ތުރުކީގެ ރައީސް އުރުދުޣާން: ރައީސް އަށް ކުޑައިމީސް ބަސް ރައްދު ކުރުމަކީ ތުރުކީގައި ކުށެއް. --ފޮޓޯ:ރޮއިޓާސް
27 ޑިސެމްބަރ 2016 - 13:49
އަންކާރާ (ޑިސެމްބަރު 27) - ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށް ސައިފޮދު ނާރުވާނެ ކަމަށް ބުނި ތުރުކީގެ އިދިކޮޅު ނޫހުން ހިންގާ ކެފޭގެ ވެރިމީހާ ހައްޔަރުކޮށްފި އެވެ.
ތުރުކީގެ އިދިކޮޅު ނޫސް ކަމްހޫރިޔަތު ކެފޭ ހިންގާ ސެނޯލް ބުރާން ހައްޔަރުކުރީ ރައީސް އަށް ކުޑައިމީސް ބަހެއް ރައްދުކުރި ކަމުގެ ކުށުގަ އެވެ. އެކަމަކު ރައީސް އަށް ހިދުމަތް ނުދޭނެ ކަމަށް ބުނުމަކީ ރައީސް އަށް ނިކަމެތި ބަހެއް ރައްދު ކުރުން ކަމަށް ބުރާން ގަބޫލް ނުކުރާ ކަމަށް އޭނާގެ ވަކީލް ވަނީ ބުނެފަ އެވެ.
މި މަހު 24 ވަނަ ދުވަހު ބުރާން، ކެފޭ އަށް ދިޔަ މަގުމަތީގައި މަގެއް ބަންދުކޮށްފައި އޮތީ ރައީސް އުރުދުޣާން ދެއްވާ ތަގްރީރަކަށް ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ. އެހެންވެ ބުރާން ވަނީ ފުލުހުންގެ އޮފިސަރުންގެ ގާތު "އަހަރެން އެ މީހާ އަށް ސައިފޮދު ނާރުވާނެ ކަމަށް" ބުނެފަ އެވެ.
އިސްތަންބޫލްގެ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކު ވިދާޅުވީ ބުރާން ހައްޔަރުކުރީ މައްސަލަ ކުރިއަށް ދާތީ ކަމަށެވެ. ތުރުކީގައި، ރައީސް އަށް ކުޑައިމީސް ބަހެއް ރައްދު ކުރުމަކީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އަންނަވަރުގެ ކުށެކެވެ.
ޖުލައި މަހު ތުރުކީ އަށް ގެންނަން އުޅުނު ތަޣާވާތާ ގުޅިގެން ސަރުކާރާ އިދިކޮޅު ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. ކަމްހޫރިޔަތު ނޫހުގެ ވަރަށް ގިނަ ސްޓާފުން ވެސް މީގެ ތެރޭގައި ހިމެނެ އެވެ. އެމެރިކާގައި ދިރިއުޅޭ، ތުރުކީ ސަރުކާރާ ދެކޮޅު ފަތުހުﷲ ގުލަން އަށް ހިތްވަރު ދިން ކަމުގެ ކުށުގައި ކަމްހޫރިޔަތުގެ 10 ސްޓާފަކު މިދިޔަ މަހު ވަނީ ޖަލުގައި ބަންދުކޮށްފަ އެވެ. ތުރުކީ ސަރުކާރުން ބުނަނީ ބަޣާވާތުގެ ފަހަތުގައި ވަނީ ގުލަން ކަމަށެވެ. ބަޣާވާތަށް ފަހު ލައްކައެއްހާ މީހުން ވަޒީފާ އިން ވަކިކޮށް ނުވަތަ ސަސްޕެންޑްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޖޭ
27 December 2016
#މޯޑިސްޕާސްޓް #މޯޑިސްޓުކަމް
ގުލް
27 December 2016
އިޒްރޭލާއި މިސުރުގެ އެޖެންޓުން ތުރުކީގައި ދަނީ މިކަހަލަ ބާގީން އުފެއްދޭތޯ މަސައްކަތްކުރަމުން، މިއީ ކޮންމެހެން ސައިފޮދުގެ މައްސަލައެއްނޫން، މިއީ ތުރުކީ ބައިބައިކުރާ ބާގީން ހައްޔަރުކުރުން، ސާބަހޭ އުރުދުގާން
އިބޫ
27 December 2016
ރަނގަޅު ހައްޔަރު ކުރަންވީ. އުރުދުގާނަކީ އިސްލާމީ ވެރިންގެ މިހާރުގެ އުއްމީދެއް. ތުރުކީއަށް އިސްލާމީ ސިފަތައް މަޑުމަޑު ގެންނަމުން އެދަނީ. ތުރުކީ ބާރުގަދަ ގައުމެއް. ރަޝިޔާވެސް " އަތުއަޅުވާލައިފި"
ޝަރަފް
27 December 2016
ރައީސް ވިޔަސް ރަސްކަލެއް ވިޔަސް ސައި ވިއްކާނެ މީހަކާއި ނުވިއްކާނެ މީހެއް އެނގޭނީ ވިއްކާ މީހާއަށް. "ކުޑައިމިސް" ބަސް ބުނެގެން މީހުން ހުރަގެއަށް ލުމަކީ އިސްލާމީ އުޞޫލެއް ނޫން. ހަތަރު ޚަލީފާއިންނާއި ޚުދު ރަސޫލު ޞޢވ ފާޑުކިޔުންތައް ބަލައިގެންނެވި.
ޝަރަފޫ
27 December 2016
އިސްލާމީ ވިޔަފާރީގައި ވިއްކަން މާނަ އަކީ (އޮފަރ) ކޮށްފަހުންނަތަކެތި ގަންނަން ދިޔުމުން އޭގެ އގުގައި ކަމަށް ވަންޔާ ޖެހޭނީ ވިއްކަން. ހަންކަޅު ހަންދޮނެއް ނުކިޔޭނެ.