01 ޖޫން 2025 - 16:15
ބާރުގަދަ ކޮރޯނަލް މާސް އިޖެކްޝަން (ސީއެމްއީ) އެއް ހޮނިހިރު ދުވަހުގެ ރޭ 1000 ކިލޯމީޓަރަށް ވުރެ ބާރު ސްޕީޑްގައި ދަތުރުކޮށް، އާދަޔާ ހިލާފު އަދި ނާދިރު ޖިއޮމެގްނެޓިކް ތޫފާނެއް ދުނިޔެއަށް ކުރިމަތިވެއްޖެ އެވެ.
"ސްޕޭސް ވެދަ ލައިވް" އިން ބުނި ގޮތުގައި މިހާރު ހުރި ސްޕީޑުގައި ސޯލާ ވިންޑް ދުނިޔެއަށް ފޯރަން ނަގާނީ 25 މިނެޓު ކަމަށެވެ.
ނާސާ އާއި އެންއޯއޭއޭ މޮޑެލްތަކުން އަންދާޒާކުރި ގޮތަށް، އިރުގެ ކޮރޯނާއިން ޕްލާޒްމާ އާއި މެގްނެޓިކް ފީލްޑްތަކުގެ ބޮޑު ގޮވުމެއް ކަމަށްވާ ސީއެމްއީ ދުނިޔެއަށް އައީ ރާއްޖޭ ގަޑިން މިއަދު ހެނދުނު 10:30 ހާއިރު އެވެ.
މާލޭން ވެސް މިއަދު މެންދުރު ކަރަންޓު ކެނޑިފައި ވާއިރު މިކަން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.
ސްޕޭސް ވެދަ ލައިވް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސޯލާ ވިންޑް ސްޕީޑް 1002 ކިލޯމީޓަރު/ސިކުންތުގެ ޕީކަށް އަރާފައިވާއިރު އިންޓަޕްލެނެޓަރީ މެގްނެޓިކް ފީލްޑް (އައިއެމްއެފް) ސްޓްރެންތު (ބީޓީ) 25 އެންޓީގައި އަދި -18 އެންޓީގެ ސައުތުވާޑް ބީޒެޑް ކޮމްޕޯނެންޓެއް ހުރެ އެވެ. މި ހާލަތްތަކުގެ ސަބަބުން ސޯލާ ވިންޑް ހަކަތަ، ދުނިޔޭގެ މެގްނެޓޯސްފިއާގެ ތެރެއަށް ވަދެ، އަރޯރާތައް އުފެދެ އެވެ.
މިކަމުގެ އިންޒާރު ނާސާ އާއި އެހެން ބައެއް އިދާރާތަކުން މިދިޔަ މަހު ވަނީ ދީފަ އެވެ.
އެންއޯއޭއޭގެ ސްޕޭސް ވެދާ ޕްރެޑިކްޝަން ސެންޓަރު (އެސްޑަބްލިއުޕީސީ) އިން ބުނީ މި ތޫފާނުގެ ސަބަބުން އަލަބާމާ އާއި އުތުރު ކެލިފޯނިއާއާ ހަމައަށް އަރޯރާ އުފެދިފައިވާ ކަމަށާއި އަދި ކަރަންޓް ގްރިޑްތަކާއި ސެޓެލައިޓް އަދި ރޭޑިއޯ ކޮމިއުނިކޭޝަންތަކަށް ބުރޫ އަރާފާނެ ކަމަށެވެ.
އަދި ކަރަންޓް ގްރިޑްތަކަށް ބުރޫ އަރާފާނެ ކަމަށާއި، އުސް ސަރަހައްދުތަކުގައި ވޯލްޓޭޖް މައްސަލަ ދިމާވުން އެކަށީގެންވާ ކަމަށް އެންއޯއޭއޭ އިން ވަނީ ބުނެފަ އެވެ. ސެޓެލައިޓްތަކުގެ އޮރިއެންޓޭޝަންގެ މައްސަލަތައް ކުރިމަތިވެ، ޖީޕީއެސް އާއި ރޭޑިއޯ ސިގްނަލްތަކަށް ބުރޫ އެރުން ވެސް އެކަށީގެންވާ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައިކަޅުއަލިބެގެބޯހުދުހުސޭންބެ
02 June 2025
މީގެކުރިން އެގިފައި ނެތަސް ކޮންމެމަހަކު އަހަރުމެންގެ ކަރަންޓު ބިލަށް ތިޔަ ސްޓޯމެއްގެ އަސަރު އެބަކުރޭ. މިހާރަކަށް އައިސް ދުނިޔަވީ ދިރިއުޅުމުގެ ހުރިހައި ވަސީލަތަކަށް ސްޓޯމުތައް އެބައަރާ. މަގޭ ހިތަށް އަރާ ނަސީބެކޭ އެމްއެމްއޭ އާދިމަލަށް ފައިނޭންސިއަލް އަށާއި މީހުންގެ ޖީބަށް ހުރަސްއެޅޭ ފާޑުގެ ސްޓޯމެއް ނޭރިކަން.
ބުޒޫ
02 June 2025
ތިޔަ ބުނާ ސޯލާ ސްޓޯމެއް ރ.ށ.ސ އަތޮޅު ތަކަށް އަބަދު އާދޭ ކަރަންޓު ނުދާ އެއް ހަފްތޭއެއްވެސް ނުދޭ. ކުރިން ހީކުރީ މިކަން މި ވަނީ ފެނަކަ އާއި ސުޓެލްކޯ ފަރުވާކުޑަކަމުން ކަމަށް އެކަމަކު މިހާރު އިނގިއްޖެ މީ ސީދާ ސޯލާ ސްޓޯމެއް ގެ ކަންތަކަން.
ޒަވިޔަނި
02 June 2025
ތި ސްޓޯމްގެ ސަބަބުން މިމަހުގެ ކަރަންޓް ބިލްވެސް ވާނީބޮޑު. ބަލަންތިބެއްޗޭ.
މިނިސްޓަ
02 June 2025
ސޯލާ ވިންޑް ސްޕޯދާއިއެކު ދިވެހިން އުޅެން ދަސްކުރަން ޖެހެ.
ޖޮން ވިކް
02 June 2025
އައި ހޭވް ވެރިފައިޑް ދިސް ނިއުސް. ހިއަ އިޒްދަ ސޯސް. https://skyandtelescope.org/astronomy-news/major-flare-could-spark-severe-geomagnetic-storm-sunday-night-june-1st/#:~:text=Instead%20of%20simply%20blowing%20by,atmosphere%20Sunday%20morning%2C%20June%201st.
މަވާއަޖާއިބު
01 June 2025
އަޅެ ލާސްޓް ޑިސެމްބާރގައި މަ އަޑުއެހީމޭ މިއަހަރު، ކޮވިޑްގެ ވަބާ ގޮތަށް މުވާސަލާތީ ވަބާއެއް ކުރިމަތިވާނެޔޭ. ލޮކްޑައުން އަކަށްވެސް ގޮސްދާނެޔޯ. ސޯ ކޮންސްޕިރެސީ ތިއާރީސް އާ ސަމްތިންގް
ތަހުގީގީ ވުރާޖާ
01 June 2025
އަނެއްކާ އަނެއްކަންތަ....މާލެއަށް ފޭބީ ތިބުނާ ސްޓޯމްތާ އެހެންވީމަ...ކޭސް ކްލޯޒްޑް...ތަހުގީގު ނިމުނީ...
މީނާ
01 June 2025
ރާއްޖޭގެ މޫސުމާ ބޭހެ ތަން ބަންދު ކުރޭ ...އެއްވެސް އެއްޗެއް އެގޭ ހެނެއް ހީއެއްނުވޭ
ގަނޑިއަ
01 June 2025
ރާއްޖޭގެ މެޓް އޮފީހަށް މިކަން ނޭގުނީ ކީއްވެ މިކަމަކީ މޫސުުންވެން ފޯކާސްޓްކުރެވޭ ގޮތަަށް ކުރިއަށްލައި އެންގޭނެ ކަމެއް. ދެން ނުބުނާތީ ސޯލާ މޮނީޓަރިން ސިސްޓަމެއް ނެތީއޭ ހުރިއެތި މައްސަލައެއް ޖެހި ބޭނުން ނުކުރެވޭތާ ވަރަށް ގިނަ ދުވަސްވެއްޖެއޭ. ކުދިން ކުދިން ވަރަށް މޮޅުވާނެ އެހެން މީހެއްގެ ބޮލަށް ކަނޑާލަން.
ކާޖާ
01 June 2025
ސޯލާ ސްޓޯމު ފޭބީ މާލޭ އިންޖީނުގއައްތާ ނަސީބެންނު އެހެން ތަނަކާ ދިމާވެގެން ވަދެގެން ނުދިޔަކަންވެސް