ދުނިޔެ / ޓެރަރިޒަމް

ވާޖީނިއާގެ ސުޕަމާކެޓެއްގައި ބަޑިޖަހައި 10 މީހަކު މަރާލައިފި

މަޝްހޫރު ސުޕަމާކެޓެއް ކަމަށްވާ ވޯލްމާޓްގެ ފިހާރައެއް

23 ނޮވެމްބަރ 2022 - 13:20

6 comments

އެމެރިކާގެ ވާޖީނިއާގެ ސުޕަމާކެޓެއްގެ ތެރޭގައި ހަތިޔާރު ހިފައިގެން އުޅުނު މީހަކު، އެ ފިހާރައިގެ ތެރޭގައި ތިބި ބައެއްގެ ތެރެއަށް ބަޑިޖަހައި އޭގެ ތެރެއިން މަދުވެގެން 10 މީހަކު މަރާލައިފި އެވެ.

އެމެރިކާގެ ފުލުހުން ބުނި ގޮތުގައި ހަތިޔާރު ހިފައިގެން އުޅުނު މީހާ ހަމަލާ ދިނީ ވާޖީނިއާގެ މެދުތެރޭ ސަރަހައްދެއްގައި ހުރި މަޝްހޫރު ސުޕަމާކެޓެއް ކަމަށްވާ ވޯލްމާޓްގަ އެވެ. މިހާތަނަށް ލިބުނު މައުލޫމާތަށް ބުރަވެ ފުލުހުން ބުނި ގޮތުގައި ވޯލްމާޓް ތެރޭގައި ތިބި މީހުންގެ ތެރެއަށް ބަޑި ޖެހީ އެ ފިހާރައިގެ މެނޭޖަރެއްގެ މަގާމުގައި ހުރި މީހެކެވެ.

އެ ފިހާރައިގައި މަސައްކަތް ކުރާ މީހަކު ބުނި ގޮތުގައި އޭނާ އެ ފިހާރައިގެ މުފައްޒަފުންގެ ކޮޓަރީގައި ހުރެފައި ނުކުތް ވަގުތު، މެނޭޖަރު އައިސް އެ ކޮޓަރި އަށް ވަނެވެ. އޭނާ ވަނުމާއެކު ފިސްތޯލައިން ހަމަލާތަކެއް ދިން އަޑު އިވުނު ކަމަށް މުވައްޒަފު ބުންޏެވެ.

މަޝްހޫރު ސުޕަމާކެޓެއް ކަމަށްވާ ވޯލްމާޓްގެ ފިހާރައެއް

މި ހަމަލާގައި މަރުވި އެންމެންނަކީ ވެސް، އެ ފިހާރައިގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. މެނޭޖަރުގެ މަގާމުގައި ހުރި މީހާ އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ގަޔަށް ބަޑިޖެހީ ކޮން ސަބަބަކާ ހުރެކަން ނޭނގޭ ކަމަށް ވެސް އެހެން މުވައްޒަފުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި މެނޭޖަރު ފިހާރަ ތެރޭގައި ހުރެފައި، ބުދަ ވިލޭރޭ އެމެރިކާ ގަޑިން 10:12 (ރާއްޖޭ ގަޑިން ބުދަ ދުވަހުގެ ހެނދުނު 8:12) ހާއިރު އޭނާ ގެންގުޅުނު ފިސްތޯލައެއް ނަގައި، ހަމަލާ ދޭން ފެށީ އެވެ. އެއަށް ފަހު، އަމިއްލަ ގަޔަށް ފިސްތޯލަ އަމާޒުކޮށް ހަމަލާ ދީގެން އަމިއްލަ އަށް މަރުވީ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ މި އަމަލު ހިންގި ސަބަބެއް މިހާތަނަށް ނޭނގޭ ކަމަށާއި، މި ހާދިސާގައި ޒަޚަމްވި މީހުންނަށް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި މި ހަމަލާގެ ފަހަތުގައި އެހެން މީހަކު ނުވަތަ ބަޔަކު ހިމެނޭކަން ޔަގީން ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

6 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝަލް

28 November 2022

މިކަން ކުރި މީހުން އެއީ މުސްލިމުން ތޯ؟؟ ފުރަތަމަ އެކަން ސާފްވާން ޖެހޭ.

The name is already taken The name is available. Register?

ރ‫ޓީވީ މާމޮޅު އެނެލިސްޓް

25 November 2022

ޕ‫ޯސްޓަމޯޓަމްއެއް ހަދަންފެނޭ އެއިރުން އެނގިދާނެ ކީއްވެގެންކަން ބޮޑަށް ވައތަރީ ޕަބްޖީ ގަޑަކަށް އަރާލަން ނުލިބޭތީ ކުރިކަމަކަށް

The name is already taken The name is available. Register?

ޖުހާ.

23 November 2022

މިއީ ސަލީމު އިދުރީސު އެބުނާ ތަހުޒީބު މީހުން. ދޮންމީހުންއުޅޭގޮތް.

The name is already taken The name is available. Register?

ސދސ

23 November 2022

އަފްގާން އަދި ސީރިއާގަ އުޅޭނެ އެންމެ ތަހުޒީބު މީހުން.

The name is already taken The name is available. Register?

ބަލަ

23 November 2022

@ސދސ. އަފްޤާން ހަނގުރާމައިގެ ހާއްޔަކަށް ހެދީ ހުޅަނގާއި އެމެރިކާ ބައިވެރިވެގެން..އެއޮތީ ދުނިޔެ ނުދެކޭ ވަރަށް ތަހުޒީބު ކޮށްދީފަ..

The name is already taken The name is available. Register?

ސަލީމު އިދުރީސް

25 November 2022

ބަލަ އެމެރިކާގަ ބޭނޫން މީހަކައް ހަތިއަރު ގަނެވޭގޮތައް އޮތްއިރު ބޮޑު އާބާދީއެއްގަ ތިކަން ހިނގާވަރު މަދުނޫންތޯ! ތިއެއް އެގުނީހީ މިކުޑަ މުސްލިމު ގަމުގަ ހަތިއަރު ގަނެވޭނަމަ ކޮމެ މާރިއެއްގަ ތި އަދައް މަރާނެ! ބައްލަވާ ބަނގުރާ ބުއިން ދީނީގޮތުނާ ގާނޫނީ ގޮތުން މާކޮއްގެން އުޅޭއިރު ފުލުހުން ކޮންމެ އަރަކު އަތުލައި ގަނެ ނައްތާލާ ބަނގުރަލުގެ އަދަދު ވީމަ އެމެރިކާޔައް ވުރެ ތަހުޒީބީ 100% މުސްލިމު ދިވެހި ރާއްޖެ ނޫންތޯ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454