އިޒްރޭލުގެ ހަމަލާތަކެއްގައި ޝަހީދުވި ބައެއްގެ ހަށިތައް ޖަނާޒާއަށް ގެންދަން ވެހިކަލަކަށް އަރުވަނީ. -- ފޮޓޯ: އޭއެފްޕީ
04 ޖުލައި 2025 - 20:57
އިޒްރޭލާއި އެމެރިކާގެ ބެލުމުގެ ދަށުން ޣައްޒާގައި އެހީގެ ސާމާނު ބަހާ ޣައްޒާ ހިއުމެނިޓޭރިއަން ފަންޑް (ޖީއެޗްއެފް) ގެ މަރުކަޒުތަކުގެ ކައިރިން އެހީ ހޯދަން ޖަމާވާ މީހުންނަށް ހަމަލާދީ މިދިޔަ މެއި މަހުގެ ފަހުން 600 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އދ. އިން މިއަދު ބުނެފި އެވެ.
ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ އޮޕަރޭޝަންތައް ރަސްމީކޮށް ފަށާފައިވަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން އިޒްރޭލުން ހުއްޓުވާފައި އޮންނަތާ ދެ މަހަށްވުރެ ގިނަ ދުވަސް ފަހުން މެއި މަހުގެ 26 ވަނަ ދުވަހު އެވެ.
ޖީއެޗްއެފްގެ ސެންޓަރުތަކުގެ ކައިރީގައި، އެހީ ހޯދަން ގޮސް ތިބޭ މީހުންނަށް ހަމަލާދޭ މައްސަލަ ބޮޑުވެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
"ޖީއެޗްއެފްގެ އޮޕަރޭޝަންތައް ފެށި ފަހުން ޖޫން މަހުގެ 27 ވަނަ ދުވަހުގެ މެންދުރުގެ ނިޔަލަށް ޖީއެޗްއެފް ޑިސްޓްރިބިއުޝަން ޕޮއިންޓްތަކާއި ވެހިކަލްތަކުގެ ކައިރީގައި 613 މީހުން މަރާލާފައިވޭ،" އދ.ގެ ހިއުމަން ރައިޓްސް އޮފީހުގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ މީޑިއާ ބްރީފިންއެއްގައި ވިދާޅުވި އެވެ.
"މި ދެންނެވި 613 މީހުންގެ ތެރެއިން 509 މީހަކު މަރާލާފައި ވަނީ އެހީ ބަހާ ސެންޓަރުތަކުގެ ކައިރީގައި."
އޭނާ ވިދާޅުވި ގޮތުގައި ބާކީ އަދަދަކީ އދ. އާއި އދ. ނޫން އެހެން ބައެއް ޖަމާއަތްތަކުގެ އެހީގެ މަރުކަޒުތަކުގެ ކައިރީގައި ހަމަލާ ދިނުމުގެ ސަބަބުން ޝަހީދުވި މީހުންނެވެ.
ޝަމްދަސާނީ ވިދާޅުވީ މީހުން މެރުމުގެ އިތުރު ރިޕޯޓްތައް ލިބެމުންދާތީ އެ އަދަދުތައް ބަދަލުވަމުންދާ ކަމަށާއި، ލިބޭ މައުލޫމާތު ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ 613 އަކީ އދ. އިން ކަށަވަރުކޮށްފައިވާ އަދަދެއް ކަމަށެވެ. އެކަމަކު ޣައްޒާއަށް ވަނުމާއި އެތަނުގައި އުޅުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން މި މަސައްކަތް ވެސް ވަނީ ދަތި ކަމަކަމަށް ވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެހީގެ މަރުކަޒުތަކުގެ ކައިރީގައި ގިނަ އަދަދެއްގެ މީހުން ޝަހީދުކޮށްފައި ވާއިރު މިއަދު ވެސް ފަތިހުން ފެށިގެން ދެމުން ގެންދާ އެކި ހަމަލާތަކުގައި މަދުވެގެން 41 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ އެހީގެ ޓީމުތަކުން ބުނެފައިވެ އެވެ.
