ސައުދީ އަންހެން ކުއްޖާ ކުރު ހެދުމުގައި ހިނގާފައި ދަނީ.
19 ޖުލައި 2017 - 12:49
ރިޔާޒް (ޖުލައި 19) - ކުރު ހެދުމެއް ލައިގެން ސައުދީގެ ރަށެއްގެ މަގެއްގައި ހިނގާފައި ދަމުން ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާއްމުކުރި އަންހެން ކުއްޖާ ފުލުހުން ހައްޔަރުކޮށްފި އެވެ.
އަންހެން ކުއްޖާ ވަނީ ސައުދީގެ ތާރީޚީ ރަށެއް ކަމަށްވާ ނަޖްދު ޕްރޮވިންސްގެ އުޝައިގިރުގެ މަގެއްގައި އޭނާ މޮޑެލް ކުރަމުންދާ މަންޒަރު ސްނެޕްކޮށްފަ އެވެ. މި ވީޑިއޯ ފުރަތަމަ ސްނެޕްޗެޓުގައި ޝެއާކުރީ މޮޑެލް ޚުލޫދު ކިޔާ މީހެކެވެ. ބައެއް މީހުން ވަނީ ސައުދީގައި އޮންނަ ހަރުކަށި ޑްރެސް ކޯޑާ ޚިލާފުވެފައިވާތީ އޭނާ ހައްޔަރު ކުރަން ގޮވާލައިފަ އެވެ. އަނެއް ބަޔަކު ވަނީ އޭނާގެ ހިތްވަރަށް ތައުރީފް ކޮށްފަ އެވެ.
ރަސްމީ ޓީވީން ބުނީ ކުރު ހެދުންލީ އަންހެން ކުއްޖާގެ މައްސަލަ ޕްރޮސެކިއުޓަރުންނަށް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ފިރިހެން ބެލެނިވެރިއަކާ އެކު އުޝައިގިރަށް ދިޔަ ކަމަށް އެއްބަސްވެފަ އެވެ. މި މައްސަލައިގައި އަންހެން ކުއްޖާ އަށް ދައުވާ ކުރާނެތޯ ނިންމާނީ ޕްރޮސެކިއުޓަރުންނެވެ.
ރިޔާޒުގެ ފުލުހުންނާ ހަވާލާދީ ސައުދީ ނޫސްތަކުން ބުނީ ވީޑިއޯ އަޕްލޯޑް ކުރި ކަމަށް އެ އަންހެން ކުއްޖާ ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި އެ ސްނެޕް އެކައުންޓަކީ އޭނާގެ އެއްޗެއް ނޫން ކަމަށް ވެސް އަންހެން ކުއްޖާ ބުނެފައިވެ އެވެ.
ނަޖްދު ޕްރޮވިންސް އަކީ ސައުދީ ކޮންޒަވެޓިވް ސަރަހައްދެކެވެ. ޓްވިޓާގައި ޚިޔާލު ފާޅުކުރި ސައުދީގެ ބައެއް މީހުން ވަނީ އެ ޕްރޮވިންސް އަށް ވެސް ދީނީ ފުލުހުން ބޭނުންވާ ކަމަށް ބުނެފަ އެވެ.
"ކޮންމެ ގައުމެއްގެ ގާނޫނުތަކަށް ވެސް އިހްތިރާމް ކުރަން ޖެހޭނެ. ފްރާންސްގައި މޫނު ބުރުގާ އެޅުމަކީ މަނާކަމެއް. އަދި މޫނު ބުރުގާ އަޅައިފި ނަމަ ޖޫރިމަނާކުރޭ. ސައުދީގައި އަބާޔާ ލައިގެން އުޅުމަކީ އެ ގައުމުގެ ގާނޫނާ އެއްގޮތަށް އޮންނަ ކަމެއް،" ޓްވިޓާގައި މީހެއްގެ ޚިޔާލު ފާޅު ކުރި އެވެ.
ސައުދީ އަރަބިއާގައި އާއްމު ތަންތަނުގައި އަންހެނުން އުޅޭ އިރު ލައިގެން އުޅެނީ ބުރުގާއާ އެކު އަބާޔާ އެވެ. ސައުދީގައި އަންހެނުން ކާރު ދުއްވުމަކީ ވެސް މަނާކަމެކެވެ.
މިނީ ސްކާޓަކާއި ޓޮޕެއް ލައިގެން ހިނގާފައި ދިޔަ އަންހެން ކުއްޖާ ދިފާއުކޮށް ވާހަކަ ދައްކަމުންދާ މީހުން ބުނަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ އާއި ދަރިކަނބަލުން އިވަންކާ ސައުދީ އަށް ވަޑައިގެންނެވި އިރު އަބާޔާ އާއި ބުރުގާ ނާޅުއްވާ ކަމަށެވެ. އަނެއް ބަޔަކު ބުނީ އެ އަންހެން ކުއްޖާ އަކީ ބޭރު މީހެއް ނަމަ އެންމެން ވެސް ދައްކާނީ އޭނާގެ ރީތި ކަމުގެ ވާހަކަ ކަމަށެވެ. އެކަމަކު އޭނާ އަކީ ސައުދީ ކުއްޖަކަށް ވުމުން އޭނާ ހައްޔަރު ކުރަން ގޮވާލަނީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޫނުބުރުގާ
30 July 2017
ކީއްވާނީތެ ގަޔަށް ދޫ ހެދުމެއް ލައިގެން މަޑުމަޑުން ހުރިއްޔާ!!ބުރުގާ ގަނޑެއް އަޅައިގެން...ސަހާދެއް މި ބުނީ..އުޅޭ ވައްތަރެއް!!!!
ނާއި
20 July 2017
ހައްޔަރު ކުރަންވީ ހަމަ
ދިވެއްސެއް
20 July 2017
ކުރު ހެދުން ލުމަށް ތާއީދު ނުކުރަން ބަޓް އެމީހަކަށް އިގޭނީ އެމީހަކު ލާނެ ހެދުމެއް
ކޮމެންޓު
20 July 2017
ސައޫދީ ދެކެ މީހުން މި ރުޅި އަންނަނީ މިގޮތަށް އެތަނުގައި ނޫޅެވޭތީއެވެ.
ޢަލީ
19 July 2017
ނަމަނަމަ ރާއްޖެ ސައުދީ އަރަބިޔާއަށް ނުހަދާތި. މީދެން ޖޯކެއް
ހާސަރު
19 July 2017
ސައުދީން ކުރީމަ އަނެއްކާ މިރާއްޖޭގައި ކުރުހެދުންލާކުދިން ޖަލަށް ނުލާތި އެވަރަށް ގޮޅިއެއްވެސް ނެތެއްނުން. ސައުދީޏް ކުރާހާ ކަމެއް މިހާރު ކުރާތީ ބުނެލީ
ޒާލިމް
19 July 2017
އެމަންޖެ ދަސްކުރީ ދިވެހިން ނަމޫނާއަކަށް ބަލައިގެން ކަމަށްވާނީ. ސައްތައިން ސައްތައިގެ ހަޤީޤީ ކުލަވަރު ފެންނަނީ ހަމައެކަނީ ދިވެހި ރާއްޖެއިންވީމައި.
ބުރުހާނުއްދީން
19 July 2017
ދެން ސައުދީ އަންހެންކުދިންވެސް އުޅޭފާޑެއް.
ރަމީ
19 July 2017
ސަޅި