ޒަޚަމްވެފައި އޮތް ފަލަސްތީނުގެ 21 އަހަރުގެ ޒުވާނާ މަރާލި އިޒްރޭލް ސިފައިންގެ މީހާ އަޒަރިއާ. --ފޮޓޯ:އޭޕީ
04 ޖެނުއަރީ 2017 - 16:33
ގުދުސް (ޖެނުއަރީ 4) - ޒަޚަމްވެފައި އޮތް ފަލަސްތީނުގެ ޒުވާނެއްގެ ބޮލަށް ބަޑިޖަހާ މަރާލި އިޒްރޭލް ސިފައިންގެ މީހާ ކުށްވެރިވާ ކަމަށް އެ ގައުމުގެ ކޯޓަކުން ނިންމައިފި އެވެ.
ޒަޚަމްވެގެން ވެއްޓިފައި އޮތް ފަލަސްތީނުގެ 21 އަހަރުގެ ޒުވާނާ އަބްދުލް ފައްތާހު އަލް ޝާރިފްގެ ބޮލަށް ބަޑި ޖެހީ އިޒްރޭލް ސިފައިންގެ ސާޖެންޓެއް ކަމަށްވާ އެލޯ އަޒާރިއާ، 20، އެވެ. ހުޅަނގު އައްސޭރީގެ ހިބްރޫންގައި މި ހާދިސާ ހިންގާފައި ވަނީ މިދިޔަ އަހަރުގެ މާޗު 24 ގަ އެވެ. ޝަރީފާއި ފަލަސްތީނުގެ 21 އަހަރުގެ އެހެން ޒުވާނެއް ކަމަށްވާ ރަމްޒީ އަޒީޒް އަލް ގަސްރަވީ ވަނީ އިޒްރޭލް ސިފައިންގެ މީހަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފަ އެވެ. ރައްދުގައި އިޒްރޭލް ސިފައިން ބަޑިޖަހާ ގަސްރަވީ މަރާލުމަށް ފަހު ޝާރިފް ވަނީ ޒަޚަމްކޮށްލައިފަ އެވެ. ފަލަސްތީނުގެ މީހަކު ނަގާފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ޝާރިފް އޭރު މަރެއް ނުވެ އެވެ. އޭގެ ފަހުން މާދުރުގައި ހުރި އަޒާރިއާ އައިސް ޝާރިފް ގަޔަށް ބަޑިޖަހާ މަރާލަ އެވެ.
ޒަޚަމްވެފައި އޮތް ފަލަސްތީނުގެ ޒުވާނާ ގަޔަށް އިޒްރޭލް ސިފައިންގެ މީހާ ބަޑި ޖަހަނީ. --ފޮޓޯ:އޭއެފްޕީ
އަޒާރިއާ ބުނީ އޭނާ ހީކުރީ ޝާރިފް އޮތީ ގައިގައި ގޮވާތަކެތި ހަރުކޮށްގެން ކަމަށެވެ. އެކަމަކު ޕްރޮސެކިއުޓަރުން ބުނެފައި ވަނީ އަޒާރިއާގެ މަގްސަދަކީ މީހަކު މެރުން ކަމަށެވެ. އަދި އޭނާ ހަމަލާދިނީ އެއްވެސް ބިރުވެރިކަމެއް ކުރިމަތިކުރުވޭނެ ފަދަ ހާލަތެއްގައި އޮތް މީހަކަށް ނޫން ކަމަށް ވެސް ޕްރޮސެކިއުޓަރުން ބުނެ އެވެ.
ހިއުމަން ރައިޓްސް ވޮޗުން ބުނީ އޮކްޓޯބަރު 2015 ގެ ފަހުން މި ބާވަތުގެ 150 އަށް ވުރެ ގިނަ ހަމަލާ ފަލަސްތީނު މީހުންނާ ދެކޮޅަށް އިޒްރޭލުން ދީފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗިކުސް
05 January 2017
މި ދުނިޔަކު ނެތް އެއްވެސް އިންސާފެއް. ލޯމަތިން ފެނުނީމަވެސް ކޯޓް ތަކުން މި ނިންމަނީ ހުދު ކަފަ ކޮޅެއް ގޮތަށް.
ހުދުހުދާ
05 January 2017
ނުލަފާ ޔަހޫދީން ފަލަސްތީނުގެ ނިކަމެތިންނަށް ކުރާ އަނިޔާ ގެ ވީޑިއޯއެއް ލީކުވެއްޖެނަމަ މަދުފަހަތެއްގައި ނަމަވެސް އެކަން ބަލާ ފިޔަވަޅު އެޅެނަމަވެސް ދިވެހި ނިކަމެތިންނަށް ފުލުހުންރކުރާުއަނިޔާުތަކަށްމިވަރުވެސް ނުވެއެވެ.
ބަކުރު އެންޑް ޒުބޭރް
04 January 2017
އަދި ކިރިޔާ އިޒްރޭލު ސިފައިންގެ މީހެއް ފަލަސްތީނުމީހެއް ނުހައްގުން މެރިކަމަށް މިވީ. ކޮބާ މީގެ ކުރިން މަރުވެގެން ދިޔަ އެތައް މިލިޔަން ފަލަސްތީނު ރައްޔިތުން؟؟؟
ތރއ
05 January 2017
މީވެސް މީހުންގެ ލީމައްޗަށް ދައްކާލާ ދަޅައެއް. ނަމެއްގަ 'ބަންދުގައި' އޭނަ ބަހައްޓާފަ ހުންނަނީ. ރަސްމީ އިއްޒަތުގަ އޭނަ ގެންގުޅެނީ
އުދުހޭ
04 January 2017
ކިތަށް 150؟ އިރުއަރާ އިރުއޮއްސޭ ކޮންމެ ދުވަހަކީ ތިޔަ ބައިގަނޑު މުސްލިމުންނަށް ކޮންމެވެސް އަނިޔާއެއް ދޭ ދުވަހެއް!