ ކުރީ ދުވަހު ކުރި ތަޖުރިބާ އެވެ.

އެއް ދުވަހަކު އެއީ އެންމެ ފަހު ބޮން އެޅި ދުވަހެވެ. އޭނާ ގޮވައިގެން ކައިރީގައި ހުރި ކެފޭއަކަށް މެނޭޖަރު ދިއަ އެވެ. މީރު އެއްޗެއް ކެއުމަށްޓަކައި ގޫގުލް ގޯތިތެރެ ދޫކޮށް ބޭރަށް ދާން ޖެހުމަކީ ނާދިރުކަމެކެވެ. އެއީ ކޮންމެވެސް ކަމެއް ސީރިއަސް ވާން އުޅޭ ކަމުގެ އަލާމާތެކެވެ.

އޭނާ ބުނި ގޮތުގައި މެނޭޖަރުގެ ފުރަތަމަ ލަފުޒަކަށް ވެސް ވީ "ޔޫ އާ ފަޔާޑް" އެވެ. އޭނާގެ ކޮންޓްރެކްޓް ގޫގުލުން އުވާލި ވާހަކަ މެނޭޖަރު ބުންޏެވެ. ގޫގުލުން އޭނާ އަށް ދީފައި ހުރި އެކައުންޓްތަކާއި ޕާސްވޯޑްތައް ހަމަ އެ ވަގުތު ބަންދުކުރި އެވެ. "ފިންގާ ޕްރިންޓް" އާއި "ރެޓިނަލް ސްކޭނިން" ފަދަ ގޫގުލް އިދާރާތަކަށް ވަދެ ނިކުތުމަށް ބޭނުންކުރާ "ބަޔޯމެޓްރިކް ސެޓިފިކޭޝަން"ތައް ވެސް ބްލޮކްކުރި އެވެ. ގޫގުލުން ދީފައި ހުރި ހުރިހާ ފަސޭހަތަކެއް އަތުލި އެވެ.

ގޫގުލުން ކޮންޓްރެކްޓް އުވާލި ނަމަވެސް ޖެހިގެން އައި މަހު ވެސް ފުރިހަމަ މުސާރަ ދިނެވެ. އެހެން ކުންފުންޏަކުން ވަޒީފާއެއް ހޯދާ ދުވަހަކަށްޓަކައި ސެޓްފިކެޓެއް ވެސް ދިނެވެ. ގޫގުލްގައި މަސައްކަތްކުރި ގޮތުގެ މައްޗަށް ބިނާކޮށެވެ.

ގޫގުލުން ދިން ސެޓްފިކެޓްގައި ވަޒީފާއިން ވަކިކުރި މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ނެތެވެ. ކޮންޓްރެކްޓް އުވާލީ ދެ ފަރާތް ރުހިގެން ކަމަށް އޮތެވެ. ގޫގުލް ގަބޫލުކުރި ގޮތުގައި އޭނާ އަކީ ކުޅަދާނަ އަދި އެހައި މުރާލި ޕްރޮފެޝަނަލް ސޮފްޓްވެއާ އިންޖިނޭރެކެވެ. ޒާތީ އެއް ވެސް ވާހަކައެއް ނެތެވެ.

2 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 18%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުދިންބެ

02 June 2016

މަށައްފެނޭ އެޕަލްގެ ޚާއްސަ އާޓިކަލް އެއް ލިޔަން.. ޢެޕަލްގެ އެތެރޭގެ ކަންކަން ހިނގައިގޮތް.....

The name is already taken The name is available. Register?

އަލިފުޅު

02 June 2016

މަ ބޫނުމީ އެހެންވީމަ ގޫގުލްގައި މަސައްކަތްކުރަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454