ޒެމްބިއާގެ އިދިކޮޅު ލީޑަރު: އޭނާ މިހާރު ހުރީ ބަންދުގައި. --ފޮޓޯ:އޭއެފްޕީ
14 ޖޫން 2017 - 15:48
ލުސާކާ (ޖޫން 14) - ޒެމްބިއާގެ ރައީސް އެޑްގާ ލުންގޫ ދެއްވި ރިޔާސީ ބަޔާން ބޮއިކޮޓް ކުރި ޕާލަމެންޓުގެ އިދިކޮޅު 48 މެންބަރަކު އެއް މަސް ދުވަހަށް ސަސްޕެންޑްކޮށްފި އެވެ.
އިިދިކޮޅު ޔޫޕީއެންޑީޕީގެ މެންބަރުން މިދިޔަ މާޗު މަހު ރިޔާސީ ބަޔާން ކޮއިކޮޓްކޮށްފައި ވަނީ މިދިޔަ އަހަރު ބޭއްވި އިންތިޚާބުން ސައްހަ ގޮތުގައި ކާމިޔާބު ހޯއްދެވި ފަރާތަކީ ލުންގޫ ނޫން ކަމަށް ބުނެ އެވެ. އެކަމަކު ޕާލަމެންޓުގެ ރައީސް ވިދާޅުވީ މެމްބަރުން ރިޔާސީ ބަޔާން ބޮއިކޮޓް ކުރުމަކީ ސުލޫކީ މައްސަލައެއް ކަމަށެވެ. އަދި ގައުމުގެ ރައީސް ބަލައިނުގަންނަނީ ނަމަ މެމްބަރުން އިސްތިއުފާ ދިނުމަށް ޕާލަމެންޓުގެ ރައީސް ވަނީ ގޮވާލައްވައިފަ އެވެ.
ގެމްބިއާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ލުންގޫއާ ވާދަކޮށް އިދިކޮޅު ލީޑަރު ހަކައިންޑެ ހިޗިލެމާ އަށް ނާކާމިޔާބުވީ ކުޑަ ތަފާތަކުންނެވެ.
އިދިކޮޅު ޔޫއެންޑީޕީގެ ޕާލަމެންޓް މެންބަރުން ސަސްޕެންޑްކުރި އިރު އެ ޕާޓީގެ ލީޑަރު ހިޗިލެމާ ހުރީ ބަންދުގަ އެވެ. އިދިކޮޅު ލީޑަރު އެޕްރީލް މަހު ހައްޔަރު ކުރި ފަހުން ޒެމްބިއާ ވަނީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގަ އެވެ. އިދިކޮޅު ލީޑަރު ހައްޔަކުރީ ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި ކަމުގެ ކުށުގަ އެވެ. އިދިކޮޅު ފަރާތްތަކާ މެދު ކަންތައް ކުރާ ގޮތުން ޒެމްބިއާ ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރޯ
14 June 2017
"ގެމްބިއާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ލުންގޫއާ ވާދަކޮށް އިދިކޮޅު ލީޑަރު ހަކައިންޑެ ހިޗިލެމާ އަށް ނާކާމިޔާބުވީ ކުޑަ ތަފާތަކުންނެވެ." ޒެމްބިއާތަ ނޫނީ ގެމްބިއާ ތަ؟
ދެވަނަ
14 June 2017
ދެވަނަ ޔާމިނު އާއި މަސީޙު. ޔަފާތަކީ ނަމުގެ ތަފާތު ސިޔާސަތާއި އަމަލު އެކައްޗެއް.