ދުނިޔެ / ބިންޔާމިން ނަތަންޔާހޫ

ނަތަންޔާހޫ މަރާލަން އުޅުނު އިޒްރޭލުގެ 70 އަހަރުން މަތީގެ އަންހެނަކު ހައްޔަރުކޮށްފި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ: އޭނާ މަރާލަން އުޅުނު ކަމުގެ ތުހުމަތަށް، 70 އަހަރުން މަތީގެ އަންހެނަކު ވަނީ ހައްޔަރުކޮށްފައި. -- ފޮޓޯ: އޭއެފްޕީ

23 ޖުލައި 2025 - 19:40

6 comments

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރާލަން ރޭވި، އުމުރުން 70 އަހަރުން މަތީގެ އިޒްރޭލު އަންހެނަކު މީގެ ދެ ހަފްތާ ކުރިން ހައްޔަރުކޮށްފައިވާ ކަމަށް އިޒްރޭލުގެ މީޑިއާއިން ރިޕޯޓްކޮށްފި އެވެ.

އިޒްރޭލުގެ ޕަބްލިކް ބްރޯޑްކާސްޓަރު ކަން އިން ބުނީ އުމުރުން 70ގެ އަހަރުތައް ގުނަމުންދާ މި އަންހެން މީހާ އަކީ ސަރުކާރާ ދެކޮޅު އެކްޓިވިސްޓެއް ކަމަށެވެ. ތެލް އަވީވްގެ މި މީހާ ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ އެހެން ބައެއް މީހުންނާ ބައްދަލުކޮށް ހަތިޔާރު ހޯދަން މަސައްކަތްކޮށްފައި ކަމަށާއި ނަތަންޔާހޫ އުޅޭ ތަންތަނުގެ މައުލޫމާތު ވެސް ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

އިޒްރޭލު ފުލުހުން ފަހުން ވަނީ މިއީ ސައްހަ ރިޕޯޓްތަކެއް ކަމަށް ބުނެފަ އެވެ.

މި ވާހަކަ އެންމެ ފުރަތަމަ ރިޕޯޓްކުރި ކަން އިން ބުނީ ދެ ހަފްތާ ކުރިން އަންހެން މީހާ ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި އޭނާ ދޫކޮށްލީ ނަތަންޔާހޫ އުޅޭ ތަންތަނާއި ސަރުކާރު އިމާރާތްތަކާ ކައިރިނުވުމަށް ޝަރުތުކޮށްފައި ކަމަށެވެ.

މީޑިއާގައި ބުނެފައިވާ ގޮތުގައި އަންހެން މީހާގެ ނަމާއި އެޑްރެސް ފަދަ އެއްވެސް މައުލޫމާތެއް ހާމަކުރުން މަނާކޮށް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. އަދި އޭނާގެ މައްޗަށް ޖިނާއީ އަދި ޓެރަރިޒަމްގެ ދައުވާ މި މައްސަލައިގައި ރަސްމީކޮށް އުފުލުން މާދަމާ އޮންނާނެ ކަމަށް ވެސް ބުންޏެވެ.

ނަތަންޔާހޫ އާއި އިޒްރޭލުގެ އެހެން ބައެއް ވެރިން މަރަން އީރާންގެ ޖާސޫސުންނާ ގުޅިގެން މަސައްކަތްކުރި ކަމުގެ ތުހުމަތަށް އިޒްރޭލު މީހަކު މިދިޔަ އަހަރު ވެސް ހައްޔަރުކޮށްފައިވެ އެވެ.

6 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 53%
icon angry icon angry 0%
icon wow icon wow 7%
icon inlove icon inlove 27%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސސޗސ

25 July 2025

70 އަހަރުގެ އަންހެނަކު މި މުޖުރިމު މަރާލަން އުޅުނޭ ކިޔައިގެން ދައްކާ ވާހަކަ ނުފަތުރަމާ. މިހާރު ވެސް އެތައް މުސްލިމުންނެއް ބަނޑަށް އެބަ މަރުވޭ. އެވާހަކަ ދައްކަންވީ.

The name is already taken The name is available. Register?

އަބްޑޫޅް +

24 July 2025

މައްސަލަޔަކީ ކޮބާ؟ ލިންކަން މަރާލީ އެމެރިކާ ގެ ދޮން މީހެއް؟ ގާނދީ މަރާލީ އިންޑިޔާ ގެ ހިންދީއެއް. ސޮލޮމަން ބަންޑާރަނާޔަކަ މަރާލީ ތަލްޑުވޭ ސޯމަރާމަ ތޭރޯ ނަމަކަށް ކިޔުނު، ބުދު ހާމުދުރެއް. ބޭނަޒީރު ބުއްޓޫ މަރާލީ ޕާކިސްތާނުގެ އިސްލާމެއް.

The name is already taken The name is available. Register?

އުނޯސް

24 July 2025

ތި މީހާ ކުރަން ތި އުޅުނީ ވަރަށް ވެސް ގަދަ ކަމެއް... މާލަސްވެސް ވެއްޖެ... އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ...

The name is already taken The name is available. Register?

ލެއްގިކޮމިޝަނަރ

24 July 2025

މަރުގެ އަދަބު ލިބެންޖެހޭ ބައިވަރު މީހުން މިގައުމުގަވެސް އެބަތިއްބި. އެމީހުން ތިބީވެސް ޝަރީއަތްކޮށް މަރުގެ ހުކުމް އިއްވާފަ. އެހެންވީމާ ޝަރީއަތެއްކޮށް މަރުގެ ހުކުމެއް ނީއްވާ މީހަކަށް މެރުމަށް ދިވެހިން ހިތްވަރު ދިނުމަށްވުރެއް ދީނީގޮތުންވެސް ރަނގަޅުވާނީ އަމިއްލަ ގައުމުގެ ޖަލުތަކުގަތިބި މަރުގެ ހުކުމް ކޮށްފަތިބި މީހުން މެރުމަށް ފޯރިނަގާފަ މިތާ ކޮމެންޓް ކުރުން. ނަތަންޔާހޫވެސް ޝަރީއަތްކޮށް ސާބިތުވީމަ މަރަން ގޮވަންވީ.

The name is already taken The name is available. Register?

2025

24 July 2025

ތީގައުމުތަކުން ލާރިބަހައްޓާގެންވެސް ކުރަންވީކަމަކީ....ބޮއިހަލަކި

The name is already taken The name is available. Register?

ވެންގަބޯ

23 July 2025

ހަމަ ރަގަޅަށް ވެސް ނަތަންޔާހޫ އަށް މަރުގެ އަދަބު ލިބެންޖެހޭނެއެވެ ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުން މަރާ ނަސްލެއް ނައްތާލާ ރައްޔިތުން ބަނޑަށް ޖައްސުވާ ކާބޯތަކެތީގެ އެހީ ފަލަސްތީނަށް ވެއްދިޔަ ނުދީ ނަތަންޔާހޫ ދަނީ ހުރަސް އަޅަމުން މީނާމެރިޔަސް ފާފަވެރި ނުވާނޭ. ހީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454