ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު އެންޑަސަން. --ފޮޓޯ:އޭޕީ
25 ނޮވެމްބަރ 2021 - 11:21
ސްޓޮކްހޯމް (ނޮވެމްބަރު 25) - ސްވިޑަންގެ ބޮޑުވަޒީރުގެ މަގާމަށް މަގްޑަލެނާ އެންޑަސަން އެ ގައުމުގެ ޕާލަމެންޓުން އައްޔަންކުރިތާ އެއް ދުވަސް ވެސް ނުވަނީސް އިސްތިއުފާ ދެއްވައިފި އެވެ.
ސްވިޑަންގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރި އެންޑަސަން އިސްތިއުފާ ދެއްވީ އެކަމަނާ ޕާލަމެންޓަށް ހުށަހެޅުއްވި ބަޖެޓް ފާސްނުވުމާއި ކޯލިޝަން ސަރުކާރުގައި ހިމެނޭ ބައިވެރިއެއް ކަމަށްވާ ގްރީންސް ޕާޓީ ވަކިވުމުންނެވެ.
"ގާނޫނުއަސާސީއާ އެއްގޮތަށް ޕްރެކްޓިސް ކުރަމުން އަންނަ ކަމެއް އެއީ ކޯލިޝަން ސަރުކާރުގައި ހިމެނޭ ޕާޓީއެއް ވަކިވެއްޖެ ނަމަ ސަރުކާރު އިސްތިއުފާ ދިނުން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު އެންޑަސަން ވިދާޅުވި އެވެ. "ގާނޫނީ ގޮތުން ސުވާލު އުފެދޭ ފަދަ ސަރުކާރެއް ހިންގަން ހުންނަން އަޅުގަނޑު ބޭނުމެއް ނުވޭ."
އެންޑަސަން ވިދާޅުވީ ސޯޝަލް ޑިމޮކްރެޓުންނާ އެކު މައިނޮރިޓީ ސަރުކާރެއް އުފެއްދިދާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ. އަދި އަލުން ބޮޑުވަޒީރުގެ މަގާމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ސްވިޑަންގެ ބޮޑުވަޒީރުގެ މަގާމަށް އެންޑަސަން އައްޔަން ކޮށްފައި ވަނީ ލެފްޓް ޕާޓީއާ އެކު އެންމެ ފަހު ވަގުތު ގާއިމްކުރި އެއްބަސްވުމެއްގެ ދަށުންނެވެ. އެ ޕާޓީން ކޯލިޝަނުގައި ބައިވެރިވާން އެއްބަސްވީ ޕެންޝަން ބޮޑުކުރުމަށް ޝަރުތުކޮށްފަ އެވެ. ނަމަވެސް ލެފްޓް ޕާޓީއާ އެކުވި އެއްބަސްވުމާ މެދު ހިތްހަމަނުޖެހިގެން ސެންޓަ ޕާޓީން ވަނީ އެންޑަސަންގެ ބަޖެޓަށް އޮތް ތާއީދު އަނބުރާ ގެންގޮސްފަ އެވެ. ނަތީޖާއެއްގެ ގޮތުން އެކަމަނާގެ ބަޖެޓް ފާސްކުރަން ބޭނުންވާ އަދަދަށް ވޯޓެއް ހަމައެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި ޕާލަމެންޓުން ފާސްވީ އިދިކޮޅު ޕާޓީތަކުން ހުށަހެޅި ބަޖެޓެވެ.
އުމުރުން 54 އަހަރުގެ އިކޮނޮމިސްޓް، އެންޑަސަން ވަނީ ސްވިޑަންގެ ފިނޭންސް މިނިސްޓަރުގެ މަގާމު ވޭތުވެދިޔަ ހަތް އަހަރު އަދާކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު
28 November 2021
މިކޮޅުގަ މިކަމާ އުޅެނީ އިސްތިއުފާ ދޭން ނިކަން ފަރިތަ މީހެއް. އޭނަ އުޅުނު ދުވަސްވަރު ކެބިނެޓް އެއްކޮއްވެސް އިސްތިއުފާ ދިން
ގަލަން
26 November 2021
ބަރުލަމާނީ ނިޒާމުގައި މި މަންޒަރު ގިނަގިނައިން ފެންނާނެ. މިރާއްޖެއަށް މިފަދަ ނިޒާމެއް ހަމަ ބޭނުންބާ؟
މިސާލު1
25 November 2021
ޑިމޮކްރަސީގެ ރީތި މިސާލު. މިރާއްޖޭގައި ރައްޔިތުން ނޫނެކޭ ބުންޏަސް ހަމަ ގަދަ ހަދާފަ މަގާމުގަ ހުންނާނެ. މިހާރު އެއުޅެނީ ވަޒީރަކުގެ ކޮރަޕްޝަން މައްސަލައެއް ކޯޓަށް ހުށަހަޅާގެން އެކަމަކުވެސްް ވަޒީރު އިސްތިއުފާ ނުދޭން ފައިވިއްދާފަ.
މުލޭ
25 November 2021
ބަރުލަމާނީ އަކީ މިކަހަލަ ހިތި އެއްޗެއް. ދެން ސަރުކާރެއް ނުއުފެއްދިގެން އެތައް ދުވަހަކު ތިބެންޖެހިދާނެ. ރާއްޖޭގައި ނަމަ ދެން ދޭނީ ރިޝްވަތު. ދެން ޖެހޭނީ އަނެއް އިިންތިޚާބު ބާއްވަން އެތަކެްް މިލިއަން ޚަރަދުކުރަން. ބަރުލަމާނީއަށް ސަލާމް.
މުޙައްމަދު123
25 November 2021
މީ މިބުނާ ބަރުލަމާނީއަކީ...
ފޮނިފޮނިޓައްޕު ކުމާރު
25 November 2021
މިމީސްމީހުންގެ ފަރާތުން އިބޫމެން މަހޭމެން މިސާލުނަގާނެނަމައޭ ހިތަށްއަރާ.
ކަސިން
25 November 2021
މިސަކަރާތް ނުޖެހިގެން ބަޔަކު ރާއްޖެގައިވެސް އެތެޅެނީ.
ބަރުލަމާނ
25 November 2021
ބަރުލަމާނީގެ ފޮނިކަން. ލޮލް