އެމެރިކާގެ ޖަމާއަތުން ޣައްޒާގައި ބަހާ ފުށުގެ ތެރެއިން ފެނުނު ބޭސް.
28 ޖޫން 2025 - 16:47
ހައިހޫނު ކަމުގައި އޮތް ޣައްޒާއަށް އެމެރިކާ އާއި އިޒްރޭލުން ބަހަމުންދާ ގޮދަންފުށުގެ ތެރެއިން ބާރުގަދަ، ނުރައްކާތެރި ބޭހެއް ފެނިއްޖެ އެވެ.
ފުށް ބަސްތާތަކެއްގެ ތެރެއިން ފެނިފައިވަނީ ވޭން ހުރި ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް، އެ ވޭން ލުއިވާނެ އެހެން ގޮތެއް ނެތް ހާލަތުގައި ދޭ ތަދުކަނޑުވާ ބޭހެއް ކަމަށްވާ އޮކްސީކޯޑޯން ބޭހުގެ ގުޅަތަކެކެވެ. މިއީ ވަރަށް ފަސޭހައިން އެޔަށް ދެވިހިފާ އަދި ހެލުސިނޭޓް ވުމާއި ނޭވާލާން އުނދަގޫވުން ފަދަ މައްސަލަތަކާ އެކު ފުރާނައަށް ވެސް ނުރައްވާ ފަދަ ބޭހެކެވެ.
"ފުށުގެ ތެރެއިން މީގެ ބޭސް ފެނުނު ހަތަރު މީހަކު އެކަމުގެ މައުލޫމާތު މިހާތަނަށް ދީފައިވޭ،" ޣައްޒާގެ ސަރުކާރު މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މީގެ ބޭސް ގަސްތުގައި ފުށާ އެއްކޮށްފައި ހުރުން ވެސް އެކަށީގެންވާ ކަމަށެވެ.
މީޑިއާ އޮފީހުން ބަޔާން ނެރުނީ ފުށުގެ ތެރެއިން ބޭސްގުޅަތަކެއް ފެންނާތީ އާންމުން އެކަން ސަމާލުކަމަށް ގެނެސް ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
ފަލަސްތީނުގެ ފާމަސިސްޓެއް ކަމަށްވާ އުމަރު ހަމަދު ބުނީ އިޒްރޭލުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމާގައި މިއީ އެންމެ ހީލަތްތެރި އެއް އަމަލު ކަމަށެވެ.
ޣައްޒާގައި މަސައްކަތްކުރާ ފަލަސްތީނުގެ ޑޮކްޓަރެއް ކަމަށްވާ ޚަލީލް މަޒޭން އަބޫ ނަދާ މި ބޭހާ ބެހޭ ގޮތުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ "އަހަރެމެންގެ އިޖުތިމާއީ ހޭލުންތެރިކަން ނައްތާލުމުގެ ވަސީލަތެއް" ކަމަށެވެ.
މީޑިއާ އޮފީހުން ބުނީ މިއީ ޣައްޒާގައި މަސްތުގެ ވަބާ އާންމުންކޮށް އިޖުތިމާއީ ފޭރާން ހަލާކު ކުރުމަށް ސީދާ އިޒްރޭލުން ހިންގާ ނުބައި ޖަރީމާއެއް ކަމަށެވެ.
އެހީ ބެހުމުގެ މަސައްކަތް މިހާރު ކުރާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އަކީ ޣައްޒާގައި އދ. އިން ހިންގި އެހީގެ މަސައްކަތް ހުއްޓުވައި ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން ދެ މަސް ދުވަސް ވަންދެން ހުއްޓުވައިގެން ތިބުމަށް ފަހު އިޒްރޭލާއި އެމެރިކާއިން އެ މަސައްކަތް ހަވާލުކުރި އެމެރިކާގެ ޖަމާއަތެވެ.