ޣައްޒާގައި މިފަހަރު ހަމަލާތައް ފެށުނީ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއެއްގައި 1،219 މީހުން މަރާލުމާ އެކުގަ އެވެ. އޭގެ ބަދަލުގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 56،531 އަށް ވުރެ ގިނަ މީހުން ޣައްޒާއިން ވަނީ ޝަހީދުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުސަން
05 July 2025
ޖަރުމަނުގައި މަތިމަހުގެ އެއްބައި ބަހައްޓައިގެން 1940ގައި އުޅުނުމީހަކީ ވަރަށްދުރުވިސްނުނުމީހެއްކަން ހެޔޮވަރަކަށް މިހާރު އިހުސާސްއެބަވޭ.
އެކޮއި
05 July 2025
މިވަރައް ގައްޒާގެ ރަތްޔަތުން ސަހީދު ކުރަމުން ދާއިރު ފަލަސްތީނު ވަށައިގެން ތިބިއަރަބިން އެތިބެނީ ހީލަހީލާފަ ދެލޯމަރައިގެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮއް ވަށައިގެން ތިބިއަރަބިން ގެލޯހޮޅުވި ފަލަސް ތީނުގެ މައްޗައް އަބިން ހިތްތައް ލަަންބުވައި އަދިއެގައު އިޒުރޭލުގެ ކިބަައިން ސަލަމަތްކުވާނެ ހިތެއް ޖައްސަވިދެއްވައިފާ ންދެއް އާމީން
ވާންޗޯ
04 July 2025
ގަޒާ ގަ އުޅޭ ގޭން ސްޓާރު ހަޔަރުކުރީ މަށް ދެން ޔަހޫދީން އަކަށް ބާރު ދާނެއް
އައިމިނާ
04 July 2025
އެ ފަކީރުންތައް ހައިވެގެން ހާންތިވެގެން ތިބެ ކާއެއްޗެއްބަލާ ނުކުންނައިރަށް ބޮންއަޅަނީ. ކާއެއްޗިހި އަތުގަ ޖެހި ދަތުގަ ނުޖެހެނީސް މަރާލަނީ. އިޔަހޫދީންގެ ނުބައި ނުލަފާކަމާއެ.
އައިމިނާ
04 July 2025
ކުކުޅުހިފަން މަޅިފަތިޖަހާފަ ކާން އަޅާގޮތަށް މި އިޔަހޫދީން ޣައްޒާގެ ރައްޔިތުންނަށް މި ހަދާލަނީ. ނުބައި ނުލަފާ ކަމާއެ. މި ޓްރަންޕޭ ރިވެތި ގޮތަކަށް އެމެރިކާރައީސްކަމުން ފައިބައިގެން ދާނެ.
ހާދަހެއްވާބައެކޭދޯމީ
04 July 2025
ޢެމެރިކާ-އިޒަރޭލު އެހީގެ މަރުކަޒޭ ނުޖެހީ ކީއްވެ ސުރުޚީގަ؟
ﷲ އެޅުއްވި ފުރާނަ..
04 July 2025
ﷲ ސުބްޙާނަހޫ ވަތަޢާލާ އިޒްރޭލުގެ އަނިޔާވެރި ނުބައި ވެރިންނާ އެމީހުންގެ ބައިވެރިންނަށް ވޭންދެނިވި ހިތި ނިމުމެއް ވަރަށް އަވަހަށް ދައްކަވާށިއެވެ.
މަކޮސް
05 July 2025
މިލްކު ނުކުރެވޭނެ އެއެއްޗެއް އެއިގެ ވެރިންނަށް ނުދީ މުޅިޢުމުރަށް އެހިފަހައްޓަން އޭގެ ހައްގު ވެރިންގެ ނުރުހުމުގައި ބޭނުންވާތީ އެމެރިކާއަށް ފައިސާދީގެން އިޒްރޭލު ލައްވައި ކުރުވާކަމެއް ދެން އަވަށްޓެރި ގައުމުތަކުގެ ވެރިންނޭ ކިޔާނެކަމެއް ނެތެވެ އެމީހުންގެ މަދީ ނަގުލަކައި ބޮލުގައި ދެދަޅު