ހައްޖާޖީންނަށް ގާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީއެއް. -- ފޮޓޯ: އޭއެފްޕީ
03 ޖޫން 2025 - 07:14
މި ހައްޖު މޫސުމުގައި ބަލި މީހުންނަށް ބޭހާއި އެހެނިހެން ސިއްހީ ސާމާނު ފޯރުކޮށްދިނުމަށް ޑްރޯން ބޭނުންކުރާނެ ކަމަށާއި މި ބަދަލާ އެކު އެއް ގަޑިއިރުގެ ވަގުތު ހަ މިނެޓަށް ކުރުވާނެ ކަމަށް ސައުދީގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
ސައޫދީ ޕްރެސް އެޖެންސީން ބުނީ މި އިނީޝިއޭޓިވްގެ ދަށުން ބޭސް ފޮނުވަން 136 އަށް ވުރެ ގިނަ ތަންތަން ހިމެނޭ ނެޓްވޯކެއް ގާއިމުކޮށްފައިވާ ކަމަށާއި 2،000 އަށް ވުރެ ގިނަ ބާވަތުގެ ބޭހާއި މެޑިކަލް ސާމާނު ލިބޭނެ ކަމަށެވެ.
މި ޑެލިވަރީތައް އިންތިޒާމްކުރާ މެޑިކަލް ލޮޖިސްޓިކް ފާމް، ނިއުޕްކޯގެ ރިޔާސަތު ބަލަހައްޓަވާ ހެލްތު މިނިސްޓަރު ފަހާދު އަލް ޖަލަޖެލް އިއްޔެ ވަނީ އަރަފާތު ފަރުބަދަ ކައިރީގައި ހުންނަ ފެސިލިޓީއެއްގައި އެ ކުންފުނީގެ ޑްރޯން އާއި ހެލިކޮޕްޓަރުގެ ފްލީޓް ބައްލަވާލައްވާފަ އެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ޑްރޯން ޓެކްނޮލޮޖީގެ ސަބަބުން ހައްޖުވެރިންގެ ސިއްހީ ރައްކާތެރިކަން އިތުރުވެ، ހައްޖުގެ އަޅުކަމުގައި އުޅޭއިރު ބޭނުންވާ ބޭހާއި ސިއްހީ ސާމާނު އަވަހަށް ޑެލިވަރީ ކޮށްދޭނެ އެވެ.
މިނާ، މުޒްދަލިފާ އަދި އަރަފާތު ފަރުބަދައިގެ ހަ މެޑިކަލް ސެންޓަރުގައި ނިއުޕްކޯގެ ޑްރޯންތައް ބަހައްޓާނެ ކަމަށް އެތަނުން ބުންޏެވެ. ނިއުޕްކޯއިން ވަނީ ހައްޖުގެ އަޅުކަމުގައި ސަލާމަތީ ހިދުމަތްތެރިންގެ ސިއްހީ ހާލަތު ބެލުމަށް ސްމާޓް ބްރޭސްލެޓް ވެސް ފޯރުކޮށްދީފަ އެވެ.
މިފަހަރު ހައްޖުގެ އަޅުކަމުގައި ގާތްގަނޑަކަށް 1.25 މިލިއަން މުސްލިމުން ބައިވެރިވާނެ ކަމަށް އަޅުކަން އަދާކުރާނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސް
03 June 2025
މަ ހީކުރީ ރާއްޖެއިން ޑްރޯންގައި ބޭސް ފޮނުވީކަމަށް، ނޭގޭނެތާ މި ރާއްޖޭންވެސް ތިކަހަލަ ކަންތައްތައް ކުރާ ވާހަކަ ދޭތެރެއަކުން ނޫހުން ފެނޭވިއްޔާ
ޑޮކްޓަރާ
03 June 2025
ޑޮކްޓަރ ޝަހީމަށް. ވެދުން ސަލާމް. ޢަރަފާތަށް ދިއުމުގެ ކުރިން އިސްލާމީ ޙުދޫދުގެ ތެރޭގައި ޢީދު ފާހަގަ ކުރުމަކީ ކޮބައިކަން މަމެންނަށް އޮޅުންފިލުއްވައިދެއްވާ. އެއީ ތިބާގެ ޒިންމާއެއް. ﷲ އަށް ބިރުވެތިވެ ޒިންމާ އަދާކުރައްވާ. ޢީދުގައި މިހާރުވެސް އިސްލާމީ ޙުދޫދުން ބޭރުން ކުރެވެމުންދާ ކަންކަން ފާހަގަކޮށްދެއްވާ އެކަންކަން ނުކުރުމަށް އަމުރުކުރައްވާ.
އިނގިލިކުރީގެ ޒަމާން
03 June 2025
ޑޮކްޓަރާގެވެސް ފަރުދީ ޒިންމާއެއް ނޭނގޭނަމަ އަމިއްލައަށްވެސް އޮޅުންފިލުވުމަކީ. މިއީ ކޮންމެ މީހެއްގެ "އިނގިލިކުރި" ން މައުލޫމާތު ހޯދެން އޮތް ޒަމާން. ޑޮކްޓަރާ އަށްވެސް އެކަން ފަހިވެފައިވާތީ ތިޔަ ކޮމެންޓް ކުރެވުނީވެސް. އަނެއްކޮޅުން، ދީނުގެ އަސާސީ މައުލޫމާތަކީ (އިލްމަކީ) ލިބިގަތުން ތިމާގެ މައްޗަށް ވާޖިބުވާ ކަމެއް. އެކަން ނުކޮށް، ކޮންމެހެން މާ މޮޅުވާން ސިޔާސީ ގޮތުން މީހުންނާ ދިމާކުރަން ވަގުތު ބޭކާރުނުކޮށް ދީނީ އިލްމު ހޯދަން ނަސޭހަތްތެރިވަން.
ނަނަނަ
03 June 2025
އެހެންތަ.. ޝަހީމް އަކީ ވަލިއްޔުލް އަމްރު ތަ؟ ކޮންކަމެއް ނުވެގެން ތިއުޅެނީ!؟
ލޮލްސް
03 June 2025
ޑޮކްޓަރާ އަށް ދީނީ އިލްމު އޮޅުންފިލުވަން ފެނުނީ ހަމައެކަނި ޝަހީމްތޯ؟ އޭނަ އެހެން ބުނީމާ ދެން އަމިއްލަ ޒިންމާ އަދާކޮށްބަލަ. ދީނީ އިލްމު ހޯދުމަކީ އެހެން މީހުން ލަވައިދިނީމާ ހޯދަންޖެހޭ އެއްޗެއް ނޫނޭ.