މި ޖަމާއަތުން އެހީ ބެހުމުގެ އިންތިޒާމުތައް ގެންގުޅޭ ގޮތުން ކޮންމެ ދުވަހަކު ވެސް ހަމަނުޖެހުންތައް އުފެދި އެތައް ބައެއްގެ ފުރާނަ ދަނީ ގެއްލެމުންނެވެ. އެހެންވެ އެހީގެ މަސައްކަތް މިހާރު ވެފައި ވަނީ މަރުގެ ދަންތުރައަކަށް ކަމަށް ބުނެ އދ. އިން ވެސް ގެންދަނީ އެ މަސައްކަތަށް ފާޑުކިޔައި ކުށްވެރިކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަ މީ
29 June 2025
ޢެހެންވީމާ ޤަބޫލުކުރެވޭތަ ރާއްޖޭގައި މިވާގޮތް؟ ރާއްޖޭގައި ހުރިހައި އެންމެންކަހަލަ ގޮތަކަށް އުޅެނީ ބަލިވެ ގިނަ މީހުން އުޅެނީ ބޮޑެތި ބަލިތަކުގެ ޝިކާރައަށްވެފަ ޖަހާ ވެކްސިންތަކާއި ކާބޭސް ހަމަ ޔަގީންތަ ސޭފް ކަން؟ ޢެނގޭ ކަމަކީ ކަމެއް ވެގެން ގޮސް ދައްކާއިރަށް އެދޭ ބޭސްކާއިރަށް އެކަންވެސް ރަނގަޅުނުވެ އަނެތްހަބަލި ޖެހި އެހިރިނައި ބައްޔަކަށް މިޖެހެނީ އުމުރަށް ބޭސްކާން. ދިވެހިން ނުވޭތަ އަމިއްލައަށް ބޭސްހަދާކަށް ކާބޯތަކެތި ހައްދާކަށް!
raajje
29 June 2025
ފަލަސްތީނުމައްސަލައިގާ ހަމައެކަނިހައްލަކީހަނގުރާމަ، ސުލްހައޭކިޔައިގެން ވަގުތުބޭކާރުކުރުމުގެ މާނައެއްނެތް، އަޅުގަނޑުކުޑައިރު އޭރުގެފަލަސްތީނުގެ ވެރިޔަކަށްހުންނެވި ޔާސިރުއަރަފާތު ހަމަކޮންމެކަމެއްވާއިރަށް އެމެރިކާމެދުވެރިކޮށް ހައްލުކުރަން މަސަކަތްކުރެއްވީ، ނަމަވެސް މުޅިމައްސަލައުފައްދާ އެކިގޮތްގޮތަށްއެނބުރުމުގެ އަޑީގައިއޮތީ އެމެރިކާ، އިޒުރޭލުއުފައްދާ ދަމަހައްޓަނީ އެމެރިކާއިން، ބޭނުމަކީ އަރަބިންގެތެލަށްއަތްގަދަކުރުން، ފަލަސްތީނަކީ މުސްލިމުންގެބިމެއް
އައްބެ
29 June 2025
މުސްލިމުންގެ ދުވަސް ދުއްވާލުމަށް އެމީހުންބޭނުން ކުރާ އެއް ހަތިޔާރަކީ ފިކުރީ ހަތިޔާރު. މީޑިޔާގެ ވަސީލަތްތަކުން މުސްލިމުންގެ ވިސްނުން ދީނާއި ޖިހާދާއި ދުރުކުރުމާއި މުސްލިމުން މަސްތުވާތަކެތީގެ ވަބާގައި ޖެެއްސުން.
ވިބް
29 June 2025
މަސްތުވާތަކެތީގެ މައި މަރުކަޒަކީ ކަލޭމެން ބުނާ މުސްލިމް ގައުމުތަށް އަފްޢާނިސްތާނާއި ޕާކިސްތާން. އަބަދުވެސް އެހެންމީހުން ގޯސްކުރުމުގަ. ބަލަ ކަލޭމެން އަމިއްލަޔަށް ޒިންމާނަގާބަލަ އެއްފަހަރުވެސް.
އަފްރާސިޔާބު
29 June 2025
ޒަޔަނިސްޓުން މީހުން ތަމްރީނުކޮށް ބާޒާރަށް ނެރޭތާ 75 އަހަރު. އެމީހުންނެރޭ މީހުންގެ ތެރޭގައިހިމެނޭ މީހުންބޭނުންކޮށްގެން ގްރޭޓް ފިތުނަ އުފެއްދުމުގެ މަސައްކަތް ކުރަމުންދަނީ. އިރާނަކީ ދުވަހަކުވެސް އަރަބީންނަށް ޙަމަލާދިން ބައެއްނޫން. ރަސޫލުﷲގެ ކުރިންވެސް އަދި ފަހުންވެސް. އެމީހުން ކުރިކަމަކީވެސް އަރަބީންނަށް އެހީވުން. ސަލާމަތްކަން ދިނުން. ވީއިރު އަރަބީން އީރާނަށް ހަސަދަވެރިވާނެ އެއްވެސް ކަމެއްނެތް. އެކަމަކު ފިތުނަ އުފެއްދުމުގައި އަރަބީންބައިބޮޑު.
އައްބެ
29 June 2025
ޑޮކްޓަރީ ބޭހާއި ވެކްސިންގެ ގޮތުގައި ދޭ ގިނަބޭސްތަކަކީ މިފަދަ ނުރައްކާތެރި ޑްރަގްސް. އެއްބައްޔެއްގެ ފަރުވާގެ ގޮތުގައި ދޭބޭހަކީ ދުވަސްކޮޅަކު ބޭނުންކުރާއިރަށް އެބޭހެއްގެ ސަބަބުން އަނެއްކާ އިތުރު ބައްޔަކަށް ހުށަހެޅޭ ބޭސްތައް. އަދި ބައެއްބޭހުގެ ސަބަބުން ޤުދުރަތީ ދިފާއީނިޒާމް ދެރަކޮށްލާ ބޭހަށް އުމުރުދުވަހު އެމީހަކު ބަރޯސާވާންޖެހޭބޭސް. މިއީ ހުޅަނގުގެ މެޑިކަލް މާފިޔާއިން އެމީހުންގެ ވިޔަފާރި ދެމެހެއްޓުމަށް ކުރާކަންކަން.
ޒުއްރީ
29 June 2025
ހެޔޮނުވާނެއެއްނު ބަޔަކަށް މިހެން ހަދާކަށް ހައިހޫނުކަންމަތީ ބައިތިއްބާފާ ކާނާ އަށް ވިހަ އަޅައިފަ މިދެނީ..... މިނުބައިމީހުންގެ މައްޗަށް ބޮޑެތިވެގެންވާ އަޒާބާ ނުފިލާނެ ފަދަ ބަލިމަޑުކަމެއް ފޮނުވަ ދެއްވާންދޭ.
ވާހަކަ
29 June 2025
އެމެރިކާ އަދި އޮސްޱޭލިޔާގަ ތިބި އޭތާ ރައްޔިތުން ނައްތާލި ގޮތައް ފަލަސްތީނައް ހަދަން އެއުޅެނީ.
ލިބާސް
29 June 2025
އާ، ބޭސްއެޅި އިރު ގުޅަތައް ހުރިގޮތަށް ހިމުންވެސް ކޮށްނުލާ. ބުރާންތިން ތިވާހަކަ ގަބޫލުކުރާނީ
މުންޑު
29 June 2025
އެކަން ކުރަން އުޅުނު މީހުންގެ ތެރެއިން މީހަކު މިކަން ފަޅާ އަރުވާލަން ކުރިކަމަކަށްވެސް ވެދާނެއެންނު. ނުބައި މީހުންގެ ތެރޭގައިވެސް އުޅޭނެ ހިތެއް އޮތް މީހުން. އެމީހުންގެ ވެރިންގެ ކުރިމަތީ އެއްޗެއް ބުނަން ނުކެރޭތީ މަޑުން ތިބޭނީ.
އެމެރިކާ
28 June 2025
ތިބޭޅާ އަށް ނުފެންނަނީތަ ނަޞާރާއިން މުސްލިމުންނާ ދޭތެރޭ ކުރާ ކަންތައް. ގާޒާ އެކަނިތަ ތިބޭޅާ އަށް ފެންނަނީ. ޔަހޫދީ ބައިގަނޑު ލައްވާ ހުރިހާ ނުބައިކަމެއް ކޮށް ، މުޅި ދުނިޔޭގެ ހަންފަތުރަމުން ދުވަނީ ކޮން ބައެއްކަމެއް ނޭނގޭތަ؟
ވެންގަބޯ
28 June 2025
ވަރަށް ސާފުކޮށް މިބުނަނީ ކީއްވެގެންހޭ ދިވެހިރާއްޖޭގެ ސަރުކާރުން މިކަމާ އެއްވެސް އެޗެއް ނުބުނެ ތިއޮންނަނީ އެމެތިކައިން ރާއްޖެއަށް ބައިވަރު ތަކެއްދީފާ އޮތީތާ.؟ އަހަރެން މިގޮވާލަނީ ދިވެހި ރައްޔިތުންނަށް އެމެކާޔާ ދެކޮޅަށް އަޑުއުފުލުމަށް މަގުތަކަށް ވީހާވެސް ގިނަބަޔަކު ނުކުތުމަށް އާދޭހާއެކު ދަންނަވަމެވެ ރާއްޖޭގައި ތިބި އެމެރިކާ މީހުން ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލަން ސަރުކާރުން އެމެރިކާ މީހުން ރާއްޖެ އެތެރެވުން ހުއްޓުވާ ވަގުތުން މިހާރު މައްޗަށް މިދަނީ
ކީއްމިވަނީ
29 June 2025
އެއްޗެއް ބުނީމަ ކީއް ވަނީ؟؟ ފައިދާ އެއްވޭތަ؟ އަޑެއް އަހާ ބަޔަކު ތިބޭތަ؟ ގެއްލުމެއް ވިޔަސްވާނި ބޮޑެތި ޤައުމުތަށް ރުޅިއައިސް ދަތިކުރަން ފަށައިފިއްޔާ..
އަލީި
29 June 2025
ކަންކަން ކުރަންޖެހޭނީ ތިގޮތަކަށްނޫން އެބައެއްގެ ފެންވަރުން ހިކްމަތްތެރިކަމާއެކު އެބަޔަކަށް ކުރެވޭވަރުގެ ކަމެއް ކުރާނީ. ތެޅިގަނެ ތިޔަބުނާ އުސޫލުން ކަންކަން ކުރެވެން އޮތް ހަމައެއް މިިޒަމާނަކު ނެތް. ދީނުގަވެސް ތިގޮތަށް ތެޅިގަނެ ނެތް ފެންވަރުން ގަދަފައި ވިއްދުމެއްނެތް. އެއްމެ ފުތަތަމަ ތިބާގެ އީމާންތެރިކަން ވަރުގަދަކުރާށެވެ ﷲ އެންގެވި 5ނަމާދު ވަގުތަށްކޮށް ނިންމާލެވޭތޯ އެއްމެ ފުރަތަމަބަލާށެވެ. އަދިހަމ މިއާއެކު ޢަދުއްވުން ބަލިކަށިކުރުމަށް ދުޢާކުރާށެވެ.
raajje
29 June 2025
ވެންގަބޯ: ހުސްމޮޔަތިގޮވެނީ ޖަޒުބާތުކޮންޓުރޯލުނުވެގެންތިދަނީ، އެއްވެސްޝައްކެތްނެތް އަހަރެމެން ދިވެހިންމިތިބީ ފަލަސްތީނުގެ އަހުންނާ އުހުތުންނާއެކު، ފަލަސްތީނުގެބިންމިނިވަންވާނެ، އެކަންކުރާނީ މުސްލިމުން، ފަލަތީނުގެވަށައިގެން ތިބިމުސްލިމުން މިހާރުވެސްދަނީ އަމަލީގޮތުން ފަލަސްތީނުގެ ރައްޔިތުންނަށްއެހީތެރިވަމުން، އިޒުރޭލުގެ އުފެއްދުންތައް އިންޕޯޓުކުރުން ހުއްޓާލުން އެއީދިވެހިންނަށް ފަސޭހައިންކުރެވިދާނެ އެކަމުގެކޮންމެވެސް އަސަރެއް އިޒުރޭލަށްކުރާނެކަމެއް
ބސވސޗ
28 June 2025
އުންރުވާ ގޯސްވީ މިކަންކަން ކުރަން މަގުފަހިކުރުމަށް.