މީހަކު ޒޫމް މީޓިންއެއްގައި.
29 އޮކްޓޯބަރ 2020 - 08:57
ގިނަ ބަޔަކު މިހާރު އެކި ކަންކަމުގައި ވާޗުއަލް ބައްދުލުވުންތައް ބާއްވާ މަގުބޫލު ވީޑިއޯ ކޮންފަރެންސިން ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ޒޫމްގެ މުއާމަލާތްތަކުގެ ރައްކާތެރިކަން ބޮޑުކުރުމަށް އެންޑް-ޓު-އެންޑް (އީ2އީއީ) އަށް ތައާރަފުކޮށްފި އެވެ.
ޒޫމް އިން ބުނި ގޮތުގައި މި ހިދުމަތް އެންޑްރޮއިޑާއި އޯއެސް ޑިވައިސްތައް ބޭނުންކުރާ މީހުންނަށް ވެސް ލިބޭނެ އެވެ. އަދި އީ2އީއީ އަކީ ހިލޭ އަދި ފީ ދައްކައިގެން ޒޫމް ބޭނުންކުރާ މީހުންނަށް ވެސް ލިބޭނެ ހިދުމަތެކެވެ. ޒޫމް އަކީ އެއްފަހަރާ 200 މީހުންނާ އޮންލައިންކޮށް ބައްދަލުކޮށްލެވޭ ފްލެޓްފޯމެކެވެ.
ޒޫމް އިން ބުނީ އީ2އީއީ މަސައްކަތްކުރާނީ ދެ ގޮތަކަށް ކަމަށެވެ. އެއީ ޑިޖިޓަލް ދެ ކީއަކާ އެކީގަ އެވެ. އެގޮތުން ޕަބްލިކް ކީ އެންމެންނާ ވެސް ހިއްސާކުރެވޭނެ އެވެ. އެކަމަކު ޕްރައިވެޓް ކީ އަކީ އެ މީހެއްގެ އަމިއްލަ އެއްޗެކެވެ.
Our new end-to-end encryption (E2EE) feature is now available to users globally, free and paid. 🔒https://t.co/ssGanYn4fB
— Zoooooom 👻 (@zoom_us) October 26, 2020
މި ދޭތީގެ ތަފާތަށް ބަލާ އިރު ޕަބްލިކް ކީގައި މުއާމަލާތް އެންކްރިޕްޓްކުރާނީ ވީޑިއޯ ކޯލްކުރާ އިރު އެވެ. އަދި ޕްރައިވެޓް ކީގައި އެންކްރިޕްޓް ކުރާނީ ލިބޭ ކޯލްތަކުގަ އެވެ. އަލަށް ތައާރަފުކުރި ފީޗާއާ ބެހޭ ގޮތުން ޒޫމް އިން ބުނީ މިއީ އެ ޕްލެޓްފޯމްގައި ކުރާ މުއާމަލާތްތަކުގެ ތެރެއަށް އިތުރު އެއްވެސް ބަޔަކަށް ނުވަދެވޭނެކަން ކަށަވަރުކޮށްދޭނެ ކަމެކެވެ. އަދި މީގެ ސަބަބުން ޒޫމަށް އާންމުކުރާ އިތުބާރު ވެސް ބޮޑުތަނުން އުފުލިގެންދާނެ ކަމަށް ބުންޏެވެ.
"ކުރީގައި ވެއްޖިއްޔާ މީޓިންއަކާ މީހަކާ ޖޮއިންކުރާ ހިސާބުން ކްލައުޑް މީޓިން ސާވާގެ ޒަރީރާ އިން ހުރިހާ މީޓިންތަކެއްގެ އެންކްރިޕްޝަން ކީ އެ މީހަކަށް ލިބި އެންމެންނާ ވެސް އެބަ ހިއްސާ އެބަކުރެވޭ. އެކަމަކު އަލަށް މި ގެނައި ބަދަލާ އެކު މީޓީންގެ ހޯސްޓްގެ ފަރާތުން އެންކްރިޕްޝަން ކީ ލިބުމަށް ފަހު، އެހެން މީހުންނާ ހިއްސާކުރެވޭނީ،" ޒޫމް އިން ބުންޏެވެ.
ޒޫމް އަކީ ކޮވިޑް-19 ހެދި ކުރިމަތިވި ލޮކްޑައުންތަކުގެ ތެރޭގައި ގައުތަމުތަކުގައި އެންމެ ބޮޑަށް ޑިމާންޑް އުފުލުނު އެއް ޕްލެޓްފޯމެވެ. އަދި މީގެ ޒަރީރާ އިން މިހާރު ވެސް އެކި ކަންކަމާ ގުޅޭ ބައްދަލުވުންތައް އަންނަނީ ބާއްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